ކުޅިވަރު އެމްބާޕޭގެ ލަނޑުން މޮޅުވެ ފްރާންސުން ރެކޯޑް ދަމަހައްޓައިފި ޔުއެފާ ޔޫރޯ 2024، ފުޓްބޯޅަ މުބާރާތުގެ ކޮލިފައިންގެ ގްރޫޕް ބީގައި ރޭ ގްރީސްއާއި ފްރާންސް ބައްދަލުކުރި މެޗު ކާމިޔާބުކޮށް ފްރާންސުން މޮޅުވުމުގެ ރެކޯޑް ދަމަހައްޓައިފިއެވެ. ކޮލިފައިންގައި ފްރާންސުން މިހާތަނަށް ހަތަރު މެޗު ކުޅެފައިވާއިރު އެ ޓީމުން ވަނީ ހަތަރު މެޗު ވެސް ކާމިޔާބު ކޮށްފައެވެ. ހަތަރު މެޗުން ލިބުނު 12 ޕޮއިންޓާއިއެކު ގްރޫޕް ބީގެ އެއްވަނާގައި އޮތީ ވެސް ފްރާންސެވެ. ރޭ މެޗުގައި ފްރާންސުން ކާމިޔާބުކުރި ހަމައެކަނި ލަނޑު ދެވަނަ ހާފުގެ ކުރީކޮޅު ލިބުނު ޕެނަލްޓީއަކުން ކާމިޔާބު […] އިބްރާހިމް ޚަލީލް · 3 އަހަރު ކުރިން
މަޖިލިސް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ އެޖެންޑާ ނުކުރެވި މަޖިލިސް ހުއްޓުމަކަށް! ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ އެޖެންޑާ ނުކުރެވި މިއަދުގެ މަޖިލިސް ހުއްޓުމަކަށް އަތުވެއްޖެއެވެ. މަޖިލީހުގެ ރައީސް ނަޝީދުގެ އިތުބާރުނެތް ކަމުގެ މައްސަލަ ހުށަހެޅުމުން، އެމަނިކުފާނު ރިޔާސަތު ބަލަހައްޓަން އުޒުވެރިވެވަޑައިގެންފައިވާއިރު، ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ ގެ އިތުބާރުނެތް ކަމުގެ މައްސަލަ ހުށަހަޅައި ނޯޓިސް ދީފައި އޮތުމުން މަޖިލީހުގެ ރިޔާސަތު ބެލެހެއްޓުމުގެ ފުރުސަތު އީވާ އަށް ވެސް ވަނީ ގެއްލިފައެވެ. މަޖިލީހުގެ ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވުމަށް ވިލިފުށީ ދާއިރާގެ މެންބަރު ހަސަން... މުޙައްމަދު އަފްރާޙް · 3 އަހަރު ކުރިން
ވާހަކަ ސިލްސިލާ ވާހަކަ: ޝިކާޔަތު (3) ކުރީގެ ޢަދަދާއިގުޅޭ، ” ނެތްތަ ރަން އޮނގޮއްޓިއެއް؟ ޖާވިދަށްވެސް އެނގެއެއްނު އަހަރެންގެ މި ދޮން އިނގިލިތަކަށް ރިއްސެއް ނުގުޅޭނެކަން…” ޝަހާނާގެ ދެވަނަ ޖުމްލައިން ޖާވިދްގެ ހިތްމަރާލިއެވެ. ޝަހާނާދެކެ އޭނާ އިންތިހާ ދަރަޖައަށް ލޯބިވެއެވެ. ޝަހާނާ އޭނާގެ އަތުން ބީވެދާކަށް ފަހަރެއްގައިވެސް އޭނާ ބޭނުމެއް ނޫނެވެ. ޝަހާނާއަކީ އޭނާގެ ފުރަތަމަ ލޯތްބަށްވެފައި އޭނާއަށްވުރެ ރީތި އިންސާނެއް ޖާވިދްގެ ލޮލަކަށް ފެނިފައެއްވެސް ނުވެއެވެ. ” އެކަމަކު އަހަންނަށް ރީތީ ރިއްސޭ! ” ޝަހާނާގެ އިނގިލީގައި އަނގޮއްޓި އަޅުވާލަމުން ޖ... ސަލާމާ ޢަބްދުލް ޢަލީމް · 3 އަހަރު ކުރިން
ކުޅިވަރު ސަކާގެ ހެޓްރިކާއިއެކު އިންގްލެންޑަށް ބޮޑު މޮޅެއް ޔުއެފާ ޔޫރޯ 2024، ކޮލިފައިންގެ ގްރޫޕް ސީގައި ރޭ އިންގްލެންޑާއި ނޯތު މެސެޑޯނިއާ ބައްދަލުކުރި މެޗު ފަސޭހަކަމާއިއެކު އިންގްލެންޑުން ކާމިޔާބު ކޮށްފިއެވެ. ރޭ އިންގްލެންޑްގެ މެންޗެސްޓާ ޔުނައިޓެޑް އޯލްޑް ޓްރަފޯޑް ސްޓޭޑިއަމްގައި ކުޅުނު މެޗުގައި އިންގްލެންޑުން ވަނީ 7-0 ގެ ނަތީޖާއިން ނޯތު މެސެޑޯނިއާގެ މައްޗަށް ކުރި ހޯދާފައެވެ. މި މެޗުގައި އާސެނަލަށް ކުޅެމުން އަންނަ އުމުރުން 21 އަހަރުގެ ޒުވާން ފޯވާޑް ބުކަޔޯ ސަކާ ވަނީ ތިންލަނޑު ޖަހައި ހެޓްރިކް ހަދާފައެވެ. މިއީ އޭނާ ގައުމީ […] އިބްރާހިމް ޚަލީލް · 3 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ކުޅުދުއްފުށީ ފިހާރައެއް ގޮއްވާލާނެ ކަމަށް ބުނި މީހަކު ހަ މަހަށް ޖަލަށް ހދ. ކުޅުދުއްފުށީގެ ފިހާރައެއް ގޮއްވާލާނެ ކަމަށް ބުނެ އިންޒާރު ދިން މީހަކު ހަ މަހަށް ޖަލަށްލާން ކްރިމިނަލް ކޯޓުން އިއްޔެ ހުކުމްކޮށްފި އެވެ. އެރަށު ކަޑޫމާގޭ އިބްރާހިމް ހަސަންގެ މައްޗަށް އެ ހުކުމް އައީ މިދިޔަ ފެބްރުއަރީ މަހު ކުޅުދުއްފުށީގައި ފިހާރައެއް ހިންގާ މީހަކާ ހިނގި ޒުވާބެއްގައި, އޭނާގެ ފިހާރައަށް ނިސްބަތްކޮށް “ދެން ގޮއްވާލާނީ ދުއްވާލާނީ ހުރިހާ ތަނެކޭ” މިހެން ބުނެ އިންޒާރު ދީފައިވާތީ އެވެ. ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ގާނޫނުގެ […] ހުސައިން ހަބީބް · 3 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ކުމުންދޫ ކައުންސިލުގެ އެހީގައި އެރަށު ސްކޫލުގައި ނަމާދުކުރާ ކޮޓަރިއެއް އަޅަނީ ތިލަދުންމަތީ ދެކުނުބުރީ ކުމުންދޫ ސްކޫލްގައި ޕްރޭޔާރ ރޫމް އިމާރާތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އިއުލާން ކޮށްފިއެވެ. އެރަށު ކައުންސިލުން ދިވެހިސަރުކާރުގެ ގެޒެޓުގައި ކުރައްވާފައިވާ އިއުލާނުގައި ވިދާޅުވެފައިވަނީި މިކަމަށްއެދި އަންދާޒީ ހިސާބު ހުށަހެޅުއްވުމަށް އެދޭ ފަރާތްތަކުން މި ޖޫން މަހުގެ 22 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10 ޖެހުމުގެ ކުރިން ނަން ނޯޓު ކުރުމަށް އެދޭ ކަމަށެވެ. ނަން ނޯޓު ކުރުމަށް އެ އިދާރާއަށް ގޮސްގެން ނުވަތަ 6520034 ނަމްބަރު ފޯނަށް ގުޅައިގެން ވެސް ފުރުސަތު ވަނީ ހުޅުވާލާފައެވެ. […] މުޙައްމަދު އަފްރާޙް · 3 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ކުޅުދުއްފުށީ ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ޒިގްޒެގަށް ކުޅުދުއްފުށީ ސިޓީ ކައުންސިލުން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދިޔަ “ކުޅުދުއްފުށީ ޗެމްޕިއަންޝިޕް 2023” ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ޒިގްޒެގް ފޯ ޔޫތު ލިންކޭޖުން ކާމިޔާބު ކޮށްފިއެވެ. މިއަދު ހަވީރު ކުޅުދުއްފުށީ ޒޯން ސްޓޭޑިއަމްގައި ކުޅުނު މުބާރާތުގެ ފައިނަލް މެޗު، ޒިގްޒެގުން ކާމިޔާބު ކޮށްފައި ވަނީ ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާގެ މައްޗަށް 1-0 ގެ ނަތީޖާއިން ކުރި ހޯދައިގެންނެވެ. މި މެޗު ފަށައިގެން ޒިގްޒެގްގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެންދިޔައިރު، ނަތީޖާއެއްގެ ގޮތުން އެ ޓީމުން ވަނީ މެޗުގެ […] އިބްރާހިމް ޚަލީލް · 3 އަހަރު ކުރިން
ރާއްޖެ ޕީޕީއެމްގެ ކެލާ ދާއިރާގެ ކުރީގެ ރައީސް ޣާލިބާއެކު އެޕާޓީގެ ގިނަ މެމްބަރުންތަކެއް އެމްޑީޕީ އަށް! ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ގެ ކެލާ ދާއިރާގެ ކުރީގެ ރައީސް އަހްމަދު ޣާލިބާއެކު ޕިޕީއެމްގެ ގިނަ މެމްބަރުންތަކެއް ވެރިކަންކުރާ ކޯލިޝަންގެ މައި ޕާޓީ (އެމްޑީޕީ) އާ ގުޅިއްޖެއެވެ. ޣާލިބު އެމްޑީޕީއަށް ސޮއިކުރައްވައި ފޯމު ހަވާލުކުރެއްވީ ރައީސް އިބްރާހިމް މުހައްމަދު އަދި އެޕާޓީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލްގެ ހާޒިރުގައެވެ. އެމްޑީޕީއާ ގުޅުނުކަން ހާމަކުރައްވައި ޣާލިބު ކުރައްވާފައިވާ ޓްވީޓުގައި ވިދާޅުވެފައިވަނީ އޭނާ މިއަދު އެމްޑީޕީ އަށް ސޮއި ކުރައްވާފައިވާ ކަމަށާއި ޕީޕީއެމްގައި އޭނާއާއެކ... މުޙައްމަދު އަފްރާޙް · 3 އަހަރު ކުރިން
ވިޔަފާރި އާބަންކޯއިން ވިޔަފާރިވެރިންނަށް ހާއްސަ އޯޕަންޑޭއެއް އާބަންކޯއިން ވިޔަފާރިވެރިންނަށް ހާއްސަ އޯޕަންޑޭއެއް ބާއްވަން ތައްޔާރުވެއްޖެއެވެ. އެ ކުންފުނިން “އާބަންކޯ ފޯ ބިޒްނަސް” ގެ ނަމުގައި ބޭއްވުމަށް ހަމަޖެހިފައިވާ މި އޯޕަންޑޭ އަކީ އެ ކުންފުނީގެ ފަރާތުން ވިޔަފާރިތަކަށް ހުރި ފުރުސަތުތައް ދައްކާލައި، އިންވެސްޓަރުން ނުވަތަ ވިޔަފާރިވެރިންނަށް ފަސޭހަކަމާއި އެކު އެ ފުރުސަތުތަކަށް ކުރިމަތިލިމުގެ މަގު ފަހި ކޮށްދިނުމަށް ބާއްވާ އޯޕަންޑޭއެކެވެ. އާބަންކޯއިން ބުނި ގޮތުގައި، މިފަހަރުގެ އޯޕަންޑޭގައި ހުޅުމާލޭގައި އޮފީސް އިމާރާތް ގާއިމު ކުރުމަށް ހުރި ފުރުސަތުތަކާއި ތިލަ... އަޙްމަދު ވަހީދު · 3 އަހަރު ކުރިން
ރާއްޖެ "ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރި ކުރުމަކީ މި ސަރުކާރުގެ އެންމެ އިސްކަންދޭ އެއް ޕޮލިސީ" ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމާއި އެ ޙައްޤުތަކަށް ވަކާލާތުކުރުމަކީ މި ސަރުކާރުގެ އެންމެ އިސްކަންދޭ އެއް ޕޮލިސީ ކަމުގައި ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ވިދާޅުވެއްޖެއެވެ. “ރީޖަނަލް ކޮންސަލްޓޭޝަން އޮފް ޗައިލްޑް ރައިޓްސް އިންސްޓިޓިއުޝަންސް އޮފް ސައުތު އޭޝިއާ” ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެކަމަނާ ވަނީ ރާއްޖެއިން 1991 ވަނަ އަހަރު ކުޑަކުދިންގެ ޙައްޤުތަކާބެހޭ ބައިނަލްއަޤްވާމީ މުޢާހަދާ (ސީ.އާރް.ސީ) ގައި ބައިވެރިވުމަށްފަހު ކުޑަކުދިންގެ ޙައ... މުޙައްމަދު އަފްރާޙް · 3 އަހަރު ކުރިން
ރާއްޖެ ފޯކައިދޫގައި ބެޑްމިންޓަން ކޯޓުގައި މެޓް އަޅާ އަޕްގްރޭޑް ކޮށްފި ށ. ފޯކައިދޫގައި ބެޑްމިންޓަން ކޯޓުގައި މެޓް އަޅާ އަޕްގްރޭޑް ކޮށްފިއެވެ. މިއީ އިންޑިއާ ސަރުކާރުގެ އެހީގައި އެރަށުގައި ގާއިމުކޮށްފައިވާ ކޮމިއުނިޓީ ސެންޓަރުގައި އެރަަށު ކައުންސިލުން ތަރައްގީކުރި ބެޑްމިންޓަން ކޯޓެކެވެ. ފޯކައިދޫ ކައުންސިލުގެ ރައީސް އަހްމަދު އާސިފް ‘ތިލަދުން’ އަށް ވިދާޅުވީ ބެޑްމިންޓަން ކޯޓު އަޕްގްރޭޑް ކުރުމަށް ގާތްގަޑަކަށް 2 ލައްކައަށް ވުރެ ގިނަ ރުފިޔާ ޚަރަދުވެފައިވާނެ ކަމަށެވެ. އަދި މިފަދަ ކަމެއް ކުރުމުގެ މަގުސަދަކީ އެރަށާއި އަތޮޅުގައި މި ކުޅިވަރު ކުރިއަރުވައި، ހުނަރުވެރި ކުޅުންތެރިން... މުޙައްމަދު އަފްރާޙް · 3 އަހަރު ކުރިން
ރާއްޖެ މަޖިލިސް ރައީސާއި އިތުރު ދެ މެމްބަރަކު ޖޭއެސްސީގައި ނުތިބޭ ގޮތަށް ހަދަނީ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގައި ރައްޔިތުންގެ މަޖިލީހުގެ ރައީސާއި ރައީސުލްޖުމްހޫރިއްޔާގެ މެންބަރާއި ސިވިލް ސާވިސް ކޮމިޝަންގެ ރައީސް ނުހިމެނޭ ގޮތަށް ގާނޫނުއަސާސީ ބަދަލުކުރުމަށް ސަރުކާރުން މިއަދު މަޖިލީހަށް ފޮނުވައިފި އެވެ. އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތު ވިދާޅުވީ އެ ތިން މަގާމުގެ ބޭފުޅުން ޖޭއެސްސީގައި ނުހިމެނޭ ގޮތް ހަދައި މެންބަރުންގެ އަދަދަކީ 7 ކަމަށް ހަމަޖެއްސުމަކީ ޖޭއެސްސީ އެކުލެވިގެންވާ ގޮތް އިސްލާހުކުރާއިރު ގެންނަ މައިގަނޑު ބަދަލު ކަމަށެވެ. “މިގޮތަށް ހުށަހެޅީ ޝަރުއީ ދާއިރާގެ މައް... ހުސައިން ހަބީބް · 3 އަހަރު ކުރިން
ރާއްޖެ ރިޔާސީ އިންތިހާބަށްފަހު، ރައީސް ސާލިހުގެ "ކަސްތޮޅު"ގައި އެމްޑީޕީ ނޯންނާނެ: ނަޝީދު އަންނަ ސެޕްޓެމްބަރުގެ ފަހުން އެމްޑީޕީ، ރައީސް ސާލިހުގެ ކަސްތޮޅުގައި ދިވެހި ރައްޔިތުންގެ ޕާޓީ (އެމްޑީޕީ) ނޯންނާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ރައްޔިތުންގެ މަޖިލީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނަޝީދު ވިދާޅުވީ އެމްޑީޕީގެ ވޯޓާ ބޭސް އިން އެކަށީގެންވާ އަދަދެއް ޑިމޮކްޓެރްސް ނަގާނެ ކަމަށާއި ދެން އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓަށް ކާމިޔާބު ކޮށްދެވޭނެ ހަމަ އެއްގޮތެއްވެސް ނޯންނާނެ ކަމަށެވެ. މީގެ އިތުރުން ނަޝީދު ވިދާޅުވީ އެމްޑީޕީ ގައި މިހުންނަވ... މުޙައްމަދު އަފްރާޙް · 3 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ހއ. އަތޮޅު ހޮސްޕިޓަލުގައި ޑިޖިޓަލް އެކްސްރޭގެ ޚިދުމަތް ފަށައިފި ހއ. އަތޮޅު ހޮސްޕިޓަލުގައި ޑިޖިޓަލް އެކްސްރޭގެ ޚިދުމަތް ފަށައިފިއެވެ. މި ޚިދުމަތް ރަސްމީކޮށް ފަށާފައިވަނީ މި ޖޫން މަހުގެ 18 ވީ އާދިއްތަ ދުވަހުއެވެ. އެ އަތޮޅު ހޮސްޕިޓަލުގެ މެނޭޖަރ އާދަމް ނަސީރު ‘ތިލަދުން’ އަށް ވިދާޅުވީ މިއީ ގާތްގަޑަކަށް 7 އަހަރު ވަންދެން ކުރަމުން އައި އިންތިޒާރެއްގެ ނިމުން ކަމަށެވެ. މީގެ ކުރިން އެކްސްރޭ ނަގަމުން އައީ ޕޯޓަބަލްކޮށް ކަމަށްވާތީ، ދުވާލަކު ނެގެނީ 5 އެކްސްރޭ ނަމަވެސް މި ޚިދުމަތް ޑިޖިޓަލް ކުރުމުން އެ ލިމިޓޭޝަނަށް […] މުޙައްމަދު އަފްރާޙް · 3 އަހަރު ކުރިން
ރާއްޖެ ޅައިމަގު ޑަބްލިއުޑީސީ ގެ "އެހީވަމާ" ސިލްސިލާ މިއަހަރު ވެސް ކުރިއަށް ގެންގޮސްފި ށ. ޅައިމަގު ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީން ކުރިއަށް ގެންދާ “އެހީވަމާ” ސިލްސިލާ މިއަހަރު ވެސް ކުރިއަށް ގެންގޮސްފިއެވެ. މިކަމާއި ގުޅިގެން ޑަބްލިއުޑީސީގެ ރައީސާ އައިމިނަތު އަފްރާހާ ‘’ތިލަދުން’’ އަށް ވިދާޅުވީ މިއީ 2022 ވަނަ އަހަރުން ފެށިގެން ވެސް ކުރިއަށް ގެންދާ ޕްރޮގްރާމެއް ކަމަށެވެ. އަދި މިއަހަރުގެ ޕްރޮގްރާމު ހިންގައިގެން ލިބުނު ތަކެތި ށ. ފެމިލީ އެންޑް ޗިލްޑްރަން ސަރވިސް ސެންޓަރ (އެފް.ސީ.އެސް.ސީ) އާއި ހަވާލުކޮށްފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ ހަދިޔާ ކޮށްފައިވަނީ ހަފު... މުޙައްމަދު އަފްރާޙް · 3 އަހަރު ކުރިން