މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ބ. އަތޮޅުން ފެށިގެން ލ. އަތޮޅަށް (22:30 އިން 03:30 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ

ތިލަދުންގެ އަރުޝީފުން ހޯދުން

ފަހުގެ ހޯދުންތައް:
މާރަންދޫ ރައީސް ޖައިލަމް، ނާޒިމަށް ތާއީދުކޮށް އެމްއެންޕީއާ ގުޅިއްޖެ

މާރަންދޫ ރައީސް ޖައިލަމް، ނާޒިމަށް ތާއީދުކޮށް އެމްއެންޕީއާ ގުޅިއްޖެ

ހއ. މާރަންދޫ ކައުންސިލްގެ ރައީސް ޖައިލަމް ހާރޫން، މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) އަށް ސޮއިކުރައްވައިފިއެވެ. ޖައިލަމް އެމްއެންޕީއަށް ސޮއި ކުރައްވައި، ފޯމު ހަވާލުކުރައްވާފައި ވަނީ އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި އެމްއެންޕީގެ ރިޔާސީ ކެންޑިޑޭޓް، އެ ޕާޓީގެ ރައީސް ދަނގެތީ ދާއިރާގެ މެންބަރު މުޙައްމަދު ނާޒިމް އާއެވެ. އެމްއެންޕީން ވަނީ، މާރަންދޫ ކައުންސިލްގެ ރައީސް ޖައިލަމް ހާރޫން އެމްއެންޕީގެ ރިޔާސީ ކެންޑިޑޭޓް މުޙައްމަދު ނާޒިމްއަށް ތާއިދުކުރަން ނިންމައި، އެމްއެންޕީއާއި ގުޅުމުން ހޫނު މަރުހަބާއެއް...

ޔުމްނާ ޢަލީ
ސަރުކާރުން ބޭނުންވާގޮތައް ސްކޫލްތަކުގައި ސިޔާސީ ހަރަކާތް ނުހިންގުމުން ޓީޗަރުން ބަދުނާމު ކޮށްގެންނުވާނެ: ހަސަނާ

ސަރުކާރުން ބޭނުންވާގޮތައް ސްކޫލްތަކުގައި ސިޔާސީ ހަރަކާތް ނުހިންގުމުން ޓީޗަރުން ބަދުނާމު ކޮށްގެންނުވާނެ: ހަސަނާ

ސަރުކާރުން ބޭނުންވާގޮތައް ސްކޫލްތަކުގައި ސިޔާސީ ހަރަކާތް ހިންގަން ފުރުސަތު ނުލިބުމަކީ ޓީޗަރުން ބަދުނާމު ކުރަންޖެހޭ ސަބަބެއްނޫން ކަމަށް މިލަންދޫ ދާއިރާގެ ކުރީގެ މެންބަރު ހަސަން މުފީދު އަބުދުލް ޤާދިރު (ހަސަނާ) ވިދާޅުވެއްޖެއެވެ. ހަސަނާ މިހެން ވިދާޅުވީ، ސަރުކާރު ބަދުނާމުވާ ގޮތަށް އަމަލުނުކުރެވޭ ގޮތަށް ޓީޗަރުންނަށް ސުލޫކީ މިންގަނޑެއް އެކުލަވާލައި އެކަން އާންމުކުރެއްވުމުން އެކަމަށް ފާޑުވިދާޅުވަމުންނެވެ. އެކަމަށް ފާޑުވިދާޅުވެ މީސްމީޑިއާގައި ހަސަނާ ވިދާޅުވީ، ސަރުކާރުން ބޭނުންވާގޮތަށް ސްކޫލްތަކުގައި ސިޔާ...

ޔުމްނާ ޢަލީ
ހުޅުމާލޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި

ހުޅުމާލޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި

ހުޅުމާލޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ. މި އެކްސިޑެންޓް ހިނގައިގެން އުޅޭ މަންޒަރުގެ ވީޑިއޯ މީސްމީޑިއާގައި އާންމުވެފައިވާއިރު، މި ވީޑިއޯއިން ފެންނަ ގޮތުގައި އެކްސިޑެންޓް ހިނގާފައި ވަނީ ދެ ސައިކަލެއް ޖެހިގެންނެވެ. ދެ ސައިކަލް އެކްސިޑެންޓްވެ ވެއްޓިފައިވާ މަންޒަރު ވީޑިއޯއިން ފެންނައިރު އެތަނުން ސައިކަލެއްގައި އިން މީހެއްކަމަށް ބެލެވޭ މީހަކު އެތަނުގައި ވެއްޓިފައި އޮއްވައި ވެސް ވީޑިއޯއިން ފެނެއެވެ. އަދި އިތުރު މީހަކު އެމްބިއުލާންސަށް އަރުވާމަންޒަރު ވެސް ވީޑިއޯއިން ފެނެއެވެ. Hulhumale H...

ޔުމްނާ ޢަލީ
މާލޭގައި ރޯގާއެއް ފެތުރި ހޮސްޕިޓަލްތައް ފުރިއްޖެ

މާލޭގައި ރޯގާއެއް ފެތުރި ހޮސްޕިޓަލްތައް ފުރިއްޖެ

ގްރޭޓާ މާލޭ ސަރައްދުގައި ހޮޑުލުމާއި ބޭރަށް ހިންގުމުގެ ރޯގާއެއް ފެތުރި މާލޭގެ މައި ހޮސްޕިޓަލްތައް ފުރިއްޖެ އެވެ. ސަރުކާރުގެ މައި ހޮސްޕިޓަލް، އިންދިރާގާންދީ މެމޯރިއަލް ހޮސްޕޓަލް (އައިޖީއެމްއެޗް) އާއި މާލޭގެ އެންމެ ބޮޑު ޕްރައިވެޓް ހޮސްޕިޓަލް އޭޑީކޭ ހޮސްޕިޓަލުން ވަނީ އިއްޔެ އިން ފެށިގެން ޑޮކްޓަރަށް ދައްކާ ކުދިން އިތުރުވެ ހޮސްޕިޓަލްތަކުގެ އެމެޖެންސީ ރޫމް ފުރިފައިވާތީ ފަރުވާ ދިނުމަށް ހާއްސަަ އިންތިޒާމުތަކެއް ހަމަޖައްސަމުންދާ ކަމަށް ބުނެފަ އެވެ. މީގެ އިތުރުން ސިފައިންގެ ހޮސްޕިޓަލް، ސެނަހިޔާ އާއި ހުޅުމާ...

ޔުމްނާ ޢަލީ
ޖަމިއްޔާތަކަށް ފަހު ފުރުސަތު ދިން އިއުލާން ބާތިލުކޮށްފި

ޖަމިއްޔާތަކަށް ފަހު ފުރުސަތު ދިން އިއުލާން ބާތިލުކޮށްފި

ދިވެހިރާއްޖޭގައި ރަޖިސްޓަރީކޮށްގެން ހިންގަމުންދާ 1989 ޖަމިއްޔާ އެއް އުވާލުމުގެ ކުރިން އެ ޖަމިއްޔާތައް އުވާލުން ހުއްޓުވައިދިނުމަށް އެދުމުގެ ފުރުސަތުދީ އެކަން ޢާންމުކޮށް ކުރި ޢިއުލާން މިރޭ ބާތިލުކޮށްފިއެވެ. އެ އިޢުލާން ބާތިލުކުރިކަން ހާމަކޮށް ޔޫތު މިނިސްޓްރީން މިރޭ ކުރި ޢިއުލާނެއްގައި ވިދާޅުވީ 1989 ޖަމިއްޔާއެއް އުވާލުމުގެ ކުރިން އެ ޖަމިއްޔާތައް އުވާލުން ހުއްޓުވައިދިނުމަށް އެދުމުގެ ފުރުސަތުދީ އެކަން ޢާންމުކޮށް ކުރި އިޢުލާނާ ގުޅިގެން، އިދާރީ ގޮތުން ބަލަންހުރި ކަންކަން އަދި ހުރުމުގެ ސަބަބުން އެ ޢިއުލ...

ޔުމްނާ ޢަލީ
މޫލީ މިނިވަން ސޭލް: ދިވެހި ބްރޭންޑްތަކުން ހާއްސަ ޑިސްކައުންޓާއެކު މުޅި ރާއްޖެއަށް ހިލޭ ޑެލިވަރީ!

މޫލީ މިނިވަން ސޭލް: ދިވެހި ބްރޭންޑްތަކުން ހާއްސަ ޑިސްކައުންޓާއެކު މުޅި ރާއްޖެއަށް ހިލޭ ޑެލިވަރީ!

ދިވެހި ބްރޭންޑްތައް ކަމަށްވާ ތަކެތި، މާހި މަހީ ބުކްސް، ޕެޕާ ޑޮޓްސް، ކައިޝީ އަދި ލުއިކާނާ ފަދަ ބްރޭންޑްތަކުން ޑިސްކައުންޓު ލިބޭ “މޫލީ މިނިވަން ސޭލް” ފަށައިފިއެވެ. މި ސޭލްގައި ހާއްސަ ޑިސްކައުންޓާ އެކު މުޅި ރާއްޖެއަށް ހިލޭ ޑެލިވަރީގެ ހިދުމަތް ވެސް ލިބޭނެއެވެ. މޫލީ މިނިވަން ސޭލްގައި ހިމަނާފައިވާ ދިވެހި އުފެއްދުންތަކުން 10 އިންސައްތަ ޑިސްކައުންޓު ލިބިގެންދާނެއެވެ. މި ސޭލް ކުރިއަށްދާނީ 31 ޖުލައި 2023 ގެ ނިޔަލަށެވެ. ތަކެތި “ތަކެތި” އަކީ ހުރިހާ އުމުރެއްގެ […]

އަޙްމަދު ވަހީދު
އިހަވަންދޫ ބިން ހިއްކައި ނިންމާލުމަށްފަހު، ޑްރެޖަރު ކޮމަންޑޫ ބިން ހިއްކަން!

އިހަވަންދޫ ބިން ހިއްކައި ނިންމާލުމަށްފަހު، ޑްރެޖަރު ކޮމަންޑޫ ބިން ހިއްކަން!

ހއ. އިހަވަންދޫ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢުގެ ދަށުން ބިން ހިއްކުމުގެ މަސައްކަތް ނިންމާލައިފިއެވެ. މި މަޝްރޫއުގެ ކޮންޓްރެކްޓަރު، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނީ މި މަޝްރޫއުގެ ގޮނޑުދޮށް ހިމާޔަތްކުރުމަށް ބޭނުންވާ ހުރިހާ ބޮޑުހިލަތަކެއްވެސް ސައިޓަށް ގެންދެވި އަންލޯޑް ކުރެވިފައިވާ ކަމަށެވެ. އެގޮތުން، ބާކީ ހުރި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތުގެ 54 އިންސައްތަ ފުރިހަމަކުރެވިފައިވާއިރު، މުޅި ޕްރޮޖެކްޓްގެ 75 އިންސައްތަ ނިމިފައިވާ ކ...

އަޙްމަދު ވަހީދު
1989 ޖަމިއްޔާ އަކަށް ފަހު ފުރުސަތު ދީފި

1989 ޖަމިއްޔާ އަކަށް ފަހު ފުރުސަތު ދީފި

ދިވެހިރާއްޖޭގައި ރަޖިސްޓަރީކޮށްގެން ހިންގަމުންދާ 1989 ޖަމިއްޔާ އެއް އުވާލުމުގެ ކުރިން އެ ޖަމިއްޔާތައް އުވާލުން ހުއްޓުވައިދިނުމަށް އެދުމުގެ ފުރުސަތުދީ އެކަން ޢާންމުކޮށް ޢިއުލާންކޮށްފިއެވެ. މިކަމާއިގުޅިގެން މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓުން ކޮށްފައިވާ ޢިއުލާނެއްގައި ވިދާޅުވެފައި ވަނީ، ދިވެހިރާއްޖޭގައި ރަޖިސްޓަރީކޮށްގެން ހިންގަމުންދާ ޖަމްޢިއްޔާތަކަކީ އެޖަމްޢިއްޔާއެއް ނިސްބަތްވާ ރަށާއި، އަތޮޅަށް އަދި މުޅި ޤައުމަށް ނުހަނު ފައިދާހުރި އަގުހުރި މަސައްކަތްތަކެއް ހިލޭސާބަހ...

ޔުމްނާ ޢަލީ
"ތިލައުތުރު ފުޓްސަލް މުބާރާތް 2023" ނޮވެމްބަރ ތިންވަނަ ދުވަހު ފަށަން ތާވަލުކޮށްފި

"ތިލައުތުރު ފުޓްސަލް މުބާރާތް 2023" ނޮވެމްބަރ ތިންވަނަ ދުވަހު ފަށަން ތާވަލުކޮށްފި

ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލުން އިންތިޒާމް ކޮށްގެން އެ އަތޮޅުގެ ރަށްތަކަށް ބާއްވާ “ތިލައުތުރު ފުޓްސަލް މުބާރާތް 2023” ނޮވެމްބަރ މަހުގެ ތިންވަނަ ދުވަހު ފެށަން ތާވަލުކޮށް މުބާރާތް ހޯސްޓް ކުރާނެ ރަށްތައް ހޯދުމަށް އިޢުލާން ކޮށްފިއެވެ. މިއީ އެ އަތޮޅުގެ ރަށްތަކުގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަން ދަމަހައްޓައި އާލާކޮށް، އިޖްތިމާޢީ ގުޅުން ބަދަހިކުރުމާއި ކުޅިވަރުގެ ރޫޙު އާލާކޮށް ދެމެހެއްޓުމުގެ ގޮތުން އެ އަތޮޅު ކައުންސިލުން ކުރިއަށް ގެންދާ މުބާރާތެކެވެ. ހއ.އަތޮޅު ކައުންސިލުން އިންތިޒ...

އިބްރާހިމް ޚަލީލް
ހޯރަފުށީ ހޭންޑްބޯޅަ މުބާރާތް، ޗެމްޕިއަން ބާވީހުން ފެށީ މޮޅަކުން

ހޯރަފުށީ ހޭންޑްބޯޅަ މުބާރާތް، ޗެމްޕިއަން ބާވީހުން ފެށީ މޮޅަކުން

ހއ. ހޯރަފުށީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ ފަރާތުން އެ އަތޮޅަށް ހުޅުވާލައިގެން ބާއްވާ ހޭންޑްބޯޅަ މުބާރާތުގެ ފުރަތަމަ މެޗުގައި އެންމެ ފަހުގެ ޗެމްޕިއަން ބާވީސް ސްޕޯޓްސް ކުލަބުން ހޯރަފުށީ ޕޮލިސް ކްލަބް ބަލިކޮށް މުބާރާތުގެ ފެށުން ރަނގަޅު ކޮށްފިއެވެ. މި މުބާރާތް އިއްޔެ ހަވީރު ފަށާފައިވާއިރު، ފުރަތަމަ މެޗުގައި ބައްދަލުކުރީ ބާވީސް ސްޕޯޓްސް ކުލަބާއި ހޯރަފުށީ ޕޮލިހެވެ. މި މެޗު 21-09 އިން ކާމިޔާބު ކުރީ ބާވީސް ސްޕޯޓްސް ކުލަބުންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔާއަށް […]

އިބްރާހިމް ޚަލީލް
އިގްތިސާދީ ބޭނުން ނޫން އެހެން ބޭނުންތަކަށް 21 އަހަރަށް ފަޅުރަށް ކުއްޔަން ދޫކުރާ ގަވާއިދު އެކުލަވާލައިފި

އިގްތިސާދީ ބޭނުން ނޫން އެހެން ބޭނުންތަކަށް 21 އަހަރަށް ފަޅުރަށް ކުއްޔަން ދޫކުރާ ގަވާއިދު އެކުލަވާލައިފި

މަސްވެރިކަމާއި ދަނޑުވެރިކަމާއި އިގްތިޞާދީ ބޭނުންތައް ފިޔަވައި އެނޫން ބޭނުންތަކަށް ފަޅުރަށްތައް 21 އަހަރަށް ކުއްޔަށް ދޫކުރެވޭނެ ގޮތަށް “މަސްވެރިކަމާއި ދަނޑުވެރިކަމާއި އިގުތިސޯދީ ބޭނުންތައް ފިޔަވައި އެނޫން ބޭނުންތަކަށް ފަޅު ރަށްރަށް ދޫކުރުމާ ބެހޭ ގަވާއިދު” މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން ހައުސިންގ އެންޑް އިންފްރާސްރަކްޗާ އިން އެކުލަވާލައިފިއެވެ. މި ގައިވާއިދު ވަނީ އިގްތިސާދީ ނުވަތަ އިންޑަސްޓްރިއަލް ނޫން ބޭނުންތަކަށް ދޫކުރާ ފަޅު ރަށްތައް ދޫކުރެވެނީ ގިނަވެގެން 21 އަހަރަށް ކަމަށް ބުނެފައިވީނަމަވެސް...

މުޙައްމަދު އަފްރާޙް
ކޯލިޝަންގައި ބައިވެރި ނުވާން އެމްއާރްއެމް އިން ނިންމުމަކީ އެމްޑީޕީ އަށް ގޮންޖެހުމަކަށް ނުވާނެ: އިބުރޭ

ކޯލިޝަންގައި ބައިވެރި ނުވާން އެމްއާރްއެމް އިން ނިންމުމަކީ އެމްޑީޕީ އަށް ގޮންޖެހުމަކަށް ނުވާނެ: އިބުރޭ

މިއަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި، ވެރިކަން ކުރާ ކޯލިޝަންގެ މައި ޕާޓީ، ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އާ އެކު ކޯލިޝަން ނުހެދުމަށް މޯލްޑިވްސް ރިފޯމް މޫވްމެންޓް (އެމްއާރްއެމް) އިން ނިންމުމަކީ އެމްޑީޕީ އަށް ގޮންޖެހުމަކަށް ނުވާނެ ކަމަށް އެ ޕާޓީގެ ޑެޕިއުޓީ ޗެއާޕާސަން، ރައީސް އޮފީހުގެ މިނިސްޓަރު އިބްރާހިމް ވަހީދު (އިބްރޭ) ވިދާޅުވެއްޖެއެވެ. އޭނާ މިހެން ވިދާޅުވީ އެމްޑީޕީ އިސްވެ އޮވެ ޖޭޕީ އާއި އަދާލަތާއި އެމްއާރްއެމް ހިމެނޭ ގޮތަށް ހެދި ކޯލިޝަން، މި […]

މުޙައްމަދު އަފްރާޙް
ވެރިންގެ ގޮތުގައި ތިއްބެންވީ ފައިސަލް ފަދަ އިތުބާރު ކުރެވޭ ހަރުދަނާ ބޭފުޅުން: ނިޒާރު

ވެރިންގެ ގޮތުގައި ތިއްބެންވީ ފައިސަލް ފަދަ އިތުބާރު ކުރެވޭ ހަރުދަނާ ބޭފުޅުން: ނިޒާރު

ރައްޔިތުންނަށްޓަކައި ޤައުމުގެ ސިޔާސަތު ކަނޑައަޅައި ޤައުމު ހިންގަން ތިއްބަވަންވީ މިހާރުގެ ނައިބު ރައީސް ފައިސަލް ނަސީމް ފަދަ ބޭފުޅުންކަމަށް އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު ވިދާޅުވެއްޖެއެވެ. ނައިބު ރައީސް ޝަރަފްވެރިކޮށްދެއްވި އައްޑޫގައި އިއްޔެ ބޭއްވި މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ނިޒާރު ދެއްކެވި ވާހަކާގައި ވިދާޅުވީ، ނައިބު ރައީސް ތަރުޖިބާ ކުރެވެނީ އިތުބާރާއި، ތެދުވެރިކަމާއެކު ހަރުދަނާ ސިޔާސަތުތަކެއްގެ މަތީގައި މުރާލި މަސައްކަތްޕުޅުތަކެއް ކުރައްވަމުން ދައުރެއް ނިންމަވާ ބޭފުޅެއް ގޮތުގައި ކަމަ...

ޔުމްނާ ޢަލީ
މައުމޫން ފައުންޑޭޝަން އުވާލަނީ

މައުމޫން ފައުންޑޭޝަން އުވާލަނީ

ކުރީގެ ރައީސް އަދި ދީނީ އިލްމުވެރިޔާ އަލް އުސްތާޒު މައުމޫން އަބްދުލްގައްޔޫމް އުފައްދަވާފައިވާ “މައުމޫން ފައުންޑޭޝަން” އުވާލަން ޔޫތް މިނިސްޓްރީން އިއުލާން ކޮށްފިއެވެ. އެ މިނިސްޓްރީން މި އިއުލާން ކުރީ ރާއްޖޭގައި ރަޖިސްޓަރީ ކޮށްގެން ހިންގަމުންދާ ޖަމިއްޔާތަކުގެ ތެރެއިން މި އަހަރުގެ ނިޔަލަށް ޖެހިހެހިގެން ދެ އަހަރުގެ އަހަރީ ރިޕޯޓް ހުށަހަޅާފައި ނެތުމާއި ހިންގާ ކޮމިޓީ ރަޖިސްޓަރީ ކޮށްފައި ނުވުމުންނެވެ. މިހާރު އާންމުކޮށްފައިވާ ލިސްޓްގައިވާ ޖަމިއްޔާތަަކަށް ސެޕްޓެމްބަރު 24، 2023 ވާ އަންގާރަ ދުވަހުގެ މެންދުރ...

މުޙައްމަދު އަފްރާޙް
ހަނަފީ، އާއިލާގެ 60 މެންބަރުންނާއެކު އެމްޑީޕީ އަށް

ހަނަފީ، އާއިލާގެ 60 މެންބަރުންނާއެކު އެމްޑީޕީ އަށް

ކޮންޓްރޯލާ އޮފް އިމިގްރޭޝަން މުހައްމަދު އަހްމަދު (ހަނަފީ) ވެރިކަން ކުރާ ކޯލިޝަނުގެ މައި ޕާޓީ، ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އަށް ސޮއި ކުރައްވައިފިއެވެ. އޭނާ އެމްޑީޕީ އަށް ސޮއި ކުރެއްވިކަން ހާމަކުރައްވާފައިވަނީ މިއަދުއެވެ. ހަނަފީ ވަނީ ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ލީޑަރު ގާސިމް އިބްރާހިމްގެ އެޑުވައިޒަރުކަމުގެ މަގާމު ވެސް އެއްދުވަހަށް ފުރުއްވާފައެވެ. އޭނާ އެ މަގާމަށް އައްޔަންކުރެއްވި ދުވަސް ނޫން އަނެއް ދުވަހު ވަނީ ޖޭޕީން ވަކިވެވަޑައިގެންފައެވެ. ހަނަފީ ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅ...

މުޙައްމަދު އަފްރާޙް