📍 ހއ. ދިއްދޫ
ދިއްދޫ އާއި ނެއްލައިދޫގައި ޓާފް ދަނޑު އެޅުން އަމިން ކޮންސްޓްރަކްޝަން އަށް
ރައްޖޭގެ 13 ރަށެއްގައި ޓާފް ދަނޑު އެޅުމަށް ހިންގާ މަޝްރޫއުގެ ދަށުން ހއ. ދިއްދޫ އަދި ހދ. ނެއްލައިދޫގައި ޓާފް ދަނޑު އެޅުމުގެ މަސައްކަތް އަމިން ކޮންސްޓްރަކްޝަނާ ހަވާލުކުރުމަށް ނެޝަނަލް ޓެންޑަރ ބޯޑުން ނިންމައިފިއެވެ. ފިނޭންސް މިނިސްޓްރީން މިއަދު ކުރި ޓްވީޓެއްގައި ބުނެފައިވަނީ މި މަސައްކަތް އަމިން ކޮންސްޓްރަކްޝަނާ ހަވާލުކޮށްފައި ވަނީ 90 ދުވަސް ތެރޭގައި ނިންމާ ގޮތަށް ކަމަށެވެ. އަދި މި މަޝްރޫއަށް 8.6 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ވެސް އެ ޓްވީޓުގައި ވެއެވެ. […]