މައި ޚަބަރަށް ދިޔުމަށް
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

ދައްކަނީ: 🏛️ ނ. އަތޮޅު (މިލަދުންމަޑުލު ދެކުނުބުރި) (581 ޚަބަރު)
✕ ހުރިހާ ރަށެއްގެ ޚަބަރު ބައްލަވާ
581 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ނ. އަތޮޅުގެ ޚަބަރުތައް

581 ޚަބަރުގެ ތެރެއިން
📍 ނ. މަނަދޫ

ރައީސް ނ. މަނަދޫއަށް ވަޑައިގެންފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، މިލަދުންމަޑުލު ދެކުނުބުރީ މަނަދޫއަށް މިއަދު ހަވީރު ވަޑައިގެންފިއެވެ. ރައީސުލްޖުމްހޫރިއްޔާ މަނަދޫއަށް ވަޑައިގެންނެވުމުން އެރަށުން އެމަނިކުފާނަށް ވަނީ ހޫނު މަރުޙަބާއެއް ދަންނަވާފައެވެ. ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅަކީ ‘މިލަދެކުނު އަދަބީ ޢީދު 2019’ ނިންމުމުގެ ޖަލްސާ ޝަރަފުވެރިކޮށްދެއްވުމަށް މަނަދޫއަށް ކުރައްވާ ދަތުރުފުޅެކެވެ. ރައީސުލްޖުމްހޫރިއްޔާއަށް ނ. މަނަދޫއިން މަރުޙަބާ ދެންނެވުން pic.twitter.com/jerCLJ3wF9 — The President's Office (@presid...

އިބްރާހިމް އަސްވާޤް
ހއ. ގައްލަންދޫ - ބޮޑު ތިލަދުންމަތިން ޙިމާޔަތްކޮށްފައިވާ ސަރައްދެއް

ހއ. ގައްލަންދޫ - ބޮޑު ތިލަދުންމަތިން ޙިމާޔަތްކޮށްފައިވާ ސަރައްދެއް

ބައިނަލްއަގްވާމީ މިންގަނޑުތަކަށް ފެތޭ ހިމާޔަތް ކުރުމުގެ ޕްރޮގްރާމެއްގެ ދަށުން ކޮންމެ އަތޮޅެއްގައި މަދުވެގެން އެއް ރަށާއި، އެއް ފަރާއި، އެއް ކަނޑޫފާ ރައްކާތެރިކުރުމަށް ރައީސް ސޯލިހު ވެވަޑައިގެންފައިވާ ރިޔާސީ ވައުދެކެވެ. އެ ވައުދާ އެއްގޮތަށް ބޮޑު ތިލަދުންމަތިން ފާހަގަ ކުރެވޭ 11 ސަރަހައްދެއް ހިމާޔަތްކޮށްފައިވާ ސަރަހައްދުތަކެއްގެ ގޮތުގައި ކަނޑައެޅުއްވުމަށް ރައީސް ނިންމެވީ ޖޫން މަހުގެ 12 ވަނަދުވަހު ބޭއްވި ކެބިނެޓް ބައްދަލުވުމުގައި އެކަމާ މަޝްވަރާ ކުރެއްވުމަށްފަހު އެވެ. މި ސަރަހައްދުތައް ކަނޑައެޅުމުގަ...

ޔުމްނާ ޢަލީ
ލަންދޫ ދެ މީހަކު ޙާފިޡުކަމުގެ ސަނަދު ހާސިލް ކޮށްފި 📍 ނ. ލަންދޫ

ލަންދޫ ދެ މީހަކު ޙާފިޡުކަމުގެ ސަނަދު ހާސިލް ކޮށްފި

ނ. ލަންދުއަށް ނިސްބަތްވާ ދެ މީހަކު ކީރިތި ޤުރްއާން ހިތުދަސްކޮށް ޙާފިޡުކަމުގެ ސަނަދު ހާސިލުކޮށްފޮއެވެ. ނިމިގެންދިޔަ 33 ވަނަ ޤައުމީ ޤުރްއާން ކިޔެވުމުގެ މުބާރާތުގައި ޙާފިޡުކަމުގެ ހާސިލުކުރި ލަންދޫގެ ދެ ފަރާތަކީ އެ ރަށު ކިނާރާ، އަލްޙާފިޡާ މަޒީނާ އަބްދުއްރަހީމް، ހަމަ އެގޭ އަލްޙާފިޡާ މައިޝާ އަބްދުއްރަހީމެވެ. މި މުބާރާތުގައި ކީރިތި ޤުރްއާން ހިތުދަސްކޮށްގެން ޙާފިޡުކަމުގެ ސަނަދު 15 ފަރާތަކުން ޙާޞިލުކުރިއެވެ. އޭގެ ތެރޭގައި ހިމެނެނީ 9 އަންހެން ބޭފުޅުންނާއި 6 ފިރިހެން ބޭފުޅުންނެވެ. ޙާފިޡުކަމުގެ ސަނަދު ހާސިލ...

އަފްރާހް އަބްދުލް ރަޝީދު
📍 ނ. މާޅެންދޫ

މާޅެންދޫ އާއި ކުޑަފަރީގެ ފެނާ ނަރުދަމާގެ މަސައްކަތް އެމްޑަބްލިއުއެސްސީއާ ހަވާލުކޮށްފި

ނ މާޅެންދޫ އާއި ނ ކުޑަފަރީގެ ފެނާ ނަރުދަމާގެ މަސައްކަތް އެމްޑަބްލިއުއެސްސީއާ ހަވާލުކޮށްފި އެވެ. މިދެރަށުގެ ރަށެއްގެ ފެނާ ނަރުދަމާގެ އެއްބަސްވުންތަކުގައި ސޮއިކުރުން އޮތީ މިއަދު ޕްލޭން މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ. 22 މަސް ދުވަހުގެ ތެރޭގައި ނިންމާ ހަވާލުކުރާގޮތަށް ނ. މާޅެންދޫ ފެނާ ނަރުދަމާގެ މަސައްކަތް ހަވާލުކޮށްފައިވަނީ 42,975,350.00 ރުފިޔާއަށް އަދި ނ. ކުޑަފަރި ހަވާލުކޮށްފައިވަނީ 38,245,917.74 ރުފިޔާ އަށެވެ. މިދެރަށުގެ އެއްބަސްވުންތަކުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރައް...

އިބްރާހިމް އަސްވާޤް
ވެލިދޫ ގެއަކުން ބަނގުރާ ތައްޔާރުކުރަން ބޭނުންކުރާ ސާމާނުތަކަކާއެކު މީހަކު ހައްޔަރުކޮށްފި 📍 ނ. ވެލިދޫ

ވެލިދޫ ގެއަކުން ބަނގުރާ ތައްޔާރުކުރަން ބޭނުންކުރާ ސާމާނުތަކަކާއެކު މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ނ. ވެލިދޫ ޕޮލިސް ސްޓޭޝަނާއި އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި، ވެލިދޫ ގެއެއް ބަލައިފާސްކޮށް ބަނގުރާ ތައްޔާރުކުރަން ބޭނުން ކުރާ ކަމަށް ބެލެވޭ ސާމާނުތަކަކާއެކު މީހަކު ހައްޔަރުކޮށްފިއެވެ. މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 40 އަހަރުގެ ދިވެހި ފިރިހެނެއްކަމަށް ފުލުހުން ހާމަކޮށްފައި ވެއެވެ. ވެލިދޫ ގެއެއްގައި މީހަކު ބަނގުރާ ތައްޔާރުކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން ހިންގި މި...

އިބްރާހިމް އަސްވާޤް
މިލަންދޫ އައުޓްޑޯ ކޮމްޕްލެކްސް ނިންމައިދޭނެ ބަޔަކު ހޯދަން އަނެއްކާވެސް އިއުލާން ކޮށްފި 📍 ށ. މިލަންދޫ

މިލަންދޫ އައުޓްޑޯ ކޮމްޕްލެކްސް ނިންމައިދޭނެ ބަޔަކު ހޯދަން އަނެއްކާވެސް އިއުލާން ކޮށްފި

ށ. މިލަންދޫގައި ސަރުކާރުން އަޅަން ފަށާފައިވާ އިންޑޯ ކޮމްޕްލެކްސްގައި ނުނިމިހުރި މަސައްކަތްތައް ކުރަން އަނެއްކާވެސް ހުޅުވާލައިފިއެވެ. މި މަސައްކަތް ކުރަން ޝައުގުވެރިކަން ހުރި ފަރާތްތަކުން އަންދާސީ ހިސާބު ހުށަހެޅުމަށް އަނެއްކާވެސް، މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އިން ހުޅުވާލައިފައިވަނީ، މި އަހަރުގެ ޖުލައި މަހުގެ 17 ވަނަ ދުވަހު ކުރި އިއުލާނަށް، އެކަށީގެންވާ ތަރުހީބެއް ލިބިފައި ނުވާތީއެވެ. ޔޫތު މިނިސްޓްރީން ކޮށްފައިވާ އިއުލާނުގައިވަނީ މި މަސައްކަތް ކުރުމަށް ޝައުގުވެ...

Thiladhun
މަނަދޫގެ ބަކަރި ކޮށިތައް އިންސްޕެކްޓުކޮށްފި

މަނަދޫގެ ބަކަރި ކޮށިތައް އިންސްޕެކްޓުކޮށްފި

ނ. މަނަދޫގައި ގެންގުޅޭ ބަކަރިތަކަށް އެއްވެސް ބައްޔެއް ޖެހިފައިވޭތޯ ބެލުމަށް އިންސްޕެކްޓުކުރުމުގެ ޕްރޮގްރާމެއް މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރުން ކުރިއަށް ގެންގޮސްފިއެވެ. އެ މިނިސްޓްރީން އިއްޔެ ކުރި ޓްވީޓެއްގައި ބުނެފައިވަނީ މަނަދޫގައި ގެންގުޅޭ ބަކަރިތައް ސަވެއިލެންސްކޮށް އެއްވެސް އޭތިންގެ އަނގަޔަށް އަދި ފަޔަށް އެއްވެސް ބައްޔެއް ޖެހިފައިވޭތޯ ބެލުމަށް ލޭގެ ސާމްޕަލް ނަގާފައިވާނެ ކަމަށެވެ. Goat disease surveillance was conducted in N. Manadhoo. Goat farms were inspecte...

އަފްރާހް އަބްދުލް ރަޝީދު
ނ. އަތޮޅު ކައުންސިލުން ރަށު ކައުންސިލުތަކަށް 1 ލައްކަ ރުފިޔާގެ އެހީ

ނ. އަތޮޅު ކައުންސިލުން ރަށު ކައުންސިލުތަކަށް 1 ލައްކަ ރުފިޔާގެ އެހީ

ނ. އަތޮޅު ކައުންސިލުން ނ. އަތޮޅުގެ ރަށްރަށުގެ ކައުންސިލުތަކަށް، އެ ރަށްރަށުގެ ރައްޔިތުންނަށް ފައިދާހުރި މަޝްރޫއެއް ހިންގުމަށް 100,000/-  (އެއްލައްކަ) ރުފިޔާއަށްވުރެ ބޮޑުނުވާ އަދަދެއްގެ ފައިސާގެ އެހީއެއް ދިނުމަށްވަނީ ހަމަޖެހިފައިވާކަމަށް އެކައުންސިލުން ބުނެފިއެވެ. އެހީ ދޫކުރުމަށް ހަމަޖެހިފައިވަނީ ނ. އަތޮޅު ކައުންސިލުން ނ. އަތޮޅުގެ ރަށްރަށުގެ ކައުންސިލުތަކަށް ފައިސާގެ އެހީ ދިނުމަށް ހަދާފައިވާ އުސޫލާއި އެއްގޮތްވާ ގޮތުގެމަތިން ޕްރޮޕޯސަލް ހުށަހަޅާ ނ. އަތޮޅުގެ ރަށްރަށުގެ ކައުންސިލްތަކަށެވެ. ނ. އަތޮޅު...

ޝިއުނާ އާދަމް
ހއ. ފިއްލަދޫ އާއި ށ. މިލަންދޫގައި އައުޓްޑޯ ޖިމް ހެދުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި 📍 ހއ. ފިއްލަދޫ

ހއ. ފިއްލަދޫ އާއި ށ. މިލަންދޫގައި އައުޓްޑޯ ޖިމް ހެދުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

ހއ. ފިއްލަދޫ އާއި ށ. މިލަންދޫގައި އައުޓްޑޯ ޖިމްގެ ސާމާނު ހަވާލުކުރުމާ ބެހޭ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ. މިދެރަށުގެ އިތުރުން މިއަހަރު ޖިމް ގާއިމް ކުރުމަށް ހަމަޖެހިފައިވަނީ ތ. ތިމަރަފުށި، އއ.ރަސްދޫ ގެ އިތުރުން ބ.ތުޅާދޫގައެވެ. މިފަސްރަށުގައި ޖިމް ގާއިމްކުރުމަށް ބޭނުންވާ ސާމާނު މިހާރު ވަނީ ދެއްވާފައި ކަމަށް އެޗްޕީއޭ އިން މައުލޫމާތުދެއެވެ. ރާއްޖޭގެ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ މިއީ ދިވެހިރާއްޖެއަކީ ސިއްހީ ގޮތުން ދުޅަހެޔޮ އާބާދީއެއް އޮތް ތަނަކަށް ހެދުމަށްޓަކައި މިނިސްޓްރީ އޮފް...

އިބްރާހިމް އަސްވާޤް
ހޮޅުދޫގައި އަމިއްލަ ފަރާތަކުން ފިޓްނަސް ސެންޓަރެއް ހުޅުވައިފި

ހޮޅުދޫގައި އަމިއްލަ ފަރާތަކުން ފިޓްނަސް ސެންޓަރެއް ހުޅުވައިފި

ނ. ހޮޅުދޫގައި އަމިއްލަ ފަރާތަކުން ފިޓްނަސް ސެންޓަރެއް ހުޅުވައިފި އެވެ. ހޮޅުދޫގައި މި ފިޓްނަސް ސެންޓަރު ގާއިމުކޮށްފައިވަނީ އެ ރަށަށް ކުޅިވަރުގެ ދާއިރާއިން ގިނަ ޚިދުމަތްތަކެއް ކޮށްދެމުން އަންނަ މޫސާ އިބްރާހީމް އެވެ. ހޮޅުދޫ ރައްޔިތުންނަށް އެ ރަށުގައި ފިޓްނަސް ސެންޓަރެއް ހުޅުވިއިރު، މިއީ ނ. އަތޮޅުގައިވެސް އަމިއްލަ ފަރާތަކުން އިސްނަގައިގެން ފިޓްނަސް ސެންޓަރެއް ހުޅުވި ފުރަތަމަ ފަހަރެވެ. ހޮޅުދޫ ރައްޔިތުންނަށް ފިޓްނަސް ސެންޓަރެއް އެ ރަށުގައި ހުޅުވި މޫސަ ބުނީ މި ސެންޓަރަކީ ހޮޅުދޫގެ މުޖުތަމައަށް އެތަށް […...

Thiladhun