މައި ޚަބަރަށް ދިޔުމަށް
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

ދައްކަނީ: 📍 ހދ. ނޮޅިވަރަންފަރު (243 ޚަބަރު)
✕ ހުރިހާ ރަށެއްގެ ޚަބަރު ބައްލަވާ
243 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ނޮޅިވަރަންފަރުގެ އެންމެ ފަހުގެ ޚަބަރުތައް

243 ޚަބަރުގެ ތެރެއިން
އެހީ ޖަމިއްޔާގެ އެހީ ނޮޅިވަރަންފަރު ކައުންސިލަށް 📍 ހދ. ނޮޅިވަރަންފަރު

އެހީ ޖަމިއްޔާގެ އެހީ ނޮޅިވަރަންފަރު ކައުންސިލަށް

ވިއްސާރަވެ ފެންބޮޑުވާ ހާލަތްތަކުގައި ބޭނުންކުރުމަށްޓަކައި އެހީ ޖަމުޢިއްޔާގެ ފަރާތުން ހދ. ނޮޅިވަރަންފަރު ކައުންސިލަށް 4 އިންޗީގެ ޕެޓްރޯލް ޕަންޕަކާއި ހޮޅި ހަދިޔާކޮށްފިއެވެ. މި އެހީއާ ގުޅިގެން ނޮޅިވަރަންފަރު ކައުންސިލުން ވަނީ އެ ޖަމުޢިއްޔާގެ އެންމެހައި މެންބަރުންނަށް ކައުންސިލާއި ރަށުގެ ރައްޔިތުންގެ ނަމުގައި އިޚްލާޞްތެރިކަމާއެކު ޝުކުރު އަދާކޮށްފައެވެ. ކައުންސިލުން ހާމަކުރި ގޮތުގައި ރަށުގެ ލާބައާއި މަންފާއަށް އެހީ ޖަމުޢިއްޔާއިން ވެދެއްވި މި ދީލަތި އެހީތެރިކަމަކީ ނުހަނު ބޭނުންތެރި އަދި ޝުކުރުވެރިކަމާ

ފާތިމަތު ސަޙާ
ވާރޭ ހުއްޓާލި ނަމަވެސް ނޮޅިވަރަމްގެ ގިނަ ގެތަކުގައި އަދިވެސް ފެންބޮޑުވެފައި 📍 ހދ. ނޮޅިވަރަންފަރު 2 މިނިޓު

ވާރޭ ހުއްޓާލި ނަމަވެސް ނޮޅިވަރަމްގެ ގިނަ ގެތަކުގައި އަދިވެސް ފެންބޮޑުވެފައި

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ވާރޭ ވެހުން ހުއްޓިފައިވީ ނަމަވެސް ނޮޅިވަރަމްގެ ގިނަ ގެތަކެއްގައި އަދިވެސް ފެންބޮޑުވެފައިވާ ކަމަށާއި، ނޮޅިވަރަންފަރުގެ ބޮޑު ސަރަހައްދަކުން ފެން ހިނދި ގެއްލުންތައް ދެނެގަތުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނެފިއެވެ. އެންޑީއެމްއޭ އިން އާންމުކުރި ވިއްސާރައިގެ އެންމެ ފަހުގެ މައުލޫމާތުގައިވާ ގޮތުން، ނޮޅިވަރަމަށް ވާރޭ ވެހުން މިހާރު ވަނީ ހުއްޓާލާފައެވެ. ނަމަވެސް ވާރޭ ހުއްޓުނު ނަމަވެސް، އެ ރަށުގެ ގިނ...

ޔުމްނާ ޢަލީ
ކުޅުދުއްފުށިން 190 އަށް ވުރެ ގިނަ ގެއަށް، ނޮޅިވަރަމްގެ ގާތްގަނޑަކަށް ހުރިހާ ގެއަކަށް ފެންވަދެ ރައްޔިތުން ހާލުގައި 📍 ހދ. ނޮޅިވަރަންފަރު

ކުޅުދުއްފުށިން 190 އަށް ވުރެ ގިނަ ގެއަށް، ނޮޅިވަރަމްގެ ގާތްގަނޑަކަށް ހުރިހާ ގެއަކަށް ފެންވަދެ ރައްޔިތުން ހާލުގައި

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ހދ. އަތޮޅުގެ ރަށްތަކަށް ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން ކުޅުދުއްފުށި ސިޓީގެ 190 އަށް ވުރެ ގިނަ ގެއަށާއި، ނޮޅިވަރަމުގެ ގާތްގަނޑަކަށް ހުރިހާ ގެއަކަށް ފެންވަދެ ބޮޑެތި ގެއްލުންތަކެއް ވެއްޖެއެވެ. ވިއްސާރައިގެ ސަބަބުން މި ރަށްތަކުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެފައިވާއިރު، ނޮޅިވަރަމުން ބައެއް ޢާއިލާތައް ވަނީ އެހެން ގެތަކަށް ބަދަލުކުރަން ވެސް ޖެހިފައެވެ. ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހާމަކޮށްފައިވާ ގޮތުގައި، ރޭން ފެށިގެން ބ...

ޔުމްނާ ޢަލީ
ނޮޅިވަރަންފަރުގެ ''މަދަހަވީ ބަހާރު''ގެ ފަޚުރުވެރި 1ވަނަ ރިޔާޟަށް؛ ގްރޫޕް މަދަހައިގެ 1ވަނަ މުސްތަރީއަށް 📍 ހދ. ނޮޅިވަރަންފަރު

ނޮޅިވަރަންފަރުގެ ''މަދަހަވީ ބަހާރު''ގެ ފަޚުރުވެރި 1ވަނަ ރިޔާޟަށް؛ ގްރޫޕް މަދަހައިގެ 1ވަނަ މުސްތަރީއަށް

ނޮޅިވަރަންފަރު ކައުންސިލާއި، އެ ރަށު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީ (އތމކ) އަދި ނޮޅިވަރަންފަރު ސްކޫލް ގުޅިގެން ކުރިއަށްގެންދިޔަ “މަދަހީ ބަހާރު”ގެ ވަކިވަކި މަދަހައިގެ ބައިން ފަޚުރުވެރި 1 ވަނަ އެ ރަށު ޓިޔުލިޕް މުޙައްމަދު ރިޔާޟަށް ލިބުނު އިރު މުޅި މުބާރާތުގެ ގުރޫޕް މަދަހައިގެ ބައިން 1 ވަނަ ހޯދާފައިވަނީ މުސްތަރީއެވެ. މި މުބާރާތުގެ ވަކިވަކި މަދަހައިގެ ބައިން މުޅި މުބާރާތުން 2 ވަނަ އާޞިމް މުޙައްމަދަށް ލިބިފައިވާއިރު 3 ވަނަ ހޯދާފައިވަނީ ސިމާނާ ޙުސައިނެވެ. […]

ފާތިމަތު ސަޙާ
ނޮޅިވަރަންފަރުގައި ޓޫރިސްޓް ޕޮލިހުންގެ ޚިދުމަތް ޤާއިމުކުރުމަށް މަޝްވަރާ ކޮއްފި 📍 ހދ. ނޮޅިވަރަންފަރު

ނޮޅިވަރަންފަރުގައި ޓޫރިސްޓް ޕޮލިހުންގެ ޚިދުމަތް ޤާއިމުކުރުމަށް މަޝްވަރާ ކޮއްފި

މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް ސިވިލް އޭވިއޭޝަން އާއެކު، ހދ. ނޮޅިވަރަންފަރު ކައުންސިލުން، ބޭއްވި ބައްދަލުވުމެއްގައި ނޮޅިވަރަންފަރުގައި ޓޫރިސްޓް ޕޮލިހުންގެ ޚިދުމަތް ޤާއިމުކުރުމަށް، މަޝްވަރާކޮއްފިއެވެ. މި ބައްދަލުވުން ބާއްވާފައިވަނީ، ތަރައްޤީ ޕްލޭން އެކުލަވައިލުމުގެ ތަމްރީން ޕްރޮގްރާމްގައި ބައިވެރިވުމަށާއި، ދަޢުލަތުގެ މިނިސްޓްރީތަކާއި ވުޒާރާތަކާ ބައްދަލު ކުރުމަށް، އެ ރަށު ކައުންސިލުން، 26 އޯގަސްޓް 2026 އިން 05 ސެޕްޓެމްބަރގެ ނިޔަލަށް މާލޭސިޓީއަށް ކުރި ދަތުރުގެ ތެރެއިންނެވެ. މި ބައްދަލުވުމުގައި، ހދ...

ފާތިމަތު ސަޙާ
ނޮޅިވަރަންފަރު ޕޮލިހުން އެރަށު ކަބް ސްކައުޓުންނަށް މޫދުގެ ސަލާމަތްތެރިކަން އުނގަންނައިދީފި 📍 ހދ. ނޮޅިވަރަންފަރު

ނޮޅިވަރަންފަރު ޕޮލިހުން އެރަށު ކަބް ސްކައުޓުންނަށް މޫދުގެ ސަލާމަތްތެރިކަން އުނގަންނައިދީފި

ހދ. ނޮޅިވަރަންފަރު ސްކޫލުގެ ކަބް ސްކައުޓް ދަރިވަރުންނަށް އަމާޒުކޮށްގެން، މޫދުގެ ރައްކާތެރިކަމާއި ގެނބޭ މީހުން ސަލާމަތްކުރާނެ ގޮތްތައް ދަސްކޮށްދިނުމުގެ ހޭލުންތެރިކުރުމުގެ ސެޝަނެއް ނޮޅިވަރަންފަރު ޕޮލިހުން ބާއްވައިފިއެވެ. މި ސެޝަން ކުރިއަށްގެންގޮސްފައިވަނީ 2 ސެޕްޓެންބަރު 2026 ވަނަ ދުވަހުއެވެ. ނޮޅިވަރަންފަރު ޕޮލިހުގެ ފަރާތުން އިންތިޒާމުކޮށްގެން ކުރިއަށްގެންދިޔަ މި ހޭލުންތެރިކުރުމުގެ ސެޝަންގައި އެ ސްކޫލުގެ ކަބް ސްކައުޓްގެ ޖުމުލަ 7 ދަރިވަރަކު ވަނީ ބައިވެރިވެފައެވެ. ހދ. ޕޮލިހުން ބުނިގޮތުގައި މި ސެޝަންގ...

ފާތިމަތު ސަޙާ
ނޮޅިވަރަންފަރުގެ ތަރައްޤީގެ މުހިންމު މަޝްރޫޢުތަކާ ގުޅޭގޮތުން ނައިބު ރައީސާއެކު ކައުންސިލުން މަޝްވަރާކޮށްފި 📍 ހދ. ނޮޅިވަރަންފަރު

ނޮޅިވަރަންފަރުގެ ތަރައްޤީގެ މުހިންމު މަޝްރޫޢުތަކާ ގުޅޭގޮތުން ނައިބު ރައީސާއެކު ކައުންސިލުން މަޝްވަރާކޮށްފި

ނައިބު ރައީސް ޙުސައިން މުޙައްމަދު ލަޠީފް، ތިލަދުންމަތީ ދެކުނުބުރީ ނޮޅިވަރަންފަރު ކައުންސިލާ ބައްދަލުކުރައްވައި އެރަށުގެ ތަރައްޤީގެ މުހިންމު ކަންކަމާ ގުޅޭގޮތުން މިއަދު މަޝްވަރާކުރައްވައިފިއެވެ. މި މަޝްވަރާ ބައްދަލުކުރެއްވުން އޮތީ މިއަދު ހެނދުނު ރައީސް އޮފީހުގައެވެ. މި ބައްދަލުކުރެއްވުމުގައި ނޮޅިވަރަންފަރު ކައުންސިލުގެ މެންބަރުން ވަނީ އެރަށުގެ ތަރައްޤީއަށް އެންމެ ބޭނުންވާ ކަންކަމާއި، އެކަންކަން ހާސިލުކުރުމަށް ކުރިމަތިވާ ގޮންޖެހުންތައް ރައީސުލްޖުމްހޫރިއްޔާގެ ނައިބާ ހިއްސާ ކުރައްވާފައެވެ. މިގޮތުން ރ...

ޔުމްނާ ޢަލީ
ނޮޅިވަރަންފަރު ކައުންސިލްގެ ''މަދަޙަވީ ބަހާރު'' ގައި ބައިވެރިވުމަށް ފުރުޞަތު 📍 ހދ. ނޮޅިވަރަންފަރު

ނޮޅިވަރަންފަރު ކައުންސިލްގެ ''މަދަޙަވީ ބަހާރު'' ގައި ބައިވެރިވުމަށް ފުރުޞަތު

ހދ. ނޮޅިވަރަންފަރު ކައުންސިލުން އިންތިޒާމުކޮށްގެން ބާއްވާ “މަދަޙަވީ ބަހާރު 2026” މަދަހަ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު އާންމުކޮށް ހުޅުވާލައިފިއެވެ. މި މުބާރާތަކީ ނޮޅިވަރަންފަރު ކައުންސިލާއި، އެ ރަށު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީ (އތމކ) އަދި ނޮޅިވަރަންފަރު ސްކޫލް ގުޅިގެން ކުރިއަށްގެންދާ މުބާރާތެކެވެ. މި މުބާރާތުގެ މައިގަނޑު މަޤްޞަދަކީ ސްކޫލް ދަރިވަރުންނާއި އާންމުންގެ މެދުގައި މަދަހަ ކިޔުމުގެ ފަންނު އިތުރުކުރުމާއި، މަދަހައަށް ލޯބިޖެއްސުމެވެ. އަދި ދީނާއި ދިވެހި އަދަބިއްޔާތަށ...

ފާތިމަތު ސަޙާ
ނޮޅިވަރަންފަރުގެ ތަރައްޤީގެ މުހިންމު މަޝްރޫޢުތަކާ ގުޅޭގޮތުން މަޝްވަރާކޮށްފި 📍 ހދ. ނޮޅިވަރަންފަރު

ނޮޅިވަރަންފަރުގެ ތަރައްޤީގެ މުހިންމު މަޝްރޫޢުތަކާ ގުޅޭގޮތުން މަޝްވަރާކޮށްފި

ހދ. ނޮޅިވަރަންފަރުގައި ހިންގުމަށް ހަމަޖެހިފައިވާ ތަރައްޤީގެ އެކި މަޝްރޫޢުތަކާ ގުޅޭގޮތުން އެ ރަށު ކައުންސިލުން، މިނިސްޓްރީ މިނިސްޓަރ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓާއެކު މުހިންމު މަޝްވަރާ ބައްދަލުވުމެއް ބާއްވައިފިއެވެ. މި ބައްދަލުވުމަކީ ހައުސިންގ މިނިސްޓްރީއާ ގުޅުންހުރި ތަރައްޤީގެ މަޝްރޫޢުތައް އަވަސްކުރުމަށާއި، ރަށުގެ ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކަށް އެދެވޭ އަވަސް ޙައްލެއް ހޯދައިދިނުމުގެ މަޤްޞަދުގައި ބޭއްވުނު ބައްދަލުވުމެއް ކަމަށް ނޮޅިވަރަންފަރު ކައުންސިލުން މ...

ފާތިމަތު ސަޙާ
ނޮޅިވަރަންފަރުގައި ހުރި ސީދީ ޒިޔާރަތާއި އިހުގެ ހުކުރު މިސްކިތުގެ ފޮޓޯ ކައުންސިލުން ހޯދަނީ 📍 ހދ. ނޮޅިވަރަންފަރު

ނޮޅިވަރަންފަރުގައި ހުރި ސީދީ ޒިޔާރަތާއި އިހުގެ ހުކުރު މިސްކިތުގެ ފޮޓޯ ކައުންސިލުން ހޯދަނީ

ހދ.ނޮޅިވަރަންފަރުގައި ހުރި ސީދީ ޒިޔާރަތާއި، އިހުގެ ހުކުރު މިސްކިތުގެ ފޮޓޯ ހުރި ފަރާތްތަކުން، ކައުންސިލް އިދާރާއަށް ފޮޓޯތައް ޙިއްޞާކޮއްދެއްވުމަށް އެ ރަށު ކައުންސިލުން އެދިއްޖެއެވެ. އެ ރަށުގެ އާސާރީ ތަރިކަ ރައްކާތެރިކޮށް، ދެެމެހެއްޓުމުގެ ގޮތުން ކުރެވެމުންދާ މަސައްކަތްތަކުގެ ތެރެއިން، ސީދީ ޒިޔާރަތާއި އިހުގެ ހުކުރު މިސްކިތުގެ އާބާތުރަފިލުވައި، އެ ތަންތަން ކުރިން ހުރި އަސްލުގޮތަށް އިޔާދަ ކުރުމުގެ މަސައްކަތް ކުރުމަށް އެ ކައުންސިލުން ނިންމާފައިވާކަމަށް އެ ކައުންސިލުން ބުނެފައިވެއެވެ. އެ މަސައްކަތް ވީހާ...

ފާތިމަތު ސަޙާ
މީހަކު މަރާލި ނޮޅިވަރަންފަރު މީހާއަށް މަރުގެ ހުކުމް 📍 ހދ. ނޮޅިވަރަންފަރު

މީހަކު މަރާލި ނޮޅިވަރަންފަރު މީހާއަށް މަރުގެ ހުކުމް

ލ. މާވަށުގައި މިދިޔަ އަހަރު ހިންގި ހަމަނުޖެހުމެއްގައި މީހަކު މަރާލި ހދ. ނޮޅިވަރަންފަރު މީހާ މަރަން ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ. ދެބަސްވުމެއްގެ ތެރެއިން އެ ރަށު ނަލަހިޔާ، މޫސާ އިބްރާހިމްގެ ކަރަށް ވަޅިއަކުން ހަމަލާދީ މަރާލި މައްސަލާގައި ދައުލަތުން ދައުވާކުރީ ހދ. ނޮޅިވަރަންފަރު، އަސަރީމަންޒިލް، މުހައްމަދު އިބްރާހިމްގެ މައްޗަށެވެ. އެ މައްސަލާގައި ކްރިމިނަލް ކޯޓުން މިދިޔަ ހޯމަ ދުވަހު ކުރި ހުކުމުގައިވަނީ މޫސައަށް ހަމަލާދިނީ މަރާލުމުގެ ގަސްދުގައި ނޫން ކަމަށް މުހައްމަދު ބުނެފައިވީ ނަމަވެސް, އޭނާ...

ހުސައިން ހަބީބް
ނޮޅިވަރަންފަރު އަތުން ބޮޑު މޮޅެއް ހޯދައި ނައިވާދޫ ފައިނަލަށް 📍 ހދ. ނައިވާދޫ

ނޮޅިވަރަންފަރު އަތުން ބޮޑު މޮޅެއް ހޯދައި ނައިވާދޫ ފައިނަލަށް

“އެފްއޭއެމް ފުޓްސަލް އެޓޯލް ޗެމްޕިއަންޝިޕް 2026″ގެ ހދ.އަތޮޅު ބުރުގެ ފައިނަލްގެ ދެވަނަ ޖާގަ ނައިވާދޫ ކަށަވަރުކޮށްފިއެވެ. ހިއުންޑާއި ގޯލްޑަން ފުޓްސަލް ޗެލެންޖް 2026 ގެ ތަށި އުފުލާލައި، ރާއްޖޭގެ ފުޓްސަލް ރަސްގެފާނުގެ މަގާމުގައި މިވަގުތު އޮތް ނައިވާދޫ މިރޭ ކުޅުނު ހދ. އަތޮޅު ބުރުގެ ސެމީ ފައިނަލް މެޗު ކާމިޔާބުކުރީ ނޮޅިވަރަންފަރާއި ބައްދަލުކުރި މެޗު 5-0 އިން ކާމިޔާބުކޮށްގެންނެވެ. މެޗުގެ ފުރަތަމަ ހާފުގައި ނޮޅިވަރަންފަރުން ވަނީ ގަދަފަދަ ނައިވާދޫ ހިފަހައްޓައި ލަނޑެއްޖެހި ނުދީ ހާފު ނިންމާލާފައެވެ. މި […]

ޔުމްނާ ޢަލީ
ފުޓްސަލް އެޓޯލް ޗެމްޕިއަންޝިޕްގެ ހދ.އަތޮޅުގެ ސެމީ ފައިނަލް މެޗުތައް މިއަދު 📍 ހދ. ނައިވާދޫ

ފުޓްސަލް އެޓޯލް ޗެމްޕިއަންޝިޕްގެ ހދ.އަތޮޅުގެ ސެމީ ފައިނަލް މެޗުތައް މިއަދު

“އެފްއޭއެމް ފުޓްސަލް އެޓޯލް ޗެމްޕިއަންޝިޕް 2026″ގެ ހދ.އަތޮޅު ބުރުގެ ސެމީ ފައިނަލް މެޗުތައް މިއަދު ކުޅޭނެއެވެ. މިގޮތުން މިއަދު ކުޅޭ ސެމީގެ ފުރަތަމަ މެޗުގައި ކުޅޭނީ ގްރޫޕް އޭގެ އެއްވަނަ ހޯދި ހަނިމާދޫ އާއި ގްރޫޕް ބީގެ ދެވަނަ ހޯދި ނޭކުރެންދޫ އެވެ. މި މެޗު ފަށާނީ މިއަދު ހަވީރު 16:45 ގައެވެ. ސެމީގެ ދެވަނަ މެޗު ފަށާނީ މިރޭ 20:30 ގައެވެ. މި މެޗުގައި ކުޅޭނީ ގްރޫޕް ބީ އިން އެއްވަނަ ހޯދި މިވަގުތު ރާއްޖޭގެ ފުޓްސަލް […]

ޔުމްނާ ޢަލީ
ނޮޅިވަރަންފަރު އަންހެނުންގެ ކޮމެޓީން ރަށުގެ ޚިދުމަތްތެރި ކަނބަލުންގެ އަގުވަޒަންކޮށް އެވޯޑު ދީފި 📍 ހދ. ނޮޅިވަރަންފަރު

ނޮޅިވަރަންފަރު އަންހެނުންގެ ކޮމެޓީން ރަށުގެ ޚިދުމަތްތެރި ކަނބަލުންގެ އަގުވަޒަންކޮށް އެވޯޑު ދީފި

ހދ.ނޮޅިވަރަންފަރު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިޔުޑީސީ)އިން އެރަށުގެ ޚިދުމަތްތެރި އަންހެންބޭފުޅުންގެ އަގުވަޒަންކޮށް އެވޯޑު ދީފިއެވެ. މި އެވޯޑްތައް ދީފައި ވަނީ ބައިނަލްއަޤްވާމީ އަންހެނުންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން އެ ކޮމެޓީން އިންތިޒާމްކޮށްގެން ބޭއްވި ހާއްސަ ހަފްލާއެއްގައެވެ. މި ޙަފްލާއަކީ ގިނަ ދުވަހު ރަށަށް ޚިދުމަތް ކޮއްދެއްވާފައިވާ ކަނބަލުންނާއި ފާހަގަ ކޮއްލެވޭ ކާމިޔާބީތައް ހޯދައި، ރަށަށް ރީތިނަން ހޯދައިދީފައިވާ ރަށުގެ ކަނބަލުންނާއި އާމްދަނީ ހޯދުމަށް ގޭގައި ކުރާ މ...

ފާތިމަތު ސަޙާ
ނޮޅިވަރަންފަރުގެ އިގްތިސޯދާއި ވިޔަފާރީގެ ދާއިރާ ކުރިއެރުވުމަށް އޮންލައިން ވޯކްޝޮޕެއް 📍 ހދ. ނޮޅިވަރަންފަރު

ނޮޅިވަރަންފަރުގެ އިގްތިސޯދާއި ވިޔަފާރީގެ ދާއިރާ ކުރިއެރުވުމަށް އޮންލައިން ވޯކްޝޮޕެއް

ރަށުގެ އިޤްތިޞާދީ އަދި ވިޔަފާރީގެ ދާއިރާ ކުރިއެރުވުމަށް ޝައުޤުވެރިވާ ފަރާތްތަކަށް އަމާޒުކޮށްގެން އޮންލައިން ވޯކްޝޮޕެއް ބޭއްވުމަށް ހަމަޖެހިފައިވާކަމަށް ހދ. ނޮޅިވަރަންފަރު ކައުންސިލުން ބުނެފިއެވެ. މި ވޯކްޝޮަޕަކީ އެ ކައުންސިލާއި “އުމައިރު އިންސްޓިޓިޔުޓް” ގުޅިގެން ”ޖަމާޢަތުގެ އިޤްތިޞާދީ ތަރައްޤީ” ގެ ނަމުގައި ބާއްވާ މވޯކްޝޮޕެކެވެ.. ނޮޅިވަރަންފަރު ކައުންސިލް އިދާރާއިން މަޢުލޫމާތު ދެއްވާ ގޮތުގައި، މި ވޯކްޝޮޕްގައި ބައިވެރިވާ ފަރާތްތަކަށް މި ދާއިރާއާ ގުޅޭ ޚާއްޞަ “ޑިޖިޓަލް އަތްމަތީ ފޮތެއް” ހިލޭ ލިބޭނެއެވެ...

ފާތިމަތު ސަޙާ