ރާއްޖެ ރަޖިސްޓްރީކޮށްގެން ހިންގާ އެއްވެސް ނޫސް/މަޖައްލާއެއް ނުހުއްޓުވާނަން: ސަރުކާރު ޤާނޫނީ އިމުގެ ތެރެއިން ރާއްޖޭގައި ހިންގާ އެއްވެސް ނޫސް/މަޖައްލާއެއް ނުހުއްޓުވާނެކަމަށް ސަރުކާރުން ބުނެފިއެވެ. ރައީސް އޮފީހުގެ އިސް ތަރުޖަމާނު މުހައްމަދު ޝަހީބް ”އެކްސް”ގައި މިއަދު ވިދާޅުވީ، ގާނޫނާއި ގަވައިދުތަކުގެ ދަށުން ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ އެއްވެސް ނޫސް/މަޖައްލާއެއް ސަރުކާރުން ބަންދެއްވެސް އަދި ބްލޮކެއްވެސް ނުކުރާނެ އެވެ. ”ނޫސްވެރިކަމުގެ މިނިވަންކަން އޭގެ އެންމެ ފުޅާމިނުގައި ދެމެހެއްޓުން މި ސަރުކާރުން ކަށަވަރުކުރާނެ ކަމުގެ ޔަގީންކަން އަރުވަން.” ޝަހީބު ވިދާޅުވެފަވެއެވެ. ޝަހީބު މ... ޔުމްނާ ޢަލީ · 2 އަހަރު ކުރިން
ކުޅިވަރު ދިހަ މީހުންނާއިއެކު ކުޅެ އަލަވޭސް ބަލިކޮށް ރެއާލް އެއްވަނައަށް ސްޕެނިޝް ލަލީގާގައި ރޭ ރެއާލް މްޑްރިޑާއި ޑިޕޯޓިވޯ އަލަވޭސް ބައްދަލުކުރި މެޗު ކާމިޔާބުކޮށް ޕޮއިންޓް ތާވަލުގެ އެއްވަނައަށް ރެއާލް މެޑްރިޑް ޖެހިލައިފިއެވެ. ރޭ އަލަވޭސްގެ ދަނޑުގައި ކުޅުނު މެޗު ރެއާލުން ކާމިޔާބު ކުރީ 1-0 ގެ ނަތީޖާއިންނެވެ. ޕޮއިންޓް ތާވަލުގެ އެއްވަނާގައި އޮތް ޖިރޯނާއާއި ރެއާލް ބެޓިސް ރޭ ބައްދަލުކުރި މެޗު އެއްވަރުވުމުން، އަލަވޭސް ބަލިކޮށްގެން އެއްވަނައަށް ޖެހިލުމުގެ ފުރުޞަތު ރެއާލަށް އޮތީ ތަނަވަސް ވެފައެވެ. ނަމަވެސް ރޭ މެޗުގައި އެ ޓީމަށް މައްސަލަތަކާއި ކުރިމަތިވީ ދެވަނަ […] އިބްރާހިމް ޚަލީލް · 2 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ޔުނީފޯމާއި ރިއަލް ސްޓާސް މެޗަށް ހަމަހަމަ ނިމުމެއް ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާއަށް ތިރީސް އަހަރުފުރޭ މުނާސަބަތާއި ގުޅުވައިގެން، އެ ޖަމިއްޔާއިން ބާއްވާ “30 ޗެމްޕިއަންޝިޕް 2023” ފުޓްބޯޅަ މުބާރާތުގެ ގްރޫޕް އޭގައި ޔުނީފޯމާއި ރިއަލް ސްޓާސް ބައްދަލުކުރި މެޗު އެއްވަރު ވެއްޖެއެވެ. އިއްޔެ ހަވީރު ކުޅުނު މި މެޗު އެއްވަރުވީ 0-0 ގެ ނަތީޖާއިންނެވެ. ދެ ޓީމްގެ ފަރާތުން ދާދި ހަމަހަމަ ކުޅުމެއް ފެނުނު މި މެޗުގައި އެއްވެސް ޓީމަކަށް ލަނޑުޖަހާނެ މާ ގިނަ ފުރުޞަތެއް ހޯދިފައި ނުވެއެވެ. ފުރަތަމަ ހާފުގައި ރިއަލް ސްޓާސްގެ އުފާލްއަށް […] އިބްރާހިމް ޚަލީލް · 2 އަހަރު ކުރިން
ރާއްޖެ ޑިމޮކްރެޓްސްގެ އެސްޖީއަކަށް ރައްޒާން، ތަރުޖަމާނަކަށް އިންތި ދަ ޑިމޮކްރެޓިކްސްގެ ސެކްރެޓަރީ ޖެނެރަލް (އެސްޖީ)ގެ މަގާމަށް ޢަލީ ރައްޒާން، ބަނަފްސާގެ/ހއ. ދިއްދޫ، ހަމަޖައްސައިފިއެވެ. ޑިމޮކްރެޓިކްސްގެ ބައެއް މަގާމުތަކަށް މީހުން ހަމަޖައްސައި ޕާޓީގެ ރައީސް، ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް ފޮނުއްވާފައިވާ މެމޯއެއްގައިވާގޮތުން ރައްޒާން ވަނީ އެ ޕާޓީގެ އެސްޖީއަކަށް ހަމަޖައްސާފައެވެ. އެ ޕާޓީގެ ތަރުޖަމާނަކަށް ހަމަޖައްސާފައި ވަނީ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ (އިންތި) މ. އަފްޒާ/މާލެ އެވެ. އެ ޕާޓީގެ ކައުންސެލް ޖެނެރަލްގެ މަގާމަށް އަ... ޔުމްނާ ޢަލީ · 2 އަހަރު ކުރިން
ރާއްޖެ އިހި ނަގަން މޫދަށް ފޭބި ޒުވާނަކު ގެއްލިގެން ހޯދަނީ އިހި ނަގަން މޫދަށް ފޭބި ޒުވާނަކު ގެއްލިގެން އޭނާ ހޯދުމުގެ މަސައްކަތް ސިފައިން ފަށައިފިއެވެ. އެމްއެންޑީއެފުން ބުނިގޮތުގައި ގެއްލިގެން ހޯދަމުން ދަނީ އުމުރުން 18 އަހަރުގެ ސ. މަރަދޫ/ކުރެދުމާގޭ، މުޙައްމަދު ނައީޝް އެވެ. އޭނާ އިހި ނަގަން މޫދަށް ފޭބީ އައްޑޫ ސިޓީ ގަމުގެ ދެކުނު ފަރާތަށް އިތުރު ދެ މީހުންނާއެކުގައިކަމަށް އެމްއެންޑީއެފުން ބުންޏެވެ. ނައީޝް ގެއްލުނުއިރު ލައިގެން ހުރީ އަތްދިގު ހުދު ކުލައިގެ ޓީޝާޓެއްކަމަށް އެމްއެންޑީއެފް ކޯސްޓްގާޑަށް މަޢުލޫމާތު ލިބިފައިވާކަމަށް އެމްއެންޑީއެފުން ބުނެއެވެ. އެމްއެނ... ޔުމްނާ ޢަލީ · 2 އަހަރު ކުރިން
ވިޔަފާރި ދެ ކުންފުންޏަކަށް އެމްޑީންނާއި ބައެއް ކުންފުނިތަކަށް ބޯޑު މެންބަރުން ޢައްޔަނުކޮށްފި ސަރުކާރު ހިއްސާވާ ދެ ކުންފުންޏަކަށް މެނޭޖިން ޑިރެކްޓަރުން ޢައްޔަނުކޮށް، ބައެއް ކުންފުނިތަކުގެ ޑިރެކްޓަރުންގެ ބޯޑަށް މެންބަރުން ޢައްޔަނުކޮށްފިއެވެ. ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑް (ޕީސީބީ)އިން ބުނިގޮތުގައި ސަރުކާރު ހިއްސާވާ ބައެއް ކުންފުނިތަކަށް އެ ބޯޑުން ވަނީ ބަދަލު ގެނެސްފައެވެ. މިގޮތުން ބިޒްނަސް ސެންޓަރު ކޯޕަރޭޝަން ލިމިޓެޑް (ބީސީބީ)ގެ އެމްޑީއަކަށް އިބްރާހިމް ޝިއާއު މުހައްމަދު، (ގދ. ފަރެސްމާތޮޑާ/ނޫވިލާގޭ) ޢައްޔަނުކޮށްފައިވާއިރު މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަ... ޔުމްނާ ޢަލީ · 2 އަހަރު ކުރިން
ވިޔަފާރި ފުށިދިއްގަރު ހިއްކަނީ ހުޅުމާލެއިން 10 ހެކްޓަރު، ރަސްމާލެއިން 60 ހެކްޓަރު ސީއެމްސީއަށް ދޭގޮތަށް: ފަޒުލް ރާއްޖޭގައި މިހާތަނަށް ކުރިއަށްގެންދާ ބޯހިޔާވަހިކަމުގެ އެންމެ ބޮޑު މަޝްރޫއު، ފުށިދިއްގަރުފަޅު ހިއްކަނީ، ސްރީ ލަންކާގެ ކުންފުންޏެއް ކަމަށްވާ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން ކޮމްޕެނީ (ސީއެމްސީސީ)އަށް ބިން ދޭ ގޮތަށް ކަމަށް އާބަންކޯގެ މެނޭޖިން ޑިރެކްޓަރު ފަޒުލް ރަޝީދު ވިދާޅުވެއްޖެއެވެ. އާބަންކޯއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފަޒުލް ވިދާޅުވީ ހުޅުމާލެއިން 10 ހެކްޓަރުގެ ބިން އަދި ރަސްމާލެއިން 60 ހެކްޓަރުގެ ބިން އެ ކުންފުންޏަށް ދޭން ނިންމާފައިވާ ކަމަށެވެ. ބިން ދޭން ނިންމާފައިވަނީ... އަޙްމަދު ވަހީދު · 2 އަހަރު ކުރިން
ރާއްޖެ ސައީދު ހއ. އަށް، އަތޮޅުގެ ހުރިހާ ރަށަކަށް ވެސް ވަޑައިގަންނަވާނެ އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާގެ ވަޒީރު މުހައްމަދު ސައީދު ހިމެނޭހެން ސަރުކާރުގެ ވަފުދެއް ހއ. އަތޮޅަށް ދަތުރެއް ފަށައިފިއެވެ. ރައްޔިތުންގެ ހާލު ބެލުމަށް ހަފްތާ ބަންދުގައި ސަރުކާރުގެ ވަފުދުތައް ރާއްޖޭގެ ރަށްރަށަށް ދަތުރުތައް ފައްޓަވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ވަނީ ވިދާޅުވެފައެވެ. އެއާއެކު ސަރުކާރުގެ އިސް ވެރިން ހިމެނޭ ވަފުދުތައް މިއަދު ވަނީ ހަފުތާ ބަންދާ ދިމާކޮށް އަތޮޅު ތަކަށް ފުރާފައެވެ. މިގޮތުން ހއ. އަތޮޅަށް ދަތުރު ކުރާ ވަފުދު ލީޑު […] ޔުމްނާ ޢަލީ · 2 އަހަރު ކުރިން
ވިޔަފާރި އުރީދޫ މޯލްޑިވްސްގެ އަހަރީ ފަން ރަން ވީކެންޑް މާދަމާ ފަށަނީ އުރީދޫ މޯލްޑިވްސްގެ އަހަރީ ފަން ރަން ވީކެންޑް މާދަމާ ފަށާނެއެވެ. އުރީދޫއިން ބުނީ ރާއްޖޭގައި ބާއްވާ ފުރަތަމަ ޑްރޯން ރޭހާއި، އެންމެ ބޮޑު އަދި އެންމެ އުފާވެރި 5ކޭ ދުވުމުގެ އިތުރުން ރާއްޖޭގެ މަގުބޫލު ފަންނާނުން ހިމެނޭ އުރީދޫ މިއުޒިކް ޝޯ މާދަމާގެ ފަން ރަން ވީކެންޑުގެ ތެރޭގައި އޮންނާނެ ކަމަށެވެ. ޑްރޯން ރޭސް ބޭއްވުމަށް ހަމަޖެހިފައިވަނީ މާދަމާ ހެނދުނު 8:00 އިން 11:00 އަށެވެ. މިއޫ ޑްރޯން ރޭސްގެ ފައިނަލް ކަމަށްވާއިރު މި ރޭހުގައި ދެ […] އަޙްމަދު ވަހީދު · 2 އަހަރު ކުރިން
ރާއްޖެ އެއްވަނަ ކައުންސިލްގެ އެވޯޑު ޖެހިޖެހިގެން ތިންވަނަ ފަހަރަށް ބޮޑުފޮޅުދޫ ކައުންސިލަށް ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން ލޯކަލް ކައުންސިލްތަކަށް ދޭ ކަންގަތި އެވޯޑްގައި ރާއްޖޭގެ އެއްވަނަ ކައުންސިލްގެ މަގާމު ޖެހިޖެހިގެން ތިންވަނަ ފަހަރަށް އއ. ބޮޑުފޮޅުދޫ ކައުންސިލަށް ލިބިއްޖެއެވެ. 2021، 2022 ވަނަ އަހަރު ވެސް އެ މަގާމު ހޯދައި، ލޯކަލް ކައުންސިލް ޕާފޯމެންސް އިންޑެކްސްއިން ގަދަހަމާންތީގެ 1 ވަނަ ދަރަޖަ ބޮޑުފޮޅުދޫ ކައުންސިލުން ދިފާއު ކުރިއިރު، 2022 ވަނަ އަހަރު އެއްވަނަ އަތޮޅު ކައުންސިލަކީ ފ. އަތޮޅު ކައުންސިލެވެ. 2021 ވަނަ އަހަރު އެއްވަނަ އަތޮޅު […] ޔުމްނާ ޢަލީ · 2 އަހަރު ކުރިން
ރާއްޖެ މާދަމާ އިސްލާމީ މަރުކަޒުގައި ހުކުރު ކުރައްވާނީ ޝަހީމް އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާގެ ވަޒީރު ޑރ. މުހައްމަދު ޝަހީމް ޢަލީ ސައީދު، މަސްޖިދުއް ސުލްޠާން މުޙައްމަދު ތަކުރުފާނުލް ޢައުޠަމް (އިސްލާމީ މަރުކަޒު)ގައި މާދަމާ އިމާމްވެ ހުކުރުނާމު ކުރައްވާގޮތައް ހަމަޖެހިއްޖެއެވެ. މާދަމާގެ ޚުޠުބާގެ މައުޟޫ އަކީ ”ކުޑަކުދިންނަށް އަޅައިލުމާއި އޯގާތެރިވުން” އެވެ. ޝަހީމް އަކީ ހުކުރު ކުރެއްވުމުގެ އިތުރުން ތަރާވީސް ކުރެއްވުމާއި، ދީނީ ޝިއާރުޢިއްވައި، އުނގަންނަވައި ދެއްވަން މެދުނުކެނޑި ދިގު މުއްދަތެއްގައި ޚިދުމަތުގައި ހުންނެވި ވަރަށް ރީތިކޮށް ޤުރުއާން ވިދާޅުވާ ދިވެހި އިސ... ޔުމްނާ ޢަލީ · 2 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ހއ. އަތޮޅު ކައުންސިލަށް ދެ އެވޯޑެއް ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން ލޯކަލް ކައުންސިލްތަކަށް ދޭ ކަންގަތި އެވޯޑްގައި، ތިލަދުންމަތީ އުތުރުބުރި އަތޮޅު ކައުންސިލް (ހއ. އަތޮޅު ކައުންސިލް)އިން ދެ އެވޯޑެއް ހޯދައިފިއެވެ. މި އެ ވޯޑްތައް އެ ކައުންސިލަށް ދީފައި ވަނީ ރޭ މާލޭގެ ދަރުބާރުގޭގައި ބޭއްވި އެވޯޑު ދިނުމުގެ ރަސްމިއްޔާތުގައި ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް އެވެ. ހއ. އަތޮޅު ކައުންސިލުން އެވޯޑުތަކާއި ހަވާލުވެލެއްވީ އަތޮޅު ކައުންސިލްގެ ރައީސް މޫސާ ސަފީޤެވެ. ހއ. އަތޮޅު ކައުންސިލަށް ލިބުނު އެވޯޑުތައް […] ޙުސައިން ޝަހުދީ · 2 އަހަރު ކުރިން
ރާއްޖެ ތިންވަނަ އަށް އެންމެ ރަނގަޅު ކައުންސިލަކަށް ތުރާކުނު، ކާންނާ އެވޯޑު ނޫމަރާ އަށް ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން ލޯކަލް ކައުންސިލްތަކަށް ދޭ ކަންގަތި އެވޯޑްގައި ތިންވަނަ އަށް އެންމެ ރަނގަޅު ކައުންސިލަކަށް ހއ. ތުރާކުނު ކައުންސިލް އަދި ށ. ނޫމަރާ ކައުންސިލަށް ކާންނާ އެވޯޑު ލިބިއްޖެއެވެ. މި އެ ވޯޑްތައް އެ ކައުންސިލަށް ދީފައި ވަނީ ރޭ މާލޭގެ ދަރުބާރުގޭގައި ބޭއްވި އެވޯޑު ދިނުމުގެ ރަސްމިއްޔާތުގައެވެ. މިގޮތުން ތުރާކުނު ކައުންސިލަށް ލިބިފައި ވަނީ 2021 ވަނަ އަހަރު، ލޯކަލް ކައުންސިލް ޕާފޯމަންސް އިންޑެކްސްއިން އެންމެ ރަނގަޅު ތިންވަނަ ކައުންސިލްގެ […] ޔުމްނާ ޢަލީ · 2 އަހަރު ކުރިން
ރާއްޖެ މާލޭގެ ތަރައްގީ އަށް ކުރަން ރޭވި ގިނަ މަޝްރޫއުތަކެއް ފަށަނީ މާލެ ސިޓީ ކައުންސިލްގެ މޭޔަރަކަށް ހުންނެވި އިރުގައި މާލޭގެ ތަރައްގީ އަށް ކުރަން ރޭވި ގިނަ މަޝްރޫއުތަކެއް ވަރަށް އަވަހަށް ފެށިގެންދާނެ ކަމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެއެވެ. ކަންގަތި އެވޯޑް ދިނުމަށް ދަރުބާރުގޭގައި ބޭއްވި ހަފްލާގައި ރައީސް ވިދާޅުވީ މާލެ ސިޓީ ކައުންސިލްގެ މޭޔަރަކަށް ހުންނެވި އިރު ރައްޔިތުންނަށް ކޮށްދޭން އުޅުއްވި މުހިންމު ބޮޑެތި ގިނަ ކަންތައްތަކެއް އޭރު އޮތީ ހުއްޓުވާފައި ކަމަށެވެ. އޭރު މާލޭގެ މަގުތައް ޒަމާނީ ފެންވަރަކަށް ހެދުމަށާއި ލޯކަލް […] މުޙައްމަދު · 2 އަހަރު ކުރިން
ރާއްޖެ ރައްޔިތުންގެ ހާލު ބެލުމަށް ސަރުކާރުގެ ވަފްދުތައް ހަފްތާ ބަންދުގައި ރަށްރަށަށް ރައްޔިތުންގެ ހާލު ބެލުމަށް ހަފްތާ ބަންދުގައި ސަރުކާރުގެ ވަފުދުތައް ރާއްޖޭގެ ރަށްރަށަށް ދަތުރުތައް ފައްޓަވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެއެވެ. ރައީސް މުއިއްޒު މިހެން ވިދާޅުވީ ދަރުބާރުގޭގައި ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން ރޭ ބޭއްވި “ކަންގަތި އެވޯޑް 2023” ދިނުމުގެ ހަފްލާގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް ވިދާޅުވީ އެމަނިކުފާނު މަސައްކަތްޕުޅު ކުރައްވާނީ ރައްޔިތުންގެ އަޑުއަހައިގެން ކަމަށާއި ދިވެހި އާއިލާގެ ހުރިހާ އެންމެން އެމަނިކުފާނަށް ވާނީ ހަމަހަމަ ކަމަށެވ... މުޙައްމަދު · 2 އަހަރު ކުރިން