މައި ޚަބަރަށް ދިޔުމަށް
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

ދައްކަނީ: 📍 ހއ. ދިއްދޫ (788 ޚަބަރު)
✕ ހުރިހާ ރަށެއްގެ ޚަބަރު ބައްލަވާ
788 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ދިއްދޫގެ އެންމެ ފަހުގެ ޚަބަރުތައް

788 ޚަބަރުގެ ތެރެއިން
ދިއްދޫ ބަނދަރުން 10 އަހަރަށް ދޫކޮށްފައިވާ ކުލީ ބިންތަކަށް 6 މަސް އިތުރުކުރުމުން އޭސީސީއަށް 📍 ހއ. ދިއްދޫ

ދިއްދޫ ބަނދަރުން 10 އަހަރަށް ދޫކޮށްފައިވާ ކުލީ ބިންތަކަށް 6 މަސް އިތުރުކުރުމުން އޭސީސީއަށް

ހއ. ދިއްދޫ ބަނދަރުން މީގެ 10 އަހަރު ކުރިން ވިޔަފާރިކުރުމަށް ކުއްޔަށް ދޫކުރެވިފައިވާ ބިންތަކުގެ މުއްދަތު ހަމަވުމަށްފަހު އިތުރު 6 މަސްދުވަސް އިތުރު ކުރެވިފައިވަނީ ކޮންއުޞޫލަކުންތޯ ބަލައިދިނުމަށް އެދި އެމައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށައަޅައިފިއެވެ. ތިލަދުންއަށް ކޮޕީ ލިބިފައިވާ އޭސީސީ އަށް މައްސަލަ ވެއްދުމުގެ ފޯމުގައި ބުނެފައިވަނީ އެކަމުގެ ސަބަބުން ދަޢުލަތައް ގެއްލުމުގެ ތަފްޞީލް ހިސާބެއް ކައުންސިލްމެދުވެރިކޮށް ހޯއްދަވައިދެވިދާނެތޯ ބެލުމަށާއި މި ޢަމަލު ހިންގިފަރާތްތަށް ޝަރީއަތަށ...

އިބްރާހިމް އަސްވާޤް
ދިއްދޫ ކައުންސިލާއި ހއ އަތޮޅު ކައުންސިލްއަށް ވާދަކުރާ އެމްޑީޕީ ކެންޑިޑޭޓުން އީސީއަށް ފޯމު ހުށައަޅައިފި 📍 ހއ. ދިއްދޫ

ދިއްދޫ ކައުންސިލާއި ހއ އަތޮޅު ކައުންސިލްއަށް ވާދަކުރާ އެމްޑީޕީ ކެންޑިޑޭޓުން އީސީއަށް ފޯމު ހުށައަޅައިފި

އަންނަ އެޕްރީލް މަހު 4 ވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލް އިންތިޚާބުގައި ހއ ދިއްދޫ ކައުންސިލާއި ހއ އަތޮޅު ކައުންސިލްއަށް ވާދަކުރާ އެމްޑީޕީ ކެންޑިޑޭޓުން އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ފޯމު ހުށައަޅައިފިއެވެ. ދިއްދޫ ކައުންސިލްއަށް އެމްޑީޕީގެ ޓިކެޓުގައި ވާދަކުރާ ހުރިހާ ކެންޑިޑޭޓުން އަދި ހއ އަތޮޅު ކައުންސިލްއަށް ވާދަކުރާ މޫސާ ޝަފީޤުގެ ފޯމު ހުށައަޅާފައިވަނީ މިއަދު ހެނދުނެވެ. އިލެކްޝަންސް ކޮމިޝަން ގެ ފަރާތުން މިފޯމުތަކާއި ހަވާލުވީ އީސީގެ ނައިބު ރައީސް އަހްމަދު އަކްރަމްއެވެ. އަދި […]

އިބްރާހިމް އަސްވާޤް
ދިއްދޫގައި ޢިމާރާތްކުރެވިފައިވާ ހައުސިންގ ޔުނިޓް ޙަވާލުކުރުމަށް ގުރުއަތު ނެގުން މިރޭ ބާއްވަނީ 📍 ހއ. ދިއްދޫ

ދިއްދޫގައި ޢިމާރާތްކުރެވިފައިވާ ހައުސިންގ ޔުނިޓް ޙަވާލުކުރުމަށް ގުރުއަތު ނެގުން މިރޭ ބާއްވަނީ

ހއ ދިއްދޫގައި ޢިމާރާތްކުރެވިފައިވާ ހައުސިންގ ޔުނިޓްތަކުގެ ތެރެއިން މިހާރު ދޫނުކޮށް ހުރި ހައުސިންގ ޔުނިޓްތައް ލިބޭ 110 ފަރާތުގެ ދާއިމީ ލިސްޓްގައިވާ ފަރާތްތަކަށް ހައުސިންގ ޔުނިޓް ޙަވާލުކުރުމަށް ގުރުއަތު ނެގުން މިރޭ ބޭއްވުމަށް ތިލަދުންމަތީ އުތުރުބުރީ ދިއްދޫ ކައުންސިލްގެ އިދާރާ އިން ނިންމައިފިއެވެ. މިއަދު އެއިދާރާއިން ކުރި އިޢުލާނެއްގައި ބުނެފައިވަނީ ހއ ދިއްދޫގައި ޢިމާރާތްކުރެވިފައިވާ ހައުސިންގ ޔުނިޓްތަކުގެ ތެރެއިން މިހާރު ދޫނުކޮށް ހުރި ހައުސިންގ ޔުނިޓްތައް ލިބޭ 110 ފަރާތުގެ ދާއިމީ ލިސްޓްގައިވާ ފަރާ...

ޔުމްނާ ޢަލީ
މަސްބާނަން އުޅެނިކޮން ނިޔާވި މީހާ ދިއްދޫއަށް ގެންގޮސްފި

މަސްބާނަން އުޅެނިކޮން ނިޔާވި މީހާ ދިއްދޫއަށް ގެންގޮސްފި

ހއ. އުލިގަމް ކައިރީ އޮތް ދޯންޏެއްގައި ހުރި މީހެއްގެ މެޔަށް ތަދެއް އަރައިގެން އޭނާ ހއ އަތޮޅު ހޮސްޕިޓަލަށް ގެންގޮސްފިއެވެ. އެމްއެންޑީއެފް އިން ވިދާޅުވީ، ނުޖޫމް 2 ނަމަކަށް ކިޔާ އެ ދޯނި އޮތީ އުލިގަމުގެ އުތުރުން 70 ނޯޓިކަލް މޭރު ބޭރުގައި ކަމަށެވެ. އަދި މެއަށް ތަދެއް އަރާފައި ވަނީ އެ ދޯނީގައި ހުރި 44 އަހަރުގެ ދިވެހި ފިރިހެނެކެވެ. އެމްއެންޑީއެފް އިން ވިދާޅުވީ، އޭނާގެ މެޔަށް ތަދެއް އެރީ ކުއްލިއަކަށްކަމަށާއި އެމީހާ ދިއްދޫއަށް ގެންދެވުނީ […]

ޔުމްނާ ޢަލީ
ދިއްދޫ ބަނދަރު ބޮޑުކުރުމާއި ބެހޭގޮތުން އޮޑިވެރިންނާއި، ކެޔޮޅުންންގެ ޚިޔާލު ހޯދަނީ! 📍 ހއ. ދިއްދޫ

ދިއްދޫ ބަނދަރު ބޮޑުކުރުމާއި ބެހޭގޮތުން އޮޑިވެރިންނާއި، ކެޔޮޅުންންގެ ޚިޔާލު ހޯދަނީ!

ހއ.ދިއްދޫގެ ބަނދަރު ބޮޑުކުރުމާއި ބެހޭގޮތުން ދިއްދޫގެ އޮޑިވެރިންނާއި، ކެޔޮޅުންންގެ ޚިޔާލާއި މަޝްވަރާ ހޯދުމަށް ބައްދަލުވުމެއް ބާއްވަން ދިއްދޫ ކައުންސިލުން ނިންމައިފިއެވެ. ދިއްދޫ ކައުންސިލުން ބުނެފައިވަނީ ދިއްދޫގެ ބަނދަރު ބޮޑުކުރުމާއި ބެހޭގޮތުން އެރަށު އޮޑިވެރިންނާއި، ކެޔޮޅުންގެ ޚިޔާލާއި މަޝްވަރާ ހޯދަން ބޭނުންވާ ކަމަށެވެ. އަދި އެކަން ކުރުމަށް ބާއްވާ މަޝްވަރާ ބައްދަލުވުމެއް މާދަމާ ރޭ 8:30 ގައި އޮންނާނެ ކަމަށެވެ. ދިއްދޫ ކައުންސިލުން އިތުރަށް ބުނެފައިވަނީ އެ ބައްދަލުވުމުގައި ބައިވެރިވުމަށް އެރަށު ހުރި...

ޝިއުނާ އާދަމް
ދިއްދޫގައި ޢިމާރާތްކުރެވިފައިވާ ހައުސިންގ ޔުނިޓްތައް ލިބޭ ފަރާތްތަަކުގެ ދާއިމީ ލިސްޓު އާންމުކޮށްފި 📍 ހއ. ދިއްދޫ

ދިއްދޫގައި ޢިމާރާތްކުރެވިފައިވާ ހައުސިންގ ޔުނިޓްތައް ލިބޭ ފަރާތްތަަކުގެ ދާއިމީ ލިސްޓު އާންމުކޮށްފި

ހއ ދިއްދޫގައި ޢިމާރާތްކުރެވިފައިވާ ހައުސިންގ ޔުނިޓްތަކުގެ ތެރެއިން މިހާރު ދޫނުކޮށް ހުރި ހައުސިންގ ޔުނިޓްތައް ލިބޭ 110 ފަރާތްތަަކުގެ ދާއިމީ ލިސްޓާއި އަދި އެކިއެކި ސަބަބުތަކާހުރެ ހައުސިންގ ޔުނިޓް ނުލިބޭ ފަރާތުގެ ލިސްޓް އާންމުކޮށްފިއެވެ. ހއ ދިއްދޫގައި ޢިމާރާތްކުރެވިފައިވާ ހައުސިންގ ޔުނިޓްތަކުގެ ތެރެއިން 110 ހައުސިންގ ޔުނިޓް ލިބޭ ފަރާތްތަކުގެ ދާއިމީ ލިސްޓާއި އަދި އެކިއެކި ސަބަބުތަކާއިހުރެ ހައުސިން ޔުނިޓް ނުލިބޭ ފަރާތްތަކުގެ ލިސްޓް ތިލަދުންމަތީ އުތުރުބުރީ ދިއްދޫ ކައުންސިލްގެ އިދާރާއިން މިއަދު ކުރި އި...

ޔުމްނާ ޢަލީ
ދިއްދޫގައި ސްވިމަރސް ޑިވެލޮޕްމަންޓް ޕްރޮގްރާމް ފަށައިފި 📍 ހއ. ދިއްދޫ

ދިއްދޫގައި ސްވިމަރސް ޑިވެލޮޕްމަންޓް ޕްރޮގްރާމް ފަށައިފި

ސްވިމިންގ އެސޯސިއޭޝަނާއި، ހއ.ދިއްދޫ ސްވިމިންގ ކޮމިއުނިޓީ އިސް ނަގައިގެން، ހއ.ދިއްދޫގައި ސްވިމަރސް ޑިވެލޮޕްމަންޓް ޕްރޮގްރާމް ފަށައިފިއެވެ. މިއީ، މާލެ ފިޔަވާ ދިވެހިރާއްޖޭގެ އެހެން ރަށެއްގައި މިއެސޯސިއޭޝަނުގެ ބެލުމުގެ ދަށުން ސްވިމަރސް ޑިވެލޮޕްމަންޓް ޕްރޮގްރާމެއް ފެށި ފުރަތަމަ ފަހަރެވެ. ޖުމްލަ 14 ކޯޗުންގެ އެހީތެރިކަމާއިއެކު ފެށި މި ޕްރޮގްރާމްގައި 40 ފެތުންތެރިން ވަނީ މިހާތަނަށް ބައިވެރިވެފައެވެ. ސްވިމަރސް ޑިވެލޮޕްމަންޓް ޕްރޮގްރާމަކީ، ސްވިމިންގ ކުރިއެރުވުމަށް ބިގިނަރ ލެވެލް އިން ފެށިގެން، ސްކޮޑް ލެވެ...

އިބްރާހިމް އަސްވާޤް
އުތުރަށް އައީ 4.5 ގެ ބިންހެލުމެއް، ދިއްދޫއާ 47.2 މޭލު ބޭރުން 10 ކިލޯމީޓަރު ފުނަށް

އުތުރަށް އައީ 4.5 ގެ ބިންހެލުމެއް، ދިއްދޫއާ 47.2 މޭލު ބޭރުން 10 ކިލޯމީޓަރު ފުނަށް

އުތުރަށް 4.5 ގެ ބިންހެލުމެއް، ދިއްދޫއާ 47.2 މޭލު ބޭރުން 10 ކިލޯމީޓަރު ފުނަށް ބިންހެލުމާ ބެހޭ މައުލޫމާތު ގެނެސްދޭ އިތުބާރުހުރި ބައެއް ވެބްސައިޓްތަކުގައި ބުނެފައިވާ ގޮތުގައި ރޭ ރާއްޖޭގެ އުތުރުގެ ރަށްރަށަށް ބިންހެލުމެއްގެ އަސަރުކޮށް ފައިވާކަމަށް ރިޕޯޓްކޮށްފައިވެއެވެ. 4.5 earthquake occurred 78km NE of Dhidhdhoo, Maldives at 20:47 UTC! #earthquake #Dhidhdhoo https://t.co/SEH77z1GvE — My Earthquake Alerts (@myearthquakeapp) February 6, 2020 އެގޮތުން އޫއެސްޖީއެސް ސައިޓުގައި ބުނެފައިވާ ގޮތުން ބިންހެލުނ...

އަލީ އާދިލް
ކުޅުދުއްފުށި ސިޓީއާއި ދިއްދޫ އައު އިންޖީނުގެ ޑިޒައިންކޮށް ޢިމާރާތް ކުރާނެ ފަރާތެއް ހޯދަނީ 📍 ހއ. ދިއްދޫ

ކުޅުދުއްފުށި ސިޓީއާއި ދިއްދޫ އައު އިންޖީނުގެ ޑިޒައިންކޮށް ޢިމާރާތް ކުރާނެ ފަރާތެއް ހޯދަނީ

ކުޅުދުއްފުށި ސިޓީ އަދި ހއ. ދިއްދޫގެ އައު ޕްރީފެބްރިކޭޓެޑް އިންޖީނުގެ ޑިޒައިންކޮށް ޢިމާރާތް ކުރާނެ ފަރާތެއް ހޯދުމަށް ޢިއުލާން ކޮށްފިއެވެ. ފެނަކައިން ކުރި ޢިއުލާނެއްގައި ވަނީ އެކުންފުނިން ދޭ ކުރެހުމާއި ބީ.އޯ.ކިޔު އަދި މަޢުލޫމާތާއި އެއްްގޮތަށް އަމިއްލަ ތަކެތީގައި ކުޅުދުއްފުށި ސިޓީ އަދި ހއ. ދިއްދޫ އައު ޕްރީފެބްރިކޭޓެޑް އިންޖީނުގެ ޑިޒައިންކޮށް ޢިމާރާތް ކުރާނެ ފަރާތެއް ހޯދުމަށް ބޭނުންވާކަމަށެވެ. އެމަސައްކަތްތަކަށް ކުރިމަތިލާ ފަރާތްތަކުން ބިޑްގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރުމުގެ މުއްދަތަކީ 4 ފެބްރުއ...

އަލީ އާދިލް
ދިއްދޫ ހައުސިންގ ޔުނިޓްތަކުގެ މަރާމާތު ފައިސާގެ ބާކީ ކައުންސިލަށް ލިބުމުން ދޫކުރެވޭނެ: ކައުންސިލް 📍 ހއ. ދިއްދޫ

ދިއްދޫ ހައުސިންގ ޔުނިޓްތަކުގެ މަރާމާތު ފައިސާގެ ބާކީ ކައުންސިލަށް ލިބުމުން ދޫކުރެވޭނެ: ކައުންސިލް

ހއ. ދިއްދޫގައި ޢިމާރާތް ކޮށްފައިވާ ހައުސިންގ ޔުނިޓްތަކުގެ މަރާމާތު ފައިސާގެ ތެރެއިން ބާކީ ދޫ ނުކުރެވިވާ %40 ފައިސާ، އެ ކައުންސިލަށް ލިބުމުން ދޫކުރެވޭނެކަމަށް ދިއްދޫ ކައުންސިލުން ހާމަކޮށްފިއެވެ. ދިއްދޫ ކައުންސިލުން ބުނީ ދިއްދޫގައި ޢިމާރާތްކޮށްފައިވާ ހައުސިންޔުނިޓްތަކުގެ ތެރެއިން ދިރިއުޅުމަށް ދޫކުރެވިފައިވާ ހައުސިންގ ޔުނިޓްގެ މަރާމާތު ފައިސާ ދޫކޮށްފައިވާ ފަރާތްތަކަށް، ބާކީ ދޭންޖެހޭ %40 ފައިސާ ހޯދުމަށް އެދި އެ ކައުންސިލަށް ގިނަ ފަރާތްތަކުން ހުށަހަޅަމުން ދާ ކަމަށެވެ. އެކަމާއި ގުޅިގެން އެކައުންސިލުން...

ޝިއުނާ އާދަމް
📍 ހއ. ދިއްދޫ

ނުރައްކަލަށް ހުށަހެޅިފައިވާ ކުޑަކުދިންނާއި ޢާއިލާތައް ވާނަމަ މަޢުލޫމާތު ހިއްސާކޮށް ދިނުމަށް ދިއްދޫ ކައުންސިލުން އެދިއްޖެ

ނުރައްކަލަށް ހުށަހެޅިފައިވާ ކުޑަކުދިންނާއި ޢާއިލާތައް ވާނަމަ އެ މަޢުލޫމާތު ހިއްސާކޮށް ދިނުމަށް ހއ. ދިއްދޫ ކައުންސިލުން އެދިއްޖެއެވެ. ނުރައްކަލަށް ހުށަހެޅިފައިވާ ކުޑަކުދިންނާއި ޢާއިލާތަކުގެ މަޢުލޫމާތު ހިއްސާކޮށް ދިނުމަށް އެކައުންސިލުން އެދުނީ އެފަރާތްތަކަށް ރައްކާތެރިކަން ފޯރުކޮށްދިނުމުގެ ނިޒާމް ހަރުދަނާ ކުރުމުގެ މަސައްކަތް ސަރުކާރުގެ ކަމާބެހޭ ވުޒާރާއިން ކުރަމުން އަންނަ ކަމަށް އެ ވުޒާރާއިން އެ ކައުންސިލަށް އަންގާފައިވާތީ އެކަމަށް އެއްބާރުލުން ދެއްވުމުގެ ގޮތުންނެވެ. އެ ކައުންސިލުން ބުނެފައިވަނީ ދަ...

އަލީ އާދިލް
ދިއްދޫ ހައުސިންގ ޔުނިޓްތަކަށް ކުރިމަތިލި 389 ފަރާތަށް ޕޮއިންޓް ދީފައިވާ ގޮތުގެ ފައިނަލް ލިސްޓް އާންމުކޮށްފި 📍 ހއ. ދިއްދޫ

ދިއްދޫ ހައުސިންގ ޔުނިޓްތަކަށް ކުރިމަތިލި 389 ފަރާތަށް ޕޮއިންޓް ދީފައިވާ ގޮތުގެ ފައިނަލް ލިސްޓް އާންމުކޮށްފި

ހއ ދިއްދޫގައި ޢިމާރާތްކުރެވިފައިވާ ހައުސިންގ ޔުނިޓްތަކަށް އެދި ފޯމް ހުށަހެޅި 389 ފަރާތަށް ޕޮއިންޓް ދީފައިވާ ލިސްޓް އަލުން މުރާޖަޢާކުރުމަށްފަހު، ހައުސިންގ ޔުނިޓްތަކަށް އެދިފައިވާ ފަރާތްތަކަށް ލިބިފައިވާ ޕޮއިންޓް ލިސްޓް އާންމުކޮށްފިއެވެ. ދިއްދޫ ކައުންސިލުން ކޮށްފައިފާ ޢިއުލާނެއްގައިވަނީ އެރަށުގައި ޢިމާރާތްކުރެވިފައިވާ ހައުސިންގ ޔުނިޓްތަކުގެ ތެރެއިން A ކެޓަގަރީން ހައުސިންގ ޔުނިޓްތައް ލިބޭ ފަރާތްތަކުގެ ޕޮއިންޓް ލިސްޓް  ޢާންމުކުރާކަމަށެވެ. އެ ލިސްޓާ މެދު އެއްވެސް ފަރާތެއްގެ އެއްވެސް ޝަކުވާއެއް އޮތް ނ...

އަލީ އާދިލް
ދިއްދޫ ހައުސިންގ ޔުނިޓްތަކާ ގުޅޭގޮތުން ނަޝީދު ދެއްކެވި ވާހަކަ ތަކަށް ކުރީގެ މެމްބަރު ލަތީފް ރަށްދު ދެއްވައިފި 📍 ހއ. ދިއްދޫ

ދިއްދޫ ހައުސިންގ ޔުނިޓްތަކާ ގުޅޭގޮތުން ނަޝީދު ދެއްކެވި ވާހަކަ ތަކަށް ކުރީގެ މެމްބަރު ލަތީފް ރަށްދު ދެއްވައިފި

ހއ. ދިއްދޫގައި އިމާރާތް ކޮށްފައިވާ ހައުސިން ޔުނިޓްތަކާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ރޭ ދެއްކެވި ވާހަކަތަކަށް ދިއްދޫ ދާއިރާގެ ކުރީގެ މަޖިލިސް މެންބަރު އަބްދުލްލަތީފް މުހައްމަދު ރަށްދުދެއްވައިފިއެވެ. ރޭ ދިއްދޫގައި ބޭއްވި އެމްޑީޕީގެ ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު، ދިއްދޫގައި އިމާރާތް ކޮށްފައިވާ ހައުސިން ޔުނިޓްތަކާ ގުޅޭގޮތުން ދެއްކެވި ވާހަކަތަކަކީ އިތުރުފުޅެއްކަމަށް ލަތީފް ވިދާޅުވިއެވެ. ނަޝީދުގެ ރޭ ވިދާޅުވެފައިވަނީ އެމަނިކުފާނުގެ ސަރުކާރުގައި އަޅާ...

އަލީ އާދިލް
ދޮނަކުޅިން ދިއްދޫ މީހުން ފައިބަން ޖެހުނީ ފުރޭތަ އަރާތީ! 📍 ހއ. ދިއްދޫ

ދޮނަކުޅިން ދިއްދޫ މީހުން ފައިބަން ޖެހުނީ ފުރޭތަ އަރާތީ!

ތިލަދުންމަތީ އުތުރުބުރީ ދޮނަކުޅި އަކީ ކުރިން އެ އަތޮޅު ދިއްދޫ މީހުން އުޅެމުން އައި ރަށެވެ. ދޮނަކުޅިން މީހުން ފައިބަން ޖެހުނީ ފުރޭތަ އަރާތީ އެވެ. އެރަށަށް އަރަނީ ދެކުނު އިންޑިޔާގައި އުޅޭ މަލާބާރީންގެ ގުރޫޕަކާ ޕޯރޗްގީޒުންނާ ގުޅިފަ އޮތް ކަންނަންނޫރު އަލީ ރާޖާގެ ގުރޫޕެވެ. ރަށަށް އަރާ މީހުންމަރާ ލޭކޯރު ހައްދާ ކުޑަކުދިންގެ ކަރުގައި އަޅާފައި ހުންނަ ރަނުގެ ގިލަފައްޗާ ކަންފަތުލާމުންޖާ އުޅާފަދަ ގަހަނާ ނަގާ މުޅިރަށުން ފޭރުމަށްފަހު ރަށުންދަނީ އެވެ. ފޭރެން އަންނަ މިގުރޫޕު ގުރާބު ތަކުގައި […]

Thiladhun
ހޯރަފުށި، އިހަވަންދޫ އަދި ދިއްދޫއަށް 7 ކައުންސިލަރުން 📍 ހއ. ދިއްދޫ

ހޯރަފުށި، އިހަވަންދޫ އަދި ދިއްދޫއަށް 7 ކައުންސިލަރުން

އަންނަ އޭޕްރީލް މަހުގެ ހަތަރު ވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލު އިންތިޚާބުގައި 7 ކައުންސިލަރުން އިންތިޚާބުކުރާ ރަށްތަކުގެ ތެރޭގައި ހއ. ހޯރަފުށި، ހއ. އިހަވަންދޫ، ހއ. ދިއްދޫ ހިމެނިއްޖެއެވެ. އިލެކްޝަންސް ކޮމިޝަނުން ބުނީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި ހަތް ކައުންސިލަރުން އިންތިޚާބު ކުރަނީ 14 ރަށުގައި ކަމަށެވެ. މިދިޔަ ޑިސެންބަރު މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ރަށްރަށުގެ އާބާދީ ހިމެނޭ އަދަދުތަކާއި އެ ރަށްރަށަށް އިންތިޚާބު ކުރަންޖެހޭ ކައުންސިލަރުންގެ އަދަދު އެ […]

އިބްރާހިމް އަސްވާޤް