ރާއްޖެ މަންޑޭގެ އަގުބޮޑު މުދާ އަތުލި މައްސަލަ ހައި ކޯޓުން ބަލަނީ ކޭ ޕާކް ރެސިޑެންސް ފްލެޓްތައް އޮޅުވާލައިގެން ވިއްކައިގެން ފައިސާ ހޯދި ކަމަށް ތުހުމަތުވާ ހަސަން މަމްދޫހު (މަންޑޭ) ގެ އަގު ބޮޑު މުދާތައް ހިފަހައްޓަން ނެރުނު އަމުރުގެ މައްސަލަ ހައި ކޯޓުން ބަލައިގަތުމަށް ނިންމައިފި އެވެ. ކޭ ޕާކް ފްލެޓްތައް ހަދަމުންދާ ހަންބޯ ކުންފުންޏަށް ނޭނގި ވިއްކައިގެން ފައިސާ ހޯދި ކަމަށް ތުހުމަތުކޮށް އެ ކުންފުނީގެ އެއް ހިއްސާދާރު މަންޑޭގެ މައްޗަށް ވަނީ ދައުވާކޮށްފަ އެވެ. އަދި މަންޑޭގެ އަގުބޮޑު އެޕާޓްމެންޓާއި އަގު ބޮޑު މުދާތައް އެއް […] ހުސައިން ހަބީބް · 2 އަހަރު ކުރިން
ބައިނަލްއަގުވާމީ ޗައިނާގައި ދޮގު ހަބަރު ފެތުރި 34،000 އޮންލައިން އެކައުންޓް ބްލޮކްކޮށްފި ޗައިނާގައި ދޮގު ހަބަރު ފެތުރި 34،000 އޮންލައިން އެކައުންޓްތައް ބްލޮކްކޮށް، 6،300 މީހުންނާ މެދުގައި ފުލުހުން ފިޔަވަޅު އަޅައިފިއެވެ. ދުނިޔޭގެ އެންމެ ވަރުގަދަ އެއް ބާރުގެ ގޮތުގައި އޮތް ޗައިނާގައި އިންޓަނެޓް ކޮންޓްރޯލް ކުރަމުން އަންނަނީ އެ ގައުމުގައި ވެރިކަން ކުރަމުން އަންނަ ކޮމިއުނިސްޓް ޕާޓީންނެވެ. ޗައިނާގެ ސަރުކާރާ ދެކޮޅަށް ސޯޝަލް މީޑިއާގައި ހިޔާލު ފާޅު ކުރާ ގިނަ ބަޔަކާ މެދުގައި މީގެކުރިން ވެސް އެކިއެކި ފިޔަވަޅުތައް އަޅާފައިވެއެވެ. ޗައިނާ އިން ބުނާ ގޮތުގައި، ސޯޝަލް މީޑީއާގައި […] މުޙައްމަދު · 2 އަހަރު ކުރިން
ދީން މޫނު ބުރުގާއަކީ ޢިލްމުވެރީންގެ އިއްތިފާޤުން، މާތް މަތިވެރި ޝިޢާރެކެވެ. މޫނު ބުރުގާއަކީ ހައްދު ފަހަނަޅައިފައިވާ ކަމުގެ ނިޝާނެއް ކަމަށް ބައެއް މީހުން ފާހަގަކުރެއެވެ. ނަމަވެސް ދީނީގޮތުން މި ކަން އޮތީ ދިމާ އިދިކޮޅަށެވެ. މޫނު ބުރުގާއަކީ ޢިލްމުވެރީންގެ އިއްތިފާޤުން، މާތް މަތިވެރި ޝިޢާރެކެވެ. ޢިލްމުވެރީންގެ މެދުގައި ޚިލާފު އޮތީ އަންހެނާގެ މޫނަކީ އައުރަތޯ ނުވަތަ ނޫންތޯއާ މެދުގައެވެ. ބައެއް ޢިލްމުވެރީންގެ އަރިހުގައި މޫނާއި ދެ އަތްތިލައަކީ ވެސް އައުރައެވެ. އަނެއް ބައި ޢިލްމުވެރީންގެ އަރިހުގައި އެއީ އައުރައެއް ނޫނެވެ. ނަމަވެސް ފޮރުވުން މަތިވެރި ކަމެކެވެ. މުސްތަޙައްބު ކަމެކެވެ... ޝެއިޚް ޝަފީއު އަބްދުﷲ · 2 އަހަރު ކުރިން
ރާއްޖެ ނައީޝް ހޯދުމަށް ހެލިކޮޕްޓަރާއި ޑޯނިއާ މަތިންދާ ބޯޓު ބޭނުން ކުރަން އެމްޑީޕީން ގޮވާލައިފި މިދިޔަ ބުރާސްފަތި ދުވަހުގެރޭ އައްޑޫ ސިޓީގައި އިހި ނަގަން އުޅެނިކޮށް ގެއްލުނު މުހައްމަދު ނައީޝް ނަސްރު ހޯދުމަށް ސަރުކާރުން އިހުމާލުވަމުންދާ ކަމަށް ބުނެ، ނައީޝް ހޯދުމަށް ހެލިކޮޕްޓަރާއި ޑޯނިއާ މަތިންދާ ބޯޓު ބޭނުން ކުރަން އިދިކޮޅު އެންމެ ބޮޑު ޕާޓީ، އެމްޑީޕީން ރޭ ގޮވާލައިފިއެވެ. އުމުރުން 18 އަހަރުގެ ނާއިޝް ގެއްލިފައި ވަނީ އިތުރު ދެ ރަހުމަތްތެރިންނާއެކު ސ. ގަމުގެ ފުއްޓަރު ފަރާތު މޫދަށް އިހި ނަގަން ފައިބައިގެން އުޅެނިކޮށެވެ. ނައީޝް ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް އިން […] މުޙައްމަދު · 2 އަހަރު ކުރިން
ވިޔަފާރި ރާއްޖޭގެ ފުރަތަމަ ޑްރޯން ރޭސް، ވަރަށް ކާމިޔާބު ރާއްޖޭގެ ފުރަތަމަ ޑްރޯން ރޭސް، “އުރީދޫ ޑްރޯން ރޭސް 2023” ހުޅުމާލޭ ސެންޓްރަލް ޕާކުގައި ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ. މިދިޔަ ހޮނިހިރު ދުވަހު އެ ރޭސް ކުރިއަށްގެންދިޔައީ ދެ ކެޓަގަރީއަކަށް ބަހާލައިގެންނެވެ. އެއީ، 12 ހުނަރުވެރި ޕައިލެޓުން ވާދަކުރިއެވެ. ސްކައި ވޯކާ ކެޓެގަރީންނާއި ސްކައި އެލީޓް ކެޓެގަރީގައި ވާދަކޮށް އެ ޕައިލެޓުންގެ ހުނަރު ދައްކުވައިދީފައިވެއެވެ. ސްކައި ވޯކާ ކެޓަގަރީގައި ހަތަރު ހުރަހަކުން އަށް ޕައިލެޓުން ހުނަރުވެރިކަމާއެކު ޑްރޯންތަކަށް ދުއްވާފައިވާ އިރު، ސްކައި އެލީޓް ކެޓަގަރީން ހަތ... އަޙްމަދު ވަހީދު · 2 އަހަރު ކުރިން
ރާއްޖެ ކޮމިޝަނާ އޮފް ޕޮލިސްގެ މަޤާމަށް ޝުޖާޢު ޢައްޔަންކުރައްވައިފި ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ކޮމިޝަނާ އޮފް ޕޮލިސްކަމަށް ދަފްތަރު ނަންބަރު: ރސ 5852، ޢަލީ ޝުޖާޢު، މިއަދު ޢައްޔަންކުރައްވައިފިއެވެ. ޝުޖާޢު، ކޮމިޝަނާ އޮފް ޕޮލިސްގެ މަޤާމަށް ޢައްޔަނުކުރައްވައި، ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތު ބާއްވަވާފައި ވަނީ މިއަދު ހެނދުނު ރައީސް އޮފީހުގައެވެ. ޕޮލިސް ކޮމިޝަނާކަމަށް ޢައްޔަނު ކުރެއްވުމުގެ ކުރިން ޝުޖާޢު ފުރުއްވަމުން ގެންދެވީ އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސްގެ މަޤާމެވެ. ޝުޖާޢު ވަނީ، ޕޮލިސް އެކަޑަމީގެ އިސްވެރިއެއްގެ ގޮތުގައި މަސައްކަތްކުރެއްވުމުގެ އިތުރުން ފުލުހުނ... ޔުމްނާ ޢަލީ · 2 އަހަރު ކުރިން
ރާއްޖެ އެސްއީޒެޑްގައި އިންވެސްޓްކުރަން ފުރަތަމަ ޕްރޮޕޯޒަލް ވަނީ ލިބިފައި: ރައީސް ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް)ގައި އިންވެސްޓް ކުރުމަށް ހުޅުވާލި ފުރުސަތުގެ ދަށުން ފުރަތަމަ ޕްރޮޕޯޒަލް ލިބިފައިވާ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ރޭ ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ، މާލޭގައި ހުންނަ ހޮޓެލް ޖެންގައި ރޭ ބޭއްވި، މޯލްޑިވްސް ނޭޝަނަލް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ (މަސީ)ގެ “އެމްއެންއޭސީއައި ބިލްޑަ އެވޯޑްސް 2023” ހަފުލާގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސްގެ ވާހަކަފުޅުގައި އެސްއީޒެޑްގެ ޤާނޫނުގެ ދަށުން، އެސްއީޒެޑް އިންވެސްޓްމަންޓްތަކަށް މިހާރު ފު... ޔުމްނާ ޢަލީ · 2 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ޔޫތު ފްރެންޑްސް ބަލިކޮށް ރިއަލް ސްޓާސް އެއްވަނައަށް ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާއަށް ތިރީސް އަހަރުފުރޭ މުނާސަބަތާއި ގުޅުވައިގެން، އެ ޖަމިއްޔާއިން ބާއްވާ “30 ޗެމްޕިއަންޝިޕް 2023” ފުޓްބޯޅަ މުބާރާތުގައި އިއްޔެ ކުޅުނު މެޗު ކާމިޔާބުކޮށް ޕޮއިންޓް ތާވަލުގެ އެއްވަނައަށް ރިއަލް ސްޓާސް ޖެހިލައިފިއެވެ. އިއްޔެ ހަވީރު ގްރޫޕް އޭގައި ޔޫތު ފްރެންޑްސް އާއި ރިއަލް ސްޓާސް ބައްދަލުކުރި މެޗު 3-0 ގެ ނަތީޖާއިން ކާމިޔާބު ކޮށްފައި ވަނީ ރިއަލް ސްޓާސް އިންނެވެ. މި މޮޅާއިއެކު ކުޅުނު ތިން މެޗުން 7 ޕޮއިންޓް ހޯދައިގެން ގްރޫޕް އޭގެ […] އިބްރާހިމް ޚަލީލް · 2 އަހަރު ކުރިން
ރާއްޖެ އިމާރާތްކުރުމުގެ ސިނާއަތުގެ ތިން ދާއިރާއެއް ދިވެހިންނަށް ޚާއްޞަކޮށްފި ކޮންސްޓްރަކްޝަން އިންޑަސްޓްރީއާ ގުޅޭ ތިން ދާއިރާއެއް ދިވެހިންނަށް ޚާއްޞަކުރުމަށް ނިންމާފައިވާކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ރޭ ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ، ހޮޓެލް ޖެންގައި މިރޭ ބޭއްވި މޯލްޑިވްސް ނޭޝަނަލް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ (މަސީ)ގެ “އެމް.އެން.އޭ.ސީ.އައި ބިލްޑަރ އެވޯޑްސް 2023” ޙަފުލާގައި ވާހަކަފުޅު ދައްކަވަމުންނެވެ. ކޮންސްޓްރަކްޝަން އިންޑަސްޓްރީޒްގެ މައި ޖަމިއްޔާ، މަސީން ރޭ ބޭއްވި މި ހަފުލާގައި ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ، އިއްޔެގެ ކެބ... ޔުމްނާ ޢަލީ · 2 އަހަރު ކުރިން
ރާއްޖެ ގެއްލުނު ތަކެއްޗާ ގުޅިގެން ޔޫތު މިނިސްޓްރީން އެތެރޭގެ ތަހުގީގެއް ފަށައިފި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގައި ޔޫތު މިނިސްޓްރީ އާއި ސްޕޯޓްސް މިނިސްޓްރީ ވަކިކޮށް، ސާމާނުތައް ބަހާލި އިރު، ބައެއް ތަކެތި ގެއްލުނު މައްސަލައިގައި އެތެރޭގެ ތަހުގީގެއް ފަށާފައިވާ ކަމަށް ޔޫތު މިނިސްޓްރީން މިރޭ ބުނެފިއެވެ. ޔޫތު މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ ރައީސް މުއިއްޒު ސަރުކާރު ހިންގެވުމުގެ އޮނިގަނޑަށް ގެންނެވި ބަދަލާއެކު އަލަށް އުފެއްދެވި ވުޒާރާތަކުގެ ތެރޭގައި ހިމެނޭ އެއް ވުޒާރާއަކީ މިނިސްޓްރީ އޮފް ޔޫތު އެމްޕަވަމަންޓް އެންޑް އާޓްސް ކަމަށެވެ. މިއީ މީގެކުރިން އެހެން […] މުޙައްމަދު · 2 އަހަރު ކުރިން
ރާއްޖެ މަސީގެ "ބޮޑު ރަސްގެފާނު ލަގަބު" ރައީސަށް މޯލްޑިވްސް ނޭޝަނަލް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ (މަސީ)ގެ ފަރާތުން އަރުވާ އެންމެ ޝަރަފުވެރި ލަޤަބު “ބޮޑު ރަސްގެފާނު ލަގަބު” ރައީސް ޑރ. މުޙައްމަދު މުޢިއްޒަށް ރޭ އަރުވައިފިއެވެ. މި ލަގަބު ރައީސަށް އެރުވީ ހޮޓެލް ޖެންގައި ރޭ ބޭއްވި “އެމް.އެން.އޭ.ސީ.އައި ބިލްޑަރ އެވޯޑްސް 2023” ޙަފުލާގައި ގައެވެ. މި ލަގަބަކީ އިމާރާތް ކުރުމުގެ ސިނާއަތަށް އަމަލީގޮތުން ކޮށްދެއްވާފައިވާ އަގުހުރި ޚިދުމަތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން މަސީގެ ފަރާތުން އަރުވާ ޝަރަފެކެވެ. ރޭގެ ހަފުލާގައި ރައީސް މުޢިއްޒަށް... ޔުމްނާ ޢަލީ · 2 އަހަރު ކުރިން
ރާއްޖެ ކެންޑިޑޭޓުންގެ ކުށުގެ ރިކޯޑު ފަސޭހަކަމާއެކު ސާފުކުރަން މަޝްވަރާކޮށްފި އަންނަ އަހަރު އޮންނަ ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންގެ ކުށުގެ ރިކޯޑް ފަސޭހަކަމާ އެކު ސާފު ކުރެވޭނެ ގޮތެއް ހޯދުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން އިސްވެ އޮވެ ކަމާބެހޭ އިދާރާތަކާ އެކުގައި މިއަދު މަޝްވަރާކޮށްފިއެވެ. އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އިސްމާއިލް ހަބީބު “އެކްސް” ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މަޖިލިހުގެ އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންނާއި ކެންޑިޑޭޓުންގެ އިންތިހާބީ އެޖެންޓުންގެ ކުށުގެ ރިކޯޑާއި ދަރަނީގެ ރިކޯޑު ފަސޭހަކަމާއި އިތުބާރާއ... މުޙައްމަދު · 2 އަހަރު ކުރިން
ރާއްޖެ މާލެ އާއި ގުޅީފަޅުން ވެސް ފައިލޭރިއާ ފެނިއްޖެ މާލެ އާއި ގުޅީފަޅުން ވެސް ފައިލޭރިއާ ބަލި ފެނިއްޖެއެވެ. ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނިގޮތުގައި ކުޅުދުއްފުށީގައި ހިންގުނު ބިދޭސީ މަސައްކަތްތެރިން ސްކްރީން ކުރުމުގެ ޕްރޮގްރާމްގެ ތެރެއިން ފައިލޭރިއާ ފެނުމުން ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔުއެޗްއޯ) ލަފަޔާއި، އިރުޝާދުގެ ދަށުން މިހާރު ކުރިއަށް ގެންދާ ސްކްރީނިން ޕްރޮގްރާމްގެތެރެއިން މާލެ އިން ބިދޭސީއެއް އަދި ގުޅީފަޅުން ބިދޭސީއެއް އެ ބައްޔަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. މިގޮތުން ޑިސެމްބަރު 22 އަދި 23 ވަނަ ދުވަހު ވަނީ ހުޅުމާލެ، ވިލި... ޔުމްނާ ޢަލީ · 2 އަހަރު ކުރިން
ރާއްޖެ ކޯވިޑްގެ އާ ވޭރިއަންޓަށާއި ރޯގާ އަށް ސަމާލުވާން އެދިއްޖެ މިދުވަސްވަރަކީ ރޯގާ އިތުރުވާނެ ދުވަސްވަރެއް ކަމަށް ވުމުންނާއި، ގިނަ ޤައުމުތަކެއްގައި މިހާރު ފެތުރެމުން އަންނަ ކޯވިޑް-19ގެ އާ ވޭރިއަންޓަށް ސަމާލުވާން ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން މިއަދު އެދިއްޖެއެވެ. އެ އެޖެންސީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، މި ފެށޭ ހަފްތާއަކީ ސްކޫލްތަކާއި، ޔުނިވާސިޓީ އަދި ކޮލެޖްތަކުގެ ޗުއްޓީފެށޭ ހަފްތާ ކަމުން، ގިނަ އަދަދެއްގެ މީހުން ރާއްޖެއިން ބޭރަށާއި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ދަތުރުކުރާނެ ދުވަސްތަކެއް ކަމަށެވެ. އަދި ކުރިއަށްއޮތް ދުވަސްވަރަކީ ރާއްޖެއިނ... ޔުމްނާ ޢަލީ · 2 އަހަރު ކުރިން
ރާއްޖެ ކާރެއް ހުއްޓުވައި ބަނގުރަލާއެކު ދެ މީހަކު ހައްޔަރުކޮށްފި ހުޅުމާލެއިން ބަނގުރަލާއެކު ދެ މީހަކު ހައްޔަރުކޮށްފިއެވެ. ފުލުހުން ބުނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ދަތުުރުކުރި ކާރެއް މަޑުކުރަން އެއާޕޯޓު ޕޮލިހުން އެންގުމުން މަޑުނުކޮށް ދިއުމުން އެކާރު ހޯދުމަށް އޮޕަރޭޝަނެއް ހިންގާފައިވާ ކަމަށެވެ. މި އޮޕަރޭޝަން ހިންގާފައި ވަނީ، ހުޅުމާލެ ފޭސް 1 ގެ ޕޮލިސް ސްޓޭޝަނާއި އެއާޕޯޓު ޕޮލިސް ގުޅިގެންނެވެ. މިދިޔަ ބުރާސްފަތި ދުވަހު ހިންގި މި އޮޕަރޭޝަންގައި އެ ކާރު ހުއްޓުވީ، ހުޅުމާލެ ފޭސް 1 ރީތިގަސްމަގުން ކަމަށް ފުލުހުން ބުނެއެވެ. އެ ކާރު ހުއްޓުވައި […] ޔުމްނާ ޢަލީ · 2 އަހަރު ކުރިން