ރާއްޖެ ގައުމީ ސަލާމަތާއި ރައްޔިތުންގެ ރައްކާތެރިކަމަށް މިސަރުކާރުން އަބަދު ވެސް އިސްކަންދޭ: މާރިޔާ މިސަރުކާރުން އަބަދުވެސް އެންމެ އިސްކަންދެއްވަނީ ގައުމީ ސަލާމަތާއި ރައްޔިތުންގެ ރައްކާތެރިކަމަށް ކަމުގައި ރާއްޖޭގެ ދިފާއީ ވަޒީރު މާރިޔާ އަހްމަދު ދީދީ ވިދާޅުވެއްޖެއެވެ. އެކަމަނަ މިހެން ވިދާޅުވީ މިނިވަންދުވަހާއި ގުޅިގެން ދެއްވި ހިތާބުގައެވެ. ވަޒީރުގެ ހިތާބުގައި ވިދާޅުވީ ދިވެހި އަސްކަރިއްޔާއަށް ބޭނުންވާ އާލާތްތައް ހޯދައި ޒަމާނީ ކުރުމާއި ގައުމަށް ދިމާވެދާނެ ކޮންމެ ނުރައްކަލަކަށް ތައްޔާރުވުމަށް ބޭނުންވާ ވަސީލަތްތައް ހޯދައިދިނުމަށް މި ސަރުކާރުން އަބަދުވެސް އިސްކަން ދެއްވާ ކަމަށެވެ. އަދި ތަމްރީނު ހޯދައ... މުޙައްމަދު އަފްރާޙް · 3 އަހަރު ކުރިން
ރާއްޖެ ކޮމަންވެލްތު ގޭމްސްގައި ބައިވެރިނުވީ ފައިސާ ނެތިގެނެއް ނޫން: މަހްލޫފް ކޮމަންވެލްތު ގޭމްސްގައި ބައިވެރިނުވީ ފައިސާ ނެތިގެނެއް ނޫން ކަމަށް ކުޅިވަރާއި ބެހޭ ވަޒީރު އަހްމަދު މަހްލޫފް ވިދާޅުވެއްޖެއެވެ. އޭނާ މިހެން ވިދާޅުވީ ރާއްޖެއިން ކޮމަންވެލްތްގައި ބައިވެރި ނުވާން ނިންމީ ފައިސާ ނެތިގެން ކަމަށް ބުނެ ބައެއް މީޑިއާ ތަކުން ރިޕޯޓުކުރުމާއި ގުޅިގެންނެވެ. ރާއްޖޭގެ އޮންލައިން ނޫހެއްގައި ރިޕޯޓުކޮށްފައިވާ ގޮތުގައި އެ ގޭމްސްގައި ރާއްޖޭން ވާދަ ނުކުރަނީ އޮލިމްޕިކް ކޮމިޓީ (އެމްއޯސީ) އާއި ސްޕޯޓްސް މިނިސްޓްރީ އަށް ވެސް ބަޖެޓްގެ ތާށިކަން އުޅޭތީކަމަށް ވަނީ ބުނެފައެވެ. އެކަމަށް ރައްދު […... މުޙައްމަދު އަފްރާޙް · 3 އަހަރު ކުރިން
ރާއްޖެ ދިވެހީންގެ މިނިވަން ދުވަހާ ބައްދަލު މިވަނީ ކަޅު އަނދިރިކަމާއެކު: އިދިކޮޅު ދިވެހީންގެ މިނިވަން ދުވަހާ ބައްދަލު މި ވަނީ، ކަޅު އަނދިރިކަމާއެކުގައި ކަމަށް އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ބުނެފިއެވެ. އެ ކޯލިޝަނުން މިހެން ބުނީ މިއަދު ފާހަގަކުރާ ރާއްޖޭގެ 59 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ނެރުނު ބަޔާނުގައެވެ. އެ ބަޔާނުގައި ބުނީ ދިވެހީން ފަޚުރުވެރިވާ ދިވެހީންގެ މިނިވަން ދުވަހާ ބައްދަލު މިވަނީ ހިތްދަތިކަމާއި ބަނަކަމުގެ އިހުސާސްތައް ކުރުވަމުން ކަމަށެވެ. “ޤައުމުގެ މިނިވަންކަމާއި އިސްތިޤުލާލު ނަގައިލައި، ދިވެހީންގެ މައްޗަށް އިންޑިއާގެ ނުފޫޒު އިންތިހާއަށް ފޯރުވަމުން ގެންދާއ... މުޙައްމަދު އަފްރާޙް · 3 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު އެންވީކޭއާއި ޔުނައިޓެޑް ޔޫތު އެއްވަރުވުމުން ސެމީގެ ފުރަތަމަ ޖާގަ ނައިވާދޫއަށް އިހަވަންދޫ ސީޕީއެސް ސްޕޯރޓްސް އެންޑް ރެކްރިއޭޝަން ކްލަބް (ސާކް) އިން ބޮޑުތިލަދުންމަތީގެ ރަށްތަކަށް ބާއްވާ ފުޓްސަލް މުބާރާތުގެ ގްރޫޕް އޭގައި އެންވީކޭއާއި ޔުނައިޓެޑް ޔޫތު ބައްދަލުކުރި މެޗު އެއްވަރުވުމުން އެ ގްރޫޕުން ސެމީ ފައިނަލުގެ ފުރަތަމަ ޖާގަ ނައިވާދޫއަށް ކަށަވަރު ވެއްޖެއެވެ. މި މުބާރާތުގައި މިއަދު ކުޅުނު ފުރަތަމަ މެޗުގައި ބައްދަލު ކޮށްފައި ވަނީ ބޮޑުމަގާއި ކުލަބް އިރަމާއެވެ. މި މެޗު 5-1 ގެ ނަތީޖާއިން ކާމިޔާބު ކުރީ ބޮޑުމަގުންނެވެ. މިއީ މުބާރާތުގައި ބޮޑުމަގު ޓީމުން ހޯދި […] އިބްރާހިމް ޚަލީލް · 3 އަހަރު ކުރިން
ރާއްޖެ ރާއްޖޭގެ ސިޔާސީ މިނިވަންކަން ފުރިހަމަށް ރައްކާތެރިކުރެވުނީ ނިމިދިޔަ ފަސް އަހަރު: ރައީސް މިދިޔަ ފަސް އަހަރަކީ ރާއްޖޭގެ ސިޔާސީ މިނިވަންކަން ފުރިހަމަށް ރައްކާތެރިކުރެވުނު ފަސް އަހަރުގެ ގޮތުގައި ރައީސް އިބްރާހިމް މުހައްމަދު ސާލިހު ފާހަގަކުރައްވައިފިއެވެ. އެމަނިކުފާނު މިފަދައިން ފާހަގަ ކުރެއްވީ މިއަދު ފާހަގަކުރާ މިނިވަން ދުވަހުގެ ހާއްސަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް ވިދާޅުވީ ރާއްޖޭގެ ސިޔާސީ މިނިވަންކަމުގެ ތާރީޚަށް ބަލާއިރު، ކޮންމެ ދިމާއަކަށް ނަޒަރު ހިންގިޔަސް، ފުރިހަމަ މާނައިގެ މިނިވަންކަން ގާއިމުވެފައި އޮތް ފަސް އަހަރުކަމަށެވެ. އަދި މިފަސް އަހަރަކީ، ސިޔާސީ މިނިވަންކަމާ... މުޙައްމަދު އަފްރާޙް · 3 އަހަރު ކުރިން
ރާއްޖެ ޝަރަފުވެރިކަމުގެ އިނާމު 4 ބޭފުޅަކަށާއި ކުންފުންޏަކަށް، ހިތްވަރު ދިނުމުގެ އިނާމު 17 ބޭފުޅަކަށާއި ޖަމުޢިއްޔާއަކަށް ސަރުކާރުން ދެއްވާ ޝަރަފުވެރިކަމުގެ ޤައުމީ އިނާމު 4 ބޭފުޅަކަށާއި، ކުންފުންޏަކަށް އަދި ހިތްވަރު ދިނުމުގެ ޤައުމީ އިނާމު 17 ބޭފުޅަކަށާއި، ޖަމުޢިއްޔާއަކަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު ދެއްވައިފިއެވެ. މި އަހަރުގެ މިނިވަންދުވަހުގެ މުނާސަބަތުގައި ސޯޝަލް ސެންޓަރުގައި މިއަދު ބޭއްވެވި ރަސްމީ ޖަލްސާގައި، ޝަރަފުވެރިކަމުގެ ޤައުމީ އިނާމު ލިބިވަޑައިގެންނެވި ބޭފުޅުންނަށް ރައީސް ދެއްވީ، ޝަރަފުގެ އައްޑަނައާއި، ޝަރަފުގެ ބެޖެވެ. ހިތްވަރު ދިނުމުގެ ޤައުމީ އިނާމު ލިބިވަޑައިގެންނެވި ބޭފުޅުންނަށް ރައީސް ދެ... ޔުމްނާ ޢަލީ · 3 އަހަރު ކުރިން
ރާއްޖެ އިވެމުން ދަނީ ދިވެހިންގެ ގައުމު ދިވެހިންނަށް ލިބެންޖެހޭކަމުގެ ވާހަކަތައް: ޤާސިމް ހުރިހާ މާނައެއްގައި ވެސް ރާއްޖޭގެ ހުރިހާ ކަންކޮޅަކުން އިވެމުންދަނީ ދިވެހިންގެ ގައުމު ދިވެހިންނަށް ލިބެންޖެހޭކަމުގެ ހިޔާލުތައް ކަމަށް ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ރިޔާސީ ކެންޑިޑޭޓް، މާމިގިލި ދާއިރާގެ ޤާސިމް އިބްރާޙީމް ވިދާޅުވެއްޖެއެވެ. ޤާސިމް މިހެން ވިދާޅުވީ، “ދިވެހިންގެ ގައުމު ދިވެހިންނަށް” މި ޝިއާރުގެ ދަށުން މިއަހަރުގެ މިނިވަންދުވަސް ފާހަގަކުރުމަށް ޖުމްހޫރީ ޕާޓީގެ އުތުރު ކެމްޕެއިން ޓީމްގެ ފަރާތުން އިސްނަގައިގެން ބޭއްވި ރޭ ބޭއްވި ޖަލްސާގައި ދެއްވި މެސެޖެއްގައެވެ. ޖޭޕީގެ މައި ޖަގަހަ، ކުނޫޒްގައި ރޭ ބޭއް... ޔުމްނާ ޢަލީ · 3 އަހަރު ކުރިން
ރާއްޖެ ޑރ. މުސްތަފާއަށް ނިޝާން ދިޔަމިގިލީގެ ޝަރަފުގެ ޢިއްޒަތް އަރުވައިފި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް، ރައީސް އޮފީހުގެ ސްޕެޝަލް އެޑްވައިޒަރ އޮން ސޯޝަލް ޕޮލިސީގެ މަޤާމުގައި ހުންނެވި ޑޮކްޓަރ މުޞްޠަފާ ލުޠުފީއަށް ނިޝާން ދިޔަމިގިލީގެ ޝަރަފުގެ ޢިއްޒަތް މިއަދު އަރުވައިފިއެވެ. ރާއްޖޭގެ ތަޢުލީމީ ދާއިރާއަށް އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ޑޮކްޓަރ މުޞްޠަފާ ލުޠުފީއަށް މި ޢިއްޒަތް އެރުވީ، މި އަހަރުގެ މިނިވަން ދުވަސް ފާހަގަކުރެއްވުމަށް ސޯޝަލް ސެންޓަރުގައި މިއަދު ހެނދުނު ބޭއްވެވި ރަސްމީ ޖަލްސާގައެވެ. ރައީސް އޮފީހުން ވިދާޅުވިގޮތުގައި ޑޮކްޓަރ މުޞްޠަފާ ލުޠުފީއަށް ނިޝާނ... ޔުމްނާ ޢަލީ · 3 އަހަރު ކުރިން
ވާހަކަ ސިލްސިލާ ވާހަކަ: ޝިކާޔަތު (27) ކުރީގެ އަދަދާއިގުޅޭ، ” އަހަރެންދެކެ ލޯބި ވަންޏާ އަހަރެން ދޫކޮށްލާ! އޭރުން އަހަރެން ޤަބޫލު ކުރާނަން އަހަރެންދެކެ ހާރޫންވަނީ ޙަޤީޤީ ލޯބިކަމަށް.. އަހަރެންދެކެ ތިހާ ލޯބިވާއިރު، އަހަރެންގެ އުފަލަށްވުރެ ތިމާގެ އަމިއްލަ އުފަލާ އަމިއްލަ އެދުން އިސްކުރާނެ ކަމަކަށް އަހަރެން ޤަބޫލެއް ނުކުރަން! އަހަންނަށް މި ދިރިއުޅުމަކުން ދުވަހަކުވެސް އުފަލެއް ނުލިބޭނެ..އަހަރެން މިނިވަންކުރޭ! އޭރުން އަހަންނަށް ޔަޤީންވާނެ ހާރޫން އަހަރެންދެކެ ތިވަނީ ވަރަށް މާތް ލޯތްބެއްކަން..” ޔަޝްމީ އެހެން ބުނި އިރު ހާރޫންއަށް ކޮޅަށްވެސް ތެ... ސަލާމާ ޢަބްދުލް ޢަލީމް · 3 އަހަރު ކުރިން
ރާއްޖެ އިލްޔާސްގެ ރަނިންމޭޓު އިއުލާން ކުރުން ޕްރައިމަރީއަށްފަހު! މިއަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި “ދަ ޑިމޮކްރެޓްސް” ގެ ފަރާތުން ވާދަކުރެއްވުމަށް އެ ޕާޓީގެ ޕްރައިމަރީ ކާމިޔާބުކުރައްވާފައިވާ ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބްގެ ރަނިން މޭޓު އިއުލާން ކުރައްވާނީ އެ ޕާޓީގެ ޕްރައިމަރީއަށް ފަހުގައި ކަމަށް އޭނާ ވިދާޅުވެއްޖެއެވެ. ދިވެހި ޗެނަލްގެ “ހަވާސާ” ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ ރަނުން މޭޓަކަށް ވުމަށް ނުވަތަ ރަނިން މޭޓެއް ކަނޑައެޅުމަށް ދެތިން ފަރާތަކާއި މިހާރުވާހަލަ ދައްކާފައިވާ ކަމަށެވެ. އެހެންނަމަވެސް އޭގެތެރ... މުޙައްމަދު އަފްރާޙް · 3 އަހަރު ކުރިން
ރާއްޖެ އަމިއްލަ ބާރުތައް ގެއްލެމުންދާކަމުގެ އިންޒާރުގެ ރަނގަބީލުގެ އަޑު ދަނީ އިވެމުން: ނާޒިމް ގައުމެއް މިނިވަންކުރުމަކީ އެ ގައުމެއް އަޅުދާސްކޮށްގެން ތިބިބައެއްގެ އަތުން ގައުމުއަތުލައި، ރައްޔިތުންގެ އަމިއްލަ ވަންތަ ސަރުކާރެއް ގާއިމުކުރުން ކަމަށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ ރައީސް، ރިޔާސީ ކެންޑިޑޭޓް އަދި ދަނގެތީ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ. ނާޒިމް މިހެން ވިދާޅުވީ ރާއްޖޭގެ 58 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ދެއްވި ހިތާބުގައެވެ. އެ ހިތާބުގައި ވިދާޅުވީ އެއާ ހިލާފަށް، ގައުމެއްގެ މިނިވަންކަން ދަމަހައްޓައި އަމިއްލަ ވަންތަ ދައުލަތެއް ބިނާކުރުމަކީ، ވަރަށ... މުޙައްމަދު އަފްރާޙް · 3 އަހަރު ކުރިން
ރާއްޖެ އެމްއާރްއެމް އިން ޕްރައިމަރީއެއް ބާއްވަން ނިންމައިފި މިއަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރާނެ ކެންޑިޑޭޓަކު ހޮވުމަށް މޯލްޑިވްސް ރިފޯމް މޫމެންޓް (އެމްއާރްއެމް) އިން ޕްރައިމަރީއެއް ބާއްވަން ނިންމައިފިއެވެ. އެ ޕާޓީން ކޮށްފައިވާ އިއުލާނެއްގައި ވަނީ އެޕާޓީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރުމަށް ބޭނުންވާ ފަރާތްތަކަށް ޖުލައި 25 ވަނަ ދުވަހުން ފެށިގެން ޖުލައި 27 ވަނަ ދުވަހާއި ހަމައަށް އެ ފުރުސަތު ހުޅުވައިލާފައިވާ ކަމަށެވެ. އެހެންކަމުން “އިންތިހާބަށް ކުރިމަތިލުމަށް އެދޭ ފޯމު” ފުރިހަމަކުރުމަށްފަހު، ޕާޓީގެ އޮފީހަށް ހުށަހެޅުމަށް ވަނީ އެދިފައެވެ. އަދި އެޕް... މުޙައްމަދު އަފްރާޙް · 3 އަހަރު ކުރިން
ވިޔަފާރި އުރީދޫއިން 58 ވަނަ މިނިވަން ދުވަހާ ގުޅިގެން، 50 ރުފިޔާއަށް 58 ޖީބީ ރާއްޖޭގެ 58 ވަނަ މިނިވަން ދުވަހުގެ މުނާސަބަތާ ގުޅިގެން އުރީދޫ މޯލްޑިވްސްގެ ކަސްޓަމަރުންނަށް, މިނިވަން 58ގެ ނަމުގައި ހާއްސަ އޮފާއެއް ތައާރަފްކޮށްފިއެވެ. އުރީދޫއިން ބުނިގޮތުގައި، މިނިވަން ދުވަހާއި ކުރިއަށް އޮތް ޗުއްޓީތެރޭގައި އާއިލާއާއި އެކުވެރިންނާ ގުޅުން ބަދަހިކުރުމަށް ޕްރިޕެއިޑް އަދި ޕޯސްޓަޕެއިޑް ކަސްޓަމަރުންނަށް ހާއްސަކޮށް ތައާރަފުކުރި މި ޕެކް މެދުވެރިކޮށް މުޅި ދުވަހަށް 58 ޖީބީ ޑޭޓާ ލިބިގެންދާނެއެވެ. އެންމެ 50 ރުފިޔާއަށް ލިބޭ މި ޕެކޭޖް އުރީދޫ އެޕް މެދުވެރިކޮށް ފަސޭހަކަމާއެކު އެކްޓިވޭޓް ކުރެވޭނ... އަޙްމަދު ވަހީދު · 3 އަހަރު ކުރިން
ވިޔަފާރި ފުވައްމުލަކުގެ މަގުތައް ހެދުމުގެ ދެވަނަ ފިޔަވަހި އަދި އުކުޅަހުގެ ގޮނޑުދޮށް ހިމާޔަތް ކުރަން އެމްޓީސީސީއަށް ފުވައްމުލައް ސިޓީގެ އެތެރޭގެ މަގުތައް ހެދުމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތާއި އއ. އުކުޅަހުގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ)އާ ހަވާލުކޮށްފިއެވެ. މިއަދު ޕްލޭނިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި އެ މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަ ޖެނެރަލް ފާތިމަތު ޝާނާ ފާރޫގެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ އާދަމް އާޒިމެވެ. ފުވައްމުލަކުގެ އެތެރޭގެ މަގުތައް ހެދުމުގެ ދ... އަޙްމަދު ވަހީދު · 3 އަހަރު ކުރިން
ރާއްޖެ ޖޭޕީ އާއި އެމްއާރްއެމް ގުޅިގެން އެއް ކެންޑިޑޭޓެއް ނެރުމަށް މަޝްވަރާކޮށްފި މިއަހަރުގެ ސެޕްޓެމްބަރު މަހު ބާއްވާ ރިޔާސީ އިންތިހާބުގައި ޖުމްހޫރީ ޕާޓީ (ޖޭޕީ) އާއި މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް) ގުޅިގެން އެއް ކެންޑިޑޭޓެއް ނެރުމަށް މަޝްވަރާކޮށްފިއެވެ. ޖޭޕީގެ މައި ހަރުގެ، މ. ކުނޫޒުގައި މިއަދު ބޭއްވި ބައްދަލުވުމަށް ފަހު، ޖޭޕީގެ ޑެޕިއުޓީ ލީޑަރު އަމީން އިބްރާހިމް ވިދާޅުވީ ރައްޔިތުން ބޭނުންވާ ބަދަލު ގެނެވޭނީ ކޮމަން ކެނޑިޑޭޓެއް ނެރެގެން ކަމަށް ސިޔާސީ ގިނަ ބަޔަކު ގާބޫލު ކުރާ ކަމަށެވެ. އެހެންވެ، ޖޭޕީގެ ވިސްނުން ވެސް އެ ދިމާއަށް ނުދާންވީ އެއްވެސް […] މުޙައްމަދު އަފްރާޙް · 3 އަހަރު ކުރިން