ބޮޑު ތިލަދުންމަތި
ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.
ހދ. އަތޮޅުގެ ޚަބަރުތައް
📍 ހދ. ކުޅުދުއްފުށި
3 މިނިޓު
ކުޅުދުއްފުށި ސިޓީ ކައުންސިލް މުވައްޒަފުންގެ ހުނަރު އިތުރުކުރުމަށް ޕަރފޯމަންސް މެނޭޖްމަންޓް ތަމްރީނެއް
ކުޅުދުއްފުށި ސިޓީ ކައުންސިލް އިދާރާގެ މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު މަތިކޮށް، ހުނަރު އިތުރުކުރުމަށް ސިވިލް ސާރވިސް ޓްރެއިނިންގ އިންސްޓިޓިއުޓުން ޚާއްޞަ ތަމްރީނު ސެޝަނެއް ބާއްވައިފިއެވެ. މި ތަމްރީނުގެ މައިގަނޑު އަމާޒަކީ ޕަރފޯމަންސް މެނޭޖްމަންޓް ސިސްޓަމަށް މުވައްޒަފުން އަހުލުވެރިކުރުވުމެވެ.
📍 ހދ. ކުޅުދުއްފުށި
2 މިނިޓު
ވިއްސާރައިގައި ކުޅުދުއްފުއްޓާއި ނޮޅިވަރަމުގެ ބައެއް ހިސާބުތަކުގައި ފެންބޮޑުވެއްޖެ
ރާއްޖެއަށް މިހާރު ކުރަމުންދާ ގަދަ ވިއްސާރައިގައި ހދ. ކުޅުދުއްފުށި ސިޓީއާއި އެ އަތޮޅު ނޮޅިވަރަމްގައި ފެންބޮޑުވެ، ބައެއް ގެތަކަށް ފެންވަދެ ގެއްލުންތަކެއް ލިބެމުންދާތީ ފެންހިންދުމުގެ މަސައްކަތް ފަށައިފިއެވެ.
📍 ހދ. ކުޅުދުއްފުށި
1 މިނިޓު
ކުޑަކުދިންގެ އަދުލުގެ ނިޒާމަށް މުއައްސަސާތަކުގެ ވެރިން ހޭލުންތެރިކުރުވަން ކުޅުދުއްފުށީގައި ސެޝަނެއް
ކުޑަކުދިންގެ އަދުލުގެ ނިޒާމާއި ރީސްޓޯރޭޓިވް ޖަސްޓިސްގެ އަސާސްތަކަށް ކުޅުދުއްފުށި ސިޓީގެ މުއައްސަސާތަކުގެ އިސްވެރިން ހޭލުންތެރިކުރުމުގެ ހާއްސަ ސެޝަނެއް ކުރިއަށް ގެންގޮސްފިއެވެ.
📍 ހދ. ކުޅުދުއްފުށި
1 މިނިޓު
ކޭއާރުއެޗް ޓާޝަރީ ފެންވަރަށް ގެންދިއުމުގެ އުމްރާނީ ކުރިއެރުންތައް އެކްސްޕޯގައި ދައްކާލައިފި
ތިންވަނަ ހެލްތު އެންޑް ފެމެލީ އެކްސްޕޯގެ ތެރެއިން، ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް ޓާޝަރީ ފެންވަރަށް މަތިކުރުމަށް ރާވާފައިވާ ޕްލޭންތަކާއި އުމްރާނީ ވަސީލަތްތަކަށް ގެންނަ ކުރިއެރުންތައް އާންމުންނަށް ދައްކާލައިފިއެވެ.
📍 ހދ. ނޭކުރެންދޫ
2 މިނިޓު
ނޭކުރެންދޫގެ މަގުތަކަކީ އަމާން ތަނަކަށް ހެދުމަށް ޚާއްޞަ ސެޝަންތަކެއް ފަށަނީ
އެއްގަމު ދަތުރުފަތުރުގެ ޤަވާޢިދުތަކަށް އަހުލުވެރިކުރުވައި، ނޭކުރެންދޫގެ މަގުތަކަކީ އަމާން ރައްކާތެރި ތަނަކަށް ހެދުމަށް ޚާއްޞަ ހޭލުންތެރިކުރުމުގެ ސެޝަންތަކެއް މާދަމާ ފެށުމަށް ނިންމައިފިއެވެ.
📍 ހދ. ކުޅުދުއްފުށި
1 މިނިޓު
އަންހެން ދަރިފުޅަށް ޖިންސީ ގޯނާކުރިކަން ސިއްރުކުރި މަންމަގެ 18 އަހަރުގެ ހުކުމް ދަމަހައްޓައިފި
ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރުމަށް މަގުފަހިކޮށްދީ އެކަން ސިއްރުކުރި މައްސަލައިގައި ކުޅުދުއްފުށީ އަންހެނަކަށް އިއްވި 18 އަހަރާއި ހަ މަސްދުވަހުގެ ޖަލު ހުކުމް ސުޕްރީމް ކޯޓުން ދަމަހައްޓައިފިއެވެ. މި މައްސަލައިގައި ކުޅުދުއްފުށީ ކޯޓުގެ ހުކުމް ބާތިލުކުރަން ހައިކޯޓުން ކުރި އަމުރު ސުޕްރީމް ކޯޓުން ވަނީ ބާތިލުކޮށްފައެވެ.
📍 ހދ. ވައިކަރަދޫ
1 މިނިޓު
ތަޖުވީދާއި ތިލާވަތު ދަސްކޮށްދޭ ޚާއްސަ އޮންލައިން ވެބިނާރއެއް ވައިކަރަދޫގައި ފަށަނީ
ހދ. ވައިކަރަދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ އާއި 'ޕްރޮގްރެސް ޓު އަ ޤުރްއާނިކް ލައިފްސްޓައިލް' ގުޅިގެން ޚާއްސަ އޮންލައިން ވެބިނާރއެއް ބޭއްވުމަށް ނިންމައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
📍 ހދ. ވައިކަރަދޫ
1 މިނިޓު
ވައިކަރަދޫ ފަޅުތެރޭގައި "އުދުހިލަން" ތައްޔާރު، ކައުންސިލާއި އަންހެނުންގެ ކޮމެޓީ ސިލްވާ ސްޕޮންސަރުންނަށް
ވައިރޮދި ޖަމްޢިއްޔާއިން ހދ. ވައިކަރަދޫގައި ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ފްލައިބޯޑިންގ ބިގިނަރ ލެސަންސް "އުދުހިލާ 2026" އިވެންޓުގެ ޓެކްނިކަލް ހުރިހާ ތައްޔާރީތަކެއް ނިމިއްޖެއެވެ.
📍 ހދ. ކުމުންދޫ
2 މިނިޓު
ޓާފް އެޅުމަށްފަހު ކުމުންދޫ ފުޓްބޯޅަ ދަނޑު ހުޅުވާލައިފި
ހދ. ކުމުންދޫ ފުޓްބޯޅަ ދަނޑުގައި ޓާފް އެޅުމުގެ މަސައްކަތް އެއްކޮށް ނިންމައި، ކުޅިވަރު ކުޅުމުގެ ފުރުޞަތު އާންމުކޮށް ހުޅުވާލައިފިއެވެ.
📍 ހދ. މަކުނުދޫ
1 މިނިޓު
މަދަހަ މުބާރާތުގެ ކުރިން މަކުނުދޫން ތަފާތު ކަމެއް، ބައިވެރިންނަށް ވޮއިސް ޓްރެއިނިން ފަށައިފި
ހދ. މަކުނުދޫގައި ބާއްވާ 'ހީރާ 2026' މަދަހަ މުބާރާތުގެ ބައިވެރިންނަށް ޚާއްސަކޮށްގެން، މަދަހަ ކިޔުމުގެ ހުނަރުތައް ދަސްކޮށްދިނުމަށް ވޮއިސް ޓްރެއިނިން ސެޝަންތަކެއް ކުރިއަށްގެންދަން ފަށައިފިއެވެ.
📍 ހދ. ކުޅުދުއްފުށި
1 މިނިޓު
ކުޅުދުއްފުށީ އެއާޕޯޓް ސަރަޙައްދުގައި ރެސްޓޯރެންޓެއް ހިންގަން ހުޅުވާލި ބީލަމުގެ ސުންގަޑި އިތުރުކޮށްފި
ކުޅުދުއްފުށީ އެއާޕޯޓް ސަރަޙައްދުގައި ރެސްޓޯރެންޓެއް ތަރައްޤީކޮށް ހިންގުމަށް ޝައުޤުވެރިވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ސުންގަޑި ކުޅުދުއްފުށީ ސިޓީ ކައުންސިލުން އިތުރުކޮށްފިއެވެ.
📍 ހދ. ކުޅުދުއްފުށި
1 މިނިޓު
އުތުރުގެ ތިން އަތޮޅުގެ ވިޔަފާރިވެރިންނަށް ޚާއްޞަކޮށްގެން ކުޅުދުއްފުށީ ޕޯޓުން ވިޔަފާރި ފޯރަމެއް
އުތުރުގެ ތިން އަތޮޅުގެ ވިޔަފާރިވެރިންނަށް ޚާއްޞަކޮށްގެން ކުޅުދުއްފުށީ ޕޯޓުން ބާއްވާ ޚާއްޞަ ވިޔަފާރި ފޯރަމްގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މި ފޯރަމްގައި ޕޯޓުން ލިބެންހުރި ފުރުޞަތުތަކާއި ދިމާވާ ދަތިތަކާ ގުޅޭގޮތުން މަޝްވަރާކުރާނެއެވެ.
📍 ހދ. ކުޅުދުއްފުށި
2 މިނިޓު
ޗައިލްޑް އެބިއުޒްޕްރިވެންޝަން ސޮސައިޓީން ކުޅުދުއްފުށީގައި ހޭލުންތެރިކުރުމުގެ ޕްރޮގްރާމެއް
ކުޑަކުދިންގެ އަޚްލާޤާއި މިޒާޖަށް އަންނަ ބަދަލުތައް ދެނެގަނެ މުޢާމަލާތްކުރާނެ ގޮތްތަކަށް ހޭލުންތެރިކުރުމަށް ޗައިލްޑް އެބިއުޒް ޕްރިވެންޝަން ސޮސައިޓީން ކުޅުދުއްފުށީގައި ޕްރޮގްރާމެއް ހިންގައިފިއެވެ.
📍 ހދ. ކުޅުދުއްފުށި
ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމްގެ ދަށުން ކުޅުދުއްފުށީގައި ގަސް އިންދައިފި
ސަރުކާރުން ކުރިއަށްގެންދާ ފަސް މިލިއަން ގަސް އިންދުމުގެ މަޝްރޫޢުގެ ދަށުން، ކުޅުދުއްފުށި ސިޓީގައި ގަސް އިންދުމުގެ ޚާއްޞަ ހަރަކާތެއް މިއަދު ބާއްވައިފިއެވެ. މި ހަރަކާތަކީ ކުޅުދުއްފުށި ސިޓީ ކައުންސިލާއި، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) ގެ ކުޅުދުއްފުށި ކެމްޕަސް އަދި މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާ ގުޅިގެން ކުރިއަށްގެންދިޔަ ހަރަކާތެކެވެ. ކުޅުދުއްފުށީގައި މިއަދު ކުރިއަށްދިޔަ މި ހަރަކާތުގައި އެ ސިޓީގެ ޑެޕިއުޓީ މޭޔަރުގެ އިތުރުން ސިޓީ ކައުންސިލަރުން ވެސް ވަނީ ބައިވެރިވ...