މައި ޚަބަރަށް ދިޔުމަށް

ތިލަދުންގެ އަރުޝީފުން ހޯދުން

ފަހުގެ ހޯދުންތައް:
ގާސިމްގެ ވެރިކަމެއްގައި ލ. އަތޮޅުގައި އިތުރު އެއާޕޯޓެއް އަޅާނެ: ރިޔާޒް

ގާސިމްގެ ވެރިކަމެއްގައި ލ. އަތޮޅުގައި އިތުރު އެއާޕޯޓެއް އަޅާނެ: ރިޔާޒް

ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ލީޑަރު އަދި ރިޔާސީ ކެންޑިޑޭޓު ގާސިމް އިބްރާހިމްގެ ވެރިކަމެއްގައި ލ. އަތޮޅުގައި އިތުރު އެއާޕޯޓެއް އަޅާނެ ކަމަށް ގާސިމްގެ ސްޕެޝަލް އެޑްވައިޒަރު އަދި ޖޭޕީގެ ލ. އަތޮޅުގެ ކެމްޕެއިންގައި އެންމެ އިސްކޮށް ހުންނެވި ރިޔާޒް ރަޝީދު މިއަދު ވިދާޅުވެއްޖެއެވެ. އަންނަ ހޮނިހިރު ދުވަހު އޮންނަ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ގާސިމް ލ. އަތޮޅަށް ކުރެއްވި ދަތުރުގައި ގަމުގައި ބޭއްވި ޖަލްސާގައި ރިޔާޒް ވިދާޅުވީ ލ. އަތޮޅުގައި ތިބި މަސްވެރިންނަށާއި އެހެނިހެން ކަންކޮޅުތަކުގައި […]

މުޙައްމަދު
މަތިވެރި ފަޅުގައި އެއާޕޯޓެއް އަޅައި، ފަތުރުވެރިކަމުގެ މަޝްރޫއުތަކެއް ހިންގާނަން: މުއިއްޒު

މަތިވެރި ފަޅުގައި އެއާޕޯޓެއް އަޅައި، ފަތުރުވެރިކަމުގެ މަޝްރޫއުތަކެއް ހިންގާނަން: މުއިއްޒު

އއ. މަތިވެރި ފަޅުގައި އެއާޕޯޓެއް އަޅައި، އެ ސަރަހައްދުގައި ފަތުރުވެރިކަމުގެ މަޝްރޫއުތަކެއް ހިންގާނެ ކަމަށް ޕީއެންސީ ގެ ރިޔާސީ ކެންޑިޑޭޓް، މާލޢ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެެވެ. އެ ރަށަށް ކުރެއްވި ކެމްޕެއިން ދަތުރުގައި އޭނާ ވިދާޅުވީ ފަޅުގައި އެއާޕޯޓް އެޅުމަށް ބިން ހިއްކާނީ ރަށުގެ ރައްޔިތުންނަށް ބޭނުންވާ ބިން ވެސް ލިބޭ ގޮތަށް ކަމަށެވެ. އަދި ބިން ހިއްކުމަށްފަހު، އެރަށުގައި ބޯހިޔާވަހިކަމުގެ ޕްރޮގްރާމެއް ކުރިއަށް ގެންދަވާނެ ކަމަށް ވެސް ވަނީ ވިދާޅުވެފައެވެ. އެ […]

މުޙައްމަދު އަފްރާޙް
މާލޭގެ އިމާރާތެއްގައި ރޯވި އަލިފާން ކޮންޓްރޯލް ކޮށްފި

މާލޭގެ އިމާރާތެއްގައި ރޯވި އަލިފާން ކޮންޓްރޯލް ކޮށްފި

މާލޭގެ އިމާރާތެއްގައި ރޯވި އަލިފާން ކޮންޓްރޯލްކޮށްފިއެވެ. އެ އަލިފާން ރޯވިތާ މާގިނަ އިރެއް ނުވަނީސް ސިފައިން ނިއްވާލާފައިވާއިރު، އެ ސަރަހައްދުން ދެ މީހަކު ވަނީ ފުލުހުންގެ ވެހިކަލަކަށް އަރުވާފައެވެ. އެ ވަގުތު ދިވެހިރާއްޖޭގެ އަޑު ކައިރީ ހުރި މީހަކު ބުނީ ބެލެވެނީ އެއީ އެ ދެމީހުން ހިންގި ޢަމަލެއް ކަމަށެވެ. އެތަނުގައި ރޯވުމުން އެމީހުން އިމާރާތުން ފިލަން މަސައްކަތް ކުރިކަމަށް އޭނާ ބުންޏެވެ. އަލިފާން ރޯވީ ސީ ބިލްޑިންގ ކުރިމަތީ ހުންނަ ބާ އިމާރާތެއްގައެވެ. އެތަނަކީ މިވަގުތު […]

ތިލަދުން
ސީ ބިލްޑިންގ ކައިރީ ހުރި އިމާރާތެއްގައި އަލިފާން ރޯވެއްޖެ

ސީ ބިލްޑިންގ ކައިރީ ހުރި އިމާރާތެއްގައި އަލިފާން ރޯވެއްޖެ

ސީ ބިލްޑިންގ ކައިރީ ތަނެއްގައި އަލިފާން ރޯވެއްޖެއެވެ. އަލިފާން ރޯވެފައި ވަނީ ސީ ބިލްޑިންގ ކުރިމަތީ ހުރި ތަނެއްގައެވެ. އެއީ ގަރާޖެއް ކަމެއް ގެއެއް ކަމެއް އަދި ސާފެއް ނުވެއެވެ. އެ ސަރަހައްދުން ދުވެފައި ނުކުތް މީހަކު ‘’ތިލަދުން’’ އަށް ބުނީ ރޯވެފައިވަނީ ސީ ބިލްޑިންގ ކުރިމަތީ ހުރި ބާ އިމާރާތެއްގައި ކަމަށް ބެލެވޭ ކަމަށެވެ.   އެތަނުގައި ރޯވުމުން އަލިފާން ނިއްވަން ސިފައިން މިހާރު ހަރަކާތްތެރި ވަމުން އަންނައިރު، ދުން ގަނޑު އަންނަނީ ސަރަހައްދަށް ފެތުރެމުންނެވެ. […]

ތިލަދުން
ސިލްސިލާ ވާހަކަ: ޝިކާޔަތު (57)

ސިލްސިލާ ވާހަކަ: ޝިކާޔަތު (57)

ކުރީގެ އަދަދާއިގުޅޭ، ފައިގައި ޖެހުނު ގާބުރިއެއްވެސް، ބޯޅައެއްގައި ޖަހާ އުސޫލުން ބާރުބާރަށް ފައިން ޖަހާ ދުރަށް ހޫރާލީ ރުޅިވެރިކަމާއެކުއެވެ. ހިތަށް ޖަމާވަމުންދާ ޝަކުވާތައް ބޭރުކުރަން ބޭނުންވި ނަމަވެސް ދިރިއުޅުމުގެ ކަންތައްތައް މީހުންނާ  ހިއްސާކުރުމަކީ އޭނާ މާ ކުރާހިތްވާ ކަމެއް ނޫނެވެ. އެހެންކަމުން ޝަކުވާތައް ހިތުގައި ބޮނޑިކޮށްގެން ހުރެ އޭނާ ވެލިގަނޑުމަތީގައި އިށީނދެލީ ގެއަށް ދާން ބޭނުން ނުވެގެންނެވެ. *** އެނދުގައި ލެނގިލައިގެން މުށިތައްމަތީގައި ނިދިފައި އިން ޔަޝްމީއަށް ސިހިފައި ހޭލެވުނީ ކޮޓަރީގެ ދ...

ސަލާމާ ޢަބްދުލް ޢަލީމް
ބައްޕާފުުޅުގެ ސަރުކާރުގައި ހިނގައިދިޔަ އަނިޔާތަކަށް ފާރިސް މައާފަށް އެދިވަޑައިގެންފި

ބައްޕާފުުޅުގެ ސަރުކާރުގައި ހިނގައިދިޔަ އަނިޔާތަކަށް ފާރިސް މައާފަށް އެދިވަޑައިގެންފި

ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ސަރުކާރުގައި ހިނގާދިޔަ އަނިޔާތަކަށް އެމަނިކުފާނުގެ ދަރިކަލުން، ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ ކުރީގެ މެމްބަރު އަހްމަދު ފާރިސް މައުމޫން މައާފަށް އެދިވަޑައިގެންފިއެވެ. މިއަހަރުގެ ރިޔާސީ އިންތިހާބުގައި އަމިއްލަގޮތުން ވާދަކުރައްވާ އަދި އެމްއާރްއެމްގެ ރައީސްކަން ވެސް ކުރައްވާ ފާރިސް މައާފަށް އެދިވަޑައިގެންނެވީ އެމަނިކުފާނުގެ ފޭސްބުކްގައި އާންމުކުރެއްވި ވީޑިއޯ މެސެޖެއްގައެވެ. އެ ވީޑިއޯ ގައި ފާރިސް ވިދާޅުވީ ރައީސް މައުމޫން ވެރިކަން ކުރެއްވި ދުވަސްވަ...

މުޙައްމަދު އަފްރާޙް
އުތީމު ނެރުފައިކަށީގެ މަސައްކަތާއި އިތުރު ދެ ރަށުގެ ބަނދަރުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި

އުތީމު ނެރުފައިކަށީގެ މަސައްކަތާއި އިތުރު ދެ ރަށުގެ ބަނދަރުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި

ޅ. އަތޮޅު ކުރެންދުއާއި އޮޅުވެލިފުށީ ބަނދަރު އަޕްގްރޭޑް ކުރުމުގެ މަސައްކަތާއި ހއ. އުތީމު ނެރުފައިކަށި އަޕްގްރޭޑް ކުރުމުގެ މަސައްކަތް ސަރުކާރުން، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އާ ހަވާލުކޮށްފިއެވެ. ޕްލޭނިން މިނިސްޓްރީގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި އެ މިނިސްޓްރީގެ ފަރާތުން މި އެއްބަސްވުންތަކުގައި ސޮއިކުރެއްވީ ޑިރެކްޓަ ޖެނެރަލް ފާތިމަތު ޝާނާ ފާރޫގެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޗީފް އޮޕަރޭޓިންގ އޮފިސަރ ޝާހިދު ހުސައިން މޫސާއެވެ. ކު...

އަޙްމަދު ވަހީދު
މާލެއާއި އަތޮޅުތެރެ ތަފާތެއް ނުކުރާނަށް: ގާސިމް

މާލެއާއި އަތޮޅުތެރެ ތަފާތެއް ނުކުރާނަށް: ގާސިމް

މާލެއާއި އަތޮޅުތެރެ ތަފާތެއް ނުކުރައްވާނެ ކަމަށާއި އެއް އަގެއް، އެއްއުސޫލެއް އެއްހަމައެއް ގައި ކަންކަން ކޮށްދެއްވާނެ ކަމަށް ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް، އެ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ގދ. ތިނަދޫ ސިޓީގެ ރައްޔިތުންނާއި ބައްދަލުކުރުމަށް ބޭއްވި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ. ގައުމީ ކެންޑިޑޭޓް ވިދާޅުވީ އެމަނިކުފާނުގެ އަރިހުގައި ރާއްޖޭގެ ރައީސްކަން ކުރައްވާފައިވާ ބޭފުޅަކާއި ނައިބު ރައީސްކަން ކުރައްވާފައ...

މުޙައްމަދު އަފްރާޙް
''މާފަރުފަޅު ހިއްކައި އެތަނުގައި މުޅި އދ. އަތޮޅަށް ބޯހިޔާވަހިކަމުގެ މަޝްރޫއެއް ހިންގައިދޭނަން''

''މާފަރުފަޅު ހިއްކައި އެތަނުގައި މުޅި އދ. އަތޮޅަށް ބޯހިޔާވަހިކަމުގެ މަޝްރޫއެއް ހިންގައިދޭނަން''

މާފަރުފަޅު ހިއްކައި އެތަނުގައި މުޅި އދ. އަތޮޅަށް ބޯހިޔާވަހިކަމުގެ މަޝްރޫއެއް ހިންގައިދޭނެ ކަމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. އދ. ހިބަދޫގައި ރޭ ބޭއްވި ކެމްޕޭން ޖަލްސާއެއްގައި ވާހަކަދައްކަވަމުން މަހިބަދޫއަށް ދިމާވެފައިވާ ބިމުގެ މައްސަލައާއި ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރެވޭނެ ދެ ގޮތެއް އެބައޮތްކަން ވަނީ ފާހަގަ ކުރައްވާފައެވެ. އެގޮތުން ފުރަތަމަ ގޮތަކީ އެރަށުގައި ވީރާނާވެފައި ހުރި އިމާރާތްތަކެއް ތަޅައިލާ، އެ ބިމުގައި ހައުސިން ޔުނިޓް...

މުޙައްމަދު އަފްރާޙް
ނެއްލައިދޫ އައު އިންޖީނުގެއާއި މަކުނުދޫ ފެނަކަ އޮފީސް ހުޅުވައިފި

ނެއްލައިދޫ އައު އިންޖީނުގެއާއި މަކުނުދޫ ފެނަކަ އޮފީސް ހުޅުވައިފި

ހދ. ނެއްލައިދޫގެ އައު ފެނަކަ ކޯޕަރޭޝަނުން ގާއިމުކުރި އައު އިންޖީނުގެއާއި އެ އަތޮޅުގެ މަކުނުދޫ ފެނަކަ އޮފީސް ހުޅުވައިފިއެވެ. މި ދެތަން ހުޅުއްވައިދެއްވީ މި ހަގުތާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބޮޑުތިލަދުންމައްޗަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިންނެވެ. ނެއްލައިދޫ އައު އިންޖީނުގެ މަޝްރޫއުގެ ދަށުން އެ ރަށުގެ 22 އަހަރުވީ އިންޖީނުގެ ނިއްވައި އައު އިންޖީނުގެއިން ވަނީ ހިދުމަތް ދޭން ފަށައިފައެވެ. މިއީ 4234.5 އަކަފޫޓު ބޮޑު އިންޖީނުގެއެކެވެ. މީގެ ކުރިން އެ ރަށުގައި ހުރި އިންޖީނުގޭގައި […]

އަޙްމަދު ވަހީދު
ޑިމޮކްރެޓްސްއިން ދިނީ ބޮޑު ތިލަދުންމައްޗަށް އިންވެސްޓްމެންޓް ބޭންކެއް ގެނެސްދޭނެކަމުގެ ޔަގީންކަން

ޑިމޮކްރެޓްސްއިން ދިނީ ބޮޑު ތިލަދުންމައްޗަށް އިންވެސްޓްމެންޓް ބޭންކެއް ގެނެސްދޭނެކަމުގެ ޔަގީންކަން

ޑިމޮކްރެޓުންގެ ވެރިކަމެއްގައި ބޮޑު ތިލަދުންމައްޗަށް އިންވެސްޓްމެންޓް ބޭންކެއް ގެނެސްދޭނެކަމުގެ ޔަގީންކަން އެ ޕާޓީން ދީފިއެވެ. މި ޔަގީންކަން އެ ޕާޓީން ދިނީ ކެމްޕޭނަށް ހއ. ދިއްދޫއަށް ކުރެއްވި ދަތުރުގައި ދަ ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓްގެ ރަނިންމޭޓް ހުސައިން އަމްރުއެވެ. އޭނާ ވިދާޅުވީ ބޮޑުތިލަދުންމައްޗަށް ތަރައްގީ އަންނަންޖެހޭ ވަރާ ގާތަށް ވެސް ތަރައްގީ އައިސްފައި ނުވާ ކަމަށާއި އެހެންކަމުން ބޮޑުތިލަދުންމަތި ތަރައްގީކުރުމަށް އަމާޒުކޮށްގެން ޑިމޮކްރެޓުން ގެންނާނީ އިންވެސްޓްމަންޓް ބޭންކެއް ކަމަށެވެ. އ...

މުޙައްމަދު އަފްރާޙް
ގުޅީފަޅުން ގޯތި ލިބުނު މީހުންނަށް ގޯތި ކަނޑައި، ރަޖިސްޓަރީ ހަވާލުކުރަން ފަށައިފި

ގުޅީފަޅުން ގޯތި ލިބުނު މީހުންނަށް ގޯތި ކަނޑައި، ރަޖިސްޓަރީ ހަވާލުކުރަން ފަށައިފި

ބިންވެރިޔާ ސްކީމުގެ ދަށުން ގުޅީފަޅުން ގޯތި ލިބުނު މީހުންނަށް ގޯތި ކަނޑައި، ރަޖިސްޓްރީން ހަވާލުކުރަން ފަށައިފިއެވެ. ރައީސް ސާލިހްގެ ސަރުކާރުން މާލޭގެ ރައްޔިތުންނަށް ގޯތި ދިނުމަށް ކުރިއަށް ގެންދާ މި ސްކީމުގެ ދަށުން ގުޅީފަޅުން ގޯތި ލިބޭ ބައެއް މީހުންނާ އެކު މި ސެޕްޓެމްބަރު މަހުގެ 5 ވަނަ ދުވަހު ގުޅީފަޅުގައި ބޭއްވި ރަސްމިއްޔާތުގައި އެކި ބޮޑުމިނުގެ 21 ގޯތި ވަނީ ކަނޑައި، ރަޖިސްޓްރީ ހަވާލުކޮށްފައެވެ. ގުޅިފަޅުން ގޯތި ދޫކޮށްފައިވަނީ ކުރީގެ ރައީސް ނަޝީދުގެ ސަރުކާރުގައި ގުޅިފަޅު […]

މުޙައްމަދު އަފްރާޙް
މި އަހަރު ނިމުމުގެ ކުރިން އަލިފުށީ އެއާޕޯޓްގެ މަސައްކަތް ނިންމާނަން: ރައީސް

މި އަހަރު ނިމުމުގެ ކުރިން އަލިފުށީ އެއާޕޯޓްގެ މަސައްކަތް ނިންމާނަން: ރައީސް

މި ހިނގާ 2023 ވަނަ އަހަރު ނިމުމުގެ ކުރިން ރ. އަލިފުށީ އެއާޕޯޓްގެ މަސައްކަތް ނިންމަވާނެކަމުގެ ޔަގީންކަން އެރަށު ރައްޔިތުންނަށް ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް އިއްޔެ ދެއްވައިފިއެވެ. ރައީސް މި ޔަގީންކަން ދެއްވީ، ރިޔާސީ ކެމްޕޭންގައި އިއްޔެ އިރުއޮއްސެނިކޮށް އަލިފުއްޓަށް ވަޑައިގެން އަލިފުށީ ބަނދަރު ސަރަހައްދުގައި ބޭއްވި ކެމްޕޭން ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ. އެ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ވަނީ އަލިފުށީ އެއާޕޯޓަކީ...

ޔުމްނާ ޢަލީ
ބޮޑު ޕާޓީ ކުޑަ ޕާޓީ ފިކުރުދޫކޮށް ތަރައްޤީ ގެނެސްދެވޭ ވަރުގެ ގާބިލްކަންހުރި ބޭފުޅަކީ ގާސިމް: އަމީން

ބޮޑު ޕާޓީ ކުޑަ ޕާޓީ ފިކުރުދޫކޮށް ތަރައްޤީ ގެނެސްދެވޭ ވަރުގެ ގާބިލްކަންހުރި ބޭފުޅަކީ ގާސިމް: އަމީން

ދިވެހިންނަށް ހާސްކަމެއްނެތް ދިރިއުޅުމެއް ހޯއްދަވައިދެއްވާނީ ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމް ކަމަށް ގާސިމްގެ ތަރުޖަމާނު އަދި ކުރީގެ ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ރޭ ވިދާޅުވެއްޖެއެވެ. އަމީން މިހެން ވިދާޅުވީ ތިނަދޫސިޓީގައި ރޭ ބޭއްވި ގާސިމްގެ ކެމްޕޭން ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ. ރާއްޖޭގެ ސިޔާސީ މަޝްރަހަށް ބަދަލުތަކެއް އަންނަންޖެހޭ ކަމަށް ވިދާޅުވެ، އަމީން ވިދާޅުވީ ބޮޑު ޕާޓީ ކުޑަޕާޓީގެ ފިކުރުދޫކޮށް ތަރައްޤީއާ ތަހުޒީބު ހޯދާދެވޭ ވަރުގެ ގާބިލް ރައީސަކު ގެންނަންޖެހޭކަމަށެވެ....

ޔުމްނާ ޢަލީ
ޢަލްމާނިއްޔަތުގެ ނުރައްކަލުގެ ތެރޭގައި: އިސްލާމީ ޢާއިލީ ނިޒާމު އެއްކޮށް ފުނޑުފުނޑުކޮށްލުން!

ޢަލްމާނިއްޔަތުގެ ނުރައްކަލުގެ ތެރޭގައި: އިސްލާމީ ޢާއިލީ ނިޒާމު އެއްކޮށް ފުނޑުފުނޑުކޮށްލުން!

ޢަލްމާނީ ފިކުރަކީ އިންސާނީ ޙަޔާތުގެ އެކިއެކި ދާއިރާތަކުން ދީން އެއްކިބާކޮށް އެކަހެރި ކުރުމަށް ގޮވައިލާ ފިކުރެކެވެ. ޢަލްމާނީ ފިކުރުގެ ނުރައްކާތެރިކަން އެންމެ ބޮޑަށް އޮތް އެއް ދާއިރާއަކީ އިސްލާމީ ޢާއިލީ ނިޒާމުގެ ދާއިރާއަށް ކަމަށް ބުނެވިދާނެއެވެ. ޢަލްމާނީ ފިކުރަކީ މުޠުލަޤަށް ފަރުދީ މިނިވަންކަމަށް ބިނާވެފައިވާ ފިކުރެކެވެ. މި ފިކުރު ތަންފީޒު ކުރެވޭ މުޖުތަމަޢެއްގައި އިސްލާމީ ޢާއިލީ ނިޒާމެއް ނޯންނާނެއެވެ. އެހެނީ، ފަރުދީ މިނިވަންކަމަކީ ދީނީ ގޮތުން މުޠުލަޤަށް ދެވިފައިވާ މިނިވަންކަމެއް ނޫނެވެ. އިސްލާމީ ޢާ...

ޝެއިޚް ޝަފީއު އަބްދުﷲ