ރާއްޖެ ފިލްމީތަރި ޔުނާން ބަންދުން ދޫކޮށްލީ ގާނޫނާ ހިލާފަށް: ހައިކޯޓް ކުޑަކުއްޖަށް ޖިންސީ ގޯނާކުރިކަމުގެ ކަމުގެ ތުހުމަތުގައި ދައުލަތުން ދައުވާކުރާ ފިލްމީތަރި މުހައްމަދު ޔުނާން ބަންދުން ދޫކޮށްލީ ގާނޫނާ ހިލާފަށް ކަމަށް ހައި ކޯޓުން މިއަދު ހުކުމްކޮށްފި އެވެ. ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރުމުގެ ތުހުމަތުގައި ޔުނާނާއި އޭނާގެ އަނބިމީހާ އައިމިނަތު ރިހުލާ ހައްޔަރުކޮށް، ޝަރީއަތް ނިމެންދެން ބަންދުކުރީ 2020 ވަނަ އަހަރު އެވެ. އޭގެ ދެ އަހަރު ފަހުން މިދިޔަ އަހަރު ރިހުލާ ވަނީ ގޭ ބަންދަށް ބަދަލުކޮށްފަ އެވެ. މިދިޔަ މަހު ހުޅުމާލޭ ކޯޓުން ޔުނާން ދޫކޮށްލީ […] ހުސައިން ހަބީބް · 2 އަހަރު ކުރިން
ރާއްޖެ މާލޭގައި ފެން ބޮޑުވާތީ ފެން ހިންދަން ސިފައިން ނުކުމެއްޖެ މާލެއަށް ބޯކޮށް ވާރޭވެހި ފެން ބޮޑުވާތީ ފެންހިންދުމުގެ މަސައްކަތަށް ސިފައިން ނުކުމެއްޖެއެވެ. އެމްއެންޑީއެފުން ބުނީ، މާލެއަށް ބޯކޮށް ވާރޭ ވެހޭތީ ފެން ހިންދުމުގެ މަސައްކަތް އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން ކުރަމުން އަންނަ ކަމަށެވެ. މިހާރު މާލެއަށް ވެހެމުންދާ ބޯ ވާރޭގައި މި ހާތަނަށް ތިން ގެއަކަށް ފެންވަންނަމުންދާކަމަށް ރިޕޯޓުކުރުމުން އެ ގޭތަކަށް ފެން ވަނުމުން ސަލާމަތްކޮށް ދިނުމަށް ވެލިބަސްތާ ޖެހުމުގެ މަސައްކަތް ވެސް ސިފައިން ކުރަމުން އަންނަކަމަށް އެމްއެންޑީއެފުން ބުނެއެވެ. ”މާލެއަށް... ޔުމްނާ ޢަލީ · 2 އަހަރު ކުރިން
ރާއްޖެ ދައުރު ވަނީ މިދިޔަ އަހަރު ބުރިޖު މަތީގައި ހިނގި ހާދިސާއެއްގެ ވީޑިއޯއެއް: ފުލުހުން މީސްމީޑިއާގައި މިއަދު ދައުރު ކުރަމުން ދަނީ މިދިޔަ އަހަރު ބުރިޖު މަތީގައި ހިނގި ހާދިސާއެއްގެ ވީޑިއޯއެއް ކަމަށް ފުލުހުން ބުނެފިއެވެ. ”އެކްސް”ގައި ބައެއް ފަރާތްތަކުން މިއަދު ބުރިޖުމަތީގައި ހިނގި ހާދިސާއެއްކަމަށް ބުނެ ކާރެއްގައި ރޯވެގެން އުޅޭ މަންޒަރު ފެންނަ ވީޑިއޯއެއް ދަނީ ދައުރު ކުރަމުންނެވެ. އެ ވީޑިއޯއާއި ގުޅިގެން ފުލުހުން މިއަދު ބުނީ، 3 ޖޫން 2023 ގައި ބުރިޖުމަތީގައި ހިނގާފައިވާ އެކްސިޑެންޓެއްގެ ވީޑިއޯއެއް ދައުރުވަމުން އަންނަ ކަމަށެވެ. މިދިޔަ އަހަރު ޖޫން 3 ވަނަ ދުވަހު […] ޔުމްނާ ޢަލީ · 2 އަހަރު ކުރިން
ރާއްޖެ ރާއްޖެ-ޗައިނާއާ ދެމެދު 20 އެއްބަސްވުމެއްގައި ސޮއިކޮށްފި ރާއްޖެ އާއި ޗައިނާ އާ ދެމެދުގައި 20 މެމަރޮންޑަމް އޮފް އަންޑަސްޓޭންޑިން (އެމްއޯޔޫ) އެއްގައި ސޮއިކޮށްފިއެވެ. މި އެމްއޯޔޫތަކުގައި ސޮއިކުރީ ރައީސް ޑރ. މުހައްމަދު މުއިއްޒު، ފުރަމަނާ ދަތުރުފުޅެއްގައި ޗައިނާ އަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރޭގައެވެ. ޗައިނާގެ ރައީސް ޝީ ޖިންޕިންގެ ދައުވަތަކަށް ރައީސް މުއިއްޒު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު ޗައިނާގެ ބެއިޖިންގައި އޮތީ ރަސްމީ ގޮތުން މަރުހަބާ ދެންނެވުމެވެ. މި ރަސްމިއްޔާތުގައި ޗައިނާގެ ރައީސް ޝީ ޖިންޕިން އާއި ޗައިނާ ސަރުކާރުގެ ވެރިން […... މުޙައްމަދު · 2 އަހަރު ކުރިން
ރާއްޖެ ރައީސްގެ ދެކަނބަލުންނަށް ޗައިނާގެ ރައީސްގެ ދެކަނބަލުން ހޫނު މަރުޙަބާއެއް ރައީސް ޑރ. މުހައްމަދު މުޢިއްޒުގެ ދެކަނބަލުންނަށް ޗައިނާގެ ރައީސް ޝީ ޖިންގްޕިންގެ ދެކަނބަލުން ރަސްމީކޮށް މަރުޙަބާ ދަންނަވައިފިއެވެ. މި މަހު 7 ވަނަ ދުވަހު ރައީސްގެ ދެކަނބަލުން، ސަރުކާރުގެ މަތީ ފަންތީގެ ވަފުދަކާއެކު ޗައިނާ އަށް ފެއްޓެވި މި ދަތުރުފުޅަކީ އެ ޤައުމުގެ ރައީސް ޝީގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ. ރައީސް މި ދަތުރުފުޅުގައި ފުރަތަމަ ވަޑައިގަތީ އެ ގައުމުގެ ފޫޖޯ އަށެވެ. އަދި އެރަށުގައި އޮތް އިންވެސްޓް މޯލްޑިވްސް ފޯރަމްގައި ރައީސް ވަނީ ބައްދަލުކުރައްވާފައެވެ. މީގެ އިތުރުން […] ޔުމްނާ ޢަލީ · 2 އަހަރު ކުރިން
ރާއްޖެ އަޅުގަނޑާއި ދަރިފުޅު ވެސް ''ކުރުސީ''އާ އެއްވެސް ގުޅުމެއް ނެތް: ނަޝީދު އެކްސްގައި ބޭނުން ކުރަމުން އަންނަ ”ހަސަން ކުރުސީ” އެކައުންޓާއި އެމަނިކުފާނާއި އަދި އެމަނިކުފާނުގެ ދަރިކަނބަލުން މީރާ ލައިލާ ނަޝީދު އާއި އެއްވެސް ގުޅުމެއް ނެތްކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ. 12 ޑިސެމްބަރު 2023 ގައި ސިޔާސީ މަަސައްކަތާއި ފެޔަށް ޖެހިވަޑައިގެންފައިވާކަން ޢިއުލާންކުރައްވައިގެން ހުންނެވި ކުރީގެ މަޖިލީހުގެ ރައީސްކަމާއި، އެމްޑީޕީގެ ރައީސްކަން ވެސް ކުރައްވާފައި ނަޝީދު މިހެން ވިދާޅުވީ ”އެކްސް”ގައި ކުރެއްވި ޕޯސްޓެއްގައެވެ. ސިޔާސީ މަަސައްކަތާއި ފެޔަށް ޖެހިވަޑަ... ޔުމްނާ ޢަލީ · 2 އަހަރު ކުރިން
ރާއްޖެ ސައޫދީ ހައްޖު ވަޒީރާއި ޝަހީމްގެ ޚާއްޞަ ބައްދަލުވުމެއް ރާއްޖޭގެ އިސްލާމީކަންތައްތަކާބެހޭ ވުޒާރާގެ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު، ސަޢުދީ ޢަރަބިއްޔާގެ ޙައްޖު އެންޑް އުމްރާ ވަޒީރު ޑރ. ތައުފީޤު ބިން ފައުޒާން އައްރަބީޢާ އާ ޚާއްޞަ ބައްދަލުވުމެއް ކުރިއަށް ގެންދަވައިފިއެވެ. އިސްލާމީކަންތައްތަކާބެހޭ ވުޒާރާއިން މައުލޫމާތު ދިންގޮތުގައި މި ބައްދަލުވުމުގައި ވަނީ ސަޢޫދީ ޢަރަބިއްޔާގެ ސަރުކާރުން ދިވެހި ޢުމްރާވެރިންނާއި ޙައްޖުވެރިންނަށް ކޮށްދެއްވަމުން ގެންދަވާ ޚިދުމަތުގެ އަގުވަންކޮށްފައެވެ. މިގޮތުން މިކަމުގެ އަގުވަޒަންކޮށް އިސްލާމީކަންތައްތަކާބެހޭ ވުޒާރާގ... ޔުމްނާ ޢަލީ · 2 އަހަރު ކުރިން
ރާއްޖެ މަޖިލީހުގެ އިންތިޚާބު މާރިޗް 17 ގައި އަންނަ މަޖިލީހުގެ އިންތިޚާބު މިއަހަރުގެ މާރިޗް 17 ގައި ބާއްވަން ނިންމައިފިއެވެ. އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ 2024 ވަނަ އަހަރު އޮންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު މާރިޗް 17 ގައި ބާއްވަން ނިންމާފައިވާ ކަަމަށެވެ. މީލާދީ ކަލަންޑަރު ބުނާގޮތުން މާރިޗް 17 ދިމާވަނީ ރޯދަމަހުގެ ތެރެއަށެވެ. އެ ކަލަންޑަރުގައިވާ ގޮތުން އީސީގެ މި ނިންމުމާއެކު މަޖިލިސް އިންތިޚާބުގެ ވޯޓު ނެގުން އޮންނާނީ ރޯދަ މަހުގެ 7 ވަނަ ރޯދަ ދުވަހުއެވެ. […] ޔުމްނާ ޢަލީ · 2 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ބާރަށުގައި ކުރިއަށް ގެންދިޔަ ފަހާ ކޯސް ނިންމާލައިފި ތިލަދުންމަތީ އުތުރުބުރީ ބާރަށުގައި ކުރިއަށް ގެންދިޔަ ފަހާ ކޯސް ކާމިޔާބު ކަމާއިއެކު ނިންމާލައި ބައިވެރިންނަށް ސެޓްފިކެޓް ހަވާލުކޮށްފިއެވެ. ފާއިތުވި އަހަރުގެ ޑިސެމްބަރ މަހުގެ 3 ވަނަ ދުވަހުން ފަށައިގެން މި އަހަރު ޖަނަވަރީ 3 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިޔަ މި ކޯސް ފުރިހަމަކޮށް ޖުމްލަ 27 ބައިވެރިން ވަނީ ސެޓްފިކެތް ހާސިލް ކޮށްފައެވެ. އޭގެތެރޭގައި ނުވަ ސްކޫލް ކުދިން ހިމެނެއެވެ. މި ކޯހާއި ގުޅޭގޮތުން މައުލޫމާތު ދެމުން ބާރަށު އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ […] އިބްރާހިމް ޚަލީލް · 2 އަހަރު ކުރިން
ރާއްޖެ ޖުވެނައިލް ކޯޓުގެ ވެބްސައިޓު ހެކްކޮށް އިންޒާރު ދީފި ޖުވެނައިލް ކޯޓުގެ ވެބްސައިޓު ހެކްކޮށް އިންޒާރު ދީފިއެވެ. ޖުވެނައިލް ކޯޓުގެ ވެބްސައިޓު ހެކްކޮށް އެ ވެބްސައިޓް މައި ފޮޓޯ އަކަށް ލާފައި ވަނީ އިންޑިއާގެ ދިދައެކެވެ. ދިދައިގެ ތިރީގައި “އަހަރެމެންނަކީ ބާރަތިޔާ ހެކަރުން” ކަމަށް ލިޔެފަވެއެވެ. އެ ވެބްސައިޓް ހެކްކުރުމަށްފަހު އިނގިރޭސިބަހުން ލިޔެފައިވާ ގޮތުގައި އެ ވެބްސައިޓް ހެކްކުރީ ދިވެހި ސަރުކާރުގެ އިސް އޮފިޝަލުންތަކެއް އިންޑިއާއަށް އަމާޒުކޮށް ބަދު ބަސް ރައްދުކޮށް މަލާމާތްކޮށް ފުރައްސާރަ ކުރުމުންނެވެ. ހެކަރުން ވަނީ ސަރުކާރުގެ ތިން ނައިބު ވަޒީރެއްގެ ނަން... ޔުމްނާ ޢަލީ · 2 އަހަރު ކުރިން
ރާއްޖެ މެރިކަލްޗަރ ކޯހުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި މެރިން ހެޗަރީ ސްކިލްސް ޑިވެލޮޕްމަންޓް ޕްރޮގްރާމްގެ ދަށުން އަސާސީ މެރިކަލްޗަރ ކޯހެއް ހިންގައިން ނިންމައި ބައިވެރިވުމުގެ ފުރުސަތު މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާ އިން މިއަދު ހުޅުވާލައިފިއެވެ. މި ޕްރޮގްރާމަކީ ފަރުމަސް އާލާކުރުމުގެ ހުނަރު އުނގަންނައިދީ މިދާއިރާއިން މީހުން ބިނާ ކުރުމުގެ މަޤްސަދުގައި ސަރުކާރުން ކުރިއަށް ގެންދަންނިންމާފައިވާ ޕްރޮގްރާމެކެވެ. ރައީސް ޑރ. މުޢިއްޒުގެ ހަފްތާ 14ގެ މަގުޗާޓުގައި ހިމެނޭ މި ޕްރޮގްރާމްގެ ދަށުން މެރިކަލްޗަރ ކޯހެއް ކުރިއަށް ގެންދަނީ މަސްވެރިކަމާއި ކަ... ޔުމްނާ ޢަލީ · 2 އަހަރު ކުރިން
ކުޅިވަރު އާނޯލްޑަށް އަނިޔާވެ ކުޅުމާއި ދުރަށް ލިވަޕޫލަށް ކުޅެމުން އަންނަ އިންގްލެންޑްގެ ފުލްބެކް ޓްރެންޓް އެލެކްސެންޑަރ އާނޯލްޑްގެ ކަކުލަށް އަނިޔާވެ ކުޅުމާއި ދުރަށް ދާން ޖެހިއްޖެއެވެ. އުމުރުން 25 އަހަރުގެ އާނޯލްޑްގެ ކަކުލަށް އަނިޔާވެފައި ވަނީ މިދިޔަ އާދީއްތަ ދުވަހު އެފްއޭ ކަޕް ތިންވަނަ ބުރުގައި އާސެނަލް އަތުން އެ ޓީމް 2-0 ގެ ނަތީޖާއިން މޮޅުވި މެޗުގައެވެ. އާނޯލްޑްގެ އަނިޔާއާއި ގުޅޭގޮތުން ވާހަކަ ދައްކަމުން ލިވަޕޫލްގެ އެސިސްޓެންޓް މެނޭޖަރ ލައިންޑާސް ބުނީ އާނޯލްޑްގެ ކަކުލަށް އަނިޔާވެފައިވާ ކަމަށާއި، އަނިޔާގެ ހާލަތު މިހާރު ސްކޭންކޮށް […] އިބްރާހިމް ޚަލީލް · 2 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު އިހަވަންދިއްޕޮޅު ހިމެނޭހެން ބޮޑެތި މަޝްރޫޢޫ ތަކަކަށް އިންވެސްޓަރުން ހޯދުމުގެ ޝައުގުވެރިކަން ފާޅުކޮށްފި އިހަވަންދިއްޕޮޅު މަޝްރޫޢު ހިމެނޭހެން ބޮޑެތި ބައެއް މަޝްރޫޢޫތަކަށް އިންވެސްޓަރުން ހޯދުމުގެ ޝައުގުވެރިކަން ރާއްޖެއިން ފާޅުކޮށްފިއެވެ. ރާއްޖެއިން މި ޝައުގުވެރިކަން ފާޅުކޮށްފައި ވަނީ ޗައިނާގެ ފޫ ޖޮއު ސްޓްރެއިޓް އިންޓަރނޭޝަނަލް ކޮންވެންޝަން އެންޑް އެގްޒިބިޝަން ސެންޓަރުގައި އިއްޔެ ބޭއްވި އިންވެސްޓް މޯލްޑިވްސް ފޯރަމުގައެވެ. މި ފޯރަމުގައި ވަނީ ރާއްޖޭގައި މިހާރު ވެސް އިންވެސްޓުކޮށްފައިވާ ޗައިނާގެ ކުންފުނިތަކާއި އެ ޤައުމުގައި އިންވެސްޓުކުރާ އެޤައުމުގެ އިންވެސްޓަރުން ހިމެނޭހެން ބޮޑެތި އިންވެސްޓަރުން ބައިވެ... ޔުމްނާ ޢަލީ · 2 އަހަރު ކުރިން
ކުޅިވަރު މިޑްލްސްބަރާ އަތުން ޗެލްސީ ބަލިވެއްޖެ އިނގިރޭސި ލީގް ކަޕް (ކަރަބޯ ކަޕް) ސެމީ ފައިނަލުގެ ފުރަތަ ލެގުގައި ޗެލްސީއާއި މިޑްލްސްބަރާ ވާއްދަލުކުރި މެޗުން ޗެލްސީ ބަލިވެއްޖެއެވެ. މިޑްލްސްބަރާގެ ރިވާސައިޑް ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗު އެ ޓީމުން ވަނީ 1-0 ގެ ނަތީޖާއިން ޗެލްސީ ބަލިކޮށްފައެވެ. މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު ފުރަތަމަ ހާފުގެ 37 ވަނަ މިނެޓުގައި މިޑްލްސްބަރާއަށް ޖަހައިދިނީ ހައިޑެން ހަކްނީއެވެ. މި ލަނޑު އޭނާ ޖަހާފައި ވަނީ އިސައިއާހް ޖޯންސްގެ އެހީތެރިކަމާއި އެކުގައެވެ. ޗެލްސީން މެޗުގައި ގިނަ […] އިބްރާހިމް ޚަލީލް · 2 އަހަރު ކުރިން
ރާއްޖެ އަޅުގަނޑުމެން މިތިބީ ކަމަރު ބަނދެގެން، އަޒުމެއް ނުގުޑާނެ: އާޒިމާ އޭނާ އާއި އޭނާގެ ޓީމު އޮތީ ކަމަރު ބަނދެގެން މަންޒިލަށް ވާސިލްވުމުގެ އަޒުމުގައި ކަމަށާއި އަޒުމެއް ނުގުޑާނެ ކަމަށް އަންނަ ހޮނިހިރު ދުވަހު މާލެ ސިޓީގެ މޭޔަރަކު އިންތިހާބު ކުރުމަށް ބާއްވާ ބައި އިލެކްޝަންގައި ވާދަކުރައްވާ ކުރީގެ ބަންޑާރަ ނައިބު އައިޝަތު އާޒިމާ ޝުކޫރު މިރޭ ވިދާޅުވެއްޖެއެވެ. މާލޭގައި ބޭއްވި ކެމްޕެއިން ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން އާޒިމާ ވިދާޅުވީ އޭނާގެ ޓީމު އޮތީ ދިވެހިންގެ ދިވެހި ރާއްޖެ ކަށަވަރުކޮށް، ރާއްޖޭގެ މިނިވަންކަމާއި ދިވެހި ގައުމިއްޔަތުގެ ގައުމިއްޔަތު ހިފަހައްޓައި ޅަ [... މުޙައްމަދު · 2 އަހަރު ކުރިން