ހއ. ދިއްދޫ ބަނދަރުން މީގެ 10 އަހަރު ކުރިން ވިޔަފާރިކުރުމަށް ކުއްޔަށް ދޫކުރެވިފައިވާ ބިންތަކުގެ މުއްދަތު ހަމަވުމަށްފަހު އިތުރު 6 މަސްދުވަސް އިތުރު ކުރެވިފައިވަނީ ކޮންއުޞޫލަކުންތޯ ބަލައިދިނުމަށް އެދި އެމައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށައަޅައިފިއެވެ.

ތިލަދުންއަށް ކޮޕީ ލިބިފައިވާ އޭސީސީ އަށް މައްސަލަ ވެއްދުމުގެ ފޯމުގައި ބުނެފައިވަނީ އެކަމުގެ ސަބަބުން ދަޢުލަތައް ގެއްލުމުގެ ތަފްޞީލް ހިސާބެއް ކައުންސިލްމެދުވެރިކޮށް ހޯއްދަވައިދެވިދާނެތޯ ބެލުމަށާއި މި ޢަމަލު ހިންގިފަރާތްތަށް ޝަރީއަތަށް ޙާޒިރުކުރެވިދާނެތޯ އަދި އެފަރާތްތަކުން ގެއްލުމުގެ ބަދަލުނެގޭނެ ގޮތަކީ ކޮބައިތޯ ސާފުކުރުމަށް ހުށައެޅީ މައްސަލައެއް ކަމަށެވެ.

Ad
rt

މިހާރު އެގްރީމެންޓް ބުނާގޮތުން އެބިމުގައި އެޅިފައިވާ އިމާރާތްތަކަކީ ކައުންސިލްގެ މިލްކެކެވެ. ބިޑު އުޞޫލުން ބޭރުން އިމާރާތްތަށް އެފަރާތްތަކަށް ދިނުމަށްޓަކައި ކައުންސިލުން މަސައްކަތްކުރަނީ ކީއްވެހިގެންތޯ؟؟ ފްރީ ބިޑަކަށް އެއިމާރާތްތަށް ހުޅުވާނުލާން ކައުންސިލުން އުޅޭ ސަބަބަކީ ކޮބައިތޯ؟

އޭސީސީއަށް ހުށައެޅި ލިއުމުގައި ބަޔާންކޮށްފައިވެއެވެ.

މިކަމާއިގުޅިގެން ތިލަދުންއަށް މަޢުލޫމާތު ދެއްވަމުން ދިއްދޫ ކައުންސިލްގެ ރައީސް މުޙައްމަދު ހާޝިމް ވިދާޅުވީ ކުއްޔަށް ދޫކުރެވިފައިވާ ބިންތަކުގެ މުއްދަތު މިހާރު ހަމަވެފައިވާކަމަށާއި އިތުރަށް 6 މަސްދުވަސް އިތުރު ކުރެވިފައިވާނޭކަމަށާއި މީގެ 10 އަހަރު ކުރިން ހެދިފައިވާ އެގްރީމެންޓުގައި މިހާރު ބިމާއި ބެހޭ ޤާނޫނަށް ގެނެވިފައިވާ އިސްލާޙްތަކާއި ގާނޫނީ ފުށުއެރުންތަކެއް އެކަމުގައި ހުރިކަން ފާހަގަ ކުރިއެވެ. މިމައްސަލަ އާންމު ފަރާތަކުން އޭސީސީއަށް ހުށައެޅުމާއި ގުޅިގެން ހާޝިމް ވިދާޅުވީ މިފަދަ ކަންކަމުގައި ކަންބޮޑުވުން ހުރިނަމަ މައްސަލަ ސާފުކުރުމަކީ ކޮންމެ ފަރުދަކަށް ލިބިގެންވާ ހައްޤެއްކަމަށެވެ.