ސިޔާސީ ބޮޑު ނިންމުމަށް، ރައްޔިތުންގެ ފަހުބަސް
ދިވެހި ރާއްޖޭގެ ޑިމޮކްރަސީގެ ހަޔާތުގައި މިހާތަނަށް އެންމެ ގިނަ ކެންޑިޑޭޓުން ވާދަކުރާ ރިޔާސީ އިންތިހާބުގެ ވޯޓްލުން މާދަމާ އޮންނާނެއެވެ. ޖުމްލަ 8 ކެންޑިޑޭޓުން އިންތިހާބުގައި ވާދަ ކުރާއިރު، އެންމެ ބޮޑު ދެ ސިޔާސީ ޕާޓީގެ ވާދަވެރިކަން ވަކިން ބޮޑެވެ. އިންތިހާބުގެ ޔަގީންކަން ހުރިހާ ކެންޑިޑޭޓުންނަށް ވެސް އެބަ އޮތެވެ. އެހެންކަމުން އެއްބުރުން އިންތިހާބު ކަށަވަރު ކުރުމަކީ ހުރިހާ ކެންޑިޑޭޓުން ވެސް އަމާޒެކެވެ. މިއަދު ހަވީރަކީ ރާއްޖޭގެ ހުރިހާ ސަރައްދަކަށް ސިޔާސީ ބޮޑު ހަވީރެކެވެ. ގިނަ ބަޔަކު ނުކުމެ […]