ރާއްޖެ މީޑިއާ ވިލެޖު ތަރައްގީކުރުމުގެ މަސައްކަތް ކުރިއަށް ގެންދަން ނިންމަވައިފި ދިވެހި ނޫސްވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ މީޑިއާތަކަށް ހާއްސަ މީޑިއާާ ވިލެޖެއް ތަރައްގީކުރުމުގެ މަސައްކަތް ކުރިއަށް ގެންދަން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ. މި މަސައްކަތް ކަމާ ބެހޭ ފަރާތްތަކާއި ގުޅިގެން ކުރިއަށްގެންދިއުމަށް ރައީސް ނިންމަވާފައި ވަނީ، ޒުވާނުން ބާރުވެރިކުރުވުމާއި މަޢުލޫމާތާއި ފަންނާ ބެހޭ ވުޒާރާއިން ވަޒީރުންގެ މަޖިލީހަށް ހުށަހެޅި ކަރުދާކަށް މަޝްވަރާ ކުރެއްވުމަށްފަހު، ވަޒީރުންގެ ލަފަޔާއެކު މިދިޔަ އާދިއްތަ ދުވަހު އޮތް ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައެވެ. ދިވެހި ނ... ޔުމްނާ ޢަލީ · 2 އަހަރު ކުރިން
ރާއްޖެ މަރަދޫ ދާއިރާ މެންބަރު ޝަރީފު އެމްޑީޕީން ވަކިވެވަޑައިގެންފި ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެންބަރު އިބްރާޙީމް ޝަރީފް (މަވޯޓާ)، ދިވެހި ރައްޔިތުންގެ ޕާޓީ (އެމްޑީޕީ)އިން ވަކިވެވަޑައިގެންފިއެވެ. އޭނާގެ އެ ނިންމެވުން ވަނީ ރޭ، އެމްޑީޕީގެ ޕާލަމެންޓަރީ ގްރޫޕްގެ ވަޓްސްއަޕް ގްރޫޕްގައި ހިއްސާ ކުރައްވާފައެވެ. އެނގިފައިވާގޮތުގައި ޝަރީފް އެމްޑީޕީއާއި ފެޔަށް ޖެހިވަޑައިގަތީ މަރަދޫ ދާއިރާގައި ކުރީ ސަރުކާރުން ފަށާފައި ހުރި ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދަން ފުރުސަތު ފަހި ކުރުމަށްކަމަށް ވިދާޅުވެފައެވެ. ޝަރީފް އަކީ މި ހިނގާ ދައުރުގައި މަޖިލީހުގައި އެމްޑީޕީގ... ޔުމްނާ ޢަލީ · 2 އަހަރު ކުރިން
ރާއްޖެ ހުއްޓިފައި ހުރި ގިނަ ސްކޫލް އިމާރާތްތަކުގެ މަސައްކަތް އަންނަ އަހަރު ފެށޭނެ: ރައީސް އިމާރާތް ކުރުމުގެ އެކި މަރުހަލާތަކުގައި ސްކޫލްތަކުގެ ގިނަ އިމާރާތްތަކެއް ކުރިއަށް ނުގޮސް އެބަހުރި ކަމަށާއި، އެފަދަ ގިނަ ތަންތަނުގެ މަސައްކަތް އަންނަ އަހަރު ފެށި ހަލުވިކޮށް މަސައްކަތް ކުރިއަށް ގެންދަވާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު އިއްޔެ ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ، ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިމާރާތްކުރާ އައު ސްކޫލުގެ ބިންގާއެޅުމުގެ ރަސްމިއްޔާތުގައި އިއްޔެ ހަވީރު ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސްގެ ވާހަކަފުޅުގައި ވިދާޅުވީ، އާދެ، ތަޢުލީމީ ނިޒާމަށް ބަލާއިރުގައި، މުޅި ރާ... ޔުމްނާ ޢަލީ · 2 އަހަރު ކުރިން
ރާއްޖެ އެއްބައިވަންތަކަމުގެ ދުވަސް ފެށުން ބޮޑު ޖަމާއަތުގައި ފަތިސް ނަމާދު ކުރުމުން ދިވެހީންގެ ޤައުމީ އެއްބައިވަންތަކަމުގެ ދުވަސް ފާހަގަކުރުމުގެ ހަރަކާތްތައް ފަތިސް ނަމާދު ބޮޑު ޖަމާއަތުގައި ކުރުމުން ފަށަން ސަރުކާރުން ނިންމައިފިއެވެ. ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާ އިން ސަރުކާރުގެ އޮފީސްތަކަށް މިއަދު ފޮނުވި ސާކިއުލަރެއް މެދުވެރިކޮށް މިރޭ ފަތިސްނަމާދު ޖަމާއަތުގައި ވީހާވެސް ގިނަ މީހުން ބައިވެރިވުމަށް އެދިފަވެއެވެ. މާލެ، ހުޅުމާލެ އަދި ވިލިމާލޭގައި ވެސް ކޮންމެވެސް އެއް މިސްކިތެއްގައި ބޮޑު ޖަމާއަތުގައި ފަތިސްނަމާދު ކުރުމަށް ސާކިއުލަރުގައި އެދިފައިވާއިރު، މާލޭގައި ބޮޑު ޖަ... ޔުމްނާ ޢަލީ · 2 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ހޯރަފުށީ "ކްލައުޑް ސްޕޯޓްސް ހަހެތި ޔޫތު ފުޓްސަލް ޗެލެންޖް" ގެ ޗެމްޕިއަންކަން 22 ސްޕޯޓްސް ކްލަބަށް ހއ.ހޯރަފުށީ ހަހެތި ޖަމިއްޔާއިން އިންތިޒާމް ކޮށްގެން ބޭއްވި ” ކްލައުޑް ސްޕޯޓްސް ހަހެތި ޔޫތު ފުޓްސަލް ޗެލެންޖް 2023″ ގެ ޗެމްޕިއަންކަން 22 ސްޕޯޓްސް ކްލަބުން ހޯދައިފިއެވެ. މި މުބާރާތުގެ ފައިނަލް މެޗު މިދިޔަ ހޮނިހިރު ދުވަހު ކުޅެފައިވާއިރު، ފައިނަލުގައި ބައްދަލުކުރީ ހޯރަފުށީ 22 ސްޕޯޓްސް ކްލަބާއި އިހަވަންދޫ އެންވީކޭއެވެ. މި މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމް އޮތީ 2-2 ގެ ނަތީޖާއިން އެއްވަރުވެފައެވެ. ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީގައި 3-1 ގެ ނަތީޖާއިން […] އިބްރާހިމް ޚަލީލް · 2 އަހަރު ކުރިން
ރާއްޖެ ހުރިހާ ބިދޭސީން ހަ މަސްތެރޭގައި މެޑިކަލް ހަދަންޖެހޭގޮތަށް ހަދައިފި ރާއްޖޭގައި މިހާރު ދިރިއުޅޭ ހުރިހާ ބިދޭސީން ކުރިއަށް އޮތް ހަ މަސް ތެރޭގައި މެޑިކަލް ހަދަންޖެހޭގޮތައް ހަދައި، ރާއްޖޭގައި ދިރިއުޅޭ ބިދޭސީން މެޑިކަލް ހެދުމުގެ ނިޒާމް އިޞްލާޙުކޮށް ހަރުދަނާކުރުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު އިއްޔެ ނިންމަވައިފިއެވެ. ރައީސް މި ނިންމެވުން ނިންމަވާފައި ވަނީ އިއްޔެ އޮތް ވަޒީރުންގެ މަޖިލީހުގެ ޖަލްސާއަށް، ޞިއްޙަތާބެހޭ ވުޒާރާއިން މިކަމާއިގުޅޭގޮތުން ހުށަހެޅި ކަރުދާހަށް ވަޒީރުންގެ ލަފާ ހޯއްދެވުމަށްފަހުއެވެ. ރައީސް އޮފީހުން ބުނިގޮތުގައި ރައީސް މި ނިންމެވުމާއި ގުޅިގެން ރާއްޖ... ޔުމްނާ ޢަލީ · 2 އަހަރު ކުރިން
ރާއްޖެ ބްރިޖުގެ ހުޅުމާލެއަށް ދާ ފަޅި މިރޭ ދެ ގަޑިއިރަށް ބަންދު ސިނަމާލެ ބްރިޖުގެ މާލެއިން ހުޅުމާލެއަށް ދާ ފަޅި މިރޭ ދެ ގަޑިއިރަށް ބަންދުކުރާނެ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ. ފުލުހުން ބުނިގޮތުގައި ބްރިޖުގެ މާލެއިން ހުޅުމާލެއަށް ދާ ފަޅި ބަންދު ކުރަނީ މަސައްކަތެއް ކުރުމަށެވެ. މިގޮތުން މިރޭ 1:00 އިން ފެށިގެން ދެގަޑިއިރަށް އެފަޅި ބަންދުވާނެ ކަމަށް ފުލުހުން ބުނެއެވެ. އެވަގުތުގައި ބްރިޖުގެ ހުޅުމާލެ އިން މާލެއަށް ދަތުރުކުރާ ފަޅި ދެކޮޅަށް ދުއްވާގޮތަށް ބަދަލުކުރެވޭނެ ކަމަށް ވެސް ފުލުހުން ބުނެއެވެ. ސިނަމާލެ ބްރިޖުގައި މަސައްކަތެއް ކުރުމަށްޓަކައި ބްރިޖ... ޔުމްނާ ޢަލީ · 2 އަހަރު ކުރިން
ރާއްޖެ ރައީސް މުޢިއްޒުގެ ސަރުކާރުން އަޅާ ފުރަތަމަ ސްކޫލުގެ ބިންގާ އަޅައިފި ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އަޅާ ފުރަތަމަ ސްކޫލްގެ ބިންގާ މިއަދު އަޅައިފިއެވެ. މި ސްކޫލް އަޅަނީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައެވެ. ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިމާރާތްކުރާ އައު ސްކޫލުގެ ބިންގާއެޅުމުގެ ރަސްމިއްޔާތުގައި އޮތީ މިއަދު ހަވީރު އެވެ. މި ރަސްމިއްޔާތުގައި ރައީސްގެ އަރިހުގައި ފަސްޓް ލޭޑީ މެޑަމް ސާޖިދާ މުޙައްމަދު އާއި ތަޢުލީމާބެހޭ ވަޒީރު އިސްމާއީލް ޝަފީޢު އާއި އާބަންކޯގެ ވެރިންނާއި އަދި ސަރުކާރުގެ ބައެއް އިސްވެރިން ބައިވެރިވެވަޑަައިގަތެވެ. ތަޢުލީމާބެހޭ ވުޒާރާއިން ބުނި ގޮތުގަ... ޔުމްނާ ޢަލީ · 2 އަހަރު ކުރިން
ރާއްޖެ ރައީސް މުޢިއްޒު، ކުރީގެ ރައީސް މައުމޫނާ ބައްދަލު ކުރައްވައިފި ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ކުރީގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމް (ނ.ޣ.ޢ.ވ.)އާ ބައްދަލުކުރައްވައިފިއެވެ. މިއަދު މެންދުރުފަހު ރައީސް އޮފީހުގައި އޮތް މި ބައްދަލުކުރެއްވުމުގައި ޤައުމުގެ އިޖުތިމާޢީ އަދި ސިޔާސީ ކަންކަމާ ގުޅޭގޮތުން ދެ ބޭފުޅުން މަޝްވަރާ ކުރެއްވިކަމަށް ރައީސް އޮފީހުން ބުނެއެވެ. ރައީސް އޮފީހުން ބުނިގޮތުގައި ދެ ރައީސުން ވަނީ ތަރައްޤީގެ އެކިއެކި މަޝްރޫޢުތަކާއި ޤައުމާއި ރައްޔިތުންގެ ލާބައަށް ކުރެވޭ އެހެން މަސައްކަތްތަކާ ގުޅޭގޮތުން ވެސް މަޝްވަރާ ކުރައްވާފައެވެ. ކުރީގެ ރައީސް މައުމޫނަކީ... ޔުމްނާ ޢަލީ · 2 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު މިސްބާހްގެ ލަނޑުތަކުން ޑޮމިނޭޓާސް ބަލިކޮށް ޔުނީފޯމުން ސެމީގެ އުންމީދު ދަމަހައްޓައިފި ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާއަށް ތިރީސް އަހަރުފުރޭ މުނާސަބަތާއި ގުޅުވައިގެން، އެ ޖަމިއްޔާއިން ބާއްވާ “30 ޗެމްޕިއަންޝިޕް 2023” ފުޓްބޯޅަ މުބާރާތުގައި ހިރިމަރަދޫ ކްލަބް ޑޮމިނޭޓާސް މައްޗަށް ފަސޭހަކަމާއިއެކު ކުރި ހޯދައި ޔުނީފޯމުން ސެމީ ފައިނަލުގެ އުންމީދު ދަމަހައްޓައިފިއެވެ. މިއަދު ހަވީރު ގްރޫޕް އޭގައި ޑޮމިނޭޓާސްއާއި ޔުނީފޯމް ބައްދަލުކުރި މެޗު 6-0 ގެ ނަތީޖާއިން ކާމިޔާބުކުރީ ޔުނީފޯމެވެ. މުޅި މެޗުގައި ވެސް ޔުނީފޯމްގެ ފަރާތުން މޮޅު ކުޅުމެއް ފެނުނުއިރު އެ ޓީމުން ޖެހި ހަ ލަނޑުގެ ތެރެއިން ހަތަރު […] އިބްރާހިމް ޚަލީލް · 2 އަހަރު ކުރިން
ޚަބަރު މަސްވެރި އުޅަނދުތަކަށް ރެސްކިއު ޑައިވަރުން ތަމްރީން ކުރުމުގެ ޕްރޮގްރާާމް ފަށަނީ މަސްވެރިކަމުގައި ހަރަކާތްތެރިވާ އުޅަނދުފަހަރުގެ ތެރެއިން ވައިފުޅި އަޅައިގެން ފީނައިގެން އެންދަމާ ކޮންމެ އުޅަނދަކުން އެއް ފަޅުވެރިއަކު ރެސްކިއު ޑައިވަރާއި ހަމައަށް ސެޓިފައިކުރުމުގެ ޕްރޮގްރާމު ފަށަން ރައީސް ޑރ. މުޙައްމަދު މުޢިއްޒު އިއްޔެ ނިންމަވައިފިއެވެ. ރައީސް މި ނިންމެވުން ނިންމަވާފައި ވަނީ އިއްޔެ އޮތް ވަޒީރުންގެ މަޖިލީހުގެ ޖަލްސާއަށް، މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން މިކަމާއިގުޅޭގޮތުން ހުށަހެޅި ކަރުދާހަށް ވަޒީރުންގެ ލަފާ ހޯއްދެވުމަށްފަހުއެވެ. މިކަމަކީ ރައީސް ޑރ. މުހައްމަދު މ... ޔުމްނާ ޢަލީ · 2 އަހަރު ކުރިން
ރާއްޖެ ''ހަމަހަމަކަން ކަށަވަރު ނިޝާން'' ތަޢާރުފުކުރަން ނިންމައިފި ޤައުމީ ފެންވަރުގައި “ހަމަހަމަކަން ކަށަވަރު” ނިޝާން ތަޢާރުފުކުރެއްވުމަށް ރައީސް ޑރ. މުޙައްމަދު މިޢިއްޒު އިއްޔެ ނިންމައިވައިފިއެވެ. މިއީ ދައުލަތުގެ އިދާރާތަކާއި އަމިއްލަ ވިޔަފާރިތަކާއި ކުންފުނިތަކުގައި މިންތީގެ ހަމަހަމަކަމަށް ބާރު އެޅުމުގެ ގޮތުން ތަޢާރުފުކުރުމަށް ނިންމާފައިވާ ނިޝާނެކެވެ. ރައީސް މި ނިންމެވުން ނިންމަވާފައި ވަނީ އިއްޔެ އޮތް ވަޒީރުންގެ މަޖިލީހުގެ ޖަލްސާއަށް، އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން މިކަމާއިގުޅޭގޮތުން ހުށަހެޅި ކަރުދާހަށް ވަޒީރުންގެ ލަފާ ހޯއްދެވުމަށްފަހުއެވެ. މ... ޔުމްނާ ޢަލީ · 2 އަހަރު ކުރިން
ރާއްޖެ އުމްރާ އަށް ގޮސް އުޅުނު ހަނިމާދޫ މީހަކު ނިޔާވެއްޖެ އުމްރާގެ އަޅުކަން އަދާކުރުމަށް ސައުދީ އަރަބިއްޔާ އަށް ގޮސް އުޅެނިކޮށް ހދ. ހަނިމާދޫ މީހަކު ރޭ ނިޔާވެއްޖެއެވެ. މައްކާގައި އުޅެނިކޮށް ނިޔާވީ މީގާތު ހައްޖު އެންޑް އުމްރާ ގްރޫޕްގެ ހަވާލުގައި އުމްރާ އަށް ދިޔަ ޚާލިދު އިބްރާހިމް (ޚާލިދުބޭ)، ހދ.ހަނިމާދޫ/އަލަމާގެއެވެ. ޚާލިދުބޭ އުމްރާގެ އަޅުކަމުގައި އުޅެނިކޮށް ނިޔާވެފައިވާކަން މީގާތު ހައްޖު އެންޑް އުމްރާ ގްރޫޕްގެ ފޭސްބުކް ޕޭޖުގައި ވަނީ ބުނެފައެވެ. ޚާލިދުބެ އާއި އަންހެނުން އާރިފާ އަބުދުﷲ އުމްރާގެ އަޅުކަމަށް ފުރާފައި ވަނީ މި ޑިސެމްބަރު މަހުގެ 15 […] ޔުމްނާ ޢަލީ · 2 އަހަރު ކުރިން
ރާއްޖެ މާޗުގައި އެއާ އެމްބިއުލާންސްގެ ހިދުމަތް ތައާރަފް ކުރަނީ ރާއްޖޭގައި އެއާ އެމްބިއުލާންސްގެ ހިދުމަތް އަންނަ މާޗް މަހު ފަށަން ސަރުކާރުން ނިންމައިފިއެވެ. ރައީސް އޮފީހުގައި މިއަދު އޮތް ޕްރެސް ކޮންފަރެންސްގައި ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ އަބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވީ ރާއްޖޭގައި އެއާ އެމްބިއުލާންސް ތައާރަފް ކުރުމާއި އޭގެ ހިދުމަތް ދިނުމާ ބެހޭ ކަރުދާހެއް ހެލްތު މިނިސްޓްރީން އިއްޔެ ކެބިނެޓަށް ހުށަހެޅި ކަމަށެވެ. ކެބިނެޓުގައި އެކަމާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް ފަހު ނިންމާފައި ވަނީ މާޗު މަހު […] މުޙައްމަދު · 2 އަހަރު ކުރިން
ރާއްޖެ ބޭރުގައި ކިޔަވާ ދަރިވަރުންގެ ކާޑް ލިމިޓް 1،200 ޑޮލަރަށް ބޮޑުކޮށްފި ރާއްޖެ އިން ބޭރުގައި ކިޔަވާ ދިވެހި ދަރިވަރުންނަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ކްރެޑިޓު އަދި ޑެބިޓު ކާޑުން މަހަކު 1،200 ޑޮލަރު ނެގޭ ގޮތަށް ކާޑު ލިމިޓު މަތި ކުރަން ނިންމާފައިވާ ކަން ސަރުކާރުން މިއަދު އިއުލާނުކޮށްފިއެވެ. ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ އަބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވީ މިހާރު އޮންނަގޮތުން ރާއްޖެއިން ބޭރުގައި ކިޔަވާ ދަރިވަރުންނަށް މަހެއްގެ މައްޗަށް ކާޑުން […] މުޙައްމަދު · 2 އަހަރު ކުރިން