ރާއްޖެ އޭސީސީއަށް ހާޒިރު ކުރީ އަގުވައްޓާލާ ތާއީދު ކަނޑުވާލަން: ނާޒިމް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް އޭނާ ހާޟިރުކޮށްފައިވާ ކަމަށާއި، އެކަން ކޮށްފައި ވަނީ އޭނާ ކުރަމުން އަންނަ މަސައްކަތް ރައްޔިތުން ބަލައިގަނެފައިވާތީ އަގުވައްޓާލައި، ތާއީދު ކަނޑުވާލުމަށް ސިޔާސީ ބަޔެއްގެ ނުފޫޒުން ކަމަށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ރިޔާސީ ކެންޑިޑޭޓް އަދި އެ ޕާޓީގެ ރައީސް ކާނަލް ރިޓަޔާޑް މުޙައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ. ރައްޔިތުންގެ މަޖިލިސްގެ ދަނގެތީ ދާއިރާގެ މެންބަރުކަން ވެސް ކުރައްވަމުން ގެންދަވާ ނާޒިމް މިހެން ވިދާޅުވީ އޭނާ މިއަދު އާންމު ކުރެއްވި ބަޔާނެއްގައ... ޔުމްނާ ޢަލީ · 3 އަހަރު ކުރިން
ކުޅިވަރު ކައި ހަވާޓްޒް ޗެލްސީ ދޫކޮށް އާސެނަލް އަށް ޕްރިމިއާ ލީގުގެ ޗެލްސީއަށް ކުޅެމުން އަންނަ ޖަރުމަނުގެ ފޯވާޑް ކައި ހަވާޓްޒް، ޗެލްސީ ދޫކޮށް ވާދަވެރި އާސެނަލް އަށް ބަދަލުވާން ނިންމައިފިއެވެ. އުމުރުން 24 އަހަރުގެ ހަވާޓްޒް ޗެލްސީއާއި އެކު ހަދާފައިވާ އެއްބަސް ވުމުގައި އަދި ބާކީ ދެ އަހަރު އެބައޮތެވެ. ޕޮޗެޓީނޯގެ އިރުޝާދުގެ ދަށުން އަންނަ ސީޒަންއަށް ޗެލްސީ ތައްޔާރުވަމުން އަންނައިރު އެ ޓީމުން އަންނަނީ، ޓީމްގައި އޮތް ބޮޑު ސްކޮޑަށް ބަދަލުތަކެއް ގެންނަން މަސައްކަތް ކުރަމުންނެވެ. އެ ގޮތުން ޗެލްސީން ވަނީ އެ ޓީމްގެ […] އިބްރާހިމް ޚަލީލް · 3 އަހަރު ކުރިން
ކުޅިވަރު ކްރޫސް އިތުރު އެއް އަހަރު ރެއާލްގައި މަޑުކުރަން ނިންމައިފި ސްޕެއިންގެ ރެއާލް މެޑްރިޑަށް ކުޅެމުންއަންނަ ތަޖުރިބާކާރު މިޑްފީލްޑަރ ޓޯނީ ކްރޫސް އެ ޓީމުގައި އެއް އަހަރު މަޑުކުރަން ނިންމައި އެއްބަސްވުން އައުކޮށްފިއެވެ. އައު އެއްބަސްވުމުގެ ދަށުން އުމުރުން 33 އަހަރުގެ ކްރޫސް ރެއާލްގައި އަންނަ ސީޒަންގެ ނިޔަލަށް މަޑުކުރާނެއެވެ. ޖަރުމަނުގެ ޗެމްޕިއަން ބަޔާން މިއުކް ދޫކޮށް ކްރޫސް ރެއާލާއި ގުޅިފައިވަނީ 2014 ވަނަ އަހަރުއެވެ. އޭނާވަނީ ފާއިތުވި ނުވަ ސީޒަންގައި ރެއާލްގެ ޖޯޒީގައި 417 މެޗު ކުޅެފައެވެ. ޖަރުމަނުން 2014 ވަނަ އަހަރު ވޯލްޑް ކަޕް ފުޓްބޯޅަ […] އިބްރާހިމް ޚަލީލް · 3 އަހަރު ކުރިން
ވިޔަފާރި ކޮމަންވެލްތު ގައުމުތަކުގެ ތެރެއިން އެންމެ ކުރިއަރާ އިގްތިސާދުގެ ދެވަނައިގައި ރާއްޖެ ކޮމަންވެލްތުގެ ގައުމުތަކުގެ ތެރެއިން މިއަހަރު އެންމެ ބޮޑަށް ކުރިއަރާނެ ގައުމުތަކުގެ ލިސްޓުގެ ދެވަނައިގައި ރާއްޖެ ހިމެނިއްޖެއެވެ. ކޮމަންވެލްތުން ހާމަކޮށްފައިވާ ގޮތުގައި މި ލިސްޓުގެ އެއްވަނައިގައި އޮތީ ގުޔާނާއެވެ. އެ ގައުމުގެ އިގްތިސާދު މިއަހަރު 37.5 އިންސައްތަ ކުރިއަރާނެ ކަމަށް ލަފާ ކޮށްފައިވެއެވެ. މި ލިސްޓުގެ ދެވަނައިގައި ރާއްޖެ ހިމެނޭއިރު ރާއްޖޭގެ އިގްތިސާދު މިއަހަރު ކުރިއަރާނެ ކަމަށް ލަފާ ކޮށްފައިވަނީ 7.2 އިންސައްތައަަށެވެ. ކޮމަންވެލްތުގެ ގައުމުތަކުގެ ތެރެއިން ދެވަނައަށް އެންމެ ކުރިއަރާނެ އިގް... އަޙްމަދު ވަހީދު · 3 އަހަރު ކުރިން
ވިޔަފާރި ބީއެމްއެލް އިން އަންހެން ކުދިންނަށް ހިންގި ކޯޑިން ޕްރޮގްރާމް ނިންމާލައިފި ބީއެމްއެލްއިން “ފޯލޫޕް” އާ ގުޅިގެން އަންހެން ކުދިންނަށް ހިންގި ކޯޑިން އެންޑް އިންޖިނިއަރިން ޕްރޮގުރާމް ނިންމާލައިފިއެވެ. މިއީ މި އަހަރުގެ އަންހެނުންގެ ދުވަސް ފާހަގަކުރުމަށް ބޭއްވި ހަރަކާތްތަކުގެ ތެރެއިން ބީއެމްއެލް އިން ލޯންޗުކުރި ޕްރޮގުރާމެކެވެ. މި ޕްރޮގްރާމް ނިންމި ބައިވެރިންނަށް ވަނީ ސެޓްފިކެޓް ދީފައެވެ. ބީއެމްއެލް އިން ބުނިގޮތުގައި އެ ޕްރޮގްރާމަކީ އީޖާދީ ދުނިޔޭގައި އަންހެން ކުދިންނަށް އޮތް ފުރުސަތުތައް އިތުރުކޮށް، އެ ދާއިރާގައި އަންހެން ކުދިންނަށް ހަމަހަމަ ފުރުސަތުތަކެއް ފަހިކޮށްދިނުމުގެ ގޮތ... އަޙްމަދު ވަހީދު · 3 އަހަރު ކުރިން
ބައިނަލްއަގުވާމީ ޗައިނާގެ ރައީސަކީ ހުދުމުހުތާރު ވެރިއެއް: ބައިޑެން ޗައިނާގެ ޝީ ޖިންޕިން އަކީ ‘ހުދުމުހުތާރު ވެރިއެއް’ ކަމަށް އެމެރިކާގެ ރައީސް ޖޯ ބައިޑަން ވިދާޅުވެއްޖެ އެވެ. ބައިޑަން ވިދާޅުވީ ޗައިނާއިން އެމެރިކާގެ މައްޗަށް ފޮނުވި ޖާސޫސީ ފުއްޕާހަންތައް ވައްޓާލިކަން ޝީ ޖިންޕިންއަށް އެނގިވަޑައިނުގަންނަވާ ކަަމަށާއި އެއީ”ހުދުމުހުތާރު ވެރިންނަށް ލަދުވެތި ކަމެއް” ކަމަށެވެ. ކެލިފޯނިއާގައި ބޭއްވި ފަންޑް ރެއިޒާއެއްގައި ވާހަކަ ދައްކަވަމުން ބައިޑަން ވިދާޅުވީ ފެބްރުއަރީ މަހު އެމެރިކާގެ މަތިން ޗައިނާގެ ޖާސޫސީ ބެލޫން ވައްޓާލުމުން ޝީ ލަދުގަތް ކަމަށެވެ. “އަހަރެން އެ ބެލޫން ވައްޓ... ހުސައިން ހަބީބް · 3 އަހަރު ކުރިން
ރާއްޖެ މާލޭ ސިޓީ ޑަބްލިއުޑީސީގެ ޚިދުމަތަށް ދެ އަހަރު ފުރުން ފާހަގަކޮށް 13 ބޭފުޅަކަށް ރަނި އެވޯޑު މާލޭ ސިޓީގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ޚިދުމަތަށް ދެ އަހަރު ފުރުމުގެ މުނާސަބަތުގައި ޚާއްސަ ޖަލްސާއެއް ބާއްވައި، 13 ބޭފުޅަކަށް ރަނި އެވޯޑު ދީފިއެވެ. މި ހަފްލާ ޝަރަފްވެރިކޮށްދެއްވީ އެޑިއުކޭޝަން މިނިސްޓަރު ޑރ އައިޝަތު އަލީއެވެ. މި ހަފްލާގައި މާލޭ ސިޓީ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީން އަންހެނުން ބާރުވެރިކޮށް އެކަނބަލުން ކުރައްވަމުން ގެންދަވާ އަގުހުރި މަސައްކަތަށް ހިތްވަރު ދިނުމަށްޓަކައި “ރަނި އެވޯޑް”ގެ ނަމުގައި އެވޯޑެއް ދީފައިވާއިރު، މި އެވޯޑު 13 ބޭފުޅަކަށް ވަ... ޔުމްނާ ޢަލީ · 3 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ޢީދު ބަންދާއި ގުޅިގެން ކޭއާރުއެޗު ހާއްސަ ބަލިތަކުގެ އޯޕީޑީއާއި ލެބޯޓްރީގެ ޚިދުމަތް 4 ދުވަހު ބަންދުވާނެ އަންނަ ބޮޑު (އަޟްޙާ) ޢީދު ގެ ރަސްމީ ބަންދު ދުވަސްތަކާއި ގުޅިގެން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗް)ގެ ހާއްސަ ބަލިތަކުގެ އޯޕީޑީއާއި ލެބޯޓްރީގެ ޚިދުމަތް 4 ދުވަހަށް ބަންދުވާނެ ކަމަށް އެ ހޮސްޕިޓަލުން ހާމަކުރައްވައިފިއެވެ. ބޮޑު ޢީދު ބަންދާ ގުޅިގެން ކޭއާރުއެޗުގެ ޚިދުމަތްދޭ ދުވަސްތައް ހާމަކުރައްވަމުން އެ ހޮސްޕިޓަލުން މިއަދު ވިދާޅުވީ، ބޮޑު ޢީދު ބަންދާއި ގުޅިގެން އެ ހޮސްޕިޓަލްގެ ހާއްސަ ބަލިތަކުގެ އޯޕީޑީއާއި ލެބޯޓްރީގެ ޚިދުމަތް 4 ދުވަހަށް ބަންދުވާނެ ކަމަށެވެ. މިގޮތުން އެ ޚިދުމަތްތައް […] ޔުމްނާ ޢަލީ · 3 އަހަރު ކުރިން
ރާއްޖެ މަޖިލިސް ހުއްޓުވާފައި އޮތީ ސަރުކާރުން، ރައްޔިތުންގެ އަޑު އިއްވަން ފުރުސަތު ލިބެންޖެހޭ: ޝިޔާމް ރައްޔިތުންގެ މަޖިލިސް ކުރިއަށް ގެންދިޔަ ނުދީ، މަޖިލިސް ހުއްޓުވާފައި އޮތީ ސަރުކާރުން ކަމަށާއި، އެހެންކަމުން ރައްޔިތުންގެ އަޑު އިއްވުމުގެ ފުރުސަތު ބަންދުވެފައިވާތީ އެ ފުރުސަތު ލިބެންޖެހޭކަމަށް މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަދި ޕީޕީއެމްގެ އެއް ނައިބު ރައީސް އަހްމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ. މަޖިލިހީގެ ރައީސްގެ އިތުބާރުގެ މައްސަލަ ހުށަހަޅައި، ގޮތެއް ނުނިމި އުޅެނިކޮށް މަޖިލީހުގެ ނައިބު ރައީސްގެ އިތުބާރުގެ މައްސަލަ ސަރުކާރު ހިންގާ ކޯލިޝަންގެ މައި ޕާޓީ، ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (... ޔުމްނާ ޢަލީ · 3 އަހަރު ކުރިން
ވިޔަފާރި ދަނޑުވެރިކަމުގެ ބާވަތްތައް އުފުލުމަށް 2 ބޯޓު ބަންނަން ހަވާލުކޮށްފި އެގްރޯ ނޭޝަނަލް ކޯޕަރޭޝަން، އެގްރޯނެޓުން 2 ބޯޓު ބަންނަން ހަވާލުކޮށްފިއެވެ. އެގްރޯނެޓުން ދަނޑުވެރިކަމުގެ ބާވަތްތައް އުފުލުމަށް ބޭނުންކުރާ މި ދެ ބޯޓު ބަނުމަށް ހަވާލުކޮށްފައިވަނީ ފިކްސްއިން މެރިން ޕްރައިވެޓް ލިމިޓެޑާއެވެ. މިއީ ޖަޕާނު ސަރުކާރުގެ އެހީގައި ޔޫއެންޑީޕީގެ ޕީޑީއެސްއޭއީ ގެ ދަށުން ބަންނަ ބޯޓުތަކެކެވެ. 65 ފޫޓުގެ ބޯޓަކާއި 45 ފޫޓުގެ މިބޯޓް ފަރުމާކުރީ ދިވެހި ފުލުހުންގެ ޚިދުމަތުގެ މެރިން ޕޮލިސްއިންނެވެ. އެގްރޯނެޓުން ބުނީ މިމަސައްކަތަށް އިކޮނޮމިކް މިނިސްޓްރީއާއި އެގްރިކަލްޗަރ މިނިސްޓްރީގެ އެހީތެރ... މުޙައްމަދު އަފްރާޙް · 3 އަހަރު ކުރިން
ރާއްޖެ މޮޅަދޫގައި ބޭއްވި ވޮލީ ކޭމްޕު ނިންމާ ބައިވެރިންނަށް ސެޓްފިކެޓް ދީފި ހއ. މޮޅަދޫގައި ބޭއްވި ވޮލީ ކޭމްޕު ނިންމައި، ބައިވެރިންނަށް ސެޓްފިކެޓް ދީފިއެވެ. އެރަށު ކައުންސިލާއިި އިހަވަންދޫ ޕޮލިސް ސްޓޭޝަން ގުޅިގެން ކުރިއަށް ގެންދިޔަ މި ކޭމްޕު ބާއްވާފައިވަނީ ޖޫން 4 ން 18 ގެ ނިޔަލަށެވެ. މޮޅަދޫ ކައުންސިލުން ވިދާޅުވީ މި ކޭމްޕުގައި 37 މީހަކު ބައިވެރިވެފައިވާ ކަމަށާއި އޭގެތެރޭގައި 3 ފިރިހެނުން ފިޔަވައި ދެން މުޅިން ވެސް ހިމެނެނީ އަންހެނުން ކަމަށެވެ. އަދި މުދައްރިބެއްގެ ގޮތުގައި ހަރަކާތްތެރިވީ އިހަވަންދޫ ޕޮލިސް ސްޓޭޝަންގެ މައުމޫރު މުހައްމަދު ކަމަށެވެ. […] މުޙައްމަދު އަފްރާޙް · 3 އަހަރު ކުރިން
ރާއްޖެ ނަޝީދު އެމްޑީޕީ އިން ވަކިވެވަޑައިގެންފި ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ވަކިވެވަޑައިގެންފިއެވެ. އެޕާޓީން ވަކިވެވަޑައިގަތުމަށް ފޮނުއްވި ސިޓީފުޅުގައި ވިދާޅުވެފައިވަނީ މި ވަގުތު ރާއްޖޭގައި ކަންކަން ހިންގަމުންދާ ގޮތަށް ބަލައި، އެމްޑީޕީގައި ހުންނެވުމަކީ އެންމެ ރަނގަޅު ގޮތް ކަމުގައި ދެކެވަޑައި ނުގަންނަވާތީ ޕާޓީން ވަކިވާ ކަމަށެވެ. އެޕާޓީގެ ރައީސްގެ މަގާމު ވެސް ފުރުއްވަމުން ގެންދަވާ ނަޝީދު ވަނީ 20 އަހަރު އެމްޑީޕީއަށް ހިދުމަތްކޮށްދެއްވާފައެވެ. އެމްޑީޕީ ތަމްސީލު ކުރައް... މުޙައްމަދު އަފްރާޙް · 3 އަހަރު ކުރިން
ކުޅިވަރު ހާލަންޑްގެ ލަނޑުތަކުން ނޯވޭއިން ސައިޕްރަސް ބަލިކޮށްފި އަންނަ އަހަރު ޖަރުމަނުގައި ބާއްވާ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ކޮލިފައިންގެ ގްރޫޕް އޭގައި ރޭ ނޯވޭއާއި ސައިޕްރަސް ބައްދަލުކުރި މެޗު ފަސޭހަކަމާއިއެކު ނޯވޭއިން ކާމިޔާބު ކޮށްފިއެވެ. މި މެޗުގައި ނޯވޭއިން ސައިޕްރަސްގެ މައްޗަށް ކުރި ހޯދީ 3-1 ގެ ނަތީޖާއިންނެވެ. މި މެޗުގައި ފުރަތަމަ ލަނޑު ޖަހައި ލީޑު ނެގީ ވެސް ނޯވޭއިންނެވެ. ފުރަތަމަ ލަނޑު 12 ވަނަ މިނެޓުގައި ސޯލޮތު ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ކާމިޔާބު ކޮށްދިނީ އޮލާ ސޮލްބަކެންއެވެ. މެޗުގެ ދެވަނަ ހާފުގައި ހާލަންޑް […] އިބްރާހިމް ޚަލީލް · 3 އަހަރު ކުރިން
މަޖިލިސް ރައީސް ޞާލިޙް މަޖިލީހަށް ހާޟިރުކުރަން ހުށަހަޅައިފިން: އިދިކޮޅު ކޯލިޝަން ރައީސް އިބްރާހިމް މުހައްމަދު ސާލިހު، ރައްޔިތުންގެ މަޖިލީހަށް ހާޟިރު ކުރެއްވުމަށް ހުށަހަޅާފައިވާކަމަށް ޕްރޮގްރެސިވް ކޯލިޝަނުން ވިދާޅުވެއްޖެއެވެ. އެ ކޯލިޝަނުން ރައްޔިތުންގެ މަޖިލީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕީޕީއެމްގެ ޕީޖީ ލީޑަރު، އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް ވިދާޅުވީ ރައީސް ޖަވާބުދެއްވަން ޖެހިވަޑައިގަންނަވާ މުހިންމު ސުވާލުތަކެއް އެބަހުރި ކަމަށެވެ. އެހެންކަމުން އެމަނިކުފާނު މަޖިލީހަށް ހާޟިރު ކުރެއްވުމަށް މައިނޯރިޓީ ލީޑަރުގެ ހައިސިއްޔަތުން މަޖިލީހަށް ހުށަހަޅާފ... މުޙައްމަދު އަފްރާޙް · 3 އަހަރު ކުރިން
ވިޔަފާރި އަންނަ ހޮނިހިރު ދުވަހު ހިޔާ ޓަވަރު ތަކުން ކަރަންޓު ކެނޑުން އެކަށީގެންވޭ: ސްޓެލްކޯ މި ހިނގާ ޖޫން މަހުގެ 24 ވަނަ ދުވަހު ހުުޅުމާލެ ފްލެޓުތަކުން ކަރަންޓު ކެނޑުން އެކަށީގެންވާ ކަމަށް ސްޓެލްކޯ އިން ބުނެފިއެވެ. ސްޓެލްކޯ އިން ބުނީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ދާއިމީ ކަރަންޓު ޑިސްޓްރިބިއުޝަން ނެޓްވޯކްގެ މަސައްކަތް އަދިވެސް ނުނިމޭ ކަމަށާއި އެހެންވެ، ދެވަނަ ފިޔަވަހީގައި އަލަށް ކުރަމުންދާ އިމާރާތްތަކަށް ކަރަންޓު ފޯރުކޮށްދިނުމަށް އެ ކުންފުނިން ގާއިމްކޮށްފައިވާ ވަގުތީ ޑިސްޓްރިބިއުޝަން ނެޓްވޯކް އަޕްގްރޭޑް ކުރުމުގެ މަސައްކަތް ޖޫން 24 ވާ ހޮނިހުރު ދުވަހު ކުރުމަށް ނިންމާފައިވާ ކަމަށެވެ. އެ […] މުޙައްމަދު އަފްރާޙް · 3 އަހަރު ކުރިން