ސަރުކާރު ހިއްސާވާ ދެ ކުންފުންޏަކަށް މެނޭޖިން ޑިރެކްޓަރުން ޢައްޔަނުކޮށް، ބައެއް ކުންފުނިތަކުގެ ޑިރެކްޓަރުންގެ ބޯޑަށް މެންބަރުން ޢައްޔަނުކޮށްފިއެވެ.
ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑް (ޕީސީބީ)އިން ބުނިގޮތުގައި ސަރުކާރު ހިއްސާވާ ބައެއް ކުންފުނިތަކަށް އެ ބޯޑުން ވަނީ ބަދަލު ގެނެސްފައެވެ.
މިގޮތުން ބިޒްނަސް ސެންޓަރު ކޯޕަރޭޝަން ލިމިޓެޑް (ބީސީބީ)ގެ އެމްޑީއަކަށް އިބްރާހިމް ޝިއާއު މުހައްމަދު، (ގދ. ފަރެސްމާތޮޑާ/ނޫވިލާގޭ) ޢައްޔަނުކޮށްފައިވާއިރު މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްއާރުޕީސީ)ގެ އެމްޑީއަކަށް ޢައްޔަނުކޮށްފައި ވަނީ ފާތިމަތު ތައުފީގު (ސ. މަރަދޫފޭދޫ/ޖަވާހިރުވާދީ) އެވެ.
މީގެ އިތުރުން ހަތަރު ކުންފުންޏެއްގެ ޑިރެކްޓަރުންގެ ބޯޑަށް މެންބަރުން ވަނީ ޢައްޔަނު ކުރައްވާފައެވެ. އެ ކުންފުނިތަކާއި އެ ބޭފުޅުންނަކީ،
- ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން ޕލމ، (އެސްޓީއޯ)ގެ ޑިރެކްޓަރުންގެ ބޯޑުގެ ނޮން-އެގްޒެކްޓިވް ޑިރެކްޓަރުކަމަށް ދާނިޝް މުހައްމަދު އަމީން، މއ. ދާންދޫގެ ދެކުނުގެ/މާލެ،
- މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ ބޯޑުގެ ނޮން-އެގްޒެކްޓިވް ޑިރެކްޓަރުކަމަށް އިބްރާހީމް މަހުދީ، ހަނދުވަރުދޭގެ/ޏ. ފުވައްމުލައް
- ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ބޯޑުގެ ނޮން-އެގްޒެކްޓިވް ޑިރެކްޓަރުކަމަށް މުހައްމަދު ނާޖިލް، ހ. ފަށަން/މާލެ،
- ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ބޯޑުގެ ނޮން-އެގްޒެކްޓިވް ޑިރެކްޓަރުކަމަށް ފާތިމަތު މިޒުނާ އަލީ، މއ. ދީބު/މާލެ
ޕީސީބީން މީގެ ކުރީން ވެސް އެކިފަހަރު މަތިން ކުންފުނިތަކަށް އެމްޑީންނާއި ބޯޑު ޑިރެކްޓަރުން ޢައްޔަނުކޮށްފަވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!