މައި ޚަބަރަށް ދިޔުމަށް
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

ދައްކަނީ: 📍 ހއ. ދިއްދޫ (788 ޚަބަރު)
✕ ހުރިހާ ރަށެއްގެ ޚަބަރު ބައްލަވާ
788 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ދިއްދޫގެ އެންމެ ފަހުގެ ޚަބަރުތައް

788 ޚަބަރުގެ ތެރެއިން
ނޯތު ރީޖަން ކޮލިފައިންގައި ހަނިމާދޫ-ދިއްދޫ މެޗު އެއްވަރު 📍 ހއ. ދިއްދޫ

ނޯތު ރީޖަން ކޮލިފައިންގައި ހަނިމާދޫ-ދިއްދޫ މެޗު އެއްވަރު

ރާއްޖޭގެ ފުޓްބޯލައިގެ އާ އޮނިގަނޑުގެ ދަށުން، ކުރިއަށް އޮތް 2026/2027 ދިވެހި ޕްރިމިއާ ލީގަށް ކޮލިފައިވާން ކުޅޭ ރީޖަނަލް ލީގު ކޮލިފިކޭޝަންގައި ނޯތު ރީޖަން ލީގުގެ ކޮލިފައިންގެ ފަހު މެޗުގައި ހަނިމާދޫ އާއި ދިއްދޫ މިއަދު ކުޅުނު މެޗު އެއްވަރުވެއްޖެއެވެ. މެޗަށް ނުކުތްއިރު ވެސް ފައިނަލް ކަށަވަރުވެފައިވާ މި ދެ ޓީމުގެ މެޗު ނިމުނީ 2-2 އިން އެއްވަރުވެގެންނެވެ. މުހިންމު ކުޅުންތެރިންތަކެއް ބެންޗުގައި ބައިތިއްބައިގެން ކުޅެން ނުކުތް ހަނިމާދޫ ވަނީ މެޗުގެ ފުރަތަމަ ހާފުގެ 10 ވަނަ […]

ޔުމްނާ ޢަލީ
''ދިއްދޫ ރައްޔިތަކު މީސްމީޑިއާގައި އާންމުކުރި ސިޓީގައިވާ ކަންކަން އިންސާފުވެރިކަމާއެކު ބަލައިދޭނެ'' 📍 ހއ. ދިއްދޫ

''ދިއްދޫ ރައްޔިތަކު މީސްމީޑިއާގައި އާންމުކުރި ސިޓީގައިވާ ކަންކަން އިންސާފުވެރިކަމާއެކު ބަލައިދޭނެ''

ޓެކްސީ ނަފާ ލޯނު ސްކީމްގެ ދަށުން ލިބުނު ކާރުތައް ރަޖިސްޓްރީ ނުކުރެވި ލަސްވާތީ ދިމާވާ ދަތިތަކާ ގުޅިގެން ހއ. ދިއްދޫ ރައްޔިތަކު މީސްމީޑިއާގައި އާންމުކުރި ސިޓީގައިވާ ކަންކަން އިންސާފުވެރިކަމާއެކު ބަލައި، އަވަސް ހައްލެއް ހޯދައިދިނުމަށް މަސައްކަތް ކުރަށްވާނެކަމުގެ ޔަގީންކަން އިގްތިސޯދީ ތަރައްގީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުހައްމަދު ސައީދު ދެއްވައިފިއެވެ. ހއ. ދިއްދޫ، މުތީގެ، އާދަމް ސަލީމް މީސްމީޑިއާގެ ”އެކްސް” މެދުވެރިކޮށް ވަޒީރު ސައީދަށް އެޑްރެސްކޮށް ފޮނުވި ސިޓީގައި ފާހަގަކޮށްފައިވަނީ، ޓެކްސީ ނަފާ ލޯނ...

ޔުމްނާ ޢަލީ
ނޯތު ރީޖަން ކޮލިފައިންގެ ފުރަތަމަ މެޗު ދިއްދޫ ކާމިޔާބުކޮށްފި 📍 ހއ. ދިއްދޫ

ނޯތު ރީޖަން ކޮލިފައިންގެ ފުރަތަމަ މެޗު ދިއްދޫ ކާމިޔާބުކޮށްފި

ރާއްޖޭގެ ފުޓްބޯލައިގެ އާ އޮނިގަނޑުގެ ދަށުން، ކުރިއަށް އޮތް 2026/2027 ދިވެހި ޕްރިމިއާ ލީގަށް ކޮލިފައިވާން ކުޅޭ ރީޖަނަލް ލީގު ކޮލިފިކޭޝަންގައި ނޯތު ރީޖަން ލީގުގެ ކޮލިފައިންގެ ފުރަތަމަ މެޗު ދިއްދޫ ކާމިޔާބުކޮށްފިއެވެ. ނޯތު ރީޖަން ލީގުގެ ކޮލިފައިންގެ ފުރަތަމަ މެޗު އެޓޯލް ޗެމްޕިއަންޝިޕް 2025/26ގެ ހއ. އަތޮޅުގެ ޗެމްޕިއަން ދިއްދޫ ކާމިޔާބުކުރީ އެޓޯލް ޗެމްޕިއަންޝިޕް 2025/26ގެ ހދ.އަތޮޅު ޗެމްޕިއަން ކުޅުދުއްފުށީ ސިޓީގެ މައްޗަށް 4-1 އިން ކުރި ހޯދައިގެންނެވެ. ވާދަވެރި ކުޅުމެއް ފެނިގެން ދިޔަ މި […]

ޔުމްނާ ޢަލީ
ދިއްދޫ އާއި ކުޅުދުއްފުށީ ސިޓީގައި އެފްއެސްއެމްގެ ފިއުލް ޝެޑު ގާއިމުކުރަނީ 📍 ހއ. ދިއްދޫ

ދިއްދޫ އާއި ކުޅުދުއްފުށީ ސިޓީގައި އެފްއެސްއެމްގެ ފިއުލް ޝެޑު ގާއިމުކުރަނީ

ހއ. ދިއްދޫ އާއި ހދ. ކުޅުދުއްފުށީ ސިޓީގައި އެސްޓީއޯގެ ސަބްސިޑިއަރީ ކުންފުނި، ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) އިން ތެޔޮ ޝެޑުތަކެއް ގާއިމުކުރުމުގެ މަސައްކަތް ފަށައިފިއެވެ. މިއީ ރާއްޖޭގެ ހުރިހާ އަތޮޅަކުން އެސްޓީއޯގެ ރޭޓުގައި ތެޔޮ ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް ސަރުކާރުން ކުރިއަށްގެންދާ މަޝްރޫއުގެ ދަށުން ނިންމި ނިންމުމެކެވެ. މި މަޝްރޫއުގެ ދަށުން މިހާރުވެސް ހއ. އިހަވަންދޫ އާއި ހދ. ހަނިމާދޫގައި އެފްއެސްއެމްގެ ފިއުލް ޝެޑުތަކުން ދަނީ ޚިދުމަތް ދެމުންނެވެ. ދިއްދޫ އާއި ކުޅުދުއްފުށީގައި މި ޚިދުމަ...

ޔުމްނާ ޢަލީ
ރައީސް މުއިއްޒު ކެނޑިނޭޅި މަސައްކަތް ކުރައްވަނީ ރައްޔިތުން ބޭނުންވާ ފަދަ ހެޔޮ ބަދަލުތަކެއް ގައުމަށް ގެނައުމަށް: ލަތީފް

ރައީސް މުއިއްޒު ކެނޑިނޭޅި މަސައްކަތް ކުރައްވަނީ ރައްޔިތުން ބޭނުންވާ ފަދަ ހެޔޮ ބަދަލުތަކެއް ގައުމަށް ގެނައުމަށް: ލަތީފް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ކެނޑިނޭޅި މަސައްކަތް ކުރައްވަނީ ރައްޔިތުން ބޭނުންވާ ފަދަ ހެޔޮ ބަދަލުތަކެއް ގައުމަށް ގެނައުމަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ދިއްދޫ ދާއިރާގެ މެމްބަރު އަބުދުއްލަތީފް މުޙައްމަދު (ލަތީބެ) ވިދާޅުވެއްޖެއެވެ. އެމްއެމްޓީވީގެ “ބޮޑު ޚަބަރު” ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން މެމްބަރު ލަތީފް ވިދާޅުވީ، ގައުމުގެ ހިންގުން ހަރުދަނާކުރުމަށާއި، ގާނޫނުއަސާސީއަށް ގެންނަންޖެހޭ މުހިންމު އިސްލާހުތައް ގެނައުމުގައި ރައީސްގެ ތަޖުރިބާގެ ބޭނުން ފުރިހަމައަށް ހިއްޕަވަމުންދާ ކަމ...

އަލީ އާދިލް
ދެ ޗެމްޕިއަންގެ މެޗުން ނޯތު ރީޖަން ލީގު ކޮލިފަޔާސް މިއަދު ފަށަނީ 📍 ހއ. ދިއްދޫ

ދެ ޗެމްޕިއަންގެ މެޗުން ނޯތު ރީޖަން ލީގު ކޮލިފަޔާސް މިއަދު ފަށަނީ

ރާއްޖޭގެ ފުޓްބޯލައިގެ އާ އޮނިގަނޑުގެ ދަށުން، ކުރިއަށް އޮތް 2026/2027 ދިވެހި ޕްރިމިއާ ލީގަށް ކޮލިފައިވާން ކުޅޭ ރީޖަނަލް ލީގު ކޮލިފިކޭޝަންގައި ނޯތު ރީޖަން ލީގުގެ ކޮލިފައިންގެ މެޗުތައް މިއަދު ފަށާނެއެވެ. ނޯތު ރީޖަން ލީގުގެ ކޮލިފައިންގައި މިއަދު ކުޅޭ މެޗުގައި ބައްދަލުކުރާނީ ހއ. އަތޮޅުގެ ޗެމްޕިއަން ދިއްދޫ އާއި ހދ. އަތޮޅުގެ ޗެމްޕިއަން ކުޅުދުއްފުށީ ސިޓީއެވެ. މި ރީޖަންގެ މެޗުތައް ކުޅޭނީ ހއ.ގެ ވެރިރަށް ދިއްދޫގައެވެ. ދިއްދޫ ފުޓްބޯޅަ ދަނޑުގައި މިއަދު ދެ ޗެމްޕިއަންގެ ކުރިމަތިލުން […]

ޔުމްނާ ޢަލީ
ދިއްދޫ ކައުންސިލްގެ ރައީސްކަން ޕީއެންސީއަށް، ބާކީ ގޮނޑިތައް އެމްޑީޕީއަށް 📍 ހއ. ދިއްދޫ

ދިއްދޫ ކައުންސިލްގެ ރައީސްކަން ޕީއެންސީއަށް، ބާކީ ގޮނޑިތައް އެމްޑީޕީއަށް

އިއްޔެ ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގައި ހއ. ދިއްދޫ ކައުންސިލްގެ ވަގުތީ ނަތީޖާ ދައްކާގޮތުން، އެ ރަށު ކައުންސިލްގެ ރައީސްކަމުގެ ގޮނޑި ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފައިވާއިރު ކައުންސިލްގެ އެހެން ގޮނޑިތަކުގެ އަޣުލަބިއްޔަތު ހޯދާފައިވަނީ އިދިކޮޅު އެމްޑީޕީންނެވެ. ދިއްދޫ ކައުންސިލްގެ ރައީސްކަމަށް ވާދަކުރެއްވި ދެ ކެންޑިޑޭޓުންގެ ތެރެއިން އިންތިޚާބު ކާމިޔާބު ކުރެއްވީ ޕީއެންސީގެ ކެންޑިޑޭޓް އުސްމާން ރަޝީދު އެވެ. އޭނާއަށް 1329 ވޯޓު ލިބިވަޑައިގެންފައިވާއިރު، މިއީ ވޯޓުލީ މީހުންގެ 56.03 އިންސައް...

އަލީ އާދިލް
ދިއްދޫގައި ބައިނަލްއަގުވާމީ ފެންވަރަށް ތަރައްގީކުރާ ފުޓްބޯޅަ ދަނޑުގެ އަމަލީ މަސައްކަތް ފަށައިފި 📍 ހއ. ދިއްދޫ

ދިއްދޫގައި ބައިނަލްއަގުވާމީ ފެންވަރަށް ތަރައްގީކުރާ ފުޓްބޯޅަ ދަނޑުގެ އަމަލީ މަސައްކަތް ފަށައިފި

ހއ. ދިއްދޫގައި ބައިނަލްއަގުވާމީ ފެންވަރަށް ތަރައްގީކުރާ ރަސްމީ ފުޓްބޯޅަ ދަނޑުގެ އަމަލީ މަސައްކަތް ފެށުމުގެ ރަސްމިއްޔާތު މިއަދު އެ ރަށުގައި ބާއްވައިފިއެވެ. މި މަޝްރޫއުގެ އަމަލީ މަސައްކަތް ރަސްމީކޮށް ފައްޓަވައިދެއްވީ މިނިސްޓަރ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަން އޮނަރަބަލް އަބްދުﷲ ރާފިއު އެވެ. މި ރަސްމިއްޔާތުގައި މިނިސްޓަރުގެ އިތުރުން، ދިއްދޫ ދާއިރާގެ ރައްޔިތުންގެ މަޖިލިސް މެންބަރު އަބްދުލް ލަތީފު މުޙައްމަދާއި، އެމްޓީސީސީގެ މެނޭޖިން ޑައިރެކްޓަރ، ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް (ރިޓަޔަރޑް) އަ...

ޔުމްނާ ޢަލީ
ދިއްދޫ، ފުނަދޫ، މިލަންދޫ ހިމެނޭހެން މުޅިން އަލަށް ޕަބްލިކް ވަރކްސް ޔުނިޓްތައް ގާއިމުކުރަނީ 📍 ހއ. ދިއްދޫ

ދިއްދޫ، ފުނަދޫ، މިލަންދޫ ހިމެނޭހެން މުޅިން އަލަށް ޕަބްލިކް ވަރކްސް ޔުނިޓްތައް ގާއިމުކުރަނީ

އަތޮޅުތަކުގައި ޕަބްލިކް ވަރކްސް ޔުނިޓްތައް އަލަށް ޤާއިމު ކުރާ ރަށްތަކާއި، އެ ތަންތަން ޤާއިމުކުރުމަށް ކުރަމުންދާ މަސައްކަތްކުގެ އަދާހަމަ މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ކައުންސިލް އެންޑް ޕަބްލިކް ވަރކްސް އާދަމް ޝަރީފް ޢުމަރު ހިއްސާކުރައްވައިފިއެވެ. މިނިސްޓަރ މި މަޢުލޫމާތު ހިއްސާކުރެއްވީ ނޫސްވެރިންނަށް މަޢުލޫމާތު ދެއްވުމަށް ރައީސް އޮފީހުގައި އިއްޔެ ބޭއްވި ބައްދަލުވުމެއްގައެވެ. ޖުމްލަ 19 އަތޮޅެއްގައި ޕަބްލިކް ވަރކްސް ޔުނިޓްތައް އަލަށް ގާއިމްކުރަން ވަނީ ނިންމާފައެވެ. 19 ރީޖަނަލް ޔުނިޓަށާއި 4 މޮބައިލް...

އައިޝަތު ޢާދަމް
ދިއްދުއަށް ކޮށްދިން ކަމެއް ކޮށްދިނީ މި ސަރުކާރުން: މެމްބަރު ލަތީފް 📍 ހއ. ދިއްދޫ

ދިއްދުއަށް ކޮށްދިން ކަމެއް ކޮށްދިނީ މި ސަރުކާރުން: މެމްބަރު ލަތީފް

ހއ. އަތޮޅަށް ވެސް އަދި ދިއްދުއަށް ވެސް ތަރައްގީއަށް ކަމެއް ކޮށްދީފައި އޮތީ މި ސަރުކާރުންކަމަށް ދިއްދޫ ދާއިޜާގެ މެމްބަރު އަބްދުއްލަތީފް މުހައްމަދު (ލަތީބެ) ވިދާޅުވެއްޖެ އެވެ. ދިއްދޫ ކެމްޕެއިން ހަރަކާތްތައް ފެށުމުގެ ގޮތުން އެ ރަށުގައި ބެއްވި ކޮންގްރެސް ޕާޓީގެ ކެމްޕެއިން ހަފްލާގައި ވާހަކަފުޅު ދައްކަވަމުން މެމްބަރު ވިދާޅުވީ ކޮންގްރެސް ޕާޓީގެ ފިކުރުން ދިއްދުއަށް ކޮށްދިން ކަންކަން ވަރަށް ގިނަ ކަމަށެވެ. “ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެންނެވީ ދިއްދޫ ރައްޔިތުންނަށް 3 ވައުދަކާ އެކު. އެންމެ […]

އައިޝަތު ޢާދަމް
އެމްޑީޕީން ދިއްދުއަށް ކޮށްދިން ކަމެއް ނެތް: ޝުޖާއު 📍 ހއ. ދިއްދޫ

އެމްޑީޕީން ދިއްދުއަށް ކޮށްދިން ކަމެއް ނެތް: ޝުޖާއު

އިދިކޮޅު އެމްޑިޕީން ހއ. ދިއްދުއަށް ކޮށްދިން އެއްވެސް ކަމެއް ނެތް ކަމަށް ބާރަސު ދާއިރާގެ މެމްބަރު އިބްރާހީމް ޝުޖާއު ވިދާޅުވެއްޖެ އެވެ. ކޮންގްރެސް ޕާޓީގެ ދިއްދޫ ޖަލްސާގައި ރޭ ވާހަކަ ދައްކަވަމުން ޝުޖާއު ވިދާޅުވީ އެމްޑީޕީން އެމީހުންގެ ވެރިކަމުގައި ދިއްދުއަށް ވެފައިވާ އެއްވެސް ވައުދެއް ފުއްދާފައި ނުވާކަމަށެވެ. “އިބްރާހީމް މުހައްމަދު ސާލިހު ދޮގު ހެއްދެވީ. ވިދާޅުވީ ދެ ފުޓުބޯޅަ ދަނޑު އަޅާނަމޭ. އެއް ދަނޑުވެސް ނޭޅުނޭ ފަސް އަަހަރު ނިމުނު އިރު. 2010 ވަނަ އަހަރު އެމްޑީޕީން […]

އައިޝަތު ޢާދަމް
ހިރިމަރަދޫ މީހުން ދިއްދޫއަށް ބަދަލުކުރާނަމަ މަރުހަބާ ކިޔާނަށް: ދިއްދޫ ރައީސް 📍 ހއ. ދިއްދޫ

ހިރިމަރަދޫ މީހުން ދިއްދޫއަށް ބަދަލުކުރާނަމަ މަރުހަބާ ކިޔާނަށް: ދިއްދޫ ރައީސް

ހދ. ހިރިމަރަދޫ މީހުން ހއ. ދިއްދޫއަށް ބަދަލުކުރާނަމަ މަރުހަބާ ކިޔާނެކަމަށް ދިއްދޫ ކައުންސިލްގެ ރައީސް ޢަބުދުﷲ ރަޝީދު ވިދާޅުވެއްޖެއެވެ. ހދ. ހިރިމަރަދޫ މީހުން ބަދަލުކުރަން ނިންމާފައި ވަނީ އެ އަތޮޅު ހަނިމާދޫ އަށެވެ. ކައުންސިލްގެ އެއްބާރުލުން ނުލިބިގެން ބައެއް ރަށްރަށުގެ މަޝްރޫޢުތައް ނުހިނގާ އޮތްކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެފައިވާތީ އެކަމާއި ގުޅިގެން ގެދޮރުވެރިކަމާއި ބެހޭ ވަޒީރު ޢަބުދުﷲ މުއްތަލިބާއި ނޫސްވެރިއަކު ވަނީ ރައީސް އޮފީހުގައި މާރިޗް 4 ވަނަ ދުވަހު އޮތް ނޫސްވެރިންގެ ބައްދަލުވު...

ޝިއުނާ އާދަމް
ޕްރެޒިޑެންޓްސް ކަޕުގެ ތަރިއަކީ ދިއްދޫ އަށް ނިސްބަތްވާ އެންމެ 18 އަހަރުގެ އަހްޒަމް  📍 ހއ. ދިއްދޫ

ޕްރެޒިޑެންޓްސް ކަޕުގެ ތަރިއަކީ ދިއްދޫ އަށް ނިސްބަތްވާ އެންމެ 18 އަހަރުގެ އަހްޒަމް 

ޕްރެޒިޑެންޓްސް ކަޕް 2026 ގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހއ. ދިއްދޫ އަށް ނިސްބަތް އުމުރުން 18 އަހަރުގެ އަހްޒަމް ރަޝީދު (އަހު) ހޯދައިފިއެވެ. މުޅި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ އިތުރުން އޭނާ ވަނީ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ މަގާމުވެސް ހޯދާފައެވެ. ޒުވާން މިޑްފީލްޑަރުގެ މި ކާމިޔާބީއާއި ގުޅިގެން ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ބުނީ ޕްރެޒިޑެންޓްސް ކަޕް 2026 ގެ އެންމެ އުުންމީދީ ކުޅުންތެރިޔާގެ ގޮތުގައި ފާހަގަވެގެންދިޔައީ […]

ޔުމްނާ ޢަލީ
މިއީ ހަމައެކަނި ބިން އިތުރުވުމެއް ނޫން، މިއީ "ޒަމާނީ ދިއްދޫ" ބިނާކުރުމުގެ ފެށުން: ލަތީފް 📍 ހއ. ދިއްދޫ

މިއީ ހަމައެކަނި ބިން އިތުރުވުމެއް ނޫން، މިއީ "ޒަމާނީ ދިއްދޫ" ބިނާކުރުމުގެ ފެށުން: ލަތީފް

ހއ. ދިއްދޫގެ ބޯހިޔާވަހިކަމަށާއި އެއާޕޯޓް ތަރައްގީކުރުމަށް ބޭނުންވާ ބިން ހިއްކުމުގެ ބިޔަ މަޝްރޫއު ކާމިޔާބުކަމާއެކު ނިންމާލުމާ ގުޅިގެން، އެއީ “ޒަމާނީ ދިއްދޫ” ބިނާކުރުމުގެ ފެށުން ކަމަށް ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް މުހައްމަދު (ލަތީބެ) ވިދާޅުވެއްޖެއެވެ. މި މަޝްރޫއަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅާ އެއްގޮތަށް ކުރިއަށް ގެންދެވުނު މުހިންމު މަސައްކަތެކެވެ. މި މަޝްރޫއު ނިންމާލުމުގެ އުފަލުގައި މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ލަތީފް ވިދާޅުވީ، ދިއްދޫގެ ބިޔަ ބިންހިއ...

ޔުމްނާ ޢަލީ
ދިއްދޫ ބިން ހިއްކުމުގެ ބިޔަ މަޝްރޫޢު ނިންމާލިކަން ރައީސް ޢިއުލާން ކުރަށްވައިފި 📍 ހއ. ދިއްދޫ

ދިއްދޫ ބިން ހިއްކުމުގެ ބިޔަ މަޝްރޫޢު ނިންމާލިކަން ރައީސް ޢިއުލާން ކުރަށްވައިފި

ހއ. ދިއްދޫ ބިން ހިއްކުމުގެ ބިޔަ މަޝްރޫޢު ކާމިޔާބުކަމާއެކު ނިންމާލެވިފައިވާކަން ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިރޭ ޢިއުލާން ކުރަށްވައިފިއެވެ. ރައީސް މިކަން ހާމަކުރެއްވީ މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ. ރައީސް ޑރ. މުޢިއްޒު ވިދާޅުވީ، ދިއްދޫގެ ބިން ހިއްކުމުގެ އަމަލީ މަސައްކަތްތައް ފުރިހަމަކޮށް، އެ މަޝްރޫޢު މިހާރު ވަނީ އެއްކޮށް ނިންމާލާފައިކަމަށެވެ. HA. Dhidhoo reclamation completed. Details of project: Dredger Arrival : 03rd January 2026 Reclamation started: 04th January 2026 […]

ޔުމްނާ ޢަލީ