ރާއްޖެ މަގާމުން ވަކިކުރި ފަރާތްތަކަށް ސިއްޕެގެ ތައުރީފް ސިޔާސީ ޕާޓީއެއްގެ ވިސްނުމާއި ފިކުރަކީ ވަޒީފާއެއް އެކަނި ކަމަށް ދެކިގެންނުވާނެކަން ސަރުކާރުގެ މަގާމުތަކުން އިއްޔެ ވަކިކުރި ފަރާތްތައް ހާމަކޮށްދީފިކަމަށާއި، އެއީ އެފަރާތްތައް ގައުމުގެ ކުރިމަގަށް ހެޔޮ އެދޭތީ ނެގި ސްޓޭންޑެއް ކަމަށް ދެކިވަޑައިގަންނަވާ ކަމަށް ދިވެހިރައްޔިތުންގެ ޑިމޮކްރަޓީ ޕާޓީ (އެމްޑީޕީ)ގެ ކުރީގެ ނައިބު ރައީސް މުހައްމަދު ޝިފާޒް (ސިއްޕެ) ވިދާޅުވެއްޖެއެވެ. ރައީސް އޮފީހުގެ މިނިސްޓަރުކަމާއި، ރައްޔިތުންގެ މަޖިލިސްގެ ބާރަށު ދާއިރާގެ މެންބަރުކަން ވެސް ކުރެއްވި ސިއްޕެ މިހެން ވިދާޅުވީ، އެމްޑީޕ... ޔުމްނާ ޢަލީ · 3 އަހަރު ކުރިން
ކޮލަމް ޤިޔާމަތްދުވަހުން ފެނިގެން ދާނެ ތިބާގެ ފޮތް! ކޮންމެ އިންސާނެއްގެ ޙަޔާތަކީ ވެސް ފޮތެކެވެ. އެ ފޮތް އޭނާއަށް ޤިޔާމަތްދުވަހުން ފެނިގެން ދާނެއެވެ. އޭގައި، އޭނާ ކުރި ހުރިހާ ކަމެއް ވެސް ލިޔެވިގެން ވާނެއެވެ. އަދި، އޭނާ އަށް އަމުރުކުރެވޭނެއެވެ. ކިޔާށެވެ! މިއޮތީ ތިބާގެ ފޮތެވެ. މިއަދު ތިބާގެ މައްޗަށް ޙިސާބު ކުރާނެ މީހަކަށް ތިބާގެ އަމިއްލަ ނަފްސު ފުދެއެވެ. މާތް ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީކުރައްވާފައިވެއެވެ. وَكُلَّ إِنسَانٍ أَلْزَمْنَاهُ طَائِرَهُ فِي عُنُقِهِ ۖ وَنُخْرِجُ لَهُ يَوْمَ الْقِيَامَةِ كِتَابًا يَلْقَاهُ […] ޝެއިޚް ޝަފީއު އަބްދުﷲ · 3 އަހަރު ކުރިން
ރާއްޖެ ފަރުވާއަށް ފަހު މެންބަރު ސައުދު ހޮސްޕިޓަލުން ދޫކޮށްލައިފި އެކްސިޑެންޓެއްގައި އަނިޔާވި ރައްޔިތުންގެ މަޖިލީހުގެ ވިލިނގިލީ ދާއިރާގެ މެންބަރު ސައުދު ހުސައިން ފަރުވާއަށްފަހު ހޮސްޕިޓަލުން ދޫކޮށްލައިފިއެވެ. ސައުދު އެކްސިޑެންޓްވީ 23 މެއި 2023 ވަނަ ދުވަހު ހެނދުނު މަޖިލީހަށް ވަޑައިގެންނެވި މަގުމަތީގައި، ސިނަމާލެ ބްރިޖްގެ ހުޅުމާލެއާ ވީ ފަޅިން ހައިވޭގައި ވަޑައިގަންނަވަނިކޮށް، ކުރިމަތީގައި އޮތް ޕިކަޕެއް ކުއްލިއަކަށް މަޑުކުރުމުން ސައިކަލުގެ ބުރެކި ނުޖެއްސި އޭގައި ގޮސް ޖެހުންނެވެ. އެ އެކްސިޑެންޓުގައި ސައުދުގެ އަތުގެ ކޮނޑުހުޅާއި، ކަކުލުހުޅާ ދިމާއިން ވަރަށް ބޮޑަށް ވީދަ... ޔުމްނާ ޢަލީ · 3 އަހަރު ކުރިން
ރާއްޖެ މަތީ ދަރަޖައިގެ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު އަންނަ ބުރާސްފަތި ދުވަހު ހަމަވާނެ މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމަށް ނަން ހުށަހެޅުމުގެ ފުރުޞަތު އަންނަ ބުރާސްފަތި ދުވަހު ހަމަވާނެއެވެ. މި އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު ގައުމީ އިނާމާބެހޭ ކޮމެޓީން ހުޅުވާލީ މިއަހަރުގެ އޭޕްރީލް މަހުގެ 16 ވަނަ ދުވަހުއެވެ. މި ފުރުސަތު އަންނަ ޖޫން މަހުގެ 1 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 3:00 އަށް ހަމަވާނެއެވެ. މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމަށް ނަން ހުށަހެޅުމަށް ހަމަޖެހިފައިވަނީ، ހަމައެކަނި ރައީސުލްޖުމްހޫރިއްޔާގެ [... ޔުމްނާ ޢަލީ · 3 އަހަރު ކުރިން
ރާއްޖެ އެތެރޭގެ އުދުހުންތަކުގައި ޑިޖިޓަލް އައިޓެންޓިޓީ ކާޑު ބަލައިގަންނަން ފަށައިފި ރާއްޖޭގެ އެތެރޭގެ އުދުހުންތަކުގައި ޑިޖިޓަލް އައިޓެންޓިޓީ ކާޑު ބަލައިގަންނަން ފަށައިފިއެވެ. މިކަމާއި ގުޅިގެން މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނީ މިގޮތަށް ނިންމީ ނޭޝަނަލް ސެންޓަރ ފޮރ އިންފޮރމޭޝަން ޓެކްނޮލޮޖީ އިން ޑިޖިޓަލް އައިޑެންޓިޓީ ނިޒާމް ގާއިމްކުރުމާ ގުޅިގެން ކަމަށެވެ. މިކަމާއި ގުޅިގެން މިނިސްޓްރީ އޮފް ޑިފެންސް އިން ނެރުއްވާފައިވާ ސަރކިއުލަރގައިވާ ފަދައިން، އެތެރޭގެ އުދުހުންތަކުގައި ވެސް ފުރަން އަންނަ ފަސިންޖަރުން ޗެކިންގ ވުމަށް ޑައިރެކްޓަރޭޓް އޮފް އޭވިއޭޝަން އެޑް... މުޙައްމަދު އަފްރާޙް · 3 އަހަރު ކުރިން
ރާއްޖެ މިއުޒިޝަންސް ޔޫނިއަންގެ 4 ވަނަ އަހަރީ އާންމު ޖަލްސާ މި މަހު 30 ގައި މިއުޒިޝަންސް ޔޫނިއަން އޮފް މޯލްޑިވްސް (އެމް.ޔޫ.އެމް) ގެ ހަތަރުވަނަ އަހަރީ އާންމު ޖަލްސާ މި ޖޫން މަހުގެ 30 ގައި ބާއްވަން ނިންމާފައިވާ ކަމަށް އެ ޔޫނިއަން އިން ބުނެފިއެވެ. އެ ޔޫނިއަން އިން ބުނީ ހިންގާ ކޮމިޓީގެ 2 އަހަރު ދުވަހުގެ ދައުރު ނޮވެމްބަރު 2022 ގެ ނިޔަލަށް ހަމަވެފައިވާ ކަމަށާއި އައު ހިންގާ ކޮމިޓީއެއް އިންތިހާބު ކުރުމަކީ މި އަހަރީ އާންމު ޖަލްސާގެ މުހިންމު ބައެއް ކަމަށެވެ. ހިންގާ ކޮމިޓީގެ ހުރިހާ މަގާމަކަށް ވެސް […] މުޙައްމަދު އަފްރާޙް · 3 އަހަރު ކުރިން
ބައިނަލްއަގުވާމީ ތުރުކީގެ ރައީސް އުރުދުޣާން އިންތިޚާބު ކާމިޔާބު ކުރައްވައި އާ ދައުރެއް ކަށަވަރުކުރައްވައިފި ތުރުކީވިލާތުގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރައްވައި ވެރިކަމުގެ އާ ދައުރެއް އެ ޤައުމުގެ މިހާރު ވެސް ރައީސް ރަޖަބް ތައްޔިބް އުރުދުޣާން ކަށަވަރު ކުރައްވައިފިއެވެ. އާދީއްތަ ދުވަހު ކުރިއަށް ދިޔަ ތުރުކީ ވިލާތުގެ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ވޯޓުގައި އުރުދުޣާން ކުރި ހޯއްދަވާފައިވާކަން ބައިނަލްއަގްވާމީ މީޑިއާތަކުން އަންނަނީ ބުނަމުންނެވެ. ތުރުކީގެ ރަސްމީ ނޫސް އޭޖެންސީ، އަނަދޮލުއިން އާންމުކުރި ނުރަސްމީ ވަގުތީ ނަތީޖާއިން ވެސް މިކަން ހާމަވެފައިވާއިރު، މިހާތަނަށް ސާފުވި ނަތީޖާއިން އުރުދުޣާން އަށް 52.14... ޔުމްނާ ޢަލީ · 3 އަހަރު ކުރިން
ވިޔަފާރި ޖޫން މަހުގެ ކަރަންޓު ބިލާއެކު ކުނީގެ ބިލު އަންނާނެ، މައްސަލައެއް އުޅޭނަމަ އަންގާ! ޖޫން މަހުގެ ކަރަންޓު ބިލާއެކު ކުނީގެ ބިލު އަންނާނެ ކަމަށާއި ބިލުގައި އެއްވެސް މައްސަލައެއް އުޅޭނަމަ އެންގުމަށް ސްޓެލްކޯ އިން އެދިއްޖެއެވެ. އެ ކުންފުނިން މިކަމަށް އެދުނީ ކުނީގެ ބިލު، ސްޓެލްކޯގެ ކަރަންޓް ބިލުގައި ހިމެނުމަށް ނިންމައި، އެކަމުގެ ފަހުމުނާމައިގާ ސޮއި ކުރުމަށް ބޭއްވި ރަސްމިއްޔާތުގައެވެ. ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރ އަހްމަދު ޝަރީފް ވަނީ މި ދެ ބިލު އެއްކޮށްލާތީ، ގޭބިސީތަކުގެ މައުލޫމާތު އަޕްޑޭޓްކުރުމަށް ވެސް އިލްތިމާސް ކުރައްވާފައެވެ. އެގޮތުން އާއްމު ގޭބިސީ ކަރަންޓް މީޓަރުތަކުގެ ތެރޭގައި... މުޙައްމަދު އަފްރާޙް · 3 އަހަރު ކުރިން
ރާއްޖެ މަނަދޫ ނައީމާގެ މަރުގެ މައްސަލައިގައި މާލެއިން މީހަކު ހައްޔަރުކޮށްފި ނ. މަނަދޫގައި އަނިޔާވެރިކޮށް މަރާމލާފައިވާ މަނަދޫ ނައީމާ މޫސާގެ މަރުގެ މައްސަލައިގާ މާލެއިން މީހަކު ހައްޔަރުކޮށްފިއެވެ. ދިވެހި ފުުހުންގެ ޚިދުމަތުން ވިދާޅުވީ އެ މައްސަލައިގާ އެ އިދާރާއިން ހިންގާ ތަހުގީގަށް ތިން ވަނަ މީހަކު ހައްޔަރުކޮށްފައިވާ ކަމަށާއި އޭނާ ހައްޔަރުކުރީ މާލެ އިން މިރޭ ކަމަށެވެ. ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވަނީ މާލޭގައި އުޅުނުު މަނަދޫގެ ޒުވާން ފިރިހެނެއް ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ. އަދި އެއީ ނައީމާ މަރާލިއިރު، އެރަށުގައި ހުރި މީހެއް ކަމަށް ވެސް މައުލޫމާތު […] މުޙައްމަދު އަފްރާޙް · 3 އަހަރު ކުރިން
ރާއްޖެ އެމްއާރުއެމް އުވާލުން މަޑުޖައްސާލަން ކޯޓުން އަންގައިފި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އިސްވެ އުފައްދަވާފައިވާ، މޯލްޑިވްސް ރިފޯމް މޫވްމެންޓް (އެމްއާރްއެމް) އުވާލަން ނިންމި ނިންމުމަށް އަމަލުކުރުން މަޑުޖައްސާލުމުގެ ވަގުތީ އަމުރެއް ސިވިލް ކޯޓުން މިއަދު ނެރެފި އެވެ. ސިޔާސީ ޕާޓީއެއްގައި މެމްބަރުން ތިބެން ޖެހޭ ކަމަށް ގާނޫނުގައި ލާޒިމްކޮށްފައިވާ 3,000 މެމްބަރުން ފުރިހަމަ ކުރަން ދިން މުއްދަތު ފަހަނައަޅައި ދިޔައިރު ވެސް މެމްބަރުން ހަމަކޮށްފައި ނުވާތީ އެމްއާރުއެމް އުވާލަން މިދިޔަ ބުދަ ދުވަހު އިލެކްޝަން ކޮމިޝަނުން ވަނީ ނިންމައިފަ އެވެ. އެކަމަކު އެމްއާރ... ހުސައިން ހަބީބް · 3 އަހަރު ކުރިން
ރާއްޖެ މީހަކު ނިޔާވި އެކްސިޑެންޓު ހިނގީ ހުއްޓިފައި އޮތް ކާރެއް ނަގަން ގޮސް އޮތް ޕިކަޕެއްގައި ޖެހިގެން: ފުލުހުން މާލެއިން ހުޅުމާލެއަށް ދިއުމަށް އޮންނަ ހައިވޭގައި ނުރައްކާތެރި އެކްސިޓެންޑެއް ހިނގައި މީހަކު ނިޔާވި ހިތާމަވެރި ހާދިސާ ހިނގީ ހުއްޓިފައި އޮތް ކާރެއް ނަގަން ގޮސް އޮތް ޕިކަޕެއްގައި ޖެހިގެންކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން މިރޭ ވިދާޅުވެއްޖެއެވެ. މި ހާދިސާ ހިނގާފައި ވަނީ 27 މެއި 2023 ދުވަހުގެ ރޭ މެންދަމު 12:04 ހާއިރުއެވެ. މިހާދިސާއާއިގުޅިގެން ފުލުހުން މިރޭ ޢާންމު ކުރެއްވި ނޫސްބަޔާނެއްގައި ވިދާޅުވީ، ހައިވޭ (ހަލިމަގު) ގައި ސައިކަލަކާއި ޕިކަޕެއްޖެހިގެން ހޮނިހިރު ދުވަހުގެ ރޭ މެންދަމު އެކްސިޑެންޓެއް ހިނގ... ޔުމްނާ ޢަލީ · 3 އަހަރު ކުރިން
ވިޔަފާރި ސުޕަނެޓް ގޭމާ ޕެކް: 100 ރުފިޔާއަށް 100 ޖީބީ ޑޭޓާ އުރީދޫ މޯލްޑިވްސްގެ ސުޕަނެޓް ކަސްޓަމަރުންނަށް ހާއްސަކޮށް ސުޕަނެޓް ގޭމާ ޕެކްތަކެއް ތައާރަފުކޮށްފި އެވެ. މި ގޭމާ ޕެކަކީ ގޭމް ކުޅުމަށް ޝައުގުވެރިވާ ހުރިހާ ފަރާތްތަކަށް ކަމުދާނެ ފުރިހަމަ ޑޭޓާ ޕެކެކެވެ. އެގޮތުން، ސުޕަނެޓް ގޭމާ ޕެކުން ޑޭޓާ ނެގުމަށް ދެ އޮޕްޝަނެއް އުރީދޫއިން ދެއެވެ. އެއީ: * 50 ރުފިޔާގެ ޕެކް – އެއް ދުވަހަށް 50 ޖީބީ ޑޭޓާ * 100 ރުފިޔާގެ ޕެކް – ތިން ދުވަހަށް 100 ޖީބީ ޑޭޓާ މި ގޭމާ […] އަޙްމަދު ވަހީދު · 3 އަހަރު ކުރިން
ވިޔަފާރި އައިސް ޕްލާންޓްތައް ހިންގުން ފެނަކައާ ހަވާލުކުރުމުގެ ނަތީޖާ ރަގަނޅު: ރައީސް އައިސް ޕްލާންޓްތައް ހިންގުން ފެނަކަ ކޯޕަރޭޝަން އާއި ހަވާލުކުރުމުގެ ނަތީޖާ ރަނގަޅު ކަމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ، ނިލަންދެއަތޮޅު އުތުރުބުރީ ފީއަލީގައި ފެނަކައިން އިމާރާތްކުރި އާ އިންޖީނުގެއާ އޮފީސް އިމާރާތް އަދި އައިސްޕްލާންޓް ހުޅުއްވައި ދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ. ފެނަކަ ކޯޕަރޭޝަނާއި އައިސްޕްލާންޓްތައް ހިންގުން ހަވާލުކުރުމަށް ސަރުކާރުން ނިންމީ އެކަމާއި ގުޅޭ ގޮތުން މަޝްވަރާތައް ކުރުމަށްފަހުގައި އެންމެ ރަނގަޅު ގޮތަކީ އެއީ ކަމުގައިވާތީ ކ... އަލީ އާދިލް · 3 އަހަރު ކުރިން
ރާއްޖެ ނާޒިމްގެ ކެމްޕޭން މެނޭޖަރަކަށް އެފްއޭ، ތަރުޖަމާނަކަށް އުޝާމް ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ފަރާތުން ވާދަކުރައްވާ އެ ޕާޓީގެ ރައީސް، ދަނގެތީ ދާއިރާގެ މެންބަރު ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމްގެ ކެމްޕޭން މެނޭޖަރަކާއި ތަރުޖަމާނެއް މިރޭ ހަމަޖައްސައިފިއެވެ. ނާޒިމްގެ ކެމްޕޭން މެނޭޖަރަކަށް ހަމަޖެއްސީ ކުރީގެ ޑެޕިއުޓީ ޕޮލިސް ކޮމިޝަނަރުކަން ކުރެއްވި މުހައްމަދު ފަޔާޒް (އެފްއޭ)އެވެ. އޭނާ މީގެކުރިން ވަނީ ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ޑެޕިއުޓީ ލީޑަރު ކަން ވެސް ކުރައްވައިފައެވެ. ނާޒިމްގެ ކެމްޕޭން ތަރުޖަމާނަކަށް ހަމަޖެއްސީ އެމްއެންޕ... ޔުމްނާ ޢަލީ · 3 އަހަރު ކުރިން
ރާއްޖެ މަހުގެ އަގަށް ރަނގަޅު ހެޔޮ ބަދަލެއް ލަސްތަކެއްނުވެ ގެނެވޭނެ: ރައީސް މި ސަރުކާރުން ރައްޔިތުން އަތުން 3.58 ބިލިއަން ރުފިޔާގެ މަސް މިހާތަނަށް ގަނެފައިވާކަމަށާއި، މަހުގެ އަގަށް ރަނގަޅު ހެޔޮ ބަދަލެއް ލަސްތަކެއްނުވެ ގެނެވޭނެކަމަށް ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. ރައީސް ޞާލިޙް މިހެން ވިދާޅުވީ، އެމަނިކުފާނު އިއްޔެ ނިލަންދެއަތޮޅު އުތުރުބުރީގެ ރަށްތަކަށް ފެއްޓެވި ދަތުރުފުޅުގެ ތެރެއިން މިއަދު އެ އަތޮޅު ފީއަލީ އަށް ވަޑައިގެން އެރަށުގައި މި ސަރުކާރުން އިމާރާތްކުރި ފެނަކަ އާ އިންޖީނުގެއާ އޮފީސް އިމާރާތް އަދި އައިސްޕްލާންޓް ހުޅުއްވައި ދެއްވައި ދެއްކެވި ވާ... ޔުމްނާ ޢަލީ · 3 އަހަރު ކުރިން