ނޫސްވެރިކަމުގެ އިނާމުގެ 12 ދާއިރާއަށް 63 ހުށަހެޅުން
މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން ދޭ ނޫސްވެރިކަމުގެ އިނާމުގެ 12 ދާއިރާއަށް 63 ހުށަހެޅުން ލިބިފައިވާ ކަމަށް އެމްއެމްސީ އިން ވިދާޅުވެއްޖެއެވެ. އެ ކައުންސިލުން ވިދާޅުވީ ނޫސްވެރިންގެ މަސައްކަތް ބަލައިގަނެ، ހިތްވަރު ދިނުމަށްޓަކައި ދެމުން އަންނަ އިނާމަށް 12 ދާއިރާއަކުން ކުރިމަތިލުމުގެ ފުރުސަތު ހުޅުވައިލި ކަމަށެވެ. މި އިނާމަށް މި ހުށަހެޅުން ލިބިފައިވަނީ އިނާމަށް އެދި ހުށަހެޅުމަށް ހުޅުވާލި ތިން ވަނަ ފުރުސަތުގައެވެ. މި އިނާމަށް ނަން ހުށަހެޅުމުގެ މުއްދަތު ޖޫން 9 ގައި އެންމެފުރަތަމަ ހުޅުވާލީ ޖ...