ރާއްޖެ ފުރާ މީހުން ތިން ގަޑިއިރު ކުރިން އެއާޕޯޓަށް ދިއުމަށް އެދިއްޖެ ފުރާ މީހުން ތިން ގަޑިއިރު ކުރިން އެ އެއާޕޯޓަށް ދިއުމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން އިލްތިމާސް ކޮށްފިއެވެ. އެ ކުންފުނިން މިކަމަށް އިލްތިމާސްކޮށް ކޮށްފައިވާ މިވަނީ ބޮޑު ޗުއްޓީއާއި ދިމާކޮށް ރާއްޖޭން ބޭރަށާއި އަތޮޅުތެރެއަށް ފުރާ މީހުން ގިނަ އަދަދަކަށް އެއާޕޯޓަށް ދާތީއެވެ. އެމްއޭސީއެލް އިން ބުނީ އެމީހުންނާއެކީ އެއާޕޯޓަށް ދާ މީހުން ވެސް ގިނަވުމުގެ ސަބަބުން ބާރު ބޮޑުވާމީހުންގެ ކިއު ދިގުވުމުގެ ސަބަބުން ފްލައިޓްތައް ޑިލޭވުމުގެ ފުރުސަތު ބޮޑުވާނެތީ ކަމަށެވެ. މީގެ އިތުރުން [... މުޙައްމަދު އަފްރާޙް · 3 އަހަރު ކުރިން
ކުޅިވަރު ސެބާޔޯސް ރެއާލްގެ ކޮންޓްރެކްޓް އައުކޮށްފި ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ ސްޕެއިންގެ މިޑްފީލްޑަރ ޑެނީ ސެބާޔޯސް ރެއާލާއިއެކު ހަދާފައިވާ އެއްބަސްވުން އައުކޮށްފިއެވެ. އިތުރު ހަތަރު އަހަރު އޭނާ ރެއާލުގައި މަޑުކުރަން ނިންމާފައިވާކަން އެ ކުލަބުން އިއްޔެ އިޢުލާން ކޮށްފައިވާއިރު، މި އެއްބަސްވުމުގެ ދަށުން 2027 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް އޭނާ ރެއާލްގައި މަޑުކުރާނެއެވެ. ފާއިތުވި ހަތަރު ސީޒަންގައި ރެއާލްގެ ކޮންޓްރެކްޓްގައި ހުރި ސެބާޔޯސް ވަނީ ރެއާލްގެ އިތުރުން އެ ހަތަރު އަހަރުގެ ތެރޭ ލޯން އެއްބަސްވުމެއްގެ ދަށުން ޕްރިމިއާ ލީގުގެ […] އިބްރާހިމް ޚަލީލް · 3 އަހަރު ކުރިން
ރާއްޖެ ކަނޑުދަތުރުކުރާ ފަރާތް ތަކުން މޫސުމަށް ސަމާލުވުމަށް އިލްތިމާސެއް ކަނޑުދަތުރުކުރާ ފަރާތް ތަކުން މޫސުމަށް ސަމާލުވުމަށް މޫސުމާއި ބެހޭ ގައުމީ އިދާރާ، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް އިން އިލްތިމާސް ކޮށްފިއެވެ. އެ އިދާރާ އިން ވިދާޅުވީ ރާއްޖޭގެ އެކި ހިސާބުތަކަށް ގުގުރުމާއެކު ވިއްސާރަކުރާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. ހާއްސަކޮށް މެދު ރާއްޖެތެރޭ އާއި އުތުރުގެ ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހޭނެ ކަމަށް ވަނީ ލަފާކޮށްފައެވެ. އަދި ރާއްޖޭގެ އުތުރާއި މެދު ރާއްޖެތެރޭގެ ކަނޑުތައް ގަދަވާނެ ކަމަށާއި ދެކުނުގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވެފައި ވިލާގަނޑުގައި ގަދަވާނެކަމަށ... މުޙައްމަދު އަފްރާޙް · 3 އަހަރު ކުރިން
ކޮލަމް ދަރިފުޅުގެ ފުރާނަ ސަލާމަތް ނުކުރެވޭނެކަން އެނގުމުން ވެސް ދެއްކީ ގަދަ ހިތްވަރު ދަރީންނަކީ އަޅުގަނޑުމެންގެ ހިތުގެ މޭވާއެވެ. ޙަޔާތުގެ އުފާވެރިކަމެވެ. އަދި ދިރިއުޅުމުގެ ޒީނަތްތެރިކަމެވެ. ދަރީން ލިބުމާއިއެކު ދިރިއުޅުމުގެ މިސްރާބް ބަދަލު ވެގެން ދެއެވެ. ދެމަފިރިންގެ ހުރިހާ އުފަލަކާއި، ވަގުތުތަކެއް އެދަރީންނަށްޓަކައި ހުސްކުރެވެއެވެ. މުޅި ދިރިއުޅުން ބިނާ ކުރެވެނީވެސް ހަމައެކަނި ދަރިންނަށްޓަކައެވެ. ދަރިންގެ އުފަލާއި ޞިއްޙަތާއި ރައްކާތެރިކަމަށްޓަކައެވެ. އަދި އެދަރިންގެ މުސްތަޤްބަލާއި ކުރިމަގަށްޓަކައެވެ. ދައްކަން މިއުޅެނީ މިދެންނެވި ފަދައިން ދަރީންނާއިމެދު ވިސްނަމުންދިޔަ ވަރަށްވެސް ކ... ސަލާމާ ޢަބްދުލް ޢަލީމް · 3 އަހަރު ކުރިން
ރާއްޖެ ރިޔާސީ އިންތިޚާބަށް ހުޅުވާލުން 23 ޖުލައިގައި، ނަން ތަރުތީބު ކުރުން 9 އޯގަސްޓަގައި މި އަހަރު އޮންނަ ރިޔާސީ އިންތިޚާބުގައި ވާދަކުރަން ބޭނުންވާ މީހުންނަށް އިންތިޚާބުގައި ވާދަކުރުމަށް ކުރިމަތިލުމުގެ ފުރުސަތު އަންނަ ޖުލައިމަހުގެ 23 ވަނަ ދުވަހު ހުޅުވާލާނެކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)އިން ވިދާޅުވެއްޖެއެވެ. އީސީގެ ނައިބު ރައީސް އިސްމާއީލް ހަަބީބް މިއަދު ވިދާޅުވިގޮތުގައި، ރިޔާސީ އިންތިޚާބު 2023 އަށް ކުރިމަތިލާ މީހުންގެ އެޕްލިކޭޝަން، އިންތިހާބާބެހޭ މަރުކަޒު (ދަރުބާރުގެ) އަށް، އީސީ އިން ބަލައިގަންނާނީ، ޖުލައި 23 ވާ އާދީއްތަ ދުވަހުން ފެށިގެން، އޮގަސްޓް 7 ވާ ހޯމަދުވަހު ގެ ނިޔަލަށެވެ... ޔުމްނާ ޢަލީ · 3 އަހަރު ކުރިން
ކުޅިވަރު މެސީ ފަހަތުން ބުސްކެޓްސް ވެސް އިންޓަ މިއާމީއަށް ބާސެލޯނާގައި މޮޅު ކުޅުމެއް ދެއްކި ސްޕެއިންގެ ތަޖުރިބާކާރު މިޑްފީލްޑަރ ސާޖިއޯ ބުސްކެޓްސް އެމެރިކާގެ އިންޓަ މިއާމީއަށް ބަދަލުވާން ނިންމާފައިވާކަމަށް އެ ކުލަބުން ހާމަކޮށްފިއެވެ. ދުނިޔެދުއް އެންމެ މޮޅު އެއް ފުޓްބޯޅަ ކުޅުންތެރިޔާ ކަމަށްވާ އާޖެންޓީނާގެ ލައިނަލް މެސީ ފާއިތުވި ސީޒަނަށް ފަހު ފްރާންސްގެ ޕީއެސްޖީއާއިއެކު ހަދާފައިވާ އެއްބަސްވުން ހަމަވުމުން އެ ޓީމް ދޫކޮށް ވަނީ އިންޓަ މިއާމީއަށް ބަދަލުވެފައެވެ. ބުސްކެޓްސްއާއި މެސީއަކީ ބާސާގައި އެކުގައި 13 އަހަރު ހޭދަކުރި ދެ ކުޅުންތެރިންނެވެ. މި ދެ ކުޅުންތެރިނ... އިބްރާހިމް ޚަލީލް · 3 އަހަރު ކުރިން
ކުޅިވަރު ސެލްޓަ ވިގޯގެ އައު ކޯޗަކަށް ބެނިޓޭޒް ސްޕެނިޝް ލީގުގެ ސެލްޓަ ވިގޯގެ އައު ކޯޗަކަށް ރަފައެލް ބެނިޓޭޒް ހަމަޖައްސަން އެ ކުލަބުން ނިންމައިފިއެވެ. ފާއިތުވި ސީޒަންގައި ސެލްޓަ ވިގޯގެ ނަތީޖާތައް ފެނުނީ ވަރަށް ދަށްކޮށެވެ. ނަމަވެސް އެ ޓީމްގެ ކޯޗްގެ މަގާމުގައި ހުރި ކާލޮސް ކަރަވަހާލްގެ އިރުޝާދުފެ ދަށުން އެ ޓީމް ވަނީ ރެލިގޭޝަން ޒޯނަށް ނުވެއްޓި ސަލާމަތްވެފައެވެ. ސީޒަނަށް ފަހު ކާލޮސް އިސްތިއުފާ ދިނުމާއިއެކު އެ މަގާމް އޮތީ ހުސްވެފައެވެ. އުމުރުން 63 އަހަރުގެ ސްޕެއިންގެ ތަޖުރިބާކާރު ކޯޗް ބެނިޓޭޒް ސެލްޓަ ވިގޯއާއި […] އިބްރާހިމް ޚަލީލް · 3 އަހަރު ކުރިން
ރާއްޖެ ވޯޓާސް ލިސްޓަށް 551 ޝަކުވާ، ރީ-ރަޖިސްޓްރޭޝަނަށް ހުޅުވާލުން ޖުލައި 16 ގައި ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގެ ދާއިމީ ވޯޓާސް ލިސްޓް އަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން އާންމުކޮށް ޝަކުވާއަށް ހުޅުވާލި ފުރުސަތުގައި 551 ޝަކުވާ ހުށައަޅާފައިވާކަމަށް އެ ކޮމިޝަނުން ވިދާޅުވެއްޖެއެވެ. ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގެ ދާއިމީ ވޯޓާސް ލިސްޓް އީސީން ޢާންމު ކުރެއްވީ 11 ޖޫން 2023 ގައެވެ. އަދި އެއްވެސް ޝަކުވާއެއް އޮތްނަމަ އެދުވަހުން ފެށިގެން 22 ޖޫން 2023 ވަނަ ދުވަހު 15:00 އަށް ހުށައެޅުމަށް ވަނީ ހުޅުވާލާފައެވެ. ވޯޓާސް ލިސްޓަށް ޝަކުވާ ހުށައެޅުމަށް ދިން […] ޔުމްނާ ޢަލީ · 3 އަހަރު ކުރިން
ކުޅިވަރު ޒެކޯ އިންޓަ ދޫކޮށް ތުރުކީގެ ފެނަބާޗޭއަށް އިޓަލީގެ އިންޓަ މިލާނަށް ކުޅެމުންއައި އުމުރުން 37 އަހަރުގެ، ބޮސްނިއާ ފޯވާޑް އެޑިން ޒެކޯ އިންޓަ މިލާން ދޫކޮށްލުމަށް ފަހު ތުރުކީގެ ފެނަބާޗޭއާއި ގުޅެން ނިންމައިފިއެވެ. ޒެކޯ އިންޓައާއިއެކު ހަދާފައިވާ ކޮންޓްރެކްޓް މި މަހުގެ ނިޔަލަށް ހަމަވާނެއެވެ. ވުމާއެކި އޭނާ ފެނަބާޗޭއާއި ގުޅެނީ ދެ އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުން ހިލޭ ޓްރާންސްފާއެއްގައެވެ. ޒެކޯ އިންޓައާއި ގުޅިފައިވަނީ 2021 ވަނަ އަހަރު އިޓަލީގެ ރޯމާއިންނެވެ. އިންޓާގައި އޭނާ ހޭދަކުރި ދެ ސީޒަންގައި އޭނާ ވަނީ 101 މެޗު […] އިބްރާހިމް ޚަލީލް · 3 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ޗެމްޕިއަން ޓީމަށް 50000 ރުފިޔާދޭ ދިއްދޫ ކަޕްގައި ބައިވެރިވާން ހުޅުވާލައިފި ތިލަދުންމަތީ އުތުރުބުރީ ދިއްދޫ ކައުންސިލުން އިންތިޒާމް ކޮށްގެން ބާއްވާ “ދިއްދޫ ކަޕް ހަވަނަ ފުޓްބޯޅަ މުބާރާތް” ގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މި މުބާރާތުގައި ބައިވެރިވުކުގެ ފުރުޞަތު ދިނުމަށް ނިންމާފައިވަނީ މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސް އެމްޕަވަމެންޓުގައި ރަޖިސްޓަރީ ކޮށްފައިވާ ދިއްދޫއަށް ނިސްބަތްވާ ކުލަބް ޖަމިއްޔާތަކަށެވެ. މި މުބާރާތް ބޭއްވުމުގެ މަޤުޞަދުތަކުގެ ތެރޭގައި ހިމެނެނީ ދިއްދޫގެ ކުލަބް ޖަމިއްޔާތަކުގެ މެދުގައި ގުޅުން ބަދަހިކުރުމާއި ދިއްދޫގެ ޒުވާނުންގެ ފުޓްބޯޅައިގެ ހުނ... އިބްރާހިމް ޚަލީލް · 3 އަހަރު ކުރިން
ރާއްޖެ ރިޔާސީ އިންތިހާބަށް ކުރިމަތިލާން އިތުރު ދުވަސް ލިބޭ އިސްލާހަށް ޢަމަލުކުރަން ފަށައިފި ރިޔާސީ އިންތިޚާބުގެ ޤާނޫނަށް 4 ވަނަ އިޞްލާޙް ގެނައުމުގެ ބިލް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އިއްޔެ ތަސްދީގު ކުރައްވައިފިއެވެ. ސަރުކާރުގެ ފަރާތުން ކެލާ ދާއިރާގެ މެންބަރު އިބްރާޙީމް ޝަރީފް (ކެލާ އިބްރޭ) ހުށަހެޅުއްވި މިބިލަކީ، ޖޫން 19 ވަނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ 2023 ވަނަ އަހަރުގެ ދެވަނަ ދައުރުގެ 13 ވަނަ ޖަލްސާއިން ފާސްކުރި ބިލެކެވެ. މިޤާނޫނުގެ 5 ވަނަ މާއްދާގެ (ރ) އަށް ގެނެސްފައިވާ މައިގަނޑު އިޞްލާޙަކީ، ރިޔާސީ އިންތިޚާބަށް ކުރިމަތިލުމަށް […] ޔުމްނާ ޢަލީ · 3 އަހަރު ކުރިން
ރާއްޖެ މިއީ މަޖިލިސް ޗުއްޓީއަށް ދެވޭނެ ހާލަތެއް ކަމަށް ޤަބޫލެއް ނުކުރަން: އެމްއެންޕީ އެންމެ ކުޑަމިނުން މަޖިލިސް ކޮމެޓީތައް ހިންގޭނެ ގޮތެއް ނުދައްކާ މަޖިލިސް ޗުއްޓީއަށް ގޮސްގެންވާނެކަމަށް ޤަބޫލު ނުކުރެވޭކަމަށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)އިން އިއްޔެ ބުނެފިއެވެ. އެމްއެންޕީގެ ޕާލަމެންޓަރީ ގްރޫޕްގެ ފަރާތުން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ޕާޓީގެ ރައީސް އަދި ޕީޖީ ލީޑަރު، ދަނގެތީ ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް ވިދާޅުވީ، މަޖިލިސްގެ އިއްޔެގެ ޖަލްސާގައި އޮއްޓަރުހުރި މަސައްކަތްތަކެއް ކުރެވުނު ކަމަށް ޤަބޫލެއް ނުކުރެއްވޭ ކަމަށެވެ. މަޖިލިސް ”މަރުތަޅު” ގައި އޮއް... ޔުމްނާ ޢަލީ · 3 އަހަރު ކުރިން
ކުޅިވަރު ނަޗޯ އިތުރު އެއް އަހަރު ރެއާލްގައި މަޑުކުރަން ނިންމައިފި ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ ސްޕެއިންގެ ޑިފެންޑަރ ނަޗޯ ފެނާންޑޭޒް އިތުރު އެއް އަހަރު ދުވަހު ރެއާލުގައި މަޑުކުރަން ނިންމައި އައު ކޮންޓްރެކްޓްގައި ސޮއިކޮށްފިއެވެ. އުމުރުން 33 އަހަރުގެ ނަޗޯ ވަނީ މި މަހު ކުރީކޮޅު އޭނާ ރެއާލުގައި މަޑުކުރާނެ ކަން ކަށަވަރުކޮށްދީފައެވެ. މި އެއްބަސްވުމުގެ ދަށުން އޭނާ އަންނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް ރެއާލުގައި މަޑުކުރާނެކަން އިއްޔެ ރެއާލުން ވަނީ ކަށަވަރު ކޮށްދީފައެވެ. ބެންޒެމާ ރެއާލް ދޫކޮށްލުމާއި އެކު މިވަގުތު ރެއާލްގެ ކެޕްޓަނަކީ ވެސް […] އިބްރާހިމް ޚަލީލް · 3 އަހަރު ކުރިން
ވިޔަފާރި އީދު ބަންދުގެ ތެރޭގައި އުރީދޫ ސުޕަނެޓް އެކްޓިވޭޓްކޮށްގެން އައިފޯން 14 އެއް ހޯދުމުގެ ފުރުސަތު ކުރިއަށް އޮތް އަޟްހާ އީދު ބަންދާ ދިމާކޮށް ހާއްސަ އޮފާތަކެއް އުރީދޫ މޯލްޑިވްސް އިން ތައާރަފު ކޮށްފިއެވެ. މި އޮފާތަކަކީ އަޟްހާ އީދަކީ އެއްބައިވަންތަކަމާއި އުފާފާޅުކުރުމުގެ ދުވަސްވަރެއް ކަމަށްވުމުން، މުޅި ޗުއްޓީ ތެރޭގައި ކަސްޓަމަރުން ގުޅުވާލަދީ އީދުގެ އުފާ އެންމެ ފުރިހަމައަށް ހޯދުމުގެ މަގު ފަހިކޮށްދިނުމުގެ ގޮތުން ތައާރަފު ކުރި އޮފާތަކެކެވެ. އެގޮތުން ބޮޑުޗުއްޓީ ޕެކަކާއި ސުޕަނެޓް، ފަސޭހަ، އަދި 5ޖީ އެއާފައިބަ އަލަށް ނަގާ ފަރާތްތަކަށް އަދި އަޕްގްރޭޑް ކުރާ ފަރާތްތަކަށް އައިފޯން 14 ގެ […] އަޙްމަދު ވަހީދު · 3 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު މަކުނުދޫ އެއާޕޯޓުގެ ބިން ހިއްކަން ހަވާލުކޮށްފި ހދ. މަކުނުދޫ އެއާޕޯޓްގެ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ބަޔަކާ ހަވާލުކޮށްފިއެވެ. އިއްޔެ ޕްލޭނިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި ސަރުކާރުން މި މަޝްރޫއު ހަވާލުކޮށްފައިވަނީ ބިގްފިޝް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއެވެ. ޕްލޭނިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި މި މަޝްރޫއުގެ އެއްބަސްވުމުގައި އެ މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޕާމަނަންޓް ސެކްރެޓަރީ ޒީނިޔާ އަހުމަދު ހަމީދެވެ. އަދި ބިގްފިޝްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ ޝާފިން އަހުމަދެވެ. މި މަޝްރޫ... އަޙްމަދު ވަހީދު · 3 އަހަރު ކުރިން