ރާއްޖެ ހުޅުމާލެއިން ބިދޭސީއަކު ފައިލޭރިއާ އަށް ޕޮޒިޓިވްވެއްޖެ ހުޅުމާލެއިން ބިދޭސީއަކު ފައިލޭރިއާ އަށް ޕޮޒިޓިވް ވެއްޖެއެވެ. ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނީ މި ޑިސެމްބަރު 22 ވަނަ ދުވަހު ހުޅުމާލޭގައި ކުރިއަށް ގެންދިޔަ މައިގްރޭންޓް ފެއާގައި ޓެސްޓްކުރި 13 ބިދޭސީންކުރެ އެކަކު ފައިލޭރިއާ އަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ. އަނެއް 12 ބިދޭސީން ނެގެޓިވްވެފައިވާއިރު، ޕޮޒިޓިވްވި މީހާއަށް ބޭސް ދީފައިވާ ކަމަށް އެތަނުން ބުންޏެވެ. ހުޅުމާލެއިން ބިދޭސީއަކު ފައިލޭރިއާ އަށް ޕޮޒިޓިވްވިއިރު، ދުނިޔޭގެ އޭޑްސް ދުވަހާއި ގުޅުވައިގެން ޑިސެމްބަރު 1 އިން 2 […] ޙުސައިން ޝަހުދީ · 2 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ތުރާކުނު ކައުންސިލްގެ އެމްޑީޕީ މެންބަރު ޝާފިޢު ޕީއެންސީ އަށް ހއ. ތުރާކުނު ކައުންސިލް މެންބަރު އިސްމާއީލް ޝާފިޢު ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އަށް ސޮއިކޮށްފިއެވެ. ޝާފިޢު އަކީ ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ޓިކެޓެއްގައި އެކައުންސިލްގެ މެންބަރުކަމުގެ ގޮނޑި ކާމިޔާބު ކުރި ހަމައެކަނި މެންބަރެކެވެ. ވެރިކަންކުރާ ޕީއެންސީ އާއި ޝާފިޢު ގުޅިފައިވާކަން ހާމަކުރެއްވީ، ތުރާކުނަށް ނިސްބަތްވެވަޑައިގަންނަވާ އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާގެ ވަޒީރު މުހައްމަދު ސައީދު އެވެ. ރައްޔިތުންގެ ހާލު ބެލުމަށް ހަފްތާ ބަންދުގައި ސަރުކާރުގެ ވަފ... ޔުމްނާ ޢަލީ · 2 އަހަރު ކުރިން
ވިޔަފާރި އައު އަހަރާ ގުޅިގެން ބީއެމްއެލް މި މަހުގެ 31 ގައި ބަންދުވާނެ އައު އަހަރާ ގުޅިގެން ބޭންކު 2 ދުވަހަށް ބަންދުވާނެ ކަމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ބުނެފިއެވެ. އެ ބޭންކުން ބުނީ މިއަަހަރުވެސް ޑިސެމްބަރު 31 އާއި އަންނަ އަހަރުގެ ޖެނުއަރީ 1 ބަންދުވާނެ ކަމަށެވެ. އެއީ އަންނަ ހަފުތާގެ އާދީއްތަ އަދި ހޯމައެވެ. ބީއެމްއެލް އިން ބުނީ ކޮންމެ އަހަރެއްގެ ފަހު ދުވަސް ބޭންކުތައް ބަންދުވާ އިރު، ހަފްތާ ބަންދު ވަންނާތީ، ބީއެމްއެލްގެ ބްރާންޗުތަކާއި ސާވިސް ސެންޓަރުތަކުން ހިދުމަތް ލިބޭނެ އެންމެ ފަހު ދުވަހަކީ […] އަޙްމަދު ވަހީދު · 2 އަހަރު ކުރިން
ރާއްޖެ ނައިބު ރައީސް މޮންޓެނީގްރޯއަށް ފުރާވަޑައިގަންނަވައިފި ނައިބު ރައީސް ޙުސައިން މުޙައްމަދު ލަޠީފް، ރިޕަބްލިކް އޮފް މޮންޓެނީގްރޯއަށް މިއަދު ފުރާވަޑައިގަންނަވައިފިއެވެ. ދެކުނު ޔޫރަޕްގެ ޤައުމެއްކަމަށްވާ މޮންޓެނީގްރޯއަށް ނައިބު ރައީސް މިއަދު ފެއްޓެވި މި ދަތުރުފުޅަކީ ރަސްމީ ދަތުރުފުޅެއްކަމަށް ރައީސް އޮފީހުން ބުނެއެވެ. ނައިބު ރައީސްގެ މި ދަތުރުފުޅުގައި، މޮންޓެނީގްރޯގެ ޑަނިލޮވްގްރަޑްގައި ބާއްވާ ތިންވަނަ ކޮންގްރެސް އޮފް ޑިމޮކްރެޓިކް މޮންޓެނީގްރޯގައި ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ރައީސް އޮފީހުން ބުނެއެވެ. މި ކޮންގްރެސްގައި ނައިބު ރައީސް ވާހަކަފުޅުދައްކަވަނ... ޔުމްނާ ޢަލީ · 2 އަހަރު ކުރިން
ވިޔަފާރި އުރީދޫ ފަން ރަން ކާމިޔާބު ކަމާއެކު ނިންމާލައިފި، 6000 އަށްވުރެ ގިނަ މީހުން ބައިވެރިވި! ރާއްޖޭގައި ބާއްވާ އެންމެ ބޮޑު އަދި އެންމެ އުފާވެރި ދުވުން – އުރީދޫ ފަން ރަންގެ މިއަހަރުގެ ދުވުން ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ. ފަސް ކިލޯމީޓަރުގެ މި އުފާވެރި ދުވުން ކުރިއަށް ގެންދިޔައީ އިއްޔެ ހަވީރު ހުޅުމާލެ ސެންޓްރަލް ޕާކުން ފެށިގެން ގޮސް ހުޅުމާލެ ފޭސް އެކެއް އަދި ފޭސް ދެއެއްގެ ހިތްގައިމު މަގުތައް ހިމެނޭ ގޮތަށެވެ. އުރީދޫ ފަން ރަންގައި މި އަހަރު 6،000 އަށްވުރެ ގިނަ ދުވުންތެރިން ބައިވެރިވިއެވެ. މި ދުވުމަކީ ހުރިހާ އުމުރެއްގެ ދުވުންތެރިން […] އަޙްމަދު ވަހީދު · 2 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ޑޮމިނޭޓާސް ބަލިކޮށް އަހުލީން ސެމީގެ އުންމީދު ދަމަހައްޓައިފި ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާއަށް ތިރީސް އަހަރުފުރޭ މުނާސަބަތާއި ގުޅުވައިގެން، އެ ޖަމިއްޔާއިން ބާއްވާ “30 ޗެމްޕިއަންޝިޕް 2023” ފުޓްބޯޅަ މުބާރާތުގެ ގްރޫޕް އޭގައި އަހުލީއާއި ހިރިމަރަދޫ ކުލަބް ޑޮމިނޭޓާސް ބައްދަލުކުރި މެޗު ކާމިޔާބުކޮށް ސެމީ ފައިނަލުގެ އުންމީދު އަހުލީން ދަމަހައްޓައިފިއެވެ. އިއްޔެ ހަވީރު ކުޅުނު މި މެޗުގައި އަހުލީން ޑޮމިނޭޓާސްގެ މައްޗަށް ކުރި ހޯދީ 4-2 ގެ ނަތީޖާއިންނެވެ. މި މެޗުގެ ފުރަތަމަ ހާފުގައި އަހުލީގެ ފަރާތުން ވަނީ މޮޅު ކުޅުމެއް ފެނިގެން ގޮސްފައެވެ. މި ހާފުގައި […] އިބްރާހިމް ޚަލީލް · 2 އަހަރު ކުރިން
ކުޅިވަރު ސިޓީން ފުރަތަމަ ފަހަރަށް ކްލަބް ވޯލްޑް ކަޕް ކާމިޔާބުކޮށްފި ދުނިޔޭގެ ޗެމްޕިއަން ކުލަބުތަކުގެ މެދުގައި ބާއްވާ ކްލަބް ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން މެންޗެސްޓާ ސިޓީން ކާމިޔާބު ކޮށްފިއެވެ. ކިންގް އަބްދުﷲ ސްޕޯޓްސް ސިޓީ ސްޓޭޑިއަމްގައި މިރޭ ކުޅުނު ކްލަބް ވޯލްޑް ކަޕް ފައިނަލް މެޗުގައި ސިޓީއާއި ބައްދަލު ކޮށްފައ ވަނީ ބްރެޒިލްގެ ފްލުމިނެންސޭ އެވެ. މި މެޗު ސިޓީން ވަނީ ފަސޭހަކަމާއި އެކު (4-0) ކާމިޔާބު ކޮށްފައެވެ. މިއީ ސިޓީން މި ތަށި ކާމިޔާބުކުރި ފުރަތަމަ ފަހަރެވެ. މި ތައްޓާއިއެކު ކަލަންޑަރ އިޔާގައި ފަސްތަށި ކާމިޔާބުކުރި […] އިބްރާހިމް ޚަލީލް · 2 އަހަރު ކުރިން
ރާއްޖެ މި ސަރުކާރުގެ ވަޒީރުން މުރާލިވާނެ، ބޮޑައެއް ނުވާނެ: ސުޖާއު ރައީސް ޑރ. މުހައްމަދު މުޢިއްޒުގެ ސަރުކާރުގެ ވަޒީރުންނަކީ ބޮޑާކަމެއްނެތް މުރާލި ވަޒީރުންތަކެއްކަމަށް ހުޅުމާލެ ދާއިރާގެ ކައުންސިލަރު އަދި ބާރަށު ދާއިރާގެ ކުރީގެ މެންބަރު އިބްރާޙީމް ޝުޖާއު ވިދާޅުވެއްޖެއެވެ. ރައްޔިތުންގެ ހާލު ބެލުމަށް ހަފްތާ ބަންދުގައި ސަރުކާރުގެ ވަފުދުތައް ރާއްޖޭގެ ރަށްރަށަށް ދަތުރުތައް ފައްޓަވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ބުދަ ދުވަހުގެރޭ ޢިއުލާންކުރެއްވުމާއެކު މި ހަފުތާ ބަންދުގައި ސަރުކާރުގެ ވަޒީރުން ހިމެނޭހެން ސަރުކާރުގެ އިސްވެރިންގެ ވަފުދުތައް ވަނީ އަތޮޅުތަކަށް ފެތުރ... ޔުމްނާ ޢަލީ · 2 އަހަރު ކުރިން
ރާއްޖެ ސަރުކާރަށް ފާޑުކިޔުމުގެ މިނިވަންކަން ތަންމިނަށް އޮންނާން ޖެހޭ: އެމްޑީޕީ ސަރުކާރަށް ފާޑުކިޔުމުގެ މިނިވަންކަން ތަންމިނަށް އޮންނާން ޖެހޭކަމަށް ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ބުނެފިއެވެ. އެމްޑީޕީން މިރޭ ނެރުނު ބަޔާނެއްގައި ބުނީ ދިވެހިބަހުން ލިޔެ ޝާއިއުކުރާ ބައެއް ވެބްސައިޓުތަކާއި ނޫސްތައް މި ސަރުކާރުން އަންނަނީ ބުލޮކު ކުރަމުންނެވެ. އަދި އެކަން އެމްޑީޕީއިން ހަރު އަޑުން ކުށްވެރިކުރާކަމަށް އެ ޕާޓީން ބުނެފަވެއެވެ. މިނިވަންކަމާއެކު ފިކުރުކުރުމާއި، ޚިޔާލު ފާޅު ކުރުމަކީ ޤާނޫނުއަސާސީއިން ކޮންމެ ދިވެހި ރައްޔިތަކަށް ކަށަވަރު ކޮށްދީފައި އަސާސީ ހައްގެއްކަމަށާ... ޔުމްނާ ޢަލީ · 2 އަހަރު ކުރިން
ރާއްޖެ ދެ ވެބްސައިޓް ބްލޮކްކޮށްލުމަކީ އިންޓަނެޓް ސެންސަޝިޕްގެ ޢަމަލެއް: ޑިމޮކްރެޓްސް ދެ ވެބްސައިޓެއް ބްލޮކްކޮށްލުމަކީ އިންޓަނެޓް ސެންސަޝިޕްގެ ޢަމަލެއްކަމަށާއި، އެކަމާއި ކަންބޮޑުވާކަމަށް ދަ ޑިމޮކްރެޓްސްއިން ބުނެފިއެވެ. އެ ޕާޓީން ނެރުނު ނޫސް ބަޔާނުގައި ސަރުކާރުން ބްލޮކްކޮށްލިކަމަށް ފާހަގަކޮށްފައިވާ ދެ ވެބްސައިޓަކީ ކުރުސީ.ކޮމް އާއި ދިޔަވަރު.ކޮމް އެވެ. މިކަމާއިގުޅިގެން ޑިމޮކްރެޓްސްގެ ބަޔާނުގައި ބުނީ އެ ޕާޓީން އެކަމާއި އިންތިހާއަށް ކަންބޮޑުވެއެވެ. އަދި އެއީ ޚިޔާލުފާޅުކުރުމުގެ މިނިވަންކަމާއި މައުލޫމާތު ހޯދައި ލިބިގަތުމުގެ މިނިވަންކަމަށް ހުރަސްއެޅޭކަމެއް ކަމަށް ބުނެފަވެއެވެ. މީގެ އިތު... ޔުމްނާ ޢަލީ · 2 އަހަރު ކުރިން
ރާއްޖެ ރަޖިސްޓަރީކޮށްފައިވާ އެއްވެސް ނޫހަކަށް ފިޔަވަޅެއް ނާޅަން: އިސް ތަރުޖަމާނު ރަޖިސްޓްރީކޮށްފައިވާ އެއްވެސް ނޫހަކަށް ސަރުކާރަކުން ފިޔަވަޅު އަޅާފައިނުވާނެ ކަމަށް ރައީސް އޮފީހުގެ އިސް ތަރުޖަމާނު މުހައްމަދު ޝަހީބް ވިދާޅުވެއްޖެއެވެ. އިސް ތަރުޖަމާނު މިހެން ވިދާޅުވީ، ވެބްސައިޓްތަކެއް ބްލޮކްކުރި މައްސަލާގައި މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ)އިން ނެރުނު ބަޔާނަކާއި ގުޅުވައެވެ. އިސް ތަރުޖަމާނު ޝަހީބު ވިދާޅުވީ، ރަޖިސްޓްރީކޮށްފައިވާ އެއްވެސް ނޫހަކަށް ސަރުކާރަކުން ފިޔަވަޅެއް ނާޅާ ކަމަށެވެ. އަދި ކޮންމެ ވެބްސައިޓަކީ ނޫހެއް ނޫން ކަމަށް ވެސް ވިދާޅުވިއެވެ. ”އެމްޖޭއޭ އިން ބަޔާނެ... ޔުމްނާ ޢަލީ · 2 އަހަރު ކުރިން
ރާއްޖެ ފާޑުކިޔާ ވެބްސައިޓްތައް ބްލޮކްކުރާތީ އެމްއެމްސީ އާއި ދެ ޖަމިއްޔާއަކުން ކަންބޮޑުވުން ފާޅުކޮށްފި ސަރުކާރަށް ފާޑުކިޔާ ވެބްސައިޓްތަކެއް ބްލޮކް ކުރުމުން މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އާއި މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އާއި އެޑިޓާސް ގިލްޑް އިން ކަންބޮޑުވުން ފާޅުކޮށްފި އެވެ. ސަރުކާރަށް ފާޑުކިޔާ ތިން ވެބްސައިޓަކަށް ނުވަދެވޭގޮތް މިހާތަނަށް ވަނީ ހަދާފައެވެ. އެތަނުން ދެ ނޫހަކީ ރަޖިސްޓަރީ ނުކޮށް ހިންގާ ކުރުސީ.ކޮމް އާއި ދިޔަވަރު.ކޮމް އެވެ. އަނެއް ނޫހަކީ ރަޖިސްޓަރީކޮށްގެން ހިންގާ ވެބްސައިޓެއްކަމަށްވާ ފުރަތަމަ.ކޮމް އެވެ. މި ވެބްސައިޓްތައް ބްލޮކްކުރުމުން އެމްއެމްސީން ބުނީ ރަޖި... ޔުމްނާ ޢަލީ · 2 އަހަރު ކުރިން
ރާއްޖެ އަދުރޭ އެދިވަޑައިގަތީ ފައިދާ ބޮޑުގޮތް ދެނެގަންނަން ދެ ރައީސުންގެ ބިން ހިއްކުމުގެ މަޝްރޫޢުތައް އަޅައިކިޔާލަން ކުރީގެ ރައީސް އިބްރާޙިމް މުޙައްމަދު ޞާލިޙްގެ ސަރުކާރުން ހިންގެވި ބިން ހިއްކުމުގެ މަޝްރޫޢުތަކާއި، މިހާރު ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ފައްޓަވާފައިވާ ބިންހިއްކުމުގެ މަޝްރޫޢުގެ ކަންކަން އަޅައިކިޔައިލީމައި ފައިދާ ބޮޑު ގޮތަށް އެކަން ކުރަނީ ކޮން ރައީސެއްކަން އެނގިގެންދާނެކަމަށް ރައީސްގެ ޚާއްޞަ މުޝީރު، އަބުދުއްރަޙީމް ޢަބުދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ. ރާއްޖޭގައި ހިންގާ ބިންހިއްކުމާއި ބޯހިޔާވަހިކަމުގެ އެންމެ ބޮޑު މަޝްރޫއު ”ރަސްމާލެ” ހިއްކުމުގެ މަޝްރޫޢު 18 ޑިސެމްބަރު 2023 ގައި ރައީސް ޑރ. މ... ޔުމްނާ ޢަލީ · 2 އަހަރު ކުރިން
ކޮލަމް ''ދަރިންގެ ޙައްޤުތައް އަދާނުކުރުމަކީ ސުވަރުގެ ވަނުމުން މަޙްރޫމްވެދާނެކަމެއް'' ދަރިން ތަރުބިއްޔަތުކުރުމުގައި ހައްގުތައް އަދާނުކުރުމަކީ ޚިޔާނާތެއްކަމަށާއި، އެއީ ސުވަރުގެ ވަނުމުން މަޙްރޫމްވެދާނެކަމެއް ކަމަށް މިއަދު ހުކުރު ޚުޠުބާގައި ހަނދާންކޮށްދީފިއެވެ. ”ކުޑަކުދިންނަށް އަޅައިލުމާއި އޯގާތެރިވުން” މަޢުލޫއަށް މިއަދު ގެނެސްދިން ޚުޠުބާގައި ދަރިންނަކީ ޙަޔާތުގެ އުފާވެރިކަމުގެ ރަމްޒުކަން ބަޔާންކޮށް ބުނެފައިވާގޮތުގައި އެއީ ޤައުމުގެ ކަންތަކާއި މާދަމާ ހަވާލުވާންތިބި މާދަމާގެ ޒުވާނުންނެވެ. އެހެންކަމުން ހެޔޮ ތަރުބިއްޔަތުދީ، ހެޔޮގޮތުގައި ދަރީން ބަލައި ބޮޑުކުރަންވާނެކަމަށް ޚުޠުބާގައި ބުނެފ... ޙުސައިން ޝަހުދީ · 2 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ކައުންސިލްތައް ހާއްސަ ވުޒާރާއެއް އުފެއްދެވުމަކީ ރައީސްގެ އެންމެ މުހިންމު ނިންމެވުން: ތުރާކުނު ރައީސް ލޯކަލް ކައުންސިލްތައް ހާއްސަކޮށްގެން ސަރުކާރުގެ ވަކި ވުޒާރާއެއް އުފެއްދެވުމަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ނިންމެވި އެންމެ މުހިންމު ނިންމެވުންކަމަށް ހއ. ތުރާކުނު ކައުންސިލްގެ ރައީސް އަލީ އަބުދުލްލަތީފް ވިދާޅުވެއްޖެއެވެ. އަލީ މިހެން ވިދާޅުވީ، ބުދަ ދުވަހުގެ ރޭ މާލޭގެ ދަރުބާރުގޭގައި އޮތް ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން ލޯކަލް ކައުންސިލްތަކަށް ދޭ ކަންގަތި އެވޯޑް ދިނުމުގެ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ. އަލީ ރައީސްކަމުގައި ހުންނެވި ތުރާކުނު ކައުންސިލަށް ވަނީ 2021 ވަނަ އަހަރު، ލޯކަލް... ޔުމްނާ ޢަލީ · 2 އަހަރު ކުރިން