ހދ. ނެއްލައިދޫ ކައުންސިލުން އިންތިޒާމްކޮށްގެން ބޭއްވި ''ނެއްލައިދޫ ކައުންސިލްކަޕް 14 ވަނަ ފުޓްބޯޅަ މުބާރާތު''ގެ ޗެމްޕިއަންކަން ނިކަ ސިޓީ ސްޕޯޓްސް ސްޕޯޓްސް ކްލަބް ހޯދައިފިއެވެ.
އާދީއްތަ ދުވަހު ހަވީރު ކުޅުނު މި މުބާރާތުގެ ފައިނަލްގައި ނިކަ ސިޓީ ސްޕޯޓްސް ކްލަބާއި ބައްދަލުކޮށްފައި ކިންގް ސްޕްރިޓް އެވެ. މި މެޗު ނިކަ ސިޓީ ކާމިޔާބު ކުރީ 4-1 ލަނޑުންނެވެ.
ވައިކަރަދޫ ދާއިރާގެ މެމްބަރު ހުސައިން ޒިޔާދު (ފިއްޓޭ) ޝަރަފްވެރިކޮށްދެއްވި ،މި މެޗުގައި ފުރަތަމަ ލީޑް ނެގީ ކިންގް ސްޕްރިޓުންނެވެ. އެއީ އެ ޓީމުގެ ޖޯޒީ ނަންބަރު 19 އަހްމަދު އަޔާޒް މެޗުގެ 19 ވަނަ މިނިޓްގައި ޖަހައިދިން ލަނޑުންނެވެ.
ނެއްލައިދޫ ކައުންސިލްކަޕް 14 ވަނަ ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަން ނިކަ ސިޓީ ސްޕޯޓްސް ކްލަބް، ފޮޓޯ: ވިފާން ފޮޓޯގުރަފީ /ނެއްލައިދޫ ކައުންސިލް
މެޗުގައި ނިކަ ސިޓީން ނަތީޖާ ހަމަހަމަކުރި ލަނޑު ފެނިގެން ދިޔައީ ފަހު ހާފުގައި 55 މިނިޓްގައެވެ. އެއީ ޕެނަލްޓީ އޭރިއާ ބޭރުން އެ ޓީމަށް ލިބުނު ހިލޭ ޖެހުމެއް ގޯލްގެ ކަނަށް ވައްދާލައިގެން އެ ޓީމުގެ ޖޯޒީ ނަންބަރު 8 އަހްމަދު ސައީދު ކާމިޔާބުކޮށްދިން ލަނޑެކެވެ.
މެޗުގައި ނިކަސިޓީ އަށް ލީޑު ނަގައިދިން ލަނޑު ޖަހައިދިނީ 75 ވަނަ މިނިޓްގައި އެ ޓީމްގެ ޖޯޒީ ނަންބަރު 30 މުހައްމަދު ނަޝީދު (ފޯވާޑް) އެވެ.
ނެއްލައިދޫ ކައުންސިލްކަޕް 14 ވަނަ ފުޓްބޯޅަ މުބާރާތުގެ ރަނަރަޕް ކިންގް ސްޕްރިޓް، ފޮޓޯ: ވިފާން ފޮޓޯގުރަފީ / ނެއްލައިދޫ ކައުންސިލް
މެޗުގެ 84 ވަނަ މިނިޓްގައި ފޯވާޑްގެ ގޯލަކުން ނިކަ ސިޓީއަށް ލީޑު ފުޅާކޮށްދިންއިރު، މެޗުގެ އިތުރު ވަގުތުގެ ތިންވަނަ މިނިޓްގައި ފޯވަޑްގެ ގައިގާ ޖެހިފައި ގޯލަށް ވަތް ބޯޅައާއެކު މެޗުގައި އޭނާގެ ހެޓްރިކް ވަނީ ފުރިހަމަވެފައެވެ.
މި މެޗުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ފޯވާޑް ހޯދާފައިވާއިރު މުބާރާތުގެ އެންމެ މޮޅު ފޯވާޑުގެ މަގާމާއި އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ މަގާމު ވެސް ލިބުނީ އޭނާ އަށެވެ.
އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމާއި، ފޯވާޑް އަދި އެންމެ މޮޅު ފޯވާޑުގެ މަގާމު ހޯދި ފޯވާޑް ރަންބޫޓާ ހަވާލުވަނީ، ފޮޓޯ: ވިފާން ފޮޓޯގުރަފީ / ނެއްލައިދޫ ކައުންސިލް
މުބާރާތުގެ އެންމެ މޮޅު ގޯލްކީޕަރަކަށް ހޮވުނީ ނިކަސިޓީގެ ޖޯޒީ ނަންބަރު 14 މުހައްމަދު ސުމޭޒެވެ. އެންމެ މޮޅު ޑިފެންޑަރުގެ މަގާމު ނިކަ ސިޓީގެ ޖޯޒީ ނަންބަރު 19 މުހައްމަދު ރަޝީދު ހޯދާފައިވާއިރު، މުބާރާތުގެ އެންމެ މޮޅު މިލްޑްފީޑަރަކަށް ހޮވުނީ ކިންގް ސްޕްރިޓްގެ 12 މުހައްމަދު ސާންއެވެ.
މުބާރާތުގެ ފެއާޕްލެއާއަރ ކިންގް ސްޕްރިޓްގެ ޖޯޒީ ނަންބަރު 13 ހުސައިން ފައިސަލް ހޯދިއިރު، އެންމެ އުންމީދީ ކޯޗު ނިކަ ސިޓީ ސްޕޯޓްސް ކްލަބްގެ ކޯޗެވެ. އަދި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދީ ނިކަ ސިޓީގެ ޖޯޒީ ނަންބަރު 12 މުހައްމަދު ފާސިރެވެ.
މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ފާސިރު، ފޮޓޯ: ވިފާން ފޮޓޯގުރަފީ / ނެއްލައިދޫ ކައުންސިލް
މުބާރާތުގެ 18 އަހަރުން ދަށުގެ އެންމެ މޮޅު ފަސް ކުޅުންތެރިން
- މުހައްމަދު އަބާން ޢަބުދުﷲ ފިކުރީ - ޖޯޒީ ނަންބަރު 71، ކިންގް ސްޕްރިޓް
- މުހައްމަދު ޒިހާން - ޖޯޒީ ނަންބަރު 43. ނިކަސިޓީ
- މުހައްމަދު އަޒާން - ޖޯޒީ ނަންބަރު 33، އެފްސީ ފެންގަނޑު
- ރައިޝަމް އަހްމަދު ރަޝީދު - ޖޯޒީ ނަންބަރު 23 އެފްސީ ފްރެންޑްސް،
- ހަސަން ދާވިން، ޖޯޒީ ނަންބަރު 99، ކޮޗީ އެފްސީ
މުބާރާތުގެ 18 އަހަރުން ދަށުގެ މޮޅު ކުޅުންތެރިން، ފޮޓޯ: ވިފާން ފޮޓޯގުރަފީ / ނެއްލައިދޫ ކައުންސިލް
މި މުބާރާތުގެ ރަނަރަޕް ޓީމަށް ޓޮރޮފީ މެޑެލް އަދި 15000 ރުފިޔާގެ ފައިސާގެ އިނާމް ދީފަވެއެވެ.
މުބާރާތުގެ ޗެމްޕިއަން 50،000 ރުފިޔާގެ ފައިސާގެ އިނާމާއި ޓޮރޮފީ އަދި މެޑެލް ދީފަވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!