ހދ. ނައިވާދޫގެ ފުރާވަރު ޢުމުރުގެ އަންހެން ކުދިންނާއި، އަންހެން ކަނބަލުންނަށް ޚާއްސަކޮށްގެން ޞިއްޙީ ދުޅަހެޔޮކަމާއި ހޭލުންތެރިކަން އިތުރު ކުރުމުގެ މަޤްޞަދުގައި ދެ ސެޝަނެއް ކާމިޔާބުކަމާއެކު ކުރިއަށް ގެންގޮސްފިއެވެ.

ނައިވާދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (އތމ) އާއި އެ ރަށު ޞިއްޙީ މަރުކަޒު ގުޅިގެން ކުރިއަށް ގެންދިޔަ މި ސެޝަންތައް ނަންގަވައިދެއްވީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ ބޭފުޅުންނެވެ.

Ad
rt

ނައިވާދޫ އތމ ކޮމިޓީން މަޢުލޫމާތު ދެއްވި ގޮތުގައި، މި ޕްރޮގްރާމްގެ ތެރެއިން އެއް ސެޝަން ޚާއްޞަކުރެވުނީ ގްރޭޑް 5 ން މަތީގެ ފުރާވަރު އުމުރުގެ އަންހެން ކުދިންނަށެވެ. އެގޮތުން ޖުމްލަ 30 ކުދިން ބައިވެރިވި މި ސެޝަންގައި މައިގަނޑު ގޮތެއްގައި މައުލޫމާތު ދީފައިވަނީ ފުރާވަރު ދުވަސްވަރު ހަށިގަނޑަށާއި ނަފްސަށް އަންނަ ބަދަލުތަކަށް އަހުލުވެރިކޮށް، އެ ބަދަލުތަކާ މެދު ހޭލުންތެރިކުރުވުމަށްކަމަށް އެ ކޮމިޓީން ހާމަކުރައްވައެވެ. މީގެއިތުރުން، ދެވަނަ ސެޝަން ޚާއްޞަކުރެވުނީ ރަށުގެ އަންހެން ކަނބަލުންނަށެވެ. ޖުމްލަ 55 ކަނބަލުން ބައިވެރިވި މި ސެޝަންގައި އުރަމަތީގެ ކެންސަރާ ގުޅޭގޮތުން މުހިންމު މަޢުލޫމާތުތަކެއް ހިއްސާކޮށްފައިވެއެވެ.

މި ފަދަ ޕްރޮގްރާމްތަކަށް ކަނބަލުން ދެއްވާ އެއްބާރުލެއްވުން ނައިވާދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީން ވަނީ އުފަލާއެކު ފާހަގަކުރައްވާފައެވެ.