ރާއްޖެ ޤާސިމަށް ދަތިކުރީމަ ރައްޔިތުންނާއި ގައުމަށް ވެސް ދަތިވާނެކަން ދަންނަންވާނެ: އާރިފް ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ލީޑަރު އަދި އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ޤާސިމް އިބްރާޙީމަށް ދަތިކުރުމުން އެ ދަތިކަން ރައްޔިތުންނާއި ޤައުމު ވެސް ތަހައްމަލުކުރަންޖެހޭނެކަން އެކަންކުރާ ބަޔަކު ދަންނަންޖެހޭނެ ކަމަށް އެ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް އަލީ އާރިފް ރޭ ވިދާޅުވެއްޖެ އެވެ. ޖޭޕީން ރޭ ވަނީ ވެރިރަށް މާލޭ ސަލްޓަންޕާކުގައި އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓްގެ ކެމްޕޭން ޖަލްސާއެއް ބާއްވާފައެވެ. މި ޖަލްސާގައި ވާހަކަ ދައްކަވަމުން ކެލާ ދާއިރާއާއި ވައިކަރަދޫ ދާއިރާގެ ކުރީގެ މަޖިލިސް މެންބަރުކަން ވެސް […] ޔުމްނާ ޢަލީ · 3 އަހަރު ކުރިން
ރާއްޖެ މި ވަގުތު ވެސް އެންމެ ބޮޑު އިސްކަމެއް ދެނީ ސިފައިންގެ ބޯހިޔާވަހިކަމަށް: ރައީސް މި ވަގުތުވެސް އެންމެ ބޮޑު އިސްކަމެއް ދެއްވަނީ ސިފައިންގެ ބޯހިޔާވަހިކަމަށް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ދިވެހި ސިފައިންގެ ޚިދުމަތަށް 131 އަހަރު ފުރުމުގެ މުނާސަބާތާއި ގުޅިގެން ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. ކަޅުތުއްކަލާކޮށީގައި ބޭއްވި މި ރަސްމިއްޔާތުގައި ދުނިޔެއަށް އައިސްފައިވާ ބަދަލުތަކުގެ މައްޗަށް އަލިއަޅުއްވާލައްވައި ވިދާޅުވީ، ގައުމުގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކުރުމުގައި ސިފައިންނަކީ ވަރަށް ބުރަ މަސައްކަ... މުޙައްމަދު އަފްރާޙް · 3 އަހަރު ކުރިން
ކުޅިވަރު ރޮނާލްޑޯ ގައުމީ ޓީމަށް ކުޅުނު 200 ވަނަ މެޗުގައި ލަނޑުޖަހައި ޓީމް މޮޅުކޮށްދީފި ދުނިޔޭގައި އުފެދުނު އެންމެ މޮޅު އެއް ފުޓްބޯޅަ ކުޅުންތެރިޔާ ކަމަށްވާ ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ އޭނާ ޕޯޗުގަލްގެ ގައުމީ ޓީމަށް ކުޅުނު 200 ވަނަ މެޗުގައި ލަނޑުޖަހައި ޓީމް މޮޅުކޮށްދީފިއެވެ. އަންނަ އަހަރު ޖަރުމަނުގައި އޮންނަ ޔުއެފާ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ކޮލިފައިންގެ ގްރޫޕް ޖޭގައި ރޭ ޕޯޗުގަލްއާއި އައިސްލޭންޑް ބައްދަލުކުރި މެޗު 1-0 ގެ ނަތީޖާއިން ކާމިޔާބު ކުރީ ޕޯޗުގަލްއެވެ. މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު މެޗުގެ ފަހު މިނެޓުގައި ކާމިޔާބު ކޮށްދިނީ […] އިބްރާހިމް ޚަލީލް · 3 އަހަރު ކުރިން
މަޖިލިސް ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ އަނބުރާ ނަގަން ބުނާނީ އިހްލާސްތެރި ކަމެއް ނެތުމުން: އަސްލަމް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ އަނބުރާ ނަގަން ބުނާނީ އިހްލާސްތެރި ކަމެއް ނެތުމުން ކަމަށް އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕްގެ ލީޑަރު އަދި ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ. އޭނާ މިހެން ވިދާޅުވީ މިހާރު ހުށަހަޅާފައިވާ އިތުބާރު ނެތް ކަމުގެ ދެ މައްސަލައިގެ ތެރެއިން ކޮންމެވެސް އެއް ބޭފުޅެއްގެ މައްސަލަ އަނބުރާ ނެގުމަށް ނަޝީދު އެދިވަޑައިގަތުމާ ގުޅިގެންނެވެ. އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއް... މުޙައްމަދު އަފްރާޙް · 3 އަހަރު ކުރިން
ކުޅިވަރު ލައިޕްޒިގް ދޫކޮށް އެންކުންކޫ ޗެލްސީއަށް ޖަރުމަނު ލީގުގެ އާރުބީ ލައިޕްޒިގް އަށް ކުޅެމުން އަންނަ ފްރާންސްގެ އިތުބާރު ފޯވާޑް ކްރިސްޓޮފަރ އެންކުންކޫ ޗެލްސީއަށް ބަދަލުވާން ނިންމައިފިއެވެ. އުމުރުން 25 އަހަރުގެ އެންކުންކޫ ޗެލްސީއަށް ބަދަލުވަނީ 52 މިލިއަން ޕައުންޑްގެ ޓްރާންސްފާ ފީއެއްގެ ދަށުންނެވެ. ޗެލްސީން ވަނީ އެންކުންކޫއާއިއެކު ހަ އަހަރު ދުވަހުގެ އެއްބަސްވުމެއް އެކުލަވާލާފައެވެ. މި އެއްބަސްވުމުގެ ދަށުން އޭނާ ޗެލްސީގައި 2029 ވަނަ އަހަރުގެ ސީޒަންގެ ނިޔަލަށް މަޑުކުރާނެއެވެ. އެންކުންކޫ ވަނީ ނިމުނު ސީޒަންގައި ލައިޕްޒިގަށް ކުޅެދިން 38 މެޗުގައި 2... އިބްރާހިމް ޚަލީލް · 3 އަހަރު ކުރިން
ރާއްޖެ ހުޅުމާލޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ދުވަސްވީ މީހަކު ނިޔާވެއްޖެ ހުޅުމާލޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ދުވަސްވީ މީހަކު ނިޔާވެއްޖެ އެވެ. ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ ހުޅުމާލެ ފޭސް 1 ހިތިގަސްމަގު، ޕްލެޓިނަމް ކައިރީ ދެ ކާރު ޖެހި، އެތަނުން އެއްކާރު ކޮންޓްރޯލު ނުވެ، ޑިވައިޑަރުތަކުގައި ޖެހި އެކްސިޑެންޓެއް ހިނގާފައިވާކަމުގެ މައުލޫމާތު މިއަދު ހަވީރު 5:47 ހާއިރު ލިބިފައިވާ ކަމަށެވެ. މި އެކްސިޑެންޓުގައި 3 މީހުންނަށް އަނިޔާވެގެން ހުޅުމާލޭ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށާއި އެތަނުން އެކަކު ނިޔާވެފައިވާކަމަށް އެ ހޮސްޕިޓަލުން ފުލުހުންނަށް މައުލޫމާތު ދ... މުޙައްމަދު އަފްރާޙް · 3 އަހަރު ކުރިން
ރާއްޖެ ފުލުހުން އެންގުމުން މަޑުނުކޮށް ދިޔަ މީހަކަށް 21,000 ރުފިޔާގެ ޖޫރިމަނާއެއް ފުލުހުންގެ ޗެކް ޕޮއިންޓަކަށް މަޑުކުރަން އެންގުމުން މަޑުނުކޮށް ސައިކަލުގައި ދިޔަ މީހަކު 21,000 ރުފިޔާއިން ޖޫރިމަނާކުރަން ހުކުމްކޮށްފި އެވެ. ނ. ހޮޅުދޫ މީހެއްގެ މައްޗަށް އެ ހުކުމް އައީ އޭނާ މަސްތުވާތަކެތި ގެންގުޅޭ ކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން މިއަހަރުގެ އޭޕްރީލް މަހު ފުލުހުންނަށް މަގުމަތިން އޭނާ ފެނިގެން މަޑުކުރަން އެންގުމުން މަޑުނުކޮށް ދިއުމުންނެވެ. އޭނާގެ މައްޗަށް ސާބިތުވީ ޤާނޫނު ތަންފީޒުކުރާ މުވައްޒަފެއްގެ މަސައްކަތަށް ހުރަސް އެޅުމުގެ ދައުވާ އެވެ. އެރަށު ކޯޓުން މިއަދު ކުރި ހުކުމުގައިވަނީ... ހުސައިން ހަބީބް · 3 އަހަރު ކުރިން
ވިޔަފާރި ތިނަދޫ އިންޑަސްޓްރިއަލް ޒޯންގެ ބިންހިއްކުމުގެ މަސައްކަތް ބާރަށަ ކުރިއަށް ގދ. ތިނަދޫ އިންޑަސްޓްރިއަލް ޒޯންގެ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް ހަލުވި ކަމާއެކު ކުރިއަށްދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެށ އެ ކުންފުނިން ބުނި ގޮތުގައި މި މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ ދަށުން ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތުގެ 52 އިންސައްތަ ވަނީ ނިމިފައެވެ. އަދި ބިން ހިއްކުމުގެ 55 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށް ވެސް އެ ކުންފުނިން […] އަޙްމަދު ވަހީދު · 3 އަހަރު ކުރިން
ބައިނަލްއަގުވާމީ ޓައިޓޭނިކް އަޑިއަށް ދިޔަ ސަރަހައްދަށް ޑައިވްކުރި ސަބްމެރިންއެއް ގެއްލިގެން ހޯދަނީ ޓައިޓޭނިކް އަޑިއަށް ދިޔަ ސަރަހައްދަށް ޑައިވްކުރި ސަބްމެރިންއެއް ގެއްލިގެން އެ ސަބްމެރިން ހޯދުމަށް ބޮޑު އޮޕަރޭޝަނެއް ފަށައިފި އެވެ. ޕައިލެޓަކާއި ހަތަރު ފަސިންޖަރުންނާ އެކު, ޓައިޓޭނިކް އަޑިއަށް ދިޔަ ސަރަހައްދު ބަލަން ޑައިވްކުރި އެ ސަބްމެރިން ގެއްލުނީ ޑައިވްކުރިތާ ދޮޅު ގަޑިއިރު ފަހުން އިއްޔެގެ ވަގުތެއްގައި ކަމަށް މިޑީޔާތަކުން ރިޕޯޓުކޮށްފައިވެ އެވެ. ސަބްމެރިން އެ ސަރަހައްދަށް ދިޔައީ ކެނެޑާގެ ބޯޓަކާ އެއްކޮށެވެ. މި ހާދިސާގައި ގެއްލިފައިވާ މީހުންގެ ތެރޭގައި އިނގިރޭސިވިލާތުގެ ބިލިއަނަރާއި ޕާކިސްތާނުގެ ވ... ހުސައިން ހަބީބް · 3 އަހަރު ކުރިން
ރާއްޖެ ޖެނިން ސިޓީއަށް އިސްރާއީލު ސިފައިން ދިން ހަމަލާ ރާއްޖެއިން ކުށްވެރިކޮށްފި ޖެނިން ސިޓީއަށް އިސްރާއީލު ސިފައިން ދިން ހަމަލާ ރާއްޖެއިން ކުށްވެރިކޮށްފިއެވެ. ހުޅަނގު އައްސޭރީގައި އޮންނަ ޖެނިން ސިޓީއަށް އިސްރާއީލު ސިފައިން އިއްޔެ ދިން ހަމަލާތައް ކުށްވެރިކޮށް ރާއްޖޭގެ ޚާރިޖިއްޔާ އިން ނެރުނު ބަޔާނުގައި ވިދާޅުވީ އިސްރާއީލްގެ އެ ހަމަލާތަކުގައި ކުޑަކުއްޖަކު ހިމެނޭ ގޮތަށް ފަސް މީހުން މަރުވެފައިވާ ކަމަށާއި އެތައް ބަޔަކަށް ކުދި އަނިޔާވެފައިވާތީ، އެކަން ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށެވެ. އެ ބަޔާނުގައި އިތުރަށް ވިދާޅުވީ ފަލަސްތީނުގެ ރައްޔިތުން ދިރިއުޅޭ ސަރަހައްދުތ... މުޙައްމަދު އަފްރާޙް · 3 އަހަރު ކުރިން
ރާއްޖެ ސްޓެލްކޯ އިން ވިސްނަނީ ލިބޭ ފައިދާއަކަށް ނޫން، އިހްލާސްތެރި ހިދުމަތެއް ދިނުމަށް: ޝަރީފް ސްޓެލްކޯ އިން ވިސްނަނީ ލިބޭ ފައިދާއަކަށް ނޫން ކަމަށާއި އިހްލާސްތެރި ހިދުމަތެއް ދިނުމަށް ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓާ އަހްމަދު ޝަރީފް ވިދާޅުވެއްޖެއެވެ. އެ ކުންފުންޏަށް 26 އަހަރު ފުރުމުގެ މުނާސަބާގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އޭނާ ވަނީ ސްޓެލްކޯ އިން ކަސްޓަމަރުން ބޭނުން ނުކުރާ ކަރަންޓަކަށް ބިލެއް ނުކުރާނެކަން ވިދާޅުވަމުން ގެންދަވާ ވިދާޅުވުން ތަކުރާރުކުރައްވާފައެވެ. ޝަރީފް ވިދާޅުވީ ބޭނުން ނުކުރާ ކަރަންޓަކަށް ކުރިންވެސް، މިހާރު ވެސް އަދި ކުރިމަގުގައި ވެސް އެ ކުންފުނިން ބިލު […] މުޙައްމަދު އަފްރާޙް · 3 އަހަރު ކުރިން
ރާއްޖެ ކޭއާރްއެޗުގައި ކީމޯތެރަޕީގެ ހިދުމަތް ފެށުމަށް ތައްޔާރުވެ، ނަންނޯޓު ކުރުމަށް ހުޅުވާލައިފި ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލް (ކޭއާރްއެޗް)ގައި ކީމޯތެރަޕީގެ ހިދުމަތް ފެށުމަށް ތައްޔާރުވެ، ނަންނޯޓު ކުރުމަށް ހުޅުވާލައިފިއެވެ. މި ހިދުމަތް ހޯދުމަށް ބޭނުންވާ ފަރާތްތަކަށް ނަންނޯޓު ކުރުމަށް ހުޅުވާލައިފައިވަނީ މި ޖޫން މަހުގެ 19 ވަނަ ދުވަހުއެވެ. ކޭއާރްއެޗް ގެ މީޑިއާ އޮފިސަރ، މުހައްމަދު މޫސާ ‘ތިލަދުން’ އަށް ވިދާޅުވީ މި ހިދުމަތަށް އެދުމަށް ނަންނޯޓު ކުރުމަށް ހުޅުވައިލުމުން އެދެވޭ ތަރުހީބެއް ލިބެމުން އަންނަކަމަށެވެ. ކެންސަރަަށް ފަރުވާ ހޯދާ ފަރާތްތަކަށް ދޭ ކީމޯތެރަޕީގެ ހިދުމަތް އެސަރަހައްދުގެ ރައްޔިތުނ... މުޙައްމަދު އަފްރާޙް · 3 އަހަރު ކުރިން
ވިޔަފާރި ފްލައިނާސްގެ ދަތުރުތައް ރާއްޖެއަށް ފަށައިފި ސައުދީ އަރަބިއާގެ އެއާލައިން އަދި މެދުއިރުމަތީގެ އެންމެ އަގުހެޔޮ އެއާލައިން ފްލައިނާސް އިން ރާއްޖެއަށް ސީދާ ދަތުރުތައް ފަށައިފިއެވެ. އެ އެއާލައިންގެ ފުރަތަމަ ފްލައިޓް ރާއްޖެ އައީ މިއަދު ހެނދުނު 8:00ގައެވެ. އެ އެއާލައިނަށް މަރުހަބާ ކިޔުމުގެ ގޮތުން އެމްއޭސީއެލުން ވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ވޯޓާ ސެލިއުޓް އެއް ދީފައެވެ. ފްލައިނާސްގެ ފުރަތަމަ ފްލައިޓަށް މަރުހަބާ ދެންނެވުމަށް މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތުގައި، ޓޫރިޒަމް މިނިސްޓަރު ޑރ.އަބްދުﷲ މައުސޫމާއި، ސައުދިއަރަބިއްޔާއިން ރާއްޖެއަށް ކ... އަޙްމަދު ވަހީދު · 3 އަހަރު ކުރިން
ކޮލަމް މަންމަގެ ހަނދާނުގައި ތުއްތު ޝާޔަންގެ އިޙްސާސްތައް ބަންޑުންކޮށްލައިފި! “މަގޭ ލޯބި މަންޒިލް.. މަގޭ ހިތުގެ ނޫރާ.. މަގޭ މަންމައަށް މިހިތުން ކުރާ މިއީ ދުޢާއޭ.. މަގޭ މަންމަ ހީލީމާ، އެލިބޭ އަރާމާ.. އެމަންޒަރު ހަނދާންވާތީ ކުރާ މިއީ ދުޢާއޭ..” މިއީ އިންޓަރ ސްކޫލް ލަވަ މުބާރާތް 2023 ގައި ގދ. އަތޮޅު މަދަރުސާގެ ދަރިވަރު ޝާޔަން ބިންތި އަޙްމަދު ހުށައަޅައިދިން ލަވައިގެ ފެށުމެވެ. ލަވައެއްގެ ސިފައިގައި އެ ތުއްތު ކުއްޖާ ހުށަހަޅައިދީފައި އެވަނީ އެހިތުގެ އާދޭހެވެ. އުދާސްތަކެވެ. އަދި އެ ކުޑަކުޑަ ހިތުގައި މަންމައަށްޓަކައި އުފެދެމުންދާ […] ސަލާމާ ޢަބްދުލް ޢަލީމް · 3 އަހަރު ކުރިން
ވިޔަފާރި ކަރަންޓުގެ ޚިދުމަތަށް ސްޓެލްކޯ އިން ވަނީ ހެޔޮ ބަދަލުތަކެއް ގެނެސްފައި: ނައިބު ރައީސް ވޭތުވެތިޔަ އަހަރަތަކުގައި ރާއްޖޭގެ ކަރަންޓުގެ ޚިދުމަތަށް ވަރަށް ސްޓެލްކޯ އިން ވަނީ ހެޔޮ ބަދަލުތަކެއް ގެނެސްފައި ކަމުގައި ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) ގެ 26 ވަނަ އަހަރީ ދުވަހުގެ މުނާސަބާ ފާހަގަކުރުމުގެ ގޮތުން ބޭއްވި ޖަލްސާ ޝަރަފްވެރިކޮށްދެއްވާ ދެއްކެވި ވާހަކައިގައެވެ. ކްރޮސްރޯޑްސް މޯލްޑިވްސްގައި ބޭއްވި މި ޖަލްސާގައި ނައިބު ރައީސް ވަނީ ސްޓެލްކޯ އަކީ ވަރަށް މުހިންމު އަސާސީ ޚިދުމަތެއް ރާއްޖޭގެ ރައްޔިތުންނަށް ފޯރ... މުޙައްމަދު އަފްރާޙް · 3 އަހަރު ކުރިން