ރާއްޖެ މާވަރުލު އެއާޕޯޓަށް ގިނަ ފްލައިޓް ޖެއްސޭ ވަރަށް ތަރައްގީކޮށް، ސިޓީ ހޮޓަލެއް އިމާރާތް ކުރާނަން: ނާޒިމް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ ސަރުކާރެއްގައި މާވަރުލު އެއާޕޯޓަށް ގިނަ ފްލައިޓް ޖެއްސޭ ވަރަށް ތަރައްގީކޮށް، ސިޓީ ހޮޓަލެއް އިމާރާތް ކޮށްދެއްވާނެ ކަމަށް އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް އަދި އަދި އެ ޕާޓީގެ ރައީސް، ދަނގެތީ ދާއިރާގެ މަޖިލިސް މެމްބަރު މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ. ކެމްޕެއިންގައި އެ އަތޮޅަށް ވަޑައިގެން ވާހަކަ ދައްކަވަމުން ނާޒިމް ވިދާޅުވީ ގައްދޫ އިތުރަށް ތަރައްގީވެ، ފުޅާވެގެން ދާނީ އިތުރަށް ކަންކަން ކުރެވިގެން ކަމަށާއި ގައްދު އާއި މާވަރުލު އެއާޕޯޓް ކޯޒްވޭ […] މުޙައްމަދު އަފްރާޙް · 3 އަހަރު ކުރިން
ވިޔަފާރި މ. އަތޮޅުގައި އެމްޓީސީސީން ސްޕީޑް ފެރީގެ ހިދުމަތް ފަށައިފި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން މ. އަތޮޅުގައި ދެމުން އައި ފެރީ ހިދުމަތް އިތުރަށް ފުޅާކުރުމުގެ ގޮތުން ސްޕީޑް ފެރީ ހިދުމަތް ފަށައިފިއެވެ. އެ ކުންފުނިން މި ޚިދުމަތް ފެށީ އިއްޔެއެވެ. މި ޚިދުމަތުގައި ބޭނުންކުރާ ސްޕީޑް ފެރީތަކަކީ 45 ފަސިންޖަރުންނަށް ދަތުރުކުރެވޭ ގޮތަށް ފަރުމާ ކޮށްފައިވާ އުޅަނދުތައް ކަމަށް އެމްޓީސީސީން ބުންޏެވެ. އެމްޓީސީސީން މ. އަތޮޅުގެ ހުރިހާ ރަށަކަށް ހަފުތާއަކު ތިން ދުވަހު ފެރީގެ ޚިދުމަތް ފޯރުކޮށްދޭނެއެވެ. ސްޕީޑް ފެރީ ހިދުމަތުގެ […] އަޙްމަދު ވަހީދު · 3 އަހަރު ކުރިން
ވާހަކަ ސިލްސިލާ ވާހަކަ: ޝިކާޔަތު (56) ކުރީގެ އަދާއިގުޅޭ، ހާރޫން އަވަސް އަވަހަށް ބުނެލީ ޔަޝްމީއަށް އަޑު އިވޭ ވަރަށެވެ. އަވަސް އަވަހަށް ކައުންޓަރަށް ފައިސާ ދެއްކުމަށްފަހު ހާރޫން ނިކުތް އިރު ޔަޝްމީ ފެންނާކަށް ނެތެވެ. މަގުގެ ދެކޮޅު ބަލައިލުމަށްފަހު ހާރޫން އަވަސް އަވަހަށް ފޯނު ނަގައި ޔަޝްމީއަށް ގުޅާލިއެވެ. ނަމަވެސް އޭނާގެ ފޯނު އޮތީ ނިއްވާލާފައެވެ. ހާރޫން ކަންބޮޑުވީ އެހިސާބުންނެވެ. އޭރު އޭނާގެ ހިތް ނެގިނެގިފައި ޖެހެމުންދެއެވެ. ހާސް ހިތަކައިގެން ހާރޫން ހުރީ ހަދާނެ ގޮތް ހުސްވެފައެވެ. ޔަޝްމީ ހޯދަން ދާނެ ތަނެއް […] ސަލާމާ ޢަބްދުލް ޢަލީމް · 3 އަހަރު ކުރިން
ރާއްޖެ ދަރަނި ދައްކާ ހަލާސްކުރާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވައިފި މާލީ އިދާރާތަކުގެ އިތުބާރު ރާއްޖެއަށް އެބައޮތް ކަމަށާއި ދެވަނަ ދައުރެއްގައި ދަރަނި ދައްކައި ހަލާސްކުރައްވާނެ ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރޭ ވިދާޅުވެއްޖެ އެވެ. ކުޅުދުއްފުށީ ސިޓީގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ ވާދަވެރިން ދަރަނީގެ ވާހަކަ ދެއްކެވި ނަމަވެސް ދަރަނި ދެއްކޭނެ ގޮތެއް ދެއްކިފައި ނުވާ ކަމަށާއި، ނަމަވެސް އެމަނިކުފާނުގެ ދެވަނަ ދައުރުގައި އެ ދަރަނި ދައްކާ ހަލާސް ކުރައްވާނެކަމަށެވެ. އަދި ދަރަނި ދައްކަން ނިންމާފައިވާ ގޮތާއި ގުޅޭ […... އިސްމާއިލް މޫސާ · 3 އަހަރު ކުރިން
ރާއްޖެ ޑިމޮކްރެޓުންގެ ކެމްޕޭނު ޕޯސްޓަރުތައް ހަލާކުކޮށް، ގެއްލުންދިނުން ހުއްޓައިލުމަށް ގޮވައިލައިފި ދަ ޑިމޮކްރެޓުންގެ ކެމްޕޭނު ޕޯސްޓަރުތައް ހަލާކުކޮށް، ގެއްލުންދިން މައްސަލަ އެ ޕާޓީ އިން ކުށްވެރިކޮށްފިއެވެ. އެ ޕާޓީން ނެރުނު ބަޔާނެއްގައި ބުނީ އިއްޔެ ހަވީރު ކުޅުދުއްފުށި ސިޓީ އަށް ރައީސް ސާލިހު ވަޑައިގަންނަވާތީ، އެހެން އެއްވެސް ސިޔާސީ ޕާޓީއަކަށް ނުވަތަ ކެންޑިޑޭޓަކަށް ސިޓީގެ އެއްވެސް ހިސާބެއްގައި ކެމްޕޭނު ހަރަކާތް ނުހިންގޭނެކަމަށް ފުލުހުން އަންގާފައިވާ ކަމަށެވެ. އަދި ޅ. ނައިފަރުގައި ބަހައްޓާފައިހުރި ޑިމޮކްރެޓުންގެ ޕޯސްޓަރުތަކަށް ސަރުކާރު ޕާޓީގެ މެންބަރުން ފުލުހުންގެ ހާޟިރުގައި ގެއްލުންދީ، ދިދަފަތި... މުޙައްމަދު އަފްރާޙް · 3 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ދިއްދޫގައި އާރުޓީއެލް ބަހުގެ ހިދުމަތް ފަށައިފި ހއ. ދިއްދޫގައި ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރުޓީއެލް) ބަހުގެ ޚިދުމަތް ފަށައިފިއެވެ. މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން މި ޚިދުމަތް ފެށީ އިއްޔެއެވެ. ދިއްދޫގައި ބަހުގެ ހިދުމަތް ދިނުމަށް 32 މީހުންގެ ޖާގައިގެ ދެ ބަސް ބޭނުންކުރާނެއެވެ. މި ބަސްތަކުގައި 22 މީހުންނަށް އިށީނދެ ތިބެގެން އަދި، 10 މީހުންނަށް ކޮޅަށް ތިބެގެން ދަތުރު ކުރެވޭނެއެވެ. އާރުޓީއެލްގެ އެހެނިހެން ޚިދުމަތްތަކާއެއްގޮތަށް ދިއްދޫގައި ވެސް ބަހުގެ ހިދުމަތް ފުރަތަމަ ހަފުތާގައި ދޭނީ ހިލެއެވެ. އެ […] އަޙްމަދު ވަހީދު · 3 އަހަރު ކުރިން
ރާއްޖެ "މޯލްޑިވްސް ހެލްތް ލައިން" އިފްތިތާހް ކޮށްފި “މޯލްޑިވްސް ހެލްތް ލައިން” އިފްތިތާހް ކޮށްފިއެވެ. މިއީ ސިއްހީ ހިދުމަތް ހޯދަން އެއް ރަށުން އަނެއް ރަށަށް ރައްޔިތުން ކުރަމުން އައި ދަތުރުފަތުރު ހުއްޓުމަކަށް ގެނެސް، ސިއްހީ ދާއިރާގެ އިންތިޒާމްތައް ހަރުދަނާ ކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ތައާރަފް ކުރި ހެލްތު ލައިނެކެވެ. މި ހެލްތް ލައިންގެ ދަށުން އެކި ދާއިރާގެ ޑޮކްޓަރުން ވަކި ޕްލޭނެއްގެ ދަށުން ގަވާއިދުން ރަށްރަށަށް ގޮސް އައުޓް-ރީޗް ޕްރޮގްރާމްތައް ހިންގުމަށް ހަމަޖެހިފައިވާއިރު، މީގެ ސަބަބުން ރައްޔިތުން ސިއްހީ ހިދުމަތް ހޯދަން... މުޙައްމަދު އަފްރާޙް · 3 އަހަރު ކުރިން
ރާއްޖެ ކޯނީ ރިޕޯޓް މިހާރުވެސް ފެންނަން އެބައޮތް: އުޝާމް ގެއްލިގެން އެ ހޯދުމަށް ފުލުހުންނަށް ހުށައަޅާފައިވާ ކޯނީ ރިޕޯޓު، މިހާރުވެސް ފެންނަން އެބައޮތް ކަމަށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ އެއް ފައުންޑާ، އަދި އެއް ނައިބު ރައީސް، ރައްޔިތުންގެ މަޖިލިހުގެ ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް ވިދާޅުވެއްޖެއެވެ. އޭނާ މިހެން ވިދާޅުވެފައި މިވަނީ ކޮމިޝަން އޮފް ނެޝަނަލް އިންކުއަރީ އިން އެކުލަވައިލި ރިޕޯޓް (ކޯނީ ރިޕޯޓް) ގެއްލިގެން އެ ހޯދުމަށް ފުލުހުންނަށް ހުށައަޅާފައިވާ ކަމަށް ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ރިޔާސީ […] މުޙައްމަދު އަފްރާޙް · 3 އަހަރު ކުރިން
ރާއްޖެ ދަރަނި އަދާކުރަން އެންމެ ވަރުގަދަ ތަސައްވުރެއް އޮތީ ގާސިމްގެ: އަމީން ދައުލަތުން ނަގާފައިވާ ދަރަނި އަދާ ކުރުމަށް އެންމެ ވަރުގަދަ ތަސައްވުރެއް އޮތީ ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ރިޔާސީ ކެންޑިޑޭޓު ގާސިމް އިބްރާހިމްގެ އެކަނި ކަމަށް ގާސިމްގެ ރަނިންމޭޓު އަދި ޖޭޕީގެ ޑެޕިއުޓީ ލީޑަރު އަމީން އިބްރާހިމް ރޭ ވިދާޅުވެއްޖެއެވެ. އެކިއެކި ސަރުކާރުތަކުން ނަގާފައިވާ ދަރަނީގެ ތެރެއިން 2026 ވަނަ އަހަރު އެއް ބިލިއަން ޑޮލަރު އަނބުރާ ދައްކަން ޖެހޭއިރު، އެ ދަރަނި ދައްކަން 600 މިލިއަން ޑޮލަރުގެ ގްރާންޓެއް ނޫނީ ހިލޭ އެހީ ޖުމްހޫރީ ޕާޓީގެ […] މުޙައްމަދު · 3 އަހަރު ކުރިން
ރާއްޖެ ވޯޓު ކަރުދާހުގައި ފާހަގަ ޖެހޭނީ ކަޅު ނޫނީ ނޫކުލައިގެ ގަލަމުން: އީސީ މި ސެޕްޓެމްބަރު މަހުގެ 9 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ވޯޓު ކަރުދާހުގައި ފާހަގަ ޖެހޭނީ ކަޅު ނޫނީ ނޫކުލައިގެ ގަލަމުން ކަމަށް އިލެކްޝަންސް ކޮމިޝަންސް (އީސީ) އިން ވިދާޅުވެއްޖެއެވެ. އީސީ އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކޮމިޝަނުން ނައިބު ރައީސް އިސްމާއީލް ހަބީބް ވިދާޅުވީ އިންތިހާބާއި ބެހޭ ލަފާދޭ ކޮމިޓީގައި ޕާޓީތަކުން ހުށަހެޅި ފުރަތަމަ މައްސަލައަކީ ވަކި ކުލައެއްގެ ގަލަމަކުން ވޯޓު ކަރުދާހުގައި ފާހަގަ ޖެހުމަށް ރާވަމުން ގެންދާ ކަމުގެ ޝަކުވާ ކަމަށެވެ. އޭނާ […] މުޙައްމަދު އަފްރާޙް · 3 އަހަރު ކުރިން
ރާއްޖެ ޖަރާސީމުން ތަޣައްޔަރުވެފައިވާ ޗީޒެއް ވިއްކާތީ ސަމާލުވުމަށް އިލްތިމާސް ކޮށްފި ޖަރާސީމުން ތަޣައްޔަރުވެފައިވާ ޗީޒެއް ރާއްޖެ އެތެރެކޮށް ވިއްކުން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން މަނާ ކޮށްފިއެވެ. އެ އިދާރާ އިން ނެރުއްވި ބަޔާނެއްގައި ވިދާޅުވީ މިއީ ފްރާންސްގައި އުފައްދާފައިވާ ޗީޒްގެ ބްރޭންޑެއް ކަމަށެވެ. “ލިސްޓީރިއާ މޮނޯސައިޓޯޖީންސް” ޖަރާސީމުން ތަޣައްޔަރުވުމުގެ ފުރުސަތު އޮތް އުފެއްދުމެއް ކަމުގައިވާ ޗީޒެއް ރާއްޖެ އެތެރެވެފައިވާ ކަމުގެ މައުލޫމާތު ޔޫރަޕުގެ ރެޕިޑް އެލާޓް ސިސްޓަމް ފޯ ފުޑް އެންޑް ފީޑް (އާރްއޭއެސްއެފްއެފް) އިން އެ އޮތޯރިޓީ އަށް އަންގާފައިވާ ކަ... މުޙައްމަދު އަފްރާޙް · 3 އަހަރު ކުރިން
ކުޅިވަރު މެސީގެ މޮޅު ކުޅުމާއިއެކު އިންޓަ މަޔާމީން ލޮސް އެންޖެލެސް ބަލިކޮށްފި އެމެރިކާގެ މޭޖާ ލީގު ސޮކާގައި މިއަދު އިންޓަ މަޔާމީއާއި ލޮސް އެންޖެލެސް ބައްދަލުކުރި މެޗު، މެސީގެ މޮޅު ކުޅުމާއިއެކު މަޔާމީން ކާމިޔާބު ކޮށްފިއެވެ. މަޔާމީން މި މެޗު ކާމިޔާބު ކޮށްފައި ވަނީ 3-1 ގެ ނަތީޖާއިންނެވެ. މި މެޗުގައި ދެ ޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު، މެޗުން ބަލިވި ލޮސް އެންޖެލެސް އިން ވަނީ ގިނަ ހަމަލާތަކެއް މަޔާމީގެ ގޯލާއި އަމާޒުކޮށް ފޮނުވާލާފައެވެ. މި ހަމަލާތައް ހުއްޓުވުމުގައި މަޔާމީގެ ކީޕަރު ކަލެންޑެއާ ވަނީ މޮޅު ކުޅުމެއް […] އިބްރާހިމް ޚަލީލް · 3 އަހަރު ކުރިން
ރާއްޖެ ގާސިމްގެ ވެރިކަމެއްގައި ބޮލަކަށް ޖެހޭ ވަރު 27،000 ޑޮލަރަށް ބަދަލު ކުރާނެ: އަމީން ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ރިޔާސީ ކެންޑިޑޭޓު ގާސިމް އިބްރާހިމްގެ ވެރިކަމެއްގައި ކޮންމެ ރައްޔިތަކަށް ބޮލަކަށް ޖެހޭ ވަރު 27،000 ޑޮލަރަށް ބަދަލު ކުރާނެ ކަމަށް ގާސިމްގެ ތަރުޖަމާނު އަދި ކުރީގެ ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ރޭ ވިދާޅުވެއްޖެއެވެ. ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ގާސިމް އައްޑޫ ސިޓީ އަށް ވަޑައިގެން ހިތަދޫގައި ބޭއްވި ބޮޑު ޖަލްސާގައި އަމީން ވިދާޅުވީ ގާސިމަކީ ވަރަށް ވަރުގަދަ ސިޔާސީ ލީޑަރެއް ކަމަށާއި އޭނާ ވަޑައިގަންނަވަނީ ރާއްޖެ ދުވަހަކުވެސް ނުދެކޭފަދަ ބޮޑު ތަސައްވުރަކާއެކުގައި […] މުޙައްމަދު · 3 އަހަރު ކުރިން
ރާއްޖެ ހަ މަސް ތެރޭގައި ޝަންގްރިއްލާ އާއި ހެރެތެރެ އޮޕަރޭޝަނަށް ގެންނާނަން: ގާސިމް އަންނަ ހޮނިހިރު ދުވަހު އޮންނަ ރިޔާސީ އިންތިހާބު ކާމިޔާބުކޮށް، ވެރިކަމަށް ވަޑައިގެންފި ނަމަ، ފުރަތަމަ ހަ މަސް ދުވަހުގެ ތެރޭގައި ޝަންގްރިއްލާ އާއި ހެރެތެރެ ރިސޯޓު ހަދައި ދެއްވާނެ ކަމަށް ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ރިޔާސީ ކެންޑިޑޭޓު ގާސިމް އިބްރާހިމް ރޭ ވިދާޅުވެއްޖެއެވެ. ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް އައްޑޫ ސިޓީ އަށް ވަޑައިގެން ހިތަދޫގައި ބޭއްވި ފޯރިގަދަ، ބޮޑު ޖަލްސާގައި ގާސިމް ވިދާޅުވީ ވޭތުވެދިޔަ ފަސް އަހަރު އައްޑޫ ރައްޔިތުން ހިމެނޭ ގޮތަށް ރާއްޖޭގެ ހުރިހާ […] މުޙައްމަދު · 3 އަހަރު ކުރިން
ރާއްޖެ ކޯނީ ރިޕޯޓު ގެއްލިގެން ފުލުހުންނަށް ހުށަހަޅައިފި ކޮމިޝަން އޮފް ނެޝަނަލް އިންކުއަރީ އިން އެކުލަވައިލި ރިޕޯޓް (ކޯނީ ރިޕޯޓް) ގެއްލިގެން އެ ހޯދުމަށް ފުލުހުންނަށް ހުށައަޅާފައިވާ ކަމަށް ދިވެި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އިބްރާހީމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ. ހދ. އަތޮޅަށް ކުރައްވަމުން ގެންދަވާ ކެމްޕެއިން ދަތުރުފުޅުގައި ނޭކުރެންދޫ އަށް ވަޑައިގެން ވާހަކަ ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ ކޯނީ ރިޕޯޓު މިހާރު ނެތް ކަމަށާއި އެ ރިޕޯޓް ވީތަނެއް ނޭނގިގެން ފުލުހަށް ހުށަހަޅާފައިވާ ކަމަށެވެ. އަދި އެއީ […] މުޙައްމަދު އަފްރާޙް · 3 އަހަރު ކުރިން