މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ލ. އަތޮޅަށް (03:00 އިން 07:30 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

ދައްކަނީ: 🏛️ ހދ. އަތޮޅު (ތިލަދުންމަތީ ދެކުނުބުރި) (3,879 ޚަބަރު)
✕ ހުރިހާ ރަށެއްގެ ޚަބަރު ބައްލަވާ
3,879 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ހދ. އަތޮޅުގެ ޚަބަރުތައް

3879 ޚަބަރުގެ ތެރެއިން
ކުޅުދުއްފުށީގައި މަގުކޮނުމުގެ މަސައްކަތް ކުރުމުގެ ލައިސަންސް 7 ފަރާތަކަށް ދޫކޮށްފި 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށީގައި މަގުކޮނުމުގެ މަސައްކަތް ކުރުމުގެ ލައިސަންސް 7 ފަރާތަކަށް ދޫކޮށްފި

ކުޅުދުއްފުށި ސިޓީގައި މަގުކޮނުމުގެ މަސައްކަތް ކުރުމަށްޓަކައި ހަތް ފަރާތަކަށް މަގުކޮނުމުގެ ލައިސަންސް ދޫކޮށްފިއެވެ. ކުޅުދުއްފުށި ސިޓީ ކައުންސިލުން ހާމަކޮށްފައިވާ ގޮތުގައި، މި މަހުގެ 1 ވަނަ ދުވަހުން ފެށިގެން އެ ސިޓީގައި މަގުކޮނުމުގެ މަސައްކަތް ކުރެވޭނީ ހަމައެކަނި މި ލައިސަންސް ލިބިފައިވާ ފަރާތްތަކަށް އެކަންޏެވެ. އަދި ލައިސަންސް ދޫކުރުމާއެކު، މަގު ކޮނެ، މަގުގައި ތަކެތި ވަޅުލުމުގެ ހުއްދަ ދިނުމަށް ހަމަޖެހިފައިވަނީ ހަމައެކަނި މަގުގައި ތަކެތި ވަޅުލައިގެން އާންމު ޚިދުމަތްތައް ފޯރުކޮށްދޭ ފަރާތްތަކަށް ކަމ...

ޝިއުނާ އާދަމް
ހަނިމާދޫގައި މާބަނޑު މީހުންގެ ސްކޭން ޚިދުމަތް ފެށުމަށް ތައްޔާރުވަނީ 📍 ހދ. ހަނިމާދޫ

ހަނިމާދޫގައި މާބަނޑު މީހުންގެ ސްކޭން ޚިދުމަތް ފެށުމަށް ތައްޔާރުވަނީ

ހދ. ހަނިމާދޫ ސިއްހީ މަރުކަޒުގައި މާބަނޑު މީހުން ސްކޭން ކުރެވޭނެ އިންތިޒާމް ހަމަޖެއްސުމަށް ބޭނުންވާ ސްކޭން މެސިން އެ މަރުކަޒަށް ލިބިފައިވާކަމަށް ހަނިމާދޫ ސިއްހީ މަރުކަޒުން ބުނެފިއެވެ. އެ ސްކޭން މެޝިން ހަނިމާދޫ އަށް ގެންދިޔައީ މިދިޔަ ޖުލައި މަހުގެ 30 ވަނަ ދުވަހުއެވެ. އެ މަރުކަޒު ހިންގެވުމާއި ހަވާލުވެ ހުންނެވި އަހްމަދު ޝަމީމް މީސް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނީ ހަނިމާދޫ ސިއްހީ މަރުކަޒުގައި މާބަނޑު މީހުން ސްކޭން ކުރެވޭނެގޮތް ހެދުމަށް ބޭނުންވާ ސްކޭން މެޝިން […]

ޔުމްނާ ޢަލީ
ކުޅުދުއްފުށީގެ އުފެއްދުންތައް ވިއްކަން ހާއްސަ ފިހާރައެއް ސިޓީ ކައުންސިލުން ތަރައްގީކުރަނީ 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށީގެ އުފެއްދުންތައް ވިއްކަން ހާއްސަ ފިހާރައެއް ސިޓީ ކައުންސިލުން ތަރައްގީކުރަނީ

ހދ. ކުޅުދުއްފުށީ ސިޓީގެ މަސައްކަތްތެރިންގެ އުފެއްދުންތައް ވިއްކަން ”އޮތެންޓިކް ކުޅުދުއްފުށި ޝޮޕް”ގެ ނަމުގައި ފިހާރައެއް ތަރައްގީކުރުމަށް ސިޓީ ކައުންސިލްގެ ބަޖެޓްގައި ހިމަނާފައިވާނެކަމަށް ކުޅުދުއްފުށީ ސިޓީގެ މޭޔަރު މުހައްމަދު އާތިފް ބުރާސްފަތި ދުވަހުގެ ރޭ ވިދާޅުވެއްޖެއެވެ. މޭޔަރު މިފަދައިން ވިދާޅުވެފައި ވަނީ 2026 ވަނަ އަހަރުގެ ފުރަތަމަ ހަ މަސް ދުވަސްތެރޭގައި، އެ ކައުންސިލުން ހިންގާފައިވާ ހާއްސަ ހަރަކާތްތަކާއި ކުރިއަށްދާ މުހިންމު މަޝްރޫތައް ހިއްސާކޮށް، ރައްޔިތުންގެ ހިޔާލު ހޯދުމަށް ބޭއްވި ބައްދަލުވ...

ޔުމްނާ ޢަލީ
📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށީ ތިލައިގައި ސިޓީ ކައުންސިލުން ''ޝިޕް ވްރެކެއް'' ގާއިމުކުރަނީ

ހދ. ކުޅުދުއްފުށީ ސިޓީގެ ތިލާގައި ”ޝިޕް ވްރެކް”އެއް (shipwreck) ގާއިމުކުމަށް ސިޓީ ކައުންސިލްގެ ބަޖެޓްގައި ހިމަނާފައިވާކަމަށް ސިޓީގެ މޭޔަރު މުހައްމަދު އާތިފް ބުރާސްފަތި ދުވަހުގެ ރޭ ވިދާޅުވެއްޖެއެވެ. މޭޔަރު މިފަދައިން ވިދާޅުވެފައި ވަނީ 2026 ވަނަ އަހަރުގެ ފުރަތަމަ ހަ މަސް ދުވަސްތެރޭގައި، އެ ކައުންސިލުން ހިންގާފައިވާ ހާއްސަ ހަރަކާތްތަކާއި ކުރިއަށްދާ މުހިންމު މަޝްރޫތައް ހިއްސާކޮށް، ރައްޔިތުންގެ ހިޔާލު ހޯދުމަށް ބޭއްވި ބައްދަލުވުމުގައި އެ ކައުންސިލުގެ ބަޖެޓްގައި ހިމަނާފައިވާ ކަންކަމުގެ މައުލޫމާތު ރައްޔި...

ޔުމްނާ ޢަލީ
ކުޅުދުއްފުށީގައި ބާއްވާ ''އައިލެންޑް ކާނިވަލް'' ވެގެންދާނީ ރަށެއްގައި ބޭއްވޭ އެންމެ ބޮޑު ކާނިވަލަށް: އާތިފް 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށީގައި ބާއްވާ ''އައިލެންޑް ކާނިވަލް'' ވެގެންދާނީ ރަށެއްގައި ބޭއްވޭ އެންމެ ބޮޑު ކާނިވަލަށް: އާތިފް

ކުޅުދުއްފުށީ ސިޓީގައި ބާއްވަން ސިޓީ ކައުންސިލުން ޕްލޭންކޮށްފައިވާ ”އައިލެންޑް ކާނިވަލް” ވެގެންދާނީ ރާއްޖޭގެ ރަށެއްގައި ބޭއްވޭ މިފަދަ އެންމެ ބޮޑު ކާނިވަލަށްކަމަށް ކުޅުދުއްފުށީ ސިޓީގެ މޭޔަރު މުހައްމަދު އާތިފް ވިދާޅުވެއްޖެއެވެ. ކުޅުދުއްފުށީ ސިޓީ ކައުންސިލުން ރޭ ވަނީ 2026 ވަނަ އަހަރުގެ ފުރަތަމަ ހަ މަސް ދުވަސްތެރޭގައި، އެ ކައުންސިލުން ހިންގާފައިވާ ހާއްސަ ހަރަކާތްތަކާއި ކުރިއަށްދާ މުހިންމު މަޝްރޫތައް ހިއްސާކޮށް، ރައްޔިތުންގެ ހިޔާލު ހޯދުމަށް ބައްދަލުވުމެއް ބާއްވާފައެވެ. މި ބައްދަލުވުމުގައި ކުޅުދުއްފުށީ...

ޔުމްނާ ޢަލީ
ކޭއާރުއެޗުން މާދަމާ ހެލްތު ސްކްރީނިން ޕްރޮގްރާމެއް 📍 ހދ. ކުޅުދުއްފުށި

ކޭއާރުއެޗުން މާދަމާ ހެލްތު ސްކްރީނިން ޕްރޮގްރާމެއް

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗް) އިން އިންތިޒާމުކޮށްގެން މާދަމާ ހާއްސަ ހެލްތު ސްކްރީނިން ޕްރޮގްރާމެއް ކުރިއަށްގެންދަން ނިންމައިފިއެވެ. މި ޕްރޮގްރާމަކީ އާންމުންގެ ސިއްހީ ހާލަތު ދެނެގަތުމަށާއި، ދުޅަހެޔޮ ދިރިއުޅުމަކަށް ބާރުއެޅުމުގެ މަގްސަދުގައި ކުރިއަށްގެންދާ ހަރަކާތެކެވެ. މި ސްކްރީނިން ޕްރޮގްރާމް އޮންނާނީ 31 ޖުލައި 2026 ވާ ހުކުރު ދުވަހުގެ ހަވީރު 16:30 އިން 18:00 އަށް، ގަލަދުން ޕާކް ސަރަހައްދުގައެވެ. މި ހަރަކާތުގައި ބައިވެރިވާ ފަރާތްތަކަށް އެކި ބާވަތުގެ ސިއްހީ ޓެސްޓުތައް ހެދުމުގެ ފުރުސ...

ޔުމްނާ ޢަލީ
ނޮޅިވަރަންފަރު ކައުންސިލް ކަޕް ފުޓްސަލް ޗެމްޕިއަންކަން ޔުނެއިޓެޑް ފަރަށް 📍 ހދ. ނޮޅިވަރަންފަރު

ނޮޅިވަރަންފަރު ކައުންސިލް ކަޕް ފުޓްސަލް ޗެމްޕިއަންކަން ޔުނެއިޓެޑް ފަރަށް

ހދ. ނޮޅިވަރަންފަރު ކައުންސިލުން އިންތިޒާމްކޮށްގެން އެރަށުގައި ކުރިއަށް ގެންދިޔަ ”ކައުންސިލް ކަޕް 2026” ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން ޔުނައިޓެޑް ފަރު ހޯދައިފިއެވެ. މި މެޗު ޝަރަފްވެރިކޮށްދެއްވާފައި ވަނީ ނޮޅިވަރަންފަރު ކައުންސިލްގެ ރައީސް ޢަބުދުﷲ ނަދީމެވެ. ހޯމަ ދުވަހު ކުޅުނު މި މުބާރާތުގެ ފައިނަލްގައި ޔުނެއިޓެޑް ފަރާއި ބައްދަލުކޮށްފައި ވަނީ ފްރެންޑްސް ސްޕޯޓްސް ކްލަބެވެ. މި މުބާރާތުގެ ތަށި ޔުނައިޓެޑް ފަރު ހޯދީ 2-1ގެ ނަތީޖާ އަކުން ފްރެންޑް ބަލިކޮށްގެންނެވެ. ހަމަހަމަކުޅުމެއް ފެނުނު މި ފައިނަލްގައ...

ޔުމްނާ ޢަލީ
ނޮޅިވަރަންފަރު ކައުންސިލް ކަޕް ހޭންޑް ބޯޅަ ތަށި އޯސަން ސްޕޯޓްސް ދިފާޢުކޮށްފި 📍 ހދ. ނޮޅިވަރަންފަރު

ނޮޅިވަރަންފަރު ކައުންސިލް ކަޕް ހޭންޑް ބޯޅަ ތަށި އޯސަން ސްޕޯޓްސް ދިފާޢުކޮށްފި

ހދ. ނޮޅިވަރަންފަރު ކައުންސިލުން އިންތިޒާމްކޮށްގެން އެރަށުގައި ކުރިއަށް ގެންދިޔަ ”ކައުންސިލް ކަޕް 2026” ހޭންޑް ބޯލް މުބާރާތުގެ  ޗެމްޕިއަންކަން ހޯދައި، އޯސަން ސްޕޯޓްސް ކްލަބުން އެ މުބާރާތުގެ ތަށި ދިފާޢުކޮށްފިއެވެ. މި މުބާރާތުގެ ފޯރި ގަދަ ފައިނަލްގައި މިދިޔަ މުބާރާތުގެ ވެސް ޗެމްޕިއަން އޯސަން ސްޕޯޓްސް ކްލަބު ނުކުތީ ވީކޭޕީއާ ދެކޮޅަށެވެ. މި ދެ ޓީމުގެ ކުރިމަތިލުމުގައި އޯސަން ސްޕޯޓްސް ކްލަބް ކުރި ހޯދީ 42-25 ގޯލުގެ ބޮޑު ތަފާތަކުންނެވެ. ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ […]

ޔުމްނާ ޢަލީ
ދަނޑުތައް ބޭނުންކުރެވޭ ހާލަތުގައި ނެތުމުން ''ކުޅުދުއްފުށި ޗެމްޕިއަންޝިފް 2026''ގެ ބަދަލުގައި ފުޓްސަލް މުބާރާތެއް 📍 ހދ. ކުޅުދުއްފުށި

ދަނޑުތައް ބޭނުންކުރެވޭ ހާލަތުގައި ނެތުމުން ''ކުޅުދުއްފުށި ޗެމްޕިއަންޝިފް 2026''ގެ ބަދަލުގައި ފުޓްސަލް މުބާރާތެއް

ކުޅުދުއްފުށީ ސިޓީ ކައުންސިލުން ބާއްވަމުން އަންނަ “ކުޅުދުއްފުށި ޗެމްޕިއަންޝިފް 2026″ގެ ބަދަލުގައި ދެ ޖިންސަށް ހުޅުވާލައިގެން ފުޓްސަލް މުބާރާތެއް ބޭއްވުމަށް އެ ކައުންސިލުން މިއަދު ނިންމައިފިއެވެ. ކުޅުދުއްފުށީ ސިޓީ ކައުންސިލުން މިގޮތަށް ނިންމީ އެ ކައުންސިލްގެ ފަސްވަނަ ދައުރުގެ 11 ވަނަ ޢާންމު ބައްދަލުވުމުގައެވެ. 29 ޖުލައި 2026 ގައި ބޭއްވި ކުޅުދުއްފުށި ސިޓީ ކައުންސިލްގެ ފަސްވަނަ ދައުރުގެ 11 ވަނަ ޢާންމު ބައްދަލުވުމުގެ މި ނިންމުމުގައި ވަނީ، ކުޅުދުއްފުށި ސިޓީ ސްޓޭޑިއަމް، ކޮރަލްދަނޑު އަދި ހިރަފުސްދަނޑު [...

ޔުމްނާ ޢަލީ
ނެއްލައިދޫ ކައުންސިލް ކަޕް ފުޓްބޯޅަ މުބާރާތުގެ ތަށި ނިކަ ސިޓީ އުފުލާލައިފި 📍 ހދ. ނެއްލައިދޫ

ނެއްލައިދޫ ކައުންސިލް ކަޕް ފުޓްބޯޅަ މުބާރާތުގެ ތަށި ނިކަ ސިޓީ އުފުލާލައިފި

ހދ. ނެއްލައިދޫ ކައުންސިލުން އިންތިޒާމްކޮށްގެން ބޭއްވި ”ނެއްލައިދޫ ކައުންސިލްކަޕް 14 ވަނަ ފުޓްބޯޅަ މުބާރާތު”ގެ ޗެމްޕިއަންކަން ނިކަ ސިޓީ ސްޕޯޓްސް ސްޕޯޓްސް ކްލަބް ހޯދައިފިއެވެ. އާދީއްތަ ދުވަހު ހަވީރު ކުޅުނު މި މުބާރާތުގެ ފައިނަލްގައި ނިކަ ސިޓީ ސްޕޯޓްސް ކްލަބާއި ބައްދަލުކޮށްފައި ކިންގް ސްޕްރިޓް އެވެ. މި މެޗު ނިކަ ސިޓީ ކާމިޔާބު ކުރީ 4-1 ލަނޑުންނެވެ. ވައިކަރަދޫ ދާއިރާގެ މެމްބަރު ހުސައިން ޒިޔާދު (ފިއްޓޭ) ޝަރަފްވެރިކޮށްދެއްވި ،މި މެޗުގައި ފުރަތަމަ ލީޑް ނެގީ ކިންގް ސްޕްރިޓުންނެވެ. […]

ޝިއުނާ އާދަމް
ނެއްލައިދޫ ކައުންސިލްކަޕް ހޭންޑް ބޯލް މުބާރާތުގެ ޗެމްޕިއަންކަން ހަބޭސް ހޯދައިފި 📍 ހދ. ނެއްލައިދޫ

ނެއްލައިދޫ ކައުންސިލްކަޕް ހޭންޑް ބޯލް މުބާރާތުގެ ޗެމްޕިއަންކަން ހަބޭސް ހޯދައިފި

ހދ. ނެއްލައިދޫ ކައުންސިލުން އިންތިޒާމްކޮށްގެން ބޭއްވި ”ނެއްލައިދޫ ކައުންސިލްކަޕް ތިންވަނަ ހޭންޑް ބޯލް މުބާރާތު”ގެ ޗެމްޕިއަންކަން ވާދަވެެރިކުޅުމަކަށްފަހު ޓީމް ހަބޭސް ހޯދައިފިއެވެ. ހޮނިހިރު ދުވަހު ހަވީރު ކުޅުނު ފައިނަލްގައި ހަބޭސް އާއި ވާދަކުރީ ޑީވާސް އެވެ. މި މެޗު ކާމިޔާބުކޮށް ހަބޭސް އިން ޗެމްޕިއަންކަން ހޯދީ 33-26 ގޯލުން މެޗު ކާމިޔާބުކޮށްގެންނެވެ. ”ނެއްލައިދޫ ކައުންސިލްކަޕް ތިންވަނަ ހޭންޑް ބޯލް މުބާރާތު”ގެ ފައިނަލް މެޗު ޝަރަފްވެރިކޮށްދެއްވީ ކުޅުދުއްފުށި ސިޓީގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް...

ޝިއުނާ އާދަމް
ޕިކްޕޯސްޓް ޚިދުމަތް އަތޮޅު ތަކަށް، ފުރަތަމަ ކުޅުދުއްފުށި ސިޓީއަށް 📍 ހދ. ކުޅުދުއްފުށި

ޕިކްޕޯސްޓް ޚިދުމަތް އަތޮޅު ތަކަށް، ފުރަތަމަ ކުޅުދުއްފުށި ސިޓީއަށް

މޯލްޑިވްސް ޕޯސްޓްގެ ޚިދުމަތްތައް ޒަމާނީކޮށް ފުޅާކުރުމުގެ ގޮތުން، އަތޮޅުތެރޭގެ ރަށްތަކަށް އަމާޒުކޮށްގެން ފެށި “ޕިކްޕޯސްޓް” ޚިދުމަތް ފުރަތަމަ ފަހަރަށް ކުޅުދުއްފުށި ސިޓީގައި ތަޢާރަފުކޮށްފިއެވެ. މި ޚިދުމަތާއެކު ކުޅުދުއްފުށީގައި ދެމުންދިޔަ ޕޯސްޓްގެ ޚިދުމަތްތައް މިހާރު ވަނީ އެ ސިޓީގެ ބަންޑާރަމަގުގައި ހުންނަ ސީނާ ބިލްޑިންގްގެ ފުރަތަމަ އަދި ދެވަނަ ފަންގިފިލާއަށް ބަދަލުކޮށްފައެވެ. 26 ޖުލައި 2026 ގައި ކުޅުދުއްފުށީގައި ރަސްމީކޮށް ފެށި މި ޚިދުމަތުގެ ސަބަބުން، ޕާރުސަލް ނެގުމަށްޓަކައި ކިއު އެއްގައި މަޑުކުރަން...

ޔުމްނާ ޢަލީ
މަދަދުވެނި 4.0 ޔޫތު ކްލައިމެޓް އިނޮވޭޝަން ޗެލެންޖް ކުޅުދުއްފުށީގައި ބާރުސްޕީޑުގައި ކުރިއަށް 📍 ހދ. ކުޅުދުއްފުށި

މަދަދުވެނި 4.0 ޔޫތު ކްލައިމެޓް އިނޮވޭޝަން ޗެލެންޖް ކުޅުދުއްފުށީގައި ބާރުސްޕީޑުގައި ކުރިއަށް

ދިވެހި ރެޑް ކްރެސެންޓް (އެމް.އާރް.ސީ) އިން އިންތިޒާމުކޮށްގެން ކުޅުދުއްފުށި ސިޓީގައި ބާއްވާ “މަދަދުވެނި 4.0 ޔޫތު ކްލައިމެޓް އިނޮވޭޝަން ޗެލެންޖް” ވަރަށް ބާރުމިނުގައި ކުރިއަށް އެބަދެއެވެ. މި ކެމްޕުގެ ހަތަރުވަނަ ދުވަހަށް ވާސިލުވިއިރު، ބައިވެރިވާ ހަތަރު ޓީމަކުން ދަނީ މިހާތަނަށް ދަސްކުރި ކަންތައްތައް އަމަލީ މަސައްކަތަށް ބަދަލުކުރަމުންނެވެ. އެމް.އާރް.ސީން ބުނިގޮތުގައި ވޭތުވެދިޔަ ތިން ދުވަހުގެ ތެރޭގައި، ބައިވެރިން ވަނީ މޫސުމީ ބަދަލުތަކަށް އަހުލުވެރިވުމާއި، ކާރިސާތަކުން ރައްކާތެރިވުމާއި، ދިރުންތަކުގެ މުއ...

ޔުމްނާ ޢަލީ
ހަނިމާދޫ ބަނދަރުގައި އޮތް ލޯންޗެއްގައި ރޯވެ އަނދާ ހުލިވެއްޖެ 📍 ހދ. ހަނިމާދޫ

ހަނިމާދޫ ބަނދަރުގައި އޮތް ލޯންޗެއްގައި ރޯވެ އަނދާ ހުލިވެއްޖެ

ހދ. ހަނިމާދޫ ބަނދަރު ބޭރު ތޮށީގައި އަޅާފައި އޮތް ލޯންޗެއްގައި ރޯވެ އަނދާހުލިވެއްޖެއެވެ. މި ހާދިސާ ހިނގާފައި ވަނީ ހަނިމާދޫ ”ގަހާތަރި” ލޯންޗުގައެވެ. ހަނިމާދޫ ކައުންސިލް މެމްބަރު އަހްމަދު އަނާން ”ތިލަދުން” އަށް ވިދާޅުވީ، މި ހާދިސާ ހިނގާފައި ވަނީ މިރޭ މެންދަމު 12:25 ހާއިރުކަމަށެވެ. ”ބެލެވެނީ ސްޓާޓް ކުރަން އުޅެނިކޮށް ކަރަންޓް ޝޯޓެއްވީކަމަށް، އާންމުންނާއި ފުލުހުން ގުޅިގެން އަލިފާން ނިއްވޭތޯ މަސައްކަތްކުރި، ނަމަވެސް ލޯންޗް ވަނީ އެއްކޮށް އަނދާ ހުލިފައި” އޭނާ ބުންޏެވެ. އެ ލޯންޗްގައި […]

ޔުމްނާ ޢަލީ
ކުޅުދުއްފުށީގެ ދަނޑުވެރިކަމުގެ ތަމްރީން ޕްރޮގްރާމުގެ ބައިވެރިންނަށް "ވިލުންވެށި" ގްރާންޓާ ގުޅޭ މަޢުލޫމާތު ދީފި 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށީގެ ދަނޑުވެރިކަމުގެ ތަމްރީން ޕްރޮގްރާމުގެ ބައިވެރިންނަށް "ވިލުންވެށި" ގްރާންޓާ ގުޅޭ މަޢުލޫމާތު ދީފި

ކުޅުދުއްފުށީ ސިޓީ ކައުންސިލުން އިންތިޒާމުކޮށްގެން ކުރިއަށް ގެންދާ ހޯމް ގާރޑެނިންގ، ހައިޑްރޮޕޯނިކްސް އަދި ވާޓިކަލް ފާމިންގ ތަމްރީން ޕްރޮގްރާމުގެ ބައިވެރިންނަށް އެސް.އެމް.އީ ޑިޖިޓަލްގެ “ވިލުންވެށި” ގްރާންޓަށް އެދި ހުށަހަޅާނެ ގޮތުގެ ތަފްޞީލު މަޢުލޫމާތު ދިނުމުގެ ސެޝަނެއް ބާއްވައިފިއެވެ. ކުޅުދުއްފުށީ ސިޓީ ކައުންސިލުން މަޢުލޫމާތު ދޭ ގޮތުގައި، މި ސެޝަނަކީ ދަނޑުވެރިކަމުގެ ތަމްރީން ޕްރޮގްރާމުގެ ބައިވެރިންނަށް އަމާޒުކޮށްގެން ރޭ ކުރިއަށް ގެންދިޔަ އޮންލައިން ސެޝަނެކެވެ. މި ސެޝަންގެ މައިގަނޑު ބޭނުމަކީ ވިލުން...

ޝިއުނާ އާދަމް