މައި ޚަބަރަށް ދިޔުމަށް
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

ދައްކަނީ: 📍 ހދ. ވައިކަރަދޫ (186 ޚަބަރު)
✕ ހުރިހާ ރަށެއްގެ ޚަބަރު ބައްލަވާ
186 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ވައިކަރަދޫގެ އެންމެ ފަހުގެ ޚަބަރުތައް

186 ޚަބަރުގެ ތެރެއިން
"ރަށްފުށުގެ ޤުރުއާން މުބާރާތަކަށްވުރެ ޤައުމީ މުބާރާތުގެ އިންތިޒާމުތައް ދަށް" 📍 ހދ. ވައިކަރަދޫ

"ރަށްފުށުގެ ޤުރުއާން މުބާރާތަކަށްވުރެ ޤައުމީ މުބާރާތުގެ އިންތިޒާމުތައް ދަށް"

ރަށްފުށުގައި ކައުންސިލުން ބާއްވާ ޤުރުއާން މުބާރާތަކަށްވުރެ ރާއްޖޭގެ ޤައުމީ ޤުރުއާން މުބާރާތުގެ އިންތިޒާމުތައް ރަނގަޅު ނޫންކަން، ހިތާމަޔާއެކު ފާހަގަކުރައްވާކަމަށް ހދ. ވައިކަރަދޫ ކައުންސިލްގެ ރައީސް އަޙުމަދު ނަސީމް ވިދާޅުވެއްޖެއެވެ. ޤައުމީ ޤުރުއާން މުބާރާތުގެ ފޮޓޯއަކާއެކު، ވައިކަރަދޫ ކައުންސިލްގެ ރައީސް މިހެން ވިދާޅުވެފައިވަނީ އޭނާ ފޭސްބުކުގައި ކުރެއްވި ޕޯސްޓެއްގައެވެ. “ރަށްފުށުގަ ކައުންސިލުން ބާއްވާ ޤުރުއާން މުބާރާތަކަށްވުރެ މިޤައުމުގެ ޤައުމީ ޤުރުއާން މުބާރާތުގެ އިންތިޒާމުތައް ރަނގަޅު ނޫންކަން ހި...

Thiladhun
ހދ. އަތޮޅު މަދަރުސާގައި 12 ކްލާސް ރޫމް އެޅުމަށް ހަވާލުކޮށްފި 📍 ހދ. ވައިކަރަދޫ

ހދ. އަތޮޅު މަދަރުސާގައި 12 ކްލާސް ރޫމް އެޅުމަށް ހަވާލުކޮށްފި

ހދ. ވައިކަރަދޫގައި ހުންނަ އަތޮޅު މަދަރުސާގައި 12 ކްލާސް ރޫމްގެ ތިންބުރީގެ އިމާރާތް އެޅުމަށް ބަޔަކާ ހަވާލުކޮށްފިއެވެ. 12 ކުލާސް ރޫމް އެޅުމަށް ބަޔަކާ ހަވާލުކޮށް އެއްބަސްވުމުގައި ސޮއި ކޮށްފައިވާއިރު، މި މަސައްކަތް ހަވާލުކުރީ ކިއު.ވަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ އެވެ. އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ބުރާސްފަތި ދުވަހު މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ. މި އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ފައިނޭންސް އެގްޒެކްޓިވް ނައުޝާދު އިބުރާހިމެވެ. ކިއު.ވަން ޕްރައިވެޓް ލިމިޑެޓްގެ...

އަފްރާހް އަބްދުލް ރަޝީދު
ވައިކަރަދޫގައި ސައިކަލެއްގައި ރޯކޮށްލި މައްސަލާގައި މީހަކު ހައްޔަރެއް ނުކުރޭ 📍 ހދ. ވައިކަރަދޫ

ވައިކަރަދޫގައި ސައިކަލެއްގައި ރޯކޮށްލި މައްސަލާގައި މީހަކު ހައްޔަރެއް ނުކުރޭ

ހދ. ވައިކަރަދޫ ގެޔެއްގައި ހުރި ސައިކަލެއްގައި ރޯކޮށްލި މައްސަލާގައި މީހަކު ހައްޔަރު ނުކުރާކަމަށް ފުލުހުން ބުނެފިއެވެ. ތިލަދުންއަށް މައުލޫމާތު ދެއްވަމުން ފުލުހުން ބުނީ “މި މައްސަލާގައި މިހާތަނަށް އެއްވެސް މީހަކު ހައްޔަރު ނުކުރާ ކަމަށާއި އަދި މި މައްސަލަ މިހާރު ފުލުހުން ތަހުޤީގު ކުރަމުން އަންނަ ކަމަށެވެ. ވައިކަރަދޫ އަޒުމް ގޭގެ ގަރާޖުގައި ހުރި ވޭވް 125 ސައިކަލްގައި ރޯކޮށްލި ކަމުގެ ރިޕޯޓު ފުލުހުންނަށް ހުށަހަޅާފައި ވަނީ އެ ރޭ 23:57 ގައެވެ. މައުލޫމާތު ލިބޭގޮތުގައި ސައިކަލްގެ […]

އަފްރާހް އަބްދުލް ރަޝީދު
ވައިކަރަދޫގައި ސައިކަލެއްގައި ރޯކޮށްލައިފި 📍 ހދ. ވައިކަރަދޫ

ވައިކަރަދޫގައި ސައިކަލެއްގައި ރޯކޮށްލައިފި

ހދ. ވައިކަރަދޫގައި ރޭ ސައިކަލެއްގައި ރޯކޮށްލައިފި އެވެ. އެ ރަށު އަޒުމް ގޭގެ ގަރާޖުގައި ހުރި ސައިކަލްގައި ރޭ 11:30 ކަން ހާ އިރު ރޯކޮށްލިއިރު އެ ސައިކަލު ވަނީ ބޭނުންނުކުރެވޭ ވަރަށް އަނދައިފަ އެވެ. އެ މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ. އިތުރު މައުލޫމާތެއް ނުދެ އެވެ. މައުލޫމާތު ލިބޭގޮތުގައި ސައިކަލްގެ ވެރިފަރާތަކީ ޢަދާލަތު ޕާރޓީ ވައިކަރަދޫ ގޮފީގެ ރައީސް މުހައްމަދު އާމިރު އެވެ. އާމިރު މިހާރު ހުރީ ޙައްޖުގެ އަޅުކަން އަދާކުރުމަށް މައްކާގައެވެ. […]

އިބްރާހިމް އަސްވާޤް
ޚަލީލާ އައިޔޫއެމްގެ ވައިސް ޗާންސެލަރު ކަމުން ވަކިކޮށްފި 📍 ހދ. ވައިކަރަދޫ

ޚަލީލާ އައިޔޫއެމްގެ ވައިސް ޗާންސެލަރު ކަމުން ވަކިކޮށްފި

ހދ. ވައިކަރަދޫ ބުލޫހައުސް، އާއިޝަތު ޚަލީލާ ޢަބްދުއްސައްތާރު އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް) ގެ ވައިސް ޗާންސެލަރ ކަމުން ވަކިކޮށްފިއެވެ. އައިޔޫއެމްގެ ވައިސް ޗާންސެލަރ ކަމުން ކަލީލާ ވަކިކުރައްވާ އެމަޤާމް ދީފައިވަނީ ޑރ. އިބްރާހިމް ޒަކަރިއްޔާ މޫސާ އަށެވެ. އަދި އެމަޤާމަށް ބޭފުޅަކު ހަމަޖައްސަވާފައިވަނީ ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙެވެ. ވައިސް ޗާންސެލަރުންނަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބޭފުޅުން ހަމަޖައްސާފައިވަނީ، ގައުމީ ޔުނިވާސިޓީ އާއި އައިޔޫއެމްގެ ގާނޫނަށް ރައްޔިތުން...

Thiladhun
ވައިކަރަދޫ ގަބުރުސްތާނު ވަށާ ފާރު ރޭނުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި 📍 ހދ. ވައިކަރަދޫ

ވައިކަރަދޫ ގަބުރުސްތާނު ވަށާ ފާރު ރޭނުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

‏ހދ.ވައިކަރަދޫ ގަބުރުސްތާން ވަށާފާރު ރޭނުމަށް ފައިސާ ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުންކޮށްފިއެވެ. ‏މިއެއްބަސްވުމުގައި ހޯމް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ އަލީ ނަޛީރުއެވެ. އަދި ‏ވައިކަރަދޫ ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ ކައުންސިލް މެމްބަރު އިބްރާހިމް މުހައްމަދެވެ. ސޮއި ކުރުމުގެ މިރަސްމިއްޔާތުގައި ކައުންސިލްގެ ޑިރެކްޓަރ މުޙައްމަދު ރަބީޢުވެސް ވަނީ ބައިވެރިވެ ވަޑައިގެންފައެވެ. ވައިކަރަދޫގެ ގަބުރުސްތާން ވަށާފާރު ރޭނުމަށް އެމަޝްރޫއަށް މިނިސްޓްރީގެ ފަރާތުން ތިންލައްކަ...

Thiladhun