📍 ށ. މިލަންދޫ
ކޯވިޑް-19: މިލަންދޫ 8 މީހެއްގެ ސާމްޕަލް ނަގައިިފި
ކޯވިޑް-19 އަށް ޕޮޒިޓިވްވި ށ. މިލަންދޫ މީހާއާއި ސީދާ ބައްދަލުވި 8 މީހެއްގެ ސާމްޕަލް ނަގާފައިވާ ކަމަށް އެ ރަށު ސިއްހީ މަރުކަޒުން ބުނެފިއެވެ. އެކަން ހާމަކޮށް މިލަންދޫ ސިއްހީ މަރުކަޒުގެ ފޭސްބުކް ޕޭޖްގައި ބުނެފައި ވަނީ މިލަންދޫއިން ކޯވިޑް-19 އަށް ޕޮޒިޓިވްވި ފަރާތާއި ޑައިރެކްޓް ކޮންޓެކްވި 8 ފަރާތުގެ ސާމްޕަލް ނެގިއްޖެ ކަމަށެވެ. އެ މަރުކަޒާއި މިލަންދޫ ރައްޔިތުންގެ ދުޢާއަކީ މާތްﷲ ހެޔޮރަހުމަތްފުޅުން ކޯވިޑް-19 އަށް އެ އެންމެންވެސް ނެގެޓިވުވުން ކަމަށް އެމަރުކަޒުން ވަނީ ބުނެފައެވެ. […]