ރާއްޖެ އާޒިމާ އަށް ތާއީދު ހޯދުމުގެ ގޮތުން މިއަދު ސައިކަލް ބުރެއް ބާއްވަނީ ޕީއެންސީގެ ޓިކެޓުގައި މާލޭގެ މޭޔަރު ކަމަށް ވާދަކުރައްވާ ކުރީގެ ބަންޑާރަ ނައިބު އައިޝަތު އާޒިމާ ޝުކޫރަށް ތާއީދު ހޯދުމުގެ ގޮތުން މިއަދު ސައިކަލް ބުރެއް ބޭއްވުމަށް ނިންމައިފިއެވެ. މި ސައިކަލް ބުރު ފެށުމަށް ހަމަޖެހިފައި ވަނީ މިއަދު ހަވީރު 3:45 ގައި އިއްޒުއްދީން މަގު، ހައުސިން މިނިސްޓްރީ ކައިރިންނެވެ. މި ސައިކަލް ބުރުގައި އާޒިމާގެ އިތުރުން ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފް ވެސް ބައިވެރިވެވަޑައިގަންނަވައެވެ. މި ސައިކަލް ބުރުގައި ވީހާވެސް ގިނަ ބަޔަކު ބައިވެރިވުމަށް ޕީޕީއެމް/ޕީއެންސީން ވަނީ […] މުޙައްމަދު · 2 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ހދ. އަތޮޅު ކައުންސިލުން ރާޒުވާ މުބާރާތް ނުބާއްވަން ފާސްކޮށްފި ހދ. އަތޮޅު ކައުންސިލްގެ 2024 ވަނަ އަހަރުގެ އަހަރީ ކަލަންޑަރުގައި މި އަހަރުން ފެށިގެން ބާއްވަން ހިމެނި ރާޒުވާ މުބާރާތް ނުބާއްވަން އެ ކައުންސިލުން ފާސްކޮށްފިއެވެ. ”ހދ. އަތޮޅު ކައުންސިލް ރާޒުވާ މުބާރާތް” ނަމުގައި ކުރިއަށް ގެންދަން ކަލަންޑަރުގައި ހިމެނި މި މުބާރާތް ނުބާއްވަން ފާސްކޮށްފައި ވަނީ މިއަދު އޮތް ހދ. އަތޮޅު ކައުންސިލްގެ 120 ވަނަ ޢާންމު ބައްދަލުވުމުގައެވެ. މިއަދު އޮތް އަތޮޅުކައުންސިލްގެ ޢާންމު ބައްދަލުވުމުގެ ނިންމުންތައް ކައުންސިލުން މިހާރު އާންމުކޮށްފައިވާއިރު، މަދަރުސާތަކުގެ ކުދީންނާއި، އާ... ޔުމްނާ ޢަލީ · 2 އަހަރު ކުރިން
ރާއްޖެ މާލެ ސިޓީގެ މެންޑޭޓު ނުދަންނަ މީހަކަށް މާލޭގެ މޭޔަރުކަން ނުކުރެވޭނެ: އާޒިމާ މާލޭގެ މޭޔަރަކަށް ހުންނަވަން ޖެހޭނީ އެކަމުގެ ޒިންމާ އެނގޭ ބޭފުޅެއް ކަމަށާއި މާލެ ސިޓީގެ މެންޑޭޓް ނުދަންނަ މީހަކަށް މާލޭގެ މޭޔަރު ކަން ނުކުރެވޭނެ ކަމުގައި ޕީއެންސީގެ ޓިކެޓުގައި މާލޭގެ މޭޔަރު ކަމަށް ވާދަކުރައްވާ ކުރީގެ ބަންޑާރަ ނައިބު އައިޝަތު އާޒިމާ ޝުކޫރު ވިދާޅުވެއްޖެއެވެ. “ސަންގު ޓީވީ” އިން ގެނެސްދޭ މާލޭ މޭޔަރުންގެ ބަހުސްގެ ސިލްސިލާ ބަހުސްތަކުގެ ތެރެއިން ރޭގެ ބަހުސްގައި އާޒިމާ ވިދާޅުވީ މާލޭގެ މޭޔަރު ކަމުގެ މަގާމަކީ ދައުލަތުގެ އެންމެ ބޮޑު އެއް ވުޒާރާގެ […] މުޙައްމަދު · 2 އަހަރު ކުރިން
ރާއްޖެ ހަތަރު މިލިއަން ދައްކަން އާޒިމާގެ މައްޗަށް ކުރި ހުކުމް ހައިކޯޓަށް އިސްތިއުނާކޮށްފި ވެރިކަން ކުރާ ޕީއެންސީ ފަރާތުން މާލޭގެ މޭޔަރު ކަމަށް ވާދަކުރައްވާ އައިޝަތު އާޒިމާ ޝަކޫރުގެ މައްޗަށް ކުރި 4.1 މިލިއަން ރުފިޔާގެ ހުކުމުގެ މައްސަލަ ހައި ކޯޓުގައި އިސްތިއުނާފް ކުރަން ހުށަހަޅައިފި އެވެ. އާޒިމާގެ އައިރު ހާޒިރުގައި ސިވިލް ކޯޓުން އެ ހުކުމްކުރީ އޭނާ ނެންގެވި ލޯނަކަށް ފައިސާ ނުދައްކާ ކަމަށް ބުނެ އިސްލާމިކް ބޭންކުން ދައުވާ ކުރުމުންނެވެ. އެ ހުކުމް އިސްތިއުނާފް ކުރަން އާޒިމާގެ ފަރާތުން ހައި ކޯޓަށް ހުށަހެޅީ މިދިޔަ އަންގާރަ ދުވަހު އެވެ. […] ޔުމްނާ ޢަލީ · 2 އަހަރު ކުރިން
ރާއްޖެ މަޖިލީހަށް ކުރިމަތިލުމުގެ ފުރުސަތު 30 ޖެނުއަރީން 14 ފެބްރުއަރީ އަށް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2024 ގައި ވާދަކުރުމަށް ކުރިމަތިލުމުގެ ފުރުސަތު 30 ޖެނުއަރީން 14 ފެބްރުއަރީ އަށް ހުޅުވާލާނެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު ބުނެފިއެވެ. އީސީގެ ނައިބު ރައީސް އިސްމާއިލް ހަބީބު މިއަދު ”އެކްސް”ގައި ކުރެއްވި ޕޯސްޓެއް މެދުވެރިކޮށް ވަނީ 20 ވަނަ މަޖިލީހަށް ކުރިމަތިލުމުގެ މުއްދަތު ޢިއުލާން ކުރައްވާފައެވެ. ”ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2024 ގައި ވާދަކުރައްވާ ކެންޑިޑޭޓުންނަށް، ފުރުސަތު ހުޅުވާލަން އިލެކްޝަންސް ކޮމިޝަނުން ތާވަލް ކޮށްފައިވަނީ، 2024 ޖެނު... ޔުމްނާ ޢަލީ · 2 އަހަރު ކުރިން
ރާއްޖެ މާފުށީ ޖަލުގެ ގޮޅިއެއް ރިމާންޑް ޖަލެއްގެ ގޮތުގައި ކަނޑައަޅައިފި ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާ އިން، ކ. މާފުށީ ޖަލުގެ ޔުނިޓް 10 ގެ ވިންގ 03 ގެ ސެލް 05 (01 ޖަލުގޮޅި) އަކީ ރިމާންޑް ޖަލެއްގެ ގޮތުގައި ކަނޑައަޅައިފިއެވެ. އެކަން އަންގައި އެ ވުޒާރާއިން ކުރި ޢިއުލާނެއްގައި ބުނީ، އާންމު ޖަލެއްގެގޮތުގައި ބޭނުންކުރަމުންއަންނަ، މާފުށީ ޖަލުގެ ޔުނިޓް 10 ގެ ވިންގ 03 ގެ ސެލް 05 (01 ޖަލުގޮޅި) އަކީ މީހުން ބަންދުކޮށްފައި ބޭތިއްބުމަށް ތައްޔާރުކޮށްފައިވާ ތަނެއްގައި ހުންނަންޖެހޭ ޝަރުތުތައް ފުރިހަމަވާ […] ޔުމްނާ ޢަލީ · 2 އަހަރު ކުރިން
ރާއްޖެ ސައްހަނޫން ޑޮލަރު ދައުރުވާތީ ސަމާލުވާން އެދިއްޖެ ސައްހަ ނޫން ޔޫއެސް ޑޮލަރުގެ ނޫޓުތަކެއް ދައުރުވާތީ ސަމާލުވުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން މިއަދު އިލްތިމާސްކޮށްފިއެވެ. ފުލުހުން މިއަދު ބުނީ މިހާރަކަށް އައިސް ސައްހަ ނޫން ޔޫއެސް ޑޮލަރުގެ 100، 50 އަދި 20 ގެ ނޫޓުތަކެއް ދައުރުވަމުންދާކަން އެ އިދާރާއަށް ފާހަގަކުރެވިފައިވާކަމަށެވެ. އެހެންކަމުން އެކަމަށް އާންމު ރައްޔިތުން މިހާރަަށް ވުރެ ބޮޑަށް ސަމާލުވުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ. ފުލުހުން ބުނިގޮތުގައި ސައްހަނޫން ޑޮލަރު ބޭނުންކޮށްގެން އެކިތަންތަނުން ވިޔަފާރީގެ މުއާމަލާތްތައް ކޮށްފައިވާ މ... ޔުމްނާ ޢަލީ · 2 އަހަރު ކުރިން
ރާއްޖެ މަޖިލިސް އިންތިހާބު: 284،327 މީހުންނަށް ވޯޓުލެވޭ، ޝަކުވާ އަށް ހުޅުވާލައިފި އަންނަ މާޗް މަހު އޮންނަ ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި ވޯޓުދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ލިސްޓް އާންމުކޮށް، ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. މާޗް 17 ގައި ބޭއްވުމަށް ހަމަޖެހިފައިވާ މަޖިލިސް އިންތިހާބުގައި 284،327 މީހަކަށް ވޯޓް ދިނުމުގެ ހައްގު ލިބިފައިވެ އެވެ. އެއީ އިންތިހާބު އޮންނަ ދުވަސް ކަމަށްވާ މާޗް 17 ވަނަ ދުވަހުގެ ނިޔަލަށް 18 އަހަރު ފުރިފައިވާ 139،165 އަންހެންނާއި 145،162 ފިރިހެނުންނެވެ. ވޯޓުލެވޭ މީހުންގެ ލިސްޓު ގެޒެޓްގައި ޝާއިއުކޮށްފައިވާ އިރު، (VR space... މުޙައްމަދު · 2 އަހަރު ކުރިން
ރާއްޖެ ޑްރަގް ވިއްކާކަމުގެ ތުހުމަތުވާ ދެ މީހަކު ޑްރަގާއެކު ހައްޔަރުކޮށްފި މާލޭގެ ގެއަކުން މަސްތުވާތަކެއްޗާއެކު ދެ މީހަކު ހައްޔަރުކޮށްފައިވާކަމަށް ފުލުހުން ބުނެފިއެވެ. ފުލުހުންގެ ޚިދުމަތުން މިއަދު ބުނިގޮތުގައި މި ދެ މީހުން ހައްޔަރުކުރީ، މަސްތުވާތަކެއްޗާއި ދެކޮޅަށް އެ އިދާރާއިން ކުރަމުންދާ މަސައްކަތުގެ ތެރެއިން، އެ އިދާރާގެ ޑްރަގް އެންފޯސްޓްމަންޓާއި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައެވެ. މާލޭގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ޖަނަވަރީ 9 ވަނަ ދުވަހުގެ ރޭ ހިންގި މި އޮޕަރޭޝަންގައި، މާލޭ ގ... ޔުމްނާ ޢަލީ · 2 އަހަރު ކުރިން
ރާއްޖެ ގަދަ ވިއްސާރައިގެ ސަބަބުން މަންތާ އެއާގެ ސީޕްލޭނެއް ކުއްލިހާލަތުގައި ޖައްސައިފި މަންތާ އެއާގެ ސީޕްލޭނެއް، މޫސުން ގޯސްވުމުގެ ސަބަބުން ލޭންޑް ނުކުރެވި ކުއްލިހާލަތުގައި ޖައްސައިފިއެވެ. އެމްއެންޑީއެފުން ބުނިގޮތުގައި މަންތާގެ މި ސީޕްލޭނަކީ 13 ފަސެންޖަރުންނާއި ތިން ކުރޫންނާއެކު ދަތުރުކުރި ސީޕްލޭނެކެވެ. މި ސީޕްލޭން ޖައްސަން އުޅުނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އަށެވެ. ނަމަވެސް މޫސުން ގޯސްވުމުގެ ސަބަބުން މި ސީޕްލޭނަށް ވީއައިއޭ އަށް ޖެއްސޭގޮތް ނުވީއެވެ. އެހެންވެ މި ސީޕްލޭން ކުއްލި ހާލަތުގައި ކ. ހެލެގެލި ރިސޯޓަށް ކައިރިއަށް ކުއްލިހާލަތު (އިމަޖެންސީ)ގައި ޖެއްސީއެވެ. ކުއްލި... ޔުމްނާ ޢަލީ · 2 އަހަރު ކުރިން
ވާހަކަ ސިލްސިލާ ވާހަކަ: ރުހެވޭނީ ކޮންހިތަކުން؟ (21) ކުރީގެ އަދަދާއިގުޅޭ، ރުޝްދީގެ ޖުމްލަތައް އަޑުއަހަން އިނދެ ރީނާ ބޯ ޖަހާލިއެވެ. ކޮންމެ ޙާލެއްގައިވެސް މާހިލް ޙާޞިލްކުރަން އެވަގުތު، އޭނާ ހިތުގައި ޢަޒުމް ކަނޑައެޅިއެވެ. ” ބޭބެ ކިހިނެއް ހަދަން ތިއުޅެނީ؟ ” ރުޝްދީގެ ސިކުނޑީގައި ރާވަމުންދާ ރޭވުންތައް ވަރުގަދަވާނެކަން ރީނާއަށް އެނގޭ ޙާލު އޭނާ ސުވާލު ކުރިއެވެ. ” ބޭބެ ކޮންމެ ކަމެއްވެސް ކުރާނީ ކޮއްކޮއަށް ފައިދާވާގޮތަށް! އެހެންވީމަ މިރޭ 8 ޖަހާއިރަށް ތައްޔާރުވެލާ ބޭބެއާއެކު ބޭރަށް ދާން! އޯކޭ؟ ” ހަރުކަށި އަޑަކުން ރުޝްދީ […] ސަލާމާ ޢަބްދުލް ޢަލީމް · 2 އަހަރު ކުރިން
ރާއްޖެ ޑްރަގް މައްސަލައެއްގައި ހައްޔަރުކުރި ފިލްމީތަރި އަޒޭ ކޯޓުން ދޫކޮށްލައިފި މަސްތުވާތަކެތީގެ މައްސަލައެއްގައި ފިލްމީތަރި އަހުމަދު އަޒްމީލް (އަޒޭ) ރޭ ހައްޔަރު ކުރުމުން ކްރިމިނަލް ކޯޓުން މިއަދު އޭނާ ދޫކޮށްލައިފި އެވެ. ފުލުހުން ބުނީ ވިލިމާލޭގައި ހިންގި އޮޕަރޭޝަނެއްގެ ތެރެއިން މަސްތުވާތަކެއްޗާއެކު ދެ މީހަކު ހައްޔަރުކުރި ކަމަށެވެ. އެ އޮޕަރޭޝަންގެ ތެރެއިން އަޒޭ ހައްޔަރު ކުރުމަށްފަހު ކޯޓަށް މިއަދު ގެންދިއުމުން ކްރިމިނަލް ކޯޓުން ނިންމީ ޝަރުތުތަކާ އެކު އޭނާ ދޫކޮށްލުމަށެވެ. ކޯޓުގެ އަމުރުގައިވާ ގޮތުން އޭނާ ދޫކޮށްލީ މުޖްތަމައުގެ ސަލާމަތަށް ނުރައްކަލެއް ނެތުމުންނެވެ. ކޯޓުގެ އަމުރުގަ... ހުސައިން ހަބީބް · 2 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ހަނިމާދޫގައި އަޅަން ނިންމި މަލްޓިޕާޕަސް ލެބޯޓްރީ ފުވައްމުލަކަށް ބަދަލުކޮށްފި ހދ.ހަނިމާދޫގައި މިނިސްޓްރީ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރ އިން އަޅަން ނިންމި މަލްޓިޕާޕަސް ލެބޯޓްރީ، އެ ރަށު ކައުންސިލުގެ އެއްބާރުލުން ނުލިބުނުކަމަށް ބުނެ ފުވައްމުލަކުގައި އަޅަން މިނިސްޓްރީން ނިންމައިފިއެވެ. މިކަމާއި ގުޅިގެން އިއްޔެ އެ މިނިސްޓްރީން ހަނިމާދޫ ކައުންސިލަށް ފޮނުވި ސިޓީގައި ބުނެފައި ވަނީ އެ މިނިސްޓްރީން ހަނިމާދޫގައި ހިންގަމުން ގެންދާ އެގްރިކަލްޗަރ ސެންޓަރުގެ ބިމުގެ ސަރަހައްދުން ބޮޑު ބައެއް ކައުންސިލުން ނަގަން ނިންމާފައިވާތީ، އެތަނުގައި ގާއިމް ކުރުމަށް މިނިސްޓްރީން ނިންމި... އިބްރާހިމް ޚަލީލް · 2 އަހަރު ކުރިން
ރާއްޖެ ރައީސްގެ ދަތުރުފުޅާއެކު ރާއްޖެ-ޗައިނާ ގުޅުމުގެ އައު ބާބެއް ފެށިއްޖެ: ރައީސް ޝީ ރައީސް ޑރ. މުހައްމަދު މުޢިއްޒުގެ ދެކަނބަލުން ޗައިނާއަށް މިހާރު ކުރައްވަމުން ގެންދަވާ ފުރަންމާނަ ދަތުރުފުޅާއެކު ޗައިނާ އާއި ދިވެހިރާއްޖޭގެ ދެމެދުގައި އޮންނަ ސިޔާސީ ގުޅުމުގެ އައު ބާބެއް ފެށިގެންދާނެ ކަމަކަށް ޔަޤީންކުރައްވާކަމުގައި ޗައިނާގެ ރައީސް ޝީ ޖިންޕިން ވިދާޅުވެއްޖެއެވެ. ރައީސް ޝީ މިހެން ވިދާޅުވީ، މިއަދު ރާއްޖެ-ޗައިނާ ދެ ޤައުމުގެ ދެމެދުގައި ކުރިއަށް ގެންދިޔަ ރަސްމީވާހަކަތަކުގައި ބައިވެރިވެވަޑައިގެން ދެއްކެވި ވާހަކަފުޅުގައެވެ. ޗައިނާގެ ވެރިރަށް ބެއިޖިން ގެ ގްރޭޓް ހޯލް އޮފް ޕީޕަލް ކުރިއަށް ގެން... ޔުމްނާ ޢަލީ · 2 އަހަރު ކުރިން
ރާއްޖެ ރާއްޖެ-ޗައިނާ، ރަސްމީ ވާހަކަތައް ބާއްވައިފި ރައީސް ޑރ. މުހައްމަދު މުޢިއްޒުގެ ދެކަނބަލުން ޗައިނާ އަށް މިހާރު ކުރައްވަމުން ގެންދަވާ ފުރަންމާނަ ދަތުރުފުޅުގައި ދެ ޤައުމުގެ ދެމެދުގައި ރަސްމީ ވާހަކަތައް މިއަދު ބާއްވައިފިއެވެ. މި ވާހަކަތައް ބާއްވާފައި ވަނީ ޗައިނާގެ ވެރިރަށް ބެއިޖިން ގެ ގްރޭޓް ހޯލް އޮފް ޕީޕަލް ގައެވެ. ރައީސް މުޢިއްޒު އާއި ރައީސް ޝީ ގެ ބައިވެރިވެވަަޑައިގަތުމާއެކު ކުރިއަށް ގެންދިޔަ މި ރަސްމީ ވާހަކަތަކުގައި ކުރިއަށް އޮތްތަނުގައި ދެ ޤައުމުގެ ގުޅުން އިތުރަށް ވަރުގަދަކުރެއްވުމުގެ އުއްމީދު އައުކުރެއްވިކަމަށް ރައީސް އޮފީހުން […] ޔުމްނާ ޢަލީ · 2 އަހަރު ކުރިން