ތިލަދުންމަތީ ޚަބަރު ދިއްދޫ ވެޓަރަންސް ކަޕް ދެވަނަ ފުޓްބޯޅަ މުބާރާތުގައި ބައިވެރިވާން ހުޅުވާލައިފި ތިލަދުންމަތީ އުތުރުބުރީ ދިއްދޫ ކައުންސިލުން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދާ ދިއްދޫ ވެޓަރަންސް ކަޕް ދެވަނަ ފުޓްބޯޅަ މުބާރާތުގައި ބައިވެރިވާން ހުޅުވާލައިފިއެވެ. މި މުބާރާތުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން މި މަހުގެ 10 ވަނަ ދުވަހުގެ 13:00 ގެ ކުރިން ޓީމް ރަޖިސްޓަރީ ކުރުމަށް ފުރިހަމަ ކުރަނެޖެހޭ ފޯމް ފުރިހަމަ ކުރުމަށް ފަހު ދިއްދޫ ކައުންސިލަށް ހުށަހަޅަން ޖެހެއެވެ. މުބާރާތުގައި ބައިވެރިވާ ޓީމްތަކުން މި މަހުގެ 17 ވަނަ ދުވަހުގެ 13:00 ކުރިން ކުޅުންތެރިންނާއި އޮފިޝަލުން ރަޖިސްޓަރީ […] އިބްރާހިމް ޚަލީލް · 3 އަހަރު ކުރިން
ކުޅިވަރު ލޯން އެއްބަސް ވުމެއްގެ ދަށުން އަމްރަބަތު ޔުނައިޓެޑަށް އިޓަލީގެ ފިއޮރެންޓީނާއަށް ކުޅެމުންއައި މޮރޮކޯގެ މިޑްފީލްޑަރ ސޮފްޔާން އަމްރަބަތު ލޯން އެއްބަސް ވުމެއްގެ ދަށުން މެންޗެސްޓާ ޔުނައިޓެޑަށް ބަދަލުވެއްޖެއެވެ. ޔުނައިޓެޑުން އަމްރަބަތު ގެނެސްފައި ވަނީ މި ސީޒަންގެ ނިޔަލަށެވެ. ލޯން އެއްބަސްވުމުގެ ދަށުން ޔުނައިޓެޑުން 10 މިލިއަން ޔޫރޯގެ ފީއެއް ފިއޮރެންޓީނާއަށް ދައްކާނެއެވެ. ޔުނައިޓެޑުން އަމްރަބަތު ގެނެސްފައި މިވަނީ ސީޒަން ނިމުމަށް ފަހު އޭނާގެ އެއްބަސްވުން ދާއިމީ ކުރުމަށް ބޭނުން ވެއްޖެނަމަ އެކަން ކުރެވޭ ގޮތަށެވެ. އެހެން ވެއްޖެނަމަ ޔުނައިޓެޑުން 20 މިލިއަން ޔޫރ... އިބްރާހިމް ޚަލީލް · 3 އަހަރު ކުރިން
ވިޔަފާރި މާލެ އާއި ހުޅުމާލެއާ ދެމެދު މިހާރު 24 ގަޑިއިރު ބަހުގެ ހިދުމަތް ލިބޭނެ މާލެ އާއި ހުޅުމާލޭގެ ބައެއް ރޫޓުތަކުގައި އެމްޓީސީސީން ދޭ އާރުޓީއެލްގެ ބަހުގެ ހިދުމަތް 24 ގަޑިއިރަށް ބަދަލުކޮށްފިއެވެ. މާލޭ ސަރަހައްދުގައި އާރްޓީއެލް ބަހުގެ ހިދުމަތް މީގެ ކުރިން ދެމުން އައީ ހެނދުނު 5:45 އިން ރޭގަނޑު 12:15 އާ ހަމައަށެވެ. އަދި ހުކުރު ދުވަހުގެ ބައެއް ވަގުތުތަކުގައި ދަތުރުތައް މެދުކަނޑާލައެވެ. އެމްޓީސީސިން ބުނީ، މިހާރު މާލެ އާއި ހުޅުމާލެ ގުޅުވައިދޭ ވެސްޓްޕާކުގެ ރޫޓުތަކާއި އާރް-7ގެ ދަތުރުތައް ޝެޑިއުލާ އެއްގޮތަށް، 24 ގަޑިއިރު ބަސް ދަތުރުތައް ކުރާނެ ކަމަށެވެ. […] އަޙްމަދު ވަހީދު · 3 އަހަރު ކުރިން
ވިޔަފާރި މާލެއާއި އަތޮޅުތަކުގައި 4000 ހައުސިން ޔުނިޓު އަޅަން ހަވާލުކޮށްފި މާލެއާއި އަތޮޅުތަކުގެ ތެރޭގައި 4،000 ސޯޝަލް ހައުސިން ޔުނިޓް ހެދުމުގެ މަސައްކަތް އެމެރިކާގެ ކުންފުންޏެއް ކަމަށްވާ ސްޓްރަކްޗާސް އަންލިމިޓެޑާ ހަވާލުކޮށްފިއެވެ. ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)އާއި ސްޓްރަކްޗާސް އަންލިމިޓެޑާ ދެމެދު ވަނީ މަސައްކަތުގެ އިންޖިނިއަރިން، ޕްރޮކިއުމަންޓް އެންޑް ކޮންސްޓްރަކްޝަން (އީޕީސީ) އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. އެ އެއްބަސްވުމުގައި އެފްޑީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު ސަލްފިއްޔާ އަންވަރެވެ. އަދި ސްޓްރަކްޗާސް އަންލިމިޓަޑްގެ ފަރާތުން ސޮއިކުރެއްވީ... އަޙްމަދު ވަހީދު · 3 އަހަރު ކުރިން
ރާއްޖެ ލ. އަތޮޅަށް މުއިއްޒުގެ ގިނަ ވައުދުތަކެއް، އެންމެ ބޮޑު ވައުދަކީ ޓްރާންޝިޕް ބަނދަރެއް މި އަހަރުގެ ރިޔާސީ އިންތިހާބުގައި ޕީޕީއެމް/ޕީއެމްސީން ވާދަކުރައްވާ ޑރ މުހައްމަދު މުއިއްޒުގެ ވެރިކަމެއްގައި ލ އަތޮޅުގައި ޓްރާންޝިޕް ބަނދަރެއް ހައްދަވާނެކަމަށް ވިދާޅުވެއްޖެއެވެ. ރޭ ލ. ފޮނަދޫގައި ކުރިއަށް ޖަލްސާގައި ވާހަކަފުޅު ދައްވަމުން މުއިއްޒު ވިދާޅުވީ ރިޔާސީ އިންތިހާބު ކާމިޔާބު ކުރައްވާ ވެރިކަމަށް ވަޑައިގަންފި ނަމަ ލ.އަތޮޅު ގާދޫގައި ޓްރާންޝިޕްމެންޓް ބަނދަރެއް ހައްދަވާނެކަމަށެވެ. އަދި އެ އަތޮޅަށް ގިނަ ވައުދުތަކެއް ވެވަޑައިގެން މިރޭ އެކަން އިޢުލާން ކުރެވިއެވެ. އެގޮތުން މުއިއްޒު ވިދާޅުވީ ލ.އަތޮޅުގ... އިސްމާއިލް މޫސާ · 3 އަހަރު ކުރިން
ރާއްޖެ މިއީ ސުމެއްގެ ސަރުކާރެއް، ދަރަނި އަޅުވައި ދެއްކީ ހުވަފެނެއްގެ މަންޒަރު: ގާސިމް ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރަކީ “ސުމެއްގެ” ސަރުކާރެއް ކަމަށާއި ރައްޔިތުންގެ ބޮލުގަ ދަރަނި އަޅުވައި، ރައްޔިތުންނަށް ދެއްކީ ހުވަފެނެއްގެ މަންޒަރު ކަމަށް ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ރިޔާސީ ކެންޑިޑޭޓު ގާސިމް އިބްރާހިމް މިއަދު ވިދާޅުވެއްޖެއެވެ. ވީޓީވީން ގެނެސްދިން ޕެނަލް ޑިސްކަޝަނެއްގައި ވާހަކަ ދައްކަވަމުން ގާސިމްގެ ސްޕެޝަލްގެ އެޑްވައިޒަރު އަހުމަދު ނިހާން ވިދާޅުވީ މި ސަރުކާރުގެ ފަސް އަހަރުގެ ވެރިކަމެއް ނިމިގެންދާ އިރު، ދައުލަތުގެ ދަރަނި 114 ބިލިއަން ރުފިޔާ އަށް އަރާފައިވާ ކަމަށެވެ. އެ […... މުޙައްމަދު · 3 އަހަރު ކުރިން
ރާއްޖެ ވޯޓު ހޯދާށޭ ކިއާފައި ބޭކާރު ވާހަކައެއް ނުދައްކާނަން: މުއިއްޒު ވޯޓު ހޯދާށޭ ކިއާފައި ބޭކާރު ވާހަކައެއް ނުދައްކަވާނެ ކަމަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު އަދި މާލެ ސިޓީ ކައުންސިލްގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެއެވެ. ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ޅ. ނައިފަރަށް ވަޑައިގެން އެ ރަށުގައި ބޭއްވި ޖަލްސާގައި މުއިއްޒު ވިދާޅުވީ ރަށްރަށަށް ވައުދުވެވަޑައިގަންނަވާތީ އޭނާއަކީ ކޮން ކަހަލަ ބޭފުޅެއްތޯ އާއި އަބަދު ހަރަދު ކުރާ ވާހަކަ ދައްކަމުންދާ ކަމަށެވެ. މުއިއްޒު ވިދާޅުވި ގޮތުގައި އިންވެސްޓް ކުރެވޭނީ ހަރަދުކޮށްގެންނެވެ. “އެ ކުރާ ހަރަދަކީ [... މުޙައްމަދު · 3 އަހަރު ކުރިން
ރާއްޖެ ސިޔާސަތުތައް ތަންފީޒުކުރުމުގައި އެއްވެސް ދިވެއްސަކު ބާކީއެއް ނުކުރާނަން: އިލްޔާސް ދަ ޑިމޮކްރެޓްސްގެ ސިޔާސަތުތައް ތަންފީޒުކުރުމުގައި އެއްވެސް ދިވެއްސަކު ބާކީކޮށް ތަފާތު ނުކުރައްވާނެ ކަމަށް އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓު، އިލްޔާސް ލަބީބު ރޭ ވިދާޅުވެއްޖެއެވެ. އިލްޔާސް މިހެން ވިދާޅުވީ، ދަ ޑިމޮކްރެޓްސްގެ މައި ހަރުގެ، ހައުސް އޮފް ޑިމޮކްރެޓްސްގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ. އިލްޔާސްގެ ރޭގެ ވާހަކާގައި އޭނާ އެންމެފަހުން ކެމްޕޭނަށް ވަޑައިގެން ރ. އަތޮޅާއި ގުޅުވައި ވިދާޅުވީ އެ އަތޮޅުން ވެސް ލިބުނު މެސެޖަކީ މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނޫން ގޮތެއް […] ޔުމްނާ ޢަލީ · 3 އަހަރު ކުރިން
ރާއްޖެ އެމްޑީޕީއާއި ޕީޕީއެމްގެ ވެރިކަންތަކުގައި ނުފުއްދުނު ވައުދުތައް ފުއްދަވައިދެއްވާނީ ޤާސިމް: އަމީން އެމްޑިޕީއާއި ޕީޕީއެމްގެ ވެރިކަންތަކުގައި ވައުދުވެ، ނުފުއްދުނު ވައުދުތައް ފުއްދަވައިދެއްވާނީ ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ޤާސިމް އިބްރާހީމްގެ ވެރިކަމެއް ކަމަށް ޤާސިމްގެ ރަނިންމޭޓް ޑރ. އަމީން އިބްރާހީމް ރޭ ވިދާޅުވެއްޖެއެވެ. ޑރ. އަމީން މިހެން ވިދާޅުވީ، ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އެމަނިކުފާނުގެ ކެމްޕޭން ޖަގަހަ ހުޅުވުމަށް ރޭ ބޭއްވި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ. ޑރ. އަމީން ވަނީ ފާއިތުވީ 15 އަހަރުގެ ތެރޭގައި މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގެ ދެ ސަރުކާރަކާއި، ޕްރޮގްރެސިވް ޕާޓީ އޮފް މޯލ... ޔުމްނާ ޢަލީ · 3 އަހަރު ކުރިން
ރާއްޖެ އަތޮޅުތެރޭގައި ހުރި ހައުސިން ޔުނިޓްތައް 3،500ރ. އަށް ކުޑަ ކުރާނަން: މުއިއްޒު ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ރާއްޖޭގެ ރަށްތަކުގައި އަޅާފައި ހުރި ހައުސިން ޔުނިޓްތަކުގެ އަގު 3،500ރ. އަށް ކުޑަކޮށް ދެއްވާނެ ކަމަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެއެވެ. ރިޔަސީ އިންތިހާބުގެ ކެމްޕެއިނަށް ޅ. ނައިފަރަށް ވަޑައިގެން އެ ރަށުގައި ބޭއްވި ޖަލްސާގައި މުއިއްޒު ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ނިންމުނު މަޝްރޫއުތައް އެވްރެޖްކޮށް ހުންނާނީ 2،000ރ. އާއި 3،500ރ. އާ ދެމެދުގައި ކަމަށެވެ. މި ސަރުކާރުން […] މުޙައްމަދު · 3 އަހަރު ކުރިން
ރާއްޖެ މި ސަރުކާރުގެ އެންމެ ބޮޑު ހިޔާނާތަކީ ދަރަނި އަލުން އެކުލަވާނުލުން: ނަޝީދު މި ސަރުކާރުން ވީ އެންމެ ބޮޑު ހިޔާނާތަކީ ދަރަނި އަލުން އެކުލަވާނުލުންކަމަށް ރައްޔިތުންގެ މަޖިލިސްގެ ރައީސް، އެމްޑީޕީގެ ކުރީގެ ރައީސް މުޙައްމަދު ނަޝީދު ރޭ ވިދާޅުވެއްޖެއެވެ. މިހާރު ދަ ޑިމޮކްރެޓްސްގެ މެންބަރެއްގެ ގޮތުގައި ހުންނެވި ނަޝީދު މިހެން ވިދާޅުވީ އެ މައި ހަރުގެ، ހައުސް އޮފް ޑިމޮކްރެޓްސްގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ. މި ޖަލްސާގައި ވާހަކަ ދައްކަވަމުން ނަޝީދު ވަނީ ޑިމޮކްރެޓިކްސްގެ ކެންޑިޑޭޓް އިލްޔާސް ލަބީބްގެ ވެރިކަމެއްގައި ރާއްޖޭގެ ދަރަނި އަލުން އެކުލަވާލައި އެ […] ޔުމްނާ ޢަލީ · 3 އަހަރު ކުރިން
ރާއްޖެ އަދިވެސް އެންމެ ރަނގަޅު ވާނީ އަޅުގަނޑު ހޮވައިގެން: ރައީސް އަދިވެސް ދިވެހި ރައްޔިތުންނަށް އެންމެ ރަނގަޅު ވާނީ އެމަނިކުފާނު ވެރިކަމަށް ހޮވައިގެން ކަމަށް ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑިޕީ)ގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. ކެމްޕޭނަށް ރައީސް ސާލިޙް އިއްޔެ ވަނީ އެމަނިކުފާނުގެ އުފަން ރަށް ޅ. ހިންނަވަރަށް ވަޑައިގެންފައެވެ. އެރަށުން އެމަނިކުފާނަށް ހޫނު މަރުހަބާއެއް ކިޔާފައިވާއިރު ރައީސްގެ ކެމްޕޭން ޖަލްސާއެއް ރޭ ވަނީ އެރަށުގައި ބާއްވާފައެވެ. އެޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ އެމަނިކުފާނު އުމު... ޔުމްނާ ޢަލީ · 3 އަހަރު ކުރިން
ރާއްޖެ ރައްޔިތުންގެ ފައިސާއަށް ޚިޔާނާތްތެރިވާނެ ކުޑަވެސް ޖާގައެއް ނުދޭނަން: ޤާސިމް ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް، ލީޑަރު ޤާސިމް އިބްރާޙީމްގެ ވެރިކަމެއްގައި ރައްޔިތުންގެ ފައިސާއަށް ޚިޔާނާތްތެރިވާނެ ކުޑަވެސް ޖާގައެއް ނުދެއްވާނެ ކަމަށް ޤާސިމް ރޭ ވިދާޅުވެއްޖެއެވެ. ޤާސިމް މިހެން ވިދާޅުވީ، ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އެމަނިކުފާނުގެ ކެމްޕޭން ޖަގަހަ ހުޅުވުމަށް ރޭ ބޭއްވި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ. ޤާސިމް ވަނީ ވެރިކަން ލިބިއްޖެނަމަ ހުރިހާ އިޖުތިމާއީ ފްލެޓެއް ހިމެނޭހެން ހިޔާ ފްލެޓްތަކާއި، ސިފައިންނާއި، ފުލުހުންގެ ފްލެޓްތަކާއި، ސަރުކާރުތަކުން ދީފައިވާ އެސްއެމްއީ ލޯނުތަ... ޔުމްނާ ޢަލީ · 3 އަހަރު ކުރިން
ވިޔަފާރި އުރީދޫ ގައުމުތަކުގައި އައިއޯޓީ ގެ ޙިދުމަތްތައް ކުރިއެރުވުމަށް އައިއޯޓީ ވޯލްޑް އެލަޔަންސާ ގުޅިއްޖެ އައިއޯޓީ ސޮލިއުޝަންތައް ކުރިއެރުވުމުގައި އިސްކޮށް ހަރަކާތްތެރިވާ އުރީދޫ ގްރޫޕުން އައިއޯޓީ ވޯލްޑް އެލަޔަންސްއާ ގުޅިއްޖެއެވެ. އައިއޯޓީ ވޯލްޑް އެލަޔަންސަކީ ދުނިޔޭގެ އެންމެ ބޮޑު މޮބައިލް ނެޓްވޯކް އޮޕަރޭޓާއެވެ. އުރީދޫއާއެކު ވެވުނު މި އެއްބަސްވުމާއެކު އުރީދޫ އަކީ އައިއޯޓީ ވޯލްޑް އެލަޔަންސްގައި މިވަގުތު މެދުއިރުމައްޗާއި އުތުރު އެފްރިކާ ސަރަހައްދު ތަމްސީލުކުރާ ހަމައެކަނި ކުންފުންޏަށް ވަނީ ވެފައެވެ. ލެކޮމިއުނިކޭޝަން ޕްރޮވައިޑަރުންގެ ގްލޯބަލް ފޯރަމެއްގެ ގޮތުގައި ހަރަކާތްތެރިވާ މި ފޯރަމަކީ އައިއޯޓީ ކަނެކްޓ... އަޙްމަދު ވަހީދު · 3 އަހަރު ކުރިން
ރާއްޖެ މުއިއްޒުގެ ވައުދަކީ ނައިފަރަށް 400 ހައުސިން ޔުނިޓް ޅ ނައިފަރަށް ދިމާވެފައިވާ ގޯތިގެދޮރުގެ ދަތިކަން ހައްލުކުރުމުގެ ގޮތުން އެރަށުގައި 400 ހައުސިން ޔުނިޓް އަޅުއްވާނެކަމަށް ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. މިރޭ ނައިފަރުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މުއިއްޒު ވިދާޅުވީ ގެދޮރުވެރިކަމަކީ އެ ރަށުގެ ރައްޔިތުންނަށް ދިމާވެފައި އޮތް އެންމެ ބޮޑު އެއް މައްސަލައެވެ. އެހެންކަމުން ނައިފަރުގައި ގެދޮރުވެރިކަމުގެ މަޝްރޫއެއް ހިންގައި، އެރަށުގައި 400 ހައުސިން ޔުނިޓް އެޅުއްވާނެކަމަށެވެ. ހަމައެހެންމެ ނައިފަރު... އިސްމާއިލް މޫސާ · 3 އަހަރު ކުރިން