📍 ށ. މިލަންދޫ
ތާރީޚީ ސަފުހާއެއް، ޤުރުއާން ހިތުދަސް ޙާފިޡުންގެ ފުރަތަމަ ދަސްވެނިވުން ބާއްވައިފި
ރާއްޖޭގައި ފުރަތަމަ ފަހަރަށް ކީރިތި ޤުރުއާން ހިތުދަސްކޮށްފައިވާ ޙާފިޡުންގެ ޚާއްޞަކޮށްގެން ދަސްވެނިވުމެއް މިރޭ ބާއްވައިފިއެވެ. މި ރަސްމިއްޔާތު ޝަރަފް ވެރިކޮށްދެއްވީ، ރައީސް ޑރ. މުޙައްމަދު މުޢިއްޒު އަދި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދެވެ. ކީރިތި ޤުރްއާނާބެހޭ މަރުކަޒުން އިންތިޒާމްކޮށްގެން މިރޭ އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ކުރިއަށްގެންދިޔަ މި ރަސްމިއްޔާތުގައި ރައީސް ވަނީ ދަސްވެނިވި ޙާފިޡުންނަށް ޙާފިޡުކަމުގެ ސެޓްފިކެޓް ހަވާލުކޮށްދެއްވާފައެވެ. މި ރަސްމިއްޔާތުގައި ޖުމ...