ތިލަދުންމަތީ ޚަބަރު ފިނޭގެ ޓޫރިޒަމް ޒޯނުން ބިމަށް ކުރިމަތިލާން ހުޅުވާލައިފި ހދ. ފިނޭގެ ޓޫރިޒަމް ޒޯނުން ބިން ދޫކުރުމަށް އެރަށު ކައުންސިލުން މިއަދު ހުޅުވާލައިފިއެވެ. ފިނޭގެ ޓޫރިޒަމް ޒޯނުން ބިން ދޫކުރުމަށް ނިންމާފައި ވަނީ 02 ނޮވެމްބަރ 2023 ވަނަ ދުވަހު ބޭއްވި އެ ކައުންސިލްގެ 4 ވަނަ ދައުރުގެ 106 ވަނަ ޖަލްސާގައެވެ. ފިނޭ ޓޫރިޒަމް ޒޯނުން ބިން ދޫކުރުމަށް ފުރުސަތު ހުޅުވާލައި މިއަދު އެރަށުގެ ކައުންސިލުން ކުރި ޢިއުލާންގައިވާގޮތުން އެ ރަށުން މިފަހަރު ދޫކުރަން ނިންމާފައި ވަނީ 5000 އަކަފޫޓޫގެ 7 ބިމާއި 10000 އަކަފޫޓޫގެ […] ޔުމްނާ ޢަލީ · 3 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ގޮނޑުދޮށުން ވެލި ނެގުމުގައި ޤާނޫނާއި ޤަވާއިދާއި ޚިލާފުވާނަމަ ފިޔަވަޅު އަޅާނަން: އުތީމު ކައުންސިލް ހއ. އުތީމު ގޮނޑުދޮށުން ވެލި ނެގުމުގައި ޤާނޫނާއި ޤަވާއިދާއި އެއްގޮތައް ޢަމަލުކުރުމަށާއި، ގޮނޑުދޮށުން ވެލި ނެގުމުގައި ޤާނޫނާއި ޤަވާއިދާއި ޚިލާފުވާނަމަ ފިޔަވަޅު އަޅާނެކަމަށް އެރަށު ކައުންސިލުން މިއަދު ވިދާޅުވެއްޖެއެވެ. އުތީމު ކައުންސިލުން މިއަދު ވިދާޅުވީ، މިހާރަކަށް އައިސް އެ ރަށުގެ ގޮނޑުދޮށުން ގިނަ އަދަދަކަށް ގޭގެއަށާއި ވިޔަފާރި ބޭނުމަށް ވެލިނަގަމުންދާކަން އެ ކައުންސިލަށް ފާހަގަކުރެވިފައިވާ ކަމަށެވެ. އަދި މިފަދައިން ވެލި ނެގުމުގެ ސަބަބުން ރަށުގެ ގޮނޑުދޮށް ހަލާކުވެ ރަށްގިރުމުގެ މައްސަލަ އިތުރަށް ގ... ޔުމްނާ ޢަލީ · 3 އަހަރު ކުރިން
ރާއްޖެ އައިއެސްއާ ގުޅުނު ކަމަށް ތުހުމަތުވާ އަމީން 27 އަހަރަށް ޖަލަށް އިސްލާމިކް ސްޓޭޓް (އައިއެސް) ގެ ފަރާތުން ރާއްޖޭގައި އިސްކޮށް ހަރަކާތްތެރިވާ ކަމަށް ތުހުމަތުކުރެވޭ މުހައްމަދު އަމީން 27 އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ. ޏ. ފުވައްމުލަކު ކަރިއްޔާވިލާ އަމީނަކީ އައިއެސް ޖަމާއަތުގެ ރާއްޖޭގެ ވެރިޔާ ކަމަށް ތުހުމަތު ކުރުމުގެ އިތުރުން ހަނގުރާމައިގައި ބައިވެރިވުމަށް ސީރިއާއަށް ދިވެހިން ފޮނުވި ކަމަށް ވެސް ތުހުމަތުކުރި އެވެ. އޭނާގެ މައްޗަށް ކުރީ ޓެރަރިސްޓް ޖަމާއަތެއްގައި ބައިވެރިވުމުގެ ދައުވާ އާއި ޓެރަރިޒަމްގެ އަމަލެއް ރޭވުމުގެ ދައުވާ އެވެ. އެ... ހުސައިން ހަބީބް · 3 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ކުޅުދުއްފުށީގައި ޕާކެއް ތަރައްޤީކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަނީ ކުޅުދުއްފުށީ ސިޓީގައި ޕާކެއް ތަރައްޤީކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ކުޅުދުއްފުށި ސިޓީ ކައުންސިލުން މިއަދު އިއުލާންކޮށްފިއެވެ. މިމަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން ޕްރީ ބިޑް މީޓިންގ (މައުލޫމާތު ސެޝަން)ގައި ބައިވެރިވާން ހާޒިރުވާން ޖެހެނީ 14 ނޮވެމްބަރ 2023 ދުވަހުގެ 11:00 އަށް ކުޅުދުއްފުށީ ސިޓީ ކައުންސިލަށެވެ. އަދި މި މަސައްކަތަށް އަންދާސީ ހިސާބު ހުށަހެޅުމަށްޓަކައި 20 ނޮވެމްބަރ 2023ގެ 11:00ގެ ކުރިން ރަޖިސްޓަރީވާން ޖެހެއެވެ. މި މަސައްކަތަށް ކުރިމަތިލާ ފަރާތްތަކުން ކުޅުދުއްފުށީ... ޔުމްނާ ޢަލީ · 3 އަހަރު ކުރިން
ރާއްޖެ ވީއައިއޭ މަޝްރޫއު ނިންމަން ޔޫއޭއީން 1.2 ބިލިއަން ރުފިޔާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ތަރައްގީ ކުރުމަށް ފަށާފައިވާ މަޝްރޫޢު ނިންމަން، އެކުވެރި އަރަބި އިމާރާތް (ޔޫއޭއީ) އިން 1.2 ބިލިއަން ރުފިޔާ ރާއްޖެއަށް ދޭން ނިންމާފައިވާ ކަމަށް އިންތިޚާބީ ރައީސްގެ އޮފީހުން ވިދާޅުވެއްޖެއެވެ. އިންތިޚާބީ ރައީސް އޮފީހުގެ ފަރާތުން އިންތިގާލީ ކޮމިޓީގެ، ތަރުޖަމާން މުހައްމަދު ފިރުޒުލް އަބްދުالله ހަލީލް މިއަދު ނޫސްވެރިންނާ ބައްދަލުކުރައްވައި ވިދާޅުވީ، މި ހަފުތާގައި އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުއިއްޒު ޔޫއޭއީއަށް ކުރެއްވި ނުރަސްމީ ދަތުރުފުޅުގައި ވީއައިއޭ ތަރަ... ޔުމްނާ ޢަލީ · 3 އަހަރު ކުރިން
ރާއްޖެ ޔާމީން އަތުން ފަސް މިލިއަން ޑޮލަރު ހޯދުމުގެ މައްސަލަ ކުރިއަށް ނުގެންދެވޭނެ: ސިވިލް ކޯޓް ވ. އާރަށް މައްސަލާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ކުރި ޙުކުމާއި ގުޅިގެން އެމަނިކުފާނު ދައްކަންޖެހޭ 5 މިލިއަން ޑޮލަރު ހޯދުމުގެ މައްސަލަ މިވަގުތު ކުރިއަށް ނުގެންދެވޭނެ ކަމަށް ސިވިލް ކޯޓުން ނިންމައިފި އެވެ. ވ. އާރަށު ހިޔާނާތުގެ މައްސަލާގައި ރިޝްވަތާއި މަނީ ލޯންޑްރިންގެ ކުށުގައި ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން 11 އަހަރުގެ ޖަލު ޙުކުމެއް އިއްވައި އަދި 5 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފަ އެވެ. ނަމަވެސް އެ ފައިސާ އެމަނިކުފާނު ނުދައްކަވަ އެވެ. އެ […] ހުސައިން ހަބީބް · 3 އަހަރު ކުރިން
ވިޔަފާރި މިފްކޯގެ އިތުރު ބޯޓެއް މި މަހުގެ 19 ގައި ފްލީޓާ ގުޅެނީ މިފްކޯގެ ފްލީޓަށް އިތުރު ކުރުމަށް އެ ކުންފުނިން އިތުރަށް ގެންނަ 3 ބޯޓުގެ ތެރެއިން ފުރަތަމަ ބޯޓު ރާއްޖެއަށް އައުމަށް ތައިލެންޑުން ދަތުރު ފަށާފައިވާ ކަމަށް އެ ކުންފުނިން ބުނެފިއެވެ. އަންގާރަ ދުވަހު މިފްކޯއިން ބުނީ “ޖަޒީރާ 106” ގެ ނަމުން ނަން ދީފައިވާ އެ ބޯޓު ތައިލެންޑުން ރާއްޖެ އައުމަށް ދަތުރު ފެށީ މި މަހުގެ 4ގައި ކަމަށެވެ. އަދި 19 ނޮވެމްބަރު ވާ އާދީއްތަ ދުވަހު ދުވަހު އެ ބޯޓު ރާއްޖެއަށް އަންނާނެ ކަމަށް […] އަޙްމަދު ވަހީދު · 3 އަހަރު ކުރިން
ރާއްޖެ ޒުވާނުންނަށް ހާއްސަ ''ޖުޑީޝަރީ ފޯ ޖޫނިއާސް ޕްރޮގްރާމު'' އަންނަ މަހު ޒުވާނުންނަށް ހާއްސަކޮށްގެން ބާއްވާ ”ޖުޑީޝަރީ ފޯ ޖޫނިއާސް ޕްރޮގްރާމު 2023” ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. މި ޕްރޮގްރާމުގައި ބައިވެރިވާން ހުޅުވާލައި ޔޫއެންޑީޕީ މޯލްޑިވްސްއިން ބުނީ މިއީ އެތަނާއި، ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އާއި މޯލްޑިވްސް ޖުޑިޝަރީ ގުޅިގެން ކުރިއަށް ގެންދާ ޕްރޮގްރާމެއް ކަމަށެވެ. ޝަރުއީ ދާއިރާއަށް ޒުވާނުން ޝައުގުވެރިކުރުވުމަށް ކުރިއަށް ގެންދާ މި ޕްރޮގްރާމް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައި ވަނީ 14 ޑިސެންބަރު ވާ ބުރާސްފަތި ދުވަހުން ފެށިގެން 21 ޑިސެންބަރު ވާ... ޔުމްނާ ޢަލީ · 3 އަހަރު ކުރިން
ރާއްޖެ ''ފަލަސްތީނަށް ދިވެހިންގެ އަޑު ޤުރުއާނުގެ މޫރިތި އާޔަތްތަކުން''، ސީއޭޕީއެސްގެ ހާއްސަ ހަރަކާތެއް ”ފަލަސްތީނަށް ދިވެހިންގެ އަޑު ޤުރުއާނުގެ މޫރިތި އާޔަތްތަކުން” ނަމުގައި ހާއްސަ ހަރަކާތެއް ބާއްވަން ޗައިލްޑް އެބިއުސް ޕްރެވެންޝަން ސޮސައިޓީ (ސީއޭޕީއެސް) އިން މަސައްކަތް ފަށައިފިއެވެ. އެ ޖަމިއްޔާގެ ފޭސްބުކް ޕޭކުގައި ބުނެފައިވާ ގޮތުގައި އެ ޖަމިއްޔާއިން ”ފަލަސްތީނަށް ދިވެހިންގެ އަޑު ޤުރުއާނުގެ މޫރިތި އާޔަތްތަކުން” ބާއްވާ އިވެންޓެއް މި މަހުގެ 10 ވާ ހުކުރުދުވަހު ބާއްވަން ވަނީ ހަމަޖެހިފައެވެ. މި ހަރަކާތް ބާއްވަން ނިންމާފައި ވަނީ ހުކުރު ދުވަހުގެ ހަވީރު 16:00 އިން 18:00 އަށް މާލޭގެ […] ޔުމްނާ ޢަލީ · 3 އަހަރު ކުރިން
މަޖިލިސް ސައުދުގެ ކަންބޮޑުވުން، ''ފަލަސްތީނު ގަރާރު ހުއްޓިފައި އޮތީ މަޖިލީހުގެ ގަވާއިދު ހިތުހުރިގޮތަކަށް މާނަކުރުމުން'' ނިރުބަވެރި އިސްރާއީލުގެ ލާއިންސާނީ ޢަމަލުތައް ކުށްވެރިކޮށް، ފަލަސްތީނުގެ ރައްޔިތުންގެ ޙައްޤުތައް ހިމާޔަތްކޮށް ދިނުމަށް ގޮވާލައި ރައްޔިތުންގެ މަޖިިލިސްއަށް ވިލިނގިލީ ދާއިރާގެ މެންބަރު ސައުދު ހުސެން ހުށަހެޅުއްވި ޤަރާރު، މަޖިލިސް ހުއްޓިފައި އޮތުމުން ކުރިއަށް ނުގެންދެވި ލަސްވާތީ އޭނާ ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. ފަލަސްތީނުގެ ރައްޔިތުންގެ ހައްގުތަކަށް ގޮވާލައި، ނިރުބަވެރި އިސްރާއީލުގެ ޢަމަލުތައް ކުއްވެރިކޮށް ރާއްޖޭގެ ރައްޔިތުންގެ މަޖިލިސްގައި ބަހުސް ހިންގައި، މަޖިލިސްގެ ގޮވާލުމެއް ފާސްކުރުމަށް... ޔުމްނާ ޢަލީ · 3 އަހަރު ކުރިން
ރާއްޖެ ރޯގާއަށް ދޭ ބޭހެއްގެ ރައްކާތެރިކަން ކަށަވަރުކުރެވެންދެން ވިއްކުން މަނާކޮށްފި ރޯގާ އަށް ބޭނުންކުރާ ސިޓްރިޒަމް ސިރަޕެއްގައި ކެމިކަލް މާއްދާއެއް ހުރުމުން އެ ބޭހުގެ ރައްކާތެރިކަން ކަށަވަރު ކުރެވެންދެން އެ ބޭސް ރާއްޖެ އެތެރެކުރުމާއި، ރާއްޖޭގައި ވިއްކުން އިއްޔެ މަނާކޮށްފިއެވެ. މިކަމާއިގުޅިގެން މޯލްޑިވްސް ފުޑް އެންޑް ޑްރަގު އޮތޯރިޓީ (އެމްއެފްޑީއޭ)އިން ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައި ވަނީ، އޮކްޓޯބަރު، 2022 އިން ފެށިގެން ބޭނުންކުރާ ދިޔާ ބޭހުގައި ކެމިކަލް މާއްދާއެއް ކަމަށްވާ ޑައިއީތައިލިން ގްލައިކޯލް އަދި އިތައިލީން ގްލައިކޯލް ހިމެނޭ ކަމަށް، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔ... ޔުމްނާ ޢަލީ · 3 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ކުރިނބިން ފަލަސްތީން ފަންޑަށް ބޮޑު އަދަދެއް އެހީހޯދުމަށް ހިންގޭ ތަފާތު ހަރަކާތްތަކުގައި އެންމެ އާދަޔާ ހިލާފް ނަތީޖާއެއް ފެންނަ އެއް ރަށަކީ ތިލަދުންމަތީ ދެކުނުބުރީ ކުރިނބީއެވެ. އެ އަތޮޅުގައި އެންމެ ކުޑަ އާބާދީ އޮތް ރަށްތަކުގެ ތެރޭ ހިމެނޭ ކުރިނބީގެ ޖުމްލަ އާބާދީއަކީ 764 މީހުންނެވެ. ނަމަވެސް އިޒުރޭލު ސިފައިން މީގެ މަހެއްހާ ދުވަސް ކުރިން ފަލަސްތީނުގެ ގާޒާގައި ހިންގަމުން އަންނަ ލާއިންސާނީ އަމަލުތަކުގެ ސަބަބުން ހާލުގައި ޖެހިފައިވާ ފަލަސްތީނުގެ މުސްލިމުންނަށް އެހީތެރިކަން ފޯރުކޮށް ދިނުމަށް ބޭނުންވާ ފައިސާ ހޯދުމަށް އެ ރަށުގައި ބޭއްވި […] އިބްރާހިމް ޚަލީލް · 3 އަހަރު ކުރިން
ވިޔަފާރި ޕީއެސްއައިޕީ މަޝްރޫއުތަކުގެ މުއްދަތު އިތުރުކޮށްދެނީ ސަރުކާރުން ކުރިއަށްގެންދާ ޕީއެސްއައިޕީ މަޝްރޫއުތަކުގެ މުއްދަތު އިތުރުކޮށްދޭން ނިންމައިފިއެވެ. މިކަން ހާމަކޮށް ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ވަނީ، މުއްދަތު އިތުރު ކުރުމަށް ނިންމީ ކޮވިޑް-19ގެ ހާލަތާ ގުޅިގެން ދިމާވި އެކިއެކި ދަތިތަކަށް ލުޔެއް ހޯދުމުގެ ގޮތުން 2020 ވަނަ އަހަރު ކޮވިޑުގެ ހާލަތު އިއުލާން ކުރެވުނު ފަހުންނާއި, 30 މެއި 2023ގެ ކުރިން ސޮއިކޮށްފައިވާ މަޝްރޫއުތަކުގެ ކަމަށެވެ. އެގޮތުން، އެ މަޝްރޫއުތަކުގެ މުއްދަތު 6 މަސްދުވަހަށް އިތުރުކުރުމަށް އިކޮނޮމިކް ކައުންސިލުން ނިންމާފައިވާކަމަ... އަޙްމަދު ވަހީދު · 3 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު މިލައުތުރު ފުޓްސަލް މުބާރާތުގެ ގުރުއަތުލައިފި، ފެށުން މި މަހު ވިހި ވަނަ ދުވަހު ށ.އަތޮޅު ކައުންސިލުން އިންތިޒާމް ކޮށްގެން އެ އަތޮޅު ރަށްތަކަށް ހުޅުވާލައިގެން ކުރިއަށް ގެންދާ “މިލައުތުރު ފުޓްސަލް ޓޯނަމަންޓް 2023” ގެ ގުރުއަތު ލައިފިއެވެ. މި މުބާރާތުގެ ގުރުއަތުލުން ބާއްވާފައި ވަނީ މިދިޔަ ހޯމަ ދުވަހު އެކަމަށްޓަކައި އެ އަތޮޅު ކައުންސިލުގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. މި މުބާރާތް މި އަހަރު ކުޅުމަށް ހަމަޖެހިފައި ވަނީ ދެ ރަށެއްގައެވެ. މިގޮތުން ގްރޫޕް އޭގެ މެޗުތައް ކުޅެން ނިންމާފައި ވަނީ ގޮއިދޫގައެވެ. އއެ ގްރޫޕްގައި ހިމެނޭ ޓީމްތަކަކީ ކަނޑިތީމް، ފީވަށް، ނޫމަރާ، […] އިބްރާހިމް ޚަލީލް · 3 އަހަރު ކުރިން
ބައިނަލްއަގުވާމީ ހަނގުރާމައަށް ފަހު ޣައްޒާގެ ކަންކަން ބަލަހައްޓާނީ އިސްރާއީލުން: ނަތަންޔާހޫ އިސްރާއީލް އާއި ފަލަސްތީނުގެ ރައްޔިތުންގެ ހައްގުގައި މަސައްކަތް ކުރަމުން އަންނަ ހަމާސް ޖަމާއަތާ ދެމެދުގައި ކުރިއަށްދާ ހަނގުރާމަ އަށް ފަހު، ޣައްޒާގެ ކަންކަން ބަލަހައްޓާނީ އިސްރާއީލުން ކަމަށް އިސްރާއީލްގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އިއްޔެ ވިދާޅުވެއްޖެއެވެ. ޔަހޫދީ ސިފައިންނާއި ހަމާސްގެ މުޖާހިދުންނާ ދެމެދު ވަރުގަދަ ހަނގުރާމައެއް ހިނގަމުން އަންނަތާ މިއަދަށް އެއް މަސް ދުވަސްވެފައިވާ އިރު، އިސްރާއީލުން ފުރަތަމަ ބުނެފައި ވަނީ ހަނގުރާމަ ހުއްޓާލާނީ ޣައްޒާ އިން ހަމާސް ނައްތާލުމަށް ފަހުގައި ކަމަށެވެ.... މުޙައްމަދު · 3 އަހަރު ކުރިން