ރާއްޖެ އިންތިހާބާއި ގުޅިގެން ސެޕްޓެމްބަރު 10 ވަނަ ދުވަސް ސަރުކާރު ބަންދު މި މަހު ބާއްވާ ރިޔާސީ އިންތިހާބާއި ގުޅިގެން ސެޕްޓެމްބަރު 10 ވަނަ ދުވަސް ސަރުކާރު ބަންދު ކޮށްފިއެވެ. ރައީސް އޮފީހުން ވިދާޅުވީ މިގޮތަށް ހަމަޖެއްސީ އެ ދުވަހުގެ ކުރިއަށް އޮތް ދުވަހަކީ ރިޔާސީ އިންތިހާބުގެ ވޯޓުލުން ކުރިއަށްދާ ދުވަސް ކަމަށްވާތީ އާއި އާދީއްތަަ ދުވަސް ވެގެން ދާނީ އިންތިހާބާ ގުޅުން ހުރި ކަންކަމުގައި ސަރުކާރުގެ މުވައްޒަފުންނާއި ގިނަ ރައްޔިތުންތަކެއް ބައިވެރިވާނެ ދުވަހެއް ކަމަށް ވާތީ ކަމަށެވެ. އެ ސަަބަބާއި ހުރެ އިލެކްޝަންސް ކޮމިޝަނުން ވެސް އެ ދުވަސް ސަރުކާރު ބަންދު […] މުޙައްމަދު އަފްރާޙް · 3 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ދެވަނަ ދައުރެއްގައި އެންމެ އިސްކަމެއް ދޭނެ އެއް ރަށަކަށް ނޮޅިވަރަމް، ރައީސްގެ ގިނަ ވައުދުފުޅުތަކެއް! މި ސަރުކާރުން މަސައްކަތްކުރަމުން ދަނީ ބޮޑުތިލަދުންމައްޗަށް ބޮޑު ބަދަލެއް ގެނައުމަށް ކަމަށް ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ. ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް މިއަދު މެންދުރު ހދ. ނޮޅިވަރަމަށް ވަޑައިގެން ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ އެ މަސައްކަތްތައް ކުރިއަށް ގެންދެވޭނީ އިތުރު ފުރުސަތެއް ދީގެން ކަމަށާއި އެހެން ބަޔަކު ވެރިކަމަށް އައިސްފި ނަމަ، އެ ބަދަލު ގެނައުން ހުއްޓުވުމުގެ ބިރު އޮންނާނެ ކަމަށެ... މުޙައްމަދު އަފްރާޙް · 3 އަހަރު ކުރިން
ރާއްޖެ ކުނބުރުދޫ ކައުންސިލް މެންބަރު ޝިމާނާ އަދާލަތު ޕާޓީ އާ ގުޅިއްޖެ އދ ކުނބުރުދޫ ކައުންސިލުގެ މެމްބަރު ޒުލައިހާ ޝިމާނާ، ރަސްމިީކޮށް އަދާލަތު ޕާޓީ އާ ގުޅިވަޑައިގެންފިއެވެ. އަމިއްލަގޮތުން އެރަށު ކައުންސިލަށް އިންތިހާބުވެފައިވާ ޝިމާނާ އެ ޕާޓީ އާ ރަސްމީކޮށް ގުޅިފައިވާކަން ހާމަކުރައްވާފައިވަނީ އަދާލަތު ޕާޓީން ކުރައްވާފައިވާ ޓްވީޓެއްގައެވެ. އެ ޓްވީޓުގައި ވިދާޅުވެފައިވަނީ އަރި އަތޮޅު ދެކުނުބުރީ ކުނބުރުދޫ ކައުންސިލް މެންބަރ އަލްފާޟިލާ ޒުލައިޚާ ޝިމާނާ ޢަދާލަތު ޕާޓީއާ ގުޅިވަޑައިގެންފި ކަމަށާއި ޝިމާނާއަކީ އަންހެނުން ބާރުވެރިކުރުވުމުގެ ދާއިރާ އާއި ސިޔާސީ ދާއިރާގައި ހަރަކާތް... މުޙައްމަދު އަފްރާޙް · 3 އަހަރު ކުރިން
ރާއްޖެ ޑިސްއެބިލިޓީ މެނޭޖްމެންޓް އެންޑް ރިހެބިލިޓޭޝަން ސެންޓަރެއް ހުޅުވައިފި ސަރުކާރުން ހުޅުމާލޭގައި ޤާއިމްކުރި، ޑިސްއެބިލިޓީ މެނޭޖްމެންޓް އެންޑް ރިހެބިލިޓޭޝަން ސެންޓަރ ހުޅުވައިފިއެވެ. މި ސެންޓަރު ހުޅުވައިދެއްވީ މިއަދު ހެނދުނު ބޭއްވި ރައްމިއްޔާތެއްގައި ރައީސް ސާލިހުގެ އަނބިކަނބަލުން ފަޒްނާ އަހްމަދު އެވެ. ޑިސްއެބިލިޓީ މެނޭޖްމެންޓް އެންޑް ރިހެބިލިޓޭޝަން ސެންޓަރ ހުޅުވާފައި ވަނީ، މިހާރު އިންފެކްޝަސް ޑިޒީޒް މެނޭޖްމެންޓް ސެންޓަރުު ވެސް ހިނގަމުން އަންނަ ހުޅުމާލެ އޮރެންޖް ހިޔާ އިމާރާތުގެ ފުރަތަމަ ފަންގިފިލާގައެވެ. ޒަމާނީ ވަސީލަތްތަކާއި އެކު، މި ސެންޓަރ ހިންގަމުންދާނީ ހުޅުމާލެ ހޮ... މުޙައްމަދު އަފްރާޙް · 3 އަހަރު ކުރިން
ރާއްޖެ އިންޑިއާ ސިފައިން ބޭލޭނީ އަތުގައި ހިފައިގެން ގެންގޮސް މަތިންދާބޯޓަށް އަރުވައިގެން: އުމަރު އިންޑިއާ ސިފައިން ބޭލޭނީ އަތުގައި ހިފައިގެން ގެންގޮސް މަތިންދާބޯޓަށް އަރުވައިގެން ކަމަށް ރިޔާސީ އިންތިހާބުގައި އަމިއްލަގޮތުން ވާދަކުރައްވާ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ. އޭނާ މިހެން ވިދާޅުވީ ސަންގު ބަހުސްގައި ވާހަކަ ދައްކަވަމުންނެވެ. އުމަރު ވިދާޅުވީ އިންޑިއާ ސިފައިން ރާއްޖެއިން ނުފައިބާނެ ކަމަށާއި އިންޑިއާ ސިފައިން ރާއްޖޭގައި ތިބުމަކީ ނުރައްކަލެއް ކަމަށެވެ. އަދި އެކަމުގެ ސަބަބުން މިނިވަންކަމަށް ހިޔަނި އެޅިފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ މީގެ ކުރިން ތިން ސަރުކާރެއް އައިސްފަ... މުޙައްމަދު އަފްރާޙް · 3 އަހަރު ކުރިން
ރާއްޖެ ޔާމީނަށް ކޮށްފައި ވަނީ ސިޔާސީ ހުކުމެއްނޫން: ރައީސް ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ކޮށްފައި ވަނީ ސިޔާސީ ހުކުމެއްނޫން ކަމަށް ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ރިޔާސީ ކެންޑިޑޭޓް އަދި ރައީސް އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ. ސަންގު ޓީވީ އިން ގެނެސްދިން ބަހުސްގައި ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ ޔާމީންގެ މައްޗަށް އައި ހުކުމަކީ ސިޔާސީ އެއްވެސް ކަމަކާ ގުޅިގެން އައި ހުކުމެއް ނޫން ކަމަށާއި އެއީ ކޮރަޕްޝަންގެ މައްސަލައެއް ގައި ފައިސާ ނަހަމަ ގޮތުގައި ބޭނުންކުރުމުން ކޯޓުން ނިންމާފައިވާ ނިންމުމެއް […] މުޙައްމަދު އަފްރާޙް · 3 އަހަރު ކުރިން
ކުޅިވަރު މަޓާ ޖަޕާންގެ ވިސެލް ކޯބޭއަށް ބަދަލުވެއްޖެ ތުރުކީގެ ގަލަޓަސަރާއީއަށް ކުޅެމުންއައި ސްޕެއިންގެ މިޑްފީލްޑަރ ހުއާން މަޓާ ޖަޕާންގެ އެއްވަނަ ޑިވިސަންގެ ޓީމެއް ކަމަށްވާ ވިސެލް ކޯބޭއަށް ބަދަލުވެއްޖެއެވެ. އުމުރުން 35 އަހަރުގެ މަޓާ ކޯބޭއަށް ބަދަލުވެފައި މި ވަނީ ފްރީ ޓްރާންސްފާއެއްގެ ދަށުންނެވެ. މެންޗެސްޓާ ޔުނައިޓެޑަށް ހަތް އަހަރު ކުޅުމަށް ފަހު މަޓާ ގަލަޓަސަރާއީއަށް ބަދަލުވެފައި ވަނީ ދެ އަހަރު ދުވަހުގެ އެއްބަސް ވުމެއްގެ ދަށުން މިދިޔަ އަހަރުގެ ސެޕްޓެމްބަރ މަހުއެވެ. އޭނާ ވަނީ މިދިޔަ އަހަރު އެ ޓީމާއިއެކު ތުރުކީ ލީގު ކާމިޔާބު […] އިބްރާހިމް ޚަލީލް · 3 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ސަރުކާރުން ހިންގާ އެއްވެސް މަޝްރޫއަކަށް ހުރަސް އަޅާފައެއް ނޯންނާނެ: ދިއްދޫ ކައުންސިލް ހއ. ދިއްދޫ ކައުންސިލައި ގުޅޭގޮތުން ހަގީގަތާ ހިލާފު ވާހަކަތައް ނުފެތުރުމަށް އިލްތިމާސް ކޮށްފިއެވެ. އެރަށު ކައުންސިލުން ނެރުއްވާފައިވާ ނޫސްބަޔާނެއްގައި ވިދާޅުވެފައިވަނީ އެ ކައުންސިލާއި ކައުންސިލުގެ މެމްބަރުންނަކީ ސަރުކާރަށް އެއްބާރުލުން ނުދޭ ބައެއްކަން ސިފަވާގޮތަށް ކައުންސިލުގެ އަގު ވައްޓާލައި، ކައުންސިލާއި މެދު ރައްޔިތުންގެ ހިތްތަކުގައި ނަފްރަތާއި ރުޅިވެރިކަން އުފެދޭގޮތަށް ސޯޝަލް މީޑިއާގައި ބައެއް ފަރާތްތަކުން ވާހަކަ ފަތުރަމުން އަންނަކަަމަށެވެ. އަދި މިގޮތަށް ވާހަކަތައް ފަތުރަމުން ގެންދަނީ ދިއްދޫ... މުޙައްމަދު އަފްރާޙް · 3 އަހަރު ކުރިން
ރާއްޖެ ހަޅޭއްލެވިޔަކަސް އިންޑިއާ ސިފައިން ބޭރެއް ނުކުރެވޭނެ، އެކަން ކުރާނީ ޑިޕްލޮމަސީ ބޭނުންކޮށްގެން: ނާޒިމް މަގުމައްޗަށް ނިކުމެ ހަޅޭއްލެވިޔަސް އިންޑިއާ ސިފައިން ބޭރެއް ނުކުރެވޭނެ ކަމަށާއި އެކަން ކުރާނީ ޑިޕްލޮމަސީ ބޭނުންކޮށްގެން ކަމަށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ ރިޔާސީ ކެންޑިޑޭޓް އަދި އެ ޕާޓީގެ ރައީސް، ދަނގެތީ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ. އޭނާ މިހެން ވިދާޅުވީ ސަންގު ޓީވީން ކުރިއަށް ގެންދިޔަ “ރިޔާސީ ބަހުސް” ގައި ވާހަކަ ދައްކަވަމުންނެވެ. ނާޒިމް ވިދާޅުވީ ގައުމީ ސަލާމަތާއި ބެހޭ ވާހަކަ ދައްކާއިރު، ބޭރު ސިފައިންގެ ވާހަކަ ދައްކައިގެން އެކަނި ނުފުދޭ ކަމަށެވެ. […] މުޙައްމަދު އަފްރާޙް · 3 އަހަރު ކުރިން
ކުޅިވަރު ގެޓާފޭ އަތުން ފަހުވަގުތު ރެއާލް މޮޅުކޮށްދިނީ ބެލިންހަމް ސްޕެނުޝް ލަލީގާގައި ރޭ ރެއާލް މެޑްރިޑާއި ގެޓާފޭ ބައްދަލުކުރި މެޗު އެއްވަރުވެގެން ނިމެންދަނިކޮށް މެޗުގެ އިތުރު ވަގުތުގެ ތެރޭ ބެލިންހަމް ކާމިޔާބު ކޮށްދިން ލަނޑުން (2-1) ރެއާލް މޮޅުވެއްޖެއެވެ. ރެއާލްގެ ރަސްމީ ދަނޑު ސަންޓިއާގޯ ބާނަބައު އަޕްގްރޭޑް ކުރުމުގެ މަސައްކަތުގެ ތެރެއިން މަތިން ލައްޕާލެވޭ ގޮތައް ހަދަމުންދާ ފުރާޅުގެ މަސައްކަތް ކުރަމުން އަންނާތީ ރެއާލުން ލީގުގައި ކުޅުނު ފުރަތަމަ ތިން މެޗު ކުޅެފައި ވަނީ ރަށުން ބޭރުގައެވެ. ނަމަވެސް އެ މަސައްކަތް ނިންމައި ދަނޑު ބޭނުން ކުރެވޭވަރުވުމުން […] އިބްރާހިމް ޚަލީލް · 3 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ރައީސް ކެމްޕޭނަށް ހދ. އަތޮޅަށް ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ރިޔާސީ ކެމްޕޭނަށް މިއަދު ހދ. އަތޮޅުގެ ބައެއް ރަށްތަކަށް ކުރައްވާ ދަތުރުފުޅެއް ފައްޓަވައިފިއެވެ. ރައީސްގެ މި ދަތުރުފުޅުގައި އެމްޑީޕީގެ ކޯލިޝަންގައި ހިމެނޭ ސިޔާސީ ޕާޓީތަކުގެ ލީޑަރުންނާއި ބައެއް ވަޒީރުން ބައިވެރިވެވަޑައިގަންނަވަ އެވެ. ހދ. އަތޮޅުން މިއަދު އެމަނިކުފާނު ފުރަތަމަ ވަޑައިގަތީ ހދ. ނޮޅިވަރަންފަރަށެވެ. މި ދަތުރުފުޅުގައި މިރޭ ކުޅުދުއްފުށީ ސިޓީގައި ރައީސްގެ ކެމްޕޭން ޖަލްސާއެއް ބާއްވަން ނިނ... ޔުމްނާ ޢަލީ · 3 އަހަރު ކުރިން
ރާއްޖެ ފަތުރުވެރިކަމުގެ ދާއިރާގެ މަސައްކަތްތެރިންގެ ޖަމިއްޔާގެ ތާއީދު ރައީސް ޞާލިޙަށް! ޓޫރިޒަމް އެމްޕްލޯއީސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީމް) އިން ތާއީދު ކުރަނީ ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ ގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސާލިހަށް ކަމަށް ހާމަކޮށްފިއެވެ. ޓީމުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މީގެ ކުރިން އެއްވެސް ސަރުކާރެއްގައި ޓޫރިޒަމް ދާއިރާގެ މުވައްޒަފުންގެ ހައްގުތައް ހޯދައިދިނުމަށް މަސައްކަތް ކޮށްދީފައި ނުވާ މިންވަރަށް ރައީސް ސާލިހުގެ ސަރުކާރުން ވަނީ މަސައްކަތް ކޮށްދީފައި ކަމަށެވެ. އެގޮތުން ރައީސް ސޯލިހު ވަނީ އައިއެލްއޯ އަދި ބައިނަލްއަގުވާމީ ޖަމިއްޔާތަކާ... މުޙައްމަދު އަފްރާޙް · 3 އަހަރު ކުރިން
ވާހަކަ ސިލްސިލާ ވާހަކަ: ޝިކާޔަތު (54) ކުރީގެ އަދަދާއިގުޅޭ، ” ނިދަން އޮވެފައިވެސް، ބައެއްފަހަރު ޖެހޭނެ މުޙިއްމު ކަންތައްތަކަށް އިސްކަންދޭން” ޖާވިދްގެ ޖުމްލައިން ޒޫނާއަށް ބަލައިލެވުނީ ހައިރާންކަމާއެކުއެވެ. އެއާއިއެކު ޖާވިދް ބޯ ޖަހާލަމުން ލޯމަރާލިއެވެ. ” އަހަރެން ނުބުނަނީސް، އަހަރެން ބަލައި އައީމަ ވަރަށް އުފާވެއްޖެ! ” ޒޫނާ މަޑުމަޑުން ބުނެލިއެވެ. އެއާއިއެކު ޖާވިދް ހިނިތުންވަމުން މަގުމައްޗަށް ބަލައިލިއެވެ. އޭރުވެސް ބޯކޮށް ވާރޭ ވެހެމުންދެއެވެ. ކުޑައަޅައިގެން ހުރިނަމަވެސް އޭނާ މިހާރުވެސް ހުރީ ވަރަށް ބޮޑަށް ތެމިފައެވެ. އެހެންކަމުން ޒޫނާއަށް... ސަލާމާ ޢަބްދުލް ޢަލީމް · 3 އަހަރު ކުރިން
ރާއްޖެ ބިލިއަން ޑޮލަރުގެ ދަރަނި ދައްކަން 600 މިލިއަންގެ ހިލޭ އެހީ ހޯދާނަން: ގާސިމް ދައުލަތުން ނަގާފައިވާ ދަރަނީގެ ތެރެއިން 2026 ވަނަ އަހަރު އެއް ބިލިއަން ޑޮލަރު އަނބުރާ ދައްކަން ޖެހޭ ކަމަށާއި އެ ދަރަނި ދައްކަން 600 މިލިއަން ޑޮލަރުގެ ހިލޭ އެހީއެއް ހޯއްދަވާނެ ކަމަށް ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ރިޔާސީ ކެންޑިޑޭޓު ގާސިމް އިބްރާހިމް މިރޭ ވިދާޅުވެއްޖެއެވެ. އަންނަ ހޮނިހިރު ދުވަހު އޮންނަ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންގެ މެދުގައި މިރޭ ކުރިއަށް ގެންދާ ރިޔާސީ ބަހުސްގައި، ގާސިމް ވިދާޅުވީ ރިޔާސީ ދައުރެެއްގައި އާމްދަނީ ހޯދަން ތަފާތު […] މުޙައްމަދު · 3 އަހަރު ކުރިން
ރާއްޖެ އަޅުގަނޑުމެން ގެންގުޅޭނީ ނާސިރާއި މައުމޫންގެ ހާރިޖީ ސިޔާސަތު: ގާސިމް ކުރިއަށް އޮތް ރިޔާސީ އިންތިހާބު ކާމިޔާބުކޮށް ވެރިކަމަށް ވަޑައިގެންފި ނަމަ، ގެންގުޅުއްވާނީ ކުރީގެ ރައީސް އިބްރާހިމް ނާސިރާއި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ހާރިޖީ ސިޔާސަތު ކަމަށް ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ރިޔާސީ ކެންޑިޑޭޓު ގާސިމް އިބްރާހިމް މިރޭ ވިދާޅުވެއްޖެއެވެ. ސަންގު ޓީވީ އިސްވެ، ގިނަ މީޑިއާތަކާ ގުޅިގެން މިރޭ ބޭއްވި “ރިޔާސީ ބަހުސް” ގައި ގާސިމް ވިދާޅުވީ ރައީސް މައުމޫންގެ ހާރިޖީ ސިޔާސަތު ގެންގުޅުއްވި ގޮތް ވަރަށް ކަމުދާ ކަމަށެވެ. އަދި އިތުރު ގައުމަކާ […] މުޙައްމަދު · 3 އަހަރު ކުރިން