މައި ޚަބަރަށް ދިޔުމަށް
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

ދައްކަނީ: 📍 ހއ. މާރަންދޫ (83 ޚަބަރު)
✕ ހުރިހާ ރަށެއްގެ ޚަބަރު ބައްލަވާ
83 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

މާރަންދޫގެ އެންމެ ފަހުގެ ޚަބަރުތައް

83 ޚަބަރުގެ ތެރެއިން
މާރަންދޫގެ ބެލެނިވެރިންނަށް ސައިބަރ ސެކިއުރިޓީ ހޭލުންތެރިކަމުގެ ޚާއްޞަ ސެޝަންތަކެއް 📍 ހއ. މާރަންދޫ 1 މިނިޓު

މާރަންދޫގެ ބެލެނިވެރިންނަށް ސައިބަރ ސެކިއުރިޓީ ހޭލުންތެރިކަމުގެ ޚާއްޞަ ސެޝަންތަކެއް

ހއ. މާރަންދޫގެ ބެލެނިވެރިންނަށް ޚާއްޞަކޮށްގެން ސައިބަރ ސެކިޔުރިޓީއަށް ހޭލުންތެރިކުރުވުމުގެ މުހިންމު ސެޝަންތަކެއް މިއަދު ފެށުމަށް ތައްޔާރުވެއްޖެއެވެ.

ފާތިމަތު ސަޙާ
މާރަންދޫ ކައުންސިލުން ހިންގާ ނިޔަމި ކޯހުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި 📍 ހއ. މާރަންދޫ 1 މިނިޓު

މާރަންދޫ ކައުންސިލުން ހިންގާ ނިޔަމި ކޯހުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި

ހއ. މާރަންދޫ ކައުންސިލުން އިންތިޒާމުކޮށްގެން ހިންގުމަށް ހަމަޖެހިފައިވާ "ނިޔަމި ކޯސް 2" ގައި ބައިވެރިވުމުގެ ފުރުޞަތު އެ ކައުންސިލުން ހުޅުވާލައިފިއެވެ. ކޯހުގައި ބައިވެރިވުމުގެ ސުންގަޑިއަކީ ނޮވެންބަރު މަހުގެ 15 ވަނަ ދުވަހެވެ.

ފާތިމަތު ސަޙާ
ރެޑް ކްރެސެންޓާ ގުޅިގެން މާރަންދޫގައި ފަސްޓްއެއިޑް ޕްރޮގްރާމެއް: ފުރުސަތު 50 މީހުންނަށް 📍 ހއ. މާރަންދޫ

ރެޑް ކްރެސެންޓާ ގުޅިގެން މާރަންދޫގައި ފަސްޓްއެއިޑް ޕްރޮގްރާމެއް: ފުރުސަތު 50 މީހުންނަށް

ހއ. މާރަންދޫ ކައުންސިލާއި ދިވެހި ރެޑް ކްރެސެންޓް ގުޅިގެން އެ ރަށުގައި ބޭއްވުމަށް ހަމަޖެހިފައިވާ ބޭސިކް ފަސްޓްއެއިޑް ތަމްރީން ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު އާންމުކޮށް ހުޅުވާލައިފިއެވެ. މާރަންދޫ ކައުންސިލުން މައުލޫމާތުދޭ ގޮތުގައި، މިއީ ބައިވެރިންނަށް ސެޓިފިކެޓް ލިބޭގޮތަށް ރާވައިގެން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ތަމްރީން ޕްރޮގްރާމެކެވެ. މި ޕްރޮގްރާމް ކުރިއަށްގެންދިއުމަށް ތާވަލުކޮށްފައިވަނީ 2026 އޮކްޓޫބަރު 22 އިން 23 އަށެވެ. އަދި މި ތަމްރީނުގެ ހަރަކާތްތައް ކުރިއަށްދާނީ ޖުމްލަ ހަތް ގަ...

ފާތިމަތު ސަޙާ
މާރަންދޫގައި މަދިރި އުފެދޭ ތަންތަން ނައްތާލުމުގެ ހަރަކާތެއް، ހުރިހާ ގެއަކަށް ޒިޔާރަތްކޮށްފި 📍 ހއ. މާރަންދޫ

މާރަންދޫގައި މަދިރި އުފެދޭ ތަންތަން ނައްތާލުމުގެ ހަރަކާތެއް، ހުރިހާ ގެއަކަށް ޒިޔާރަތްކޮށްފި

މި ދުވަސްވަރަކީ ރޯގާ ފެތުރޭ ދުވަސްވަރަކަށް ވާތީ، މަދިރި އާލާވާ ތަންތަން ބަލައި ފާސްކޮށް، އެފަދަ ތަންތަން ނައްތާލުމުގެ ޚާއްޞަ ހަރަކާތެއް ހއ. މާރަންދޫގައި ކުރިއަށްގެންގޮސްފިއެވެ. މި ހަރަކާތަކީ މާރަންދޫ ކައުންސިލާއި އެ ރަށު ޞިއްޙީމަރުކަޒު ގުޅިގެން ކުރިއަށްގެންދިޔަ ހަރަކާތެކެވެ. މާރަންދޫ ކައުންސިލްގެ ރައީސް ޙަސަން ވަޙީދު “ތިލަދުން”އަށް ވިދާޅުވީ، މި ހަރަކާތުގެ ތެރެއިން ރަށުގެ ހުރިހާ ގޭބިސީތަކަށާއި އެހެނިހެން އެކި ތަންތަނަށް ޒިޔާރަތްކޮށް، މަދިރި އުފެދޭ ގޮތަށް ހުރި ތަންތަން ބަލައި ފާސްކޮށްފައިވާނެކަމަށ...

ފާތިމަތު ސަޙާ
މާރަންދޫ ކައުންސިލްކަޕް ރައިޒިން ސްޓަރ ސްޕޯރޓްސް ޓޯނަމެންޓްގެ ފުޓްބޯޅަ ޗެމްޕިއަންކަން ހޯދީ އޮރެންޖް ސްޓާ 📍 ހއ. މާރަންދޫ

މާރަންދޫ ކައުންސިލްކަޕް ރައިޒިން ސްޓަރ ސްޕޯރޓްސް ޓޯނަމެންޓްގެ ފުޓްބޯޅަ ޗެމްޕިއަންކަން ހޯދީ އޮރެންޖް ސްޓާ

ހއ. މާރަންދޫ ކައުންސިލްގެ “އެލްމޯބައިލް ކައުންސިލްކަޕް ރައިޒިން ސްޓަރ ސްޕޯރޓްސް ޓޯނަމެންޓް 2026” ފުޓްބޯޅަ މުބާރާތުގެ ފޯރިގަދަ ފައިނަލް މެޗު ކާމިޔާބުކޮށް، މުބާރާތުގެ ޗެމްޕިއަންކަން އޮރެންޖު ސްޓަރ ޓީމުން ހޯދައިފިއެވެ. ފައިނަލް މެޗުގައި އޮރެންޖު ސްޓަރ ޓީމުން ވައިޓް ސްޓަރ ޓީމުގެ މައްޗަށް ކުރިހޯދީ 4-1 ގެ ނަތީޖާއަކުންނެވެ. މި މުބާރާތުގެ ޗެމްޕިއަންކަން ހޯދި އޮރެންޖު ސްޓަރ ޓީމަށް އެ ކައުންސިލުން ދީފައިވަނީ މެޑަލް، ގިފްޓްޕެކް އަދި މުބާރާތުގެ ޓްރޮފީއެވެ. ރަނަރަޕް ޓީމަކަށް ވައިޓް ސްޓަރ ހޮވި […]

ފާތިމަތު ސަޙާ
މާރަންދޫ ''ކައުންސިލް ކަޕް ރައިޒިން ސްޓާ ސްޕޯޓްސް ޓޯނަމެންޓް''ގެ ހޭންޑްބޯލް ޗެމްޕިއަންކަން ޔެލޯ ސްޓާ އަށް 📍 ހއ. މާރަންދޫ

މާރަންދޫ ''ކައުންސިލް ކަޕް ރައިޒިން ސްޓާ ސްޕޯޓްސް ޓޯނަމެންޓް''ގެ ހޭންޑްބޯލް ޗެމްޕިއަންކަން ޔެލޯ ސްޓާ އަށް

މާރަންދޫ ކައުންސިލުން އިންތިޒާމްކޮށްގެން ބޭއްވި، “އެލްމޯބައިލް ކައުންސިލް ކަޕް ރައިޒިން ސްޓާ ސްޕޯޓްސް ޓޯނަމެންޓް 2026″ގެ ހޭންޑްބޯލް މުބާރާތުގެ ޗެމްޕިއަންކަން ހޯދައި ޚާއްޞަ ގިފްޓް ޕެކާއެކު، ޔެލޯ ސްޓާ ތަށި އުފުލާލައިފިއެވެ. މި މުބާރާތުގެ ރަނަރަޕްޓީމްގެ މަޤާމު ހޯދާފައިވާ މެރޫން ސްޓާއަށް ވެސް އެ ކައުންސިލުން ވަނީ ގިފްޓް ޕެކާއެކު މެޑަލް ޙަވާލުކޮއްފައެވެ. މީގެއިތުރުން މުބާރާތުގެ 3 ވަނައަށް ދިޔަ ޕިންކް ސްޓާއަށް ކައުންސިލުން ވަނީ ގިފްޓް ޕެކް ހަދިޔާކޮށްފައެވެ. މި މުބާރާތުގެ ފައިނަލް މެޗްގެ މޮޅު […]

ފާތިމަތު ސަޙާ
މާރަންދޫގެ ގޯތިތަކުގައި ހުރި ބަލިޖެހިފައިވާ ރުއްތަކަށް ބޭސްއެޅުމުގެ ފުރުޞަތު ހުޅުވާލައިފި 📍 ހއ. މާރަންދޫ

މާރަންދޫގެ ގޯތިތަކުގައި ހުރި ބަލިޖެހިފައިވާ ރުއްތަކަށް ބޭސްއެޅުމުގެ ފުރުޞަތު ހުޅުވާލައިފި

ހއ. މާރަންދޫގެ ގޯތިތަކުގައި އިންދާފައިވާ ރުއްތަކުގެ ތެރެއިން، ބަލިޖެހިފައިވާ ރުއްތަކަށް ބޭސްއެޅުމަށް ބޭނުންވާ ފަރާތްތަކަށް އެ ފުރުޞަތު މާރަންދޫ ކައުންސިލުން ހުޅުވާލައިފިއެވެ. މިކަމާ ގުޅިގެން މާރަންދޫ ކައުންސިލުން ކޮށްފައިވާ އިޢުލާނުގައި ބަޔާންކޮށްފައިވަނީ، ގޯތިތަކުގައި ހުރި ރުއްތަކުގެ ތެރެއިން ކަނދުބުޑު ލައިފައިވާ ރުއްތަކާއި، ފޯދިފައިވާ ރުއްތަކުގެ ކުރިގަނޑު ހުދުވެ ބަލިޖެހިފައިވާ ރުއްތަކަށް ބޭސް އެޅުމުގެ ފުރުޞަތު މިހާރު އޮތް ކަމަށެވެ. އެހެންކަމުން، މި ޕްރޮގްރާމުގައި ބައިވެރިވެލައްވަން ބޭނުންވާ ފަ...

ފާތިމަތު ސަޙާ
މާރަންދޫ ގޮނޑުދޮށް ހިމާޔަތްކޮށް، އިންނަމާދޫ މޫދަށް އެރޭ ސަރަހައްދު ތަރައްގީކުރަން ހަވާލުކޮށްފި 📍 ހއ. މާރަންދޫ

މާރަންދޫ ގޮނޑުދޮށް ހިމާޔަތްކޮށް، އިންނަމާދޫ މޫދަށް އެރޭ ސަރަހައްދު ތަރައްގީކުރަން ހަވާލުކޮށްފި

ހއ. މާރަންދޫ ގޮނޑުދޮށް ހިމާޔަތްކުރުމާއި ރ. އިންނަމާދޫ މޫދަށް އެރޭ ސަރަހައްދު ތަރައްގީކުރުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްފިއެވެ. މި ދެ ރަށުގައި އުމްރާނީ ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދިޔުމަށް މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އާބަން ޑިވެލޮޕްމަންޓްއާ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ ދެމެދު އެއްބަސްވުންތަކުގައި ސޮއިކުރީ މިއަދެވެ. މި އެއްބަސްވުންތަކުގައި މިނިސްޓްރީގެ ފަރ...

ޔުމްނާ ޢަލީ
މާރަންދޫގައި ކެންވަރ ދަސްކޮއްދޭ ކޯހެއް، ބައިވެރިވާން ހުޅުވާލައިފި 📍 ހއ. މާރަންދޫ

މާރަންދޫގައި ކެންވަރ ދަސްކޮއްދޭ ކޯހެއް، ބައިވެރިވާން ހުޅުވާލައިފި

ހއ.މާރަންދޫގައި ބާއްވާ ކެންވަރ ދަސްކޮއްދޭ ކޯހުގައި ބައިވެރިވުމަށް ފުރުޞަތު ހުޅުވާލައިފިއެވެ. މިއީ މާރަންދޫ ކައުންސިލާއި އުކުޅަސް ހޯޕް އަދި ޚިދުމަތް ޖަމްޢިއްޔާ ގުޅިގެން ހިންގާ ކޯހެކެވެ. މާރަންދޫ ކައުންސިލުން ބުނެފައިވާގޮތުގައި މިއީ އެރަށުގެ ޢުމުރުން 16 އަހަރުން މަތީގެ ދެ ޖިންސްގެ މީހުންނަށް އަމާޒުކޮށް ހިންގަން ނިންމާފައިވާ ކޯހެކެވެ. މި ކޯހުގައި މައިގަނޑުގޮތެއްގައި ކިޔަވައިދޭނީ ދެ ބައެކެވެ. އެއީ ފޮޓޯ އާއި ވީޑިޔޯ ހަދާނެ ގޮތެވެ. އޭގެ ތެރޭގައި އެކި ކަހަލަ ޕޯސްޓަރ ހެދުމާއި، ޕްރެޒެންޓޭޝަން (ޕީޕީޓީ)، […...

ފާތިމަތު ސަޙާ
މާރަންދޫގައި ހުވަނި ގިނަވެއްޖެ، ކައުންސިލުން ބޭސް ހޯދަނީ! 📍 ހއ. މާރަންދޫ

މާރަންދޫގައި ހުވަނި ގިނަވެއްޖެ، ކައުންސިލުން ބޭސް ހޯދަނީ!

ހއ. މާރަންދޫގައި މިދަުވަސްވަރު ހުވަނި ގިނަވެފައިވާތީ، ރައްޔިތުން ސަމާލުވާން އެ ރަށު ކައުންސިލުން އެދެފިއެވެ. އެކައުންސިލުން މިއަދު މީސް މީީޑިއާގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، މާރަންދޫގެ އެކި ސަރަޙައްދުތަކުގައި ހުވަނި ގިނަވުމާގުޅިގެން، އާންމު ރައްޔިތުން ދިރިއުޅޭ ގެތަކާއި، އާންމުން އެއްވެ އުޅޭ މައިޒާންތަކަށް ހުވަނީގެ އަސަރު ކުރަމުންދާކަމަށެވެ. އެފަދަ ތަންތަނަށް ދާއިރު، ސަލާމަތީ ފިޔަވަޅުތައް އެޅުމަށް އެ ކައުންސިލުން ރައްޔިތުންނަށް އިލްތިމާސްކޮއްފައިވެއެވެ. އެރަށުން ހުވަނި ނައްތާލުމަށްޓަކައި ހު...

ފާތިމަތު ސަޙާ
މާރަންދޫ ފެނަކަ ބުރާންޗުގެ 13 މުވައްޒަފަކު ވަޒީފާއިން ވަކިކުރި މައްސަލަ ކައުންސިލުން ކުށްވެރިކޮށްފި 📍 ހއ. މާރަންދޫ

މާރަންދޫ ފެނަކަ ބުރާންޗުގެ 13 މުވައްޒަފަކު ވަޒީފާއިން ވަކިކުރި މައްސަލަ ކައުންސިލުން ކުށްވެރިކޮށްފި

އެއްވެސް އިންޒާރަކާއި ނުލައި ކުއްލި ގޮތަކަށް ހއ. މާރަންދޫ ފެނަކަ ބުރާންޗުގައި މަސައްކަތްކުރާ 13 މުވައްޒަފަކު ވަޒީފާއިން ވަކިކޮށް، އެ މީހުންގެ އާއިލާތައް ބިކަކޮށްލިކަމަށް ބުނެ މައްސަލަ އެ ރަށު ކައުންސިލުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ. މާރަންދޫ ކައުންސިލުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ، އެއްވެސް އިންޒާރަކާ ނުލައި 27 އޮގަސްޓް 2026 ވަނަ ދުވަހުގެ ރޭ އެ މުވައްޒަފުން ވަޒީފާއިން ވަކިކުރުމާ ގުޅިގެން 13 އާއިލާއެއް މަގުމަތިވެ، ބިކަވެފައިވާ ކަމަށެވެ. މިއީ އެ ކައުންސިލުން […]

އަލީ އާދިލް
މާރަންދޫ ދެ ޖިންސުގެ ކުދިންނަށް އަމާޒުކޮށްގެން ކައުންސިލުން ބޮޑު ކުޅިވަރު މުބާރާތެއް ބާއްވަނީ 📍 ހއ. މާރަންދޫ

މާރަންދޫ ދެ ޖިންސުގެ ކުދިންނަށް އަމާޒުކޮށްގެން ކައުންސިލުން ބޮޑު ކުޅިވަރު މުބާރާތެއް ބާއްވަނީ

ހއ. މާރަންދޫ ކައުންސިލްގެ “ކައުންސިލްކަޕް ރައިޒިން ސްޓާ ސްޕޯޓްސް ޓޯނަމެންޓް 2026 ” ގައި ބައިވެރިވުމުގެ ފުރުޞަތު މި ހާރު ހުޅުވާލާފައިވާއިރު، މި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު އަންނަ ބުދަ ދުވަހު ހަމަވާނެއެވެ. މި މުބާރާތް އަމާޒުކޮއްފައިވަނީ އެ ރަށުގެ ނުވަ އަހަރާއި 15 އަހަރާ ދެމެދު ( ނުވަ އަހަރު ފުރި 14 އަހަރު ނުފުރޭ ) ދެ ޖިންސްގެ ކުދިންނަށް ކަމަށް އެ ކައުންސިލުން ބުނެފިއެވެ. މާރަންދޫ ކައުންސިލުން ބުނި ގޮތުގައި ފިރިހެން ކުދިންނަށް […]

ފާތިމަތު ސަޙާ
މާރަންދޫ، ވަށަވަރު، އުތީމު ޞިއްޙީ މަރުކަޒުގައި ލެބޯޓަރީގެ ޚިދުމަތް އިފްތިތާހުކޮށްފި 📍 ހއ. މާރަންދޫ

މާރަންދޫ، ވަށަވަރު، އުތީމު ޞިއްޙީ މަރުކަޒުގައި ލެބޯޓަރީގެ ޚިދުމަތް އިފްތިތާހުކޮށްފި

ހއ. އަތޮޅުގެ ތިން ރަށެއްގެ ސިއްހީ މަރުކަޒުތަކުގެ ލެބޯޓަރީގެ ޚިދުމަތް އިއްޔެ އިފްތިތާހުކޮށްފިއެވެ. ސިއްހީ މަރުކަޒުތަކުގެ ލެބޯޓަރީގެ ޚިދުމަތް އަލަށް އިފްތިތާޙް ކުރި ހއ. އަތޮޅުގެ ރަށްތަކަކީ މާރަންދޫ، ވަށަވަރު އަދި އުތީމެވެ. މި ތިން ރަށުގެ ތިން ރަށެއްގެ ސިއްހީ މަރުކަޒުތަކުގެ ލެބޯޓަރީގެ ޚިދުމަތް އިފްތިތާޙްކޮށްދެއްވީ ސިއްހަތާ ބެހޭ ވަޒީރު އަބުދުﷲ ނާޒިމް އިބްރާހިމެވެ. މާރަންދޫ ސިއްހީ މަރުކަޒުތަކުގެ ލެބޯޓަރީގެ ޚިދުމަތް އިފްތިތާޙް ކުރި ރަސްމިއްޔާތުގައި އިހަވަންދޫ ދާއިރާގެ މެމްބަރު އަހްމަދު ނަސީރު ބައިވެރި...

ޔުމްނާ ޢަލީ
ޒޯން ތަށި ވެސް ހޯދައި ނައިވާދޫ ފުޓްސަލްގެ ރަސްކަން ދަމަހައްޓައިފި 📍 ހއ. މާރަންދޫ

ޒޯން ތަށި ވެސް ހޯދައި ނައިވާދޫ ފުޓްސަލްގެ ރަސްކަން ދަމަހައްޓައިފި

ހިއުންޑާއި ގޯލްޑަން ފުޓްސަލް ޗެލެންޖް 2026 ގެ ޒޯން އެކެއްގެ ޗެމްޕިކަން ހޯދައި ނައިވާދޫ ފުޓްސަލްގައި ކުރަމުން އަންނަ ރަސްކަން ދަމަހަަަައްޓައިފިއެވެ. ނައިވާދޫ ޒޯން އެކެއްގެ ޗެމްޕިއަންކަން ދިފާއުކުރީ މިރޭ ކުޅުނު ފައިނަލް މެޗުގައި ހއ. އަތޮޅު ޗެމްޕިއަން 6-1ގެ ބޮޑު ތަފާތަކުން ބަލިކޮށްގެންނެވެ. މި މެޗުގައި ނައިވާދޫގެ ޖޯޒީ ނަންބަރު 29 އަބުދުﷲ ވިސާމް ވަނީ ތިން ލަނޑުޖަހައި ހެޓްރިކް ހަދާފައެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކީ ވެސް އޭނާ އެވެ. މީގެ އިތުރުން މުބާރާތުގެ އެންމެ ގިނަ […]

ޔުމްނާ ޢަލީ
ހއ.އަތޮޅުގެ ތަށި މާރަންދޫން ހޯދައިފި 📍 ހއ. ކެލާ

ހއ.އަތޮޅުގެ ތަށި މާރަންދޫން ހޯދައިފި

ހިއުންޑާއި ގޯލްޑަން ފުޓްސަލް ޗެލެންޖް 2026 ގެ ހއ. އަތޮޅުގެ ޗެމްޕިއަންކަން މާރަންދޫން ހޯދައިފިއެވެ. އިއްޔެ ހަވީރު ކުޅުނު ފޯރިގަދަ ފައިނަލް މެޗުގައި މާރަންދޫން ކެލާ ބަލިކުރީ ޕެނަލްޓީ ޖަހައިގެންނެވެ. މިއީ މި ދެ ރަށަށްވެސް ގޯލްޑަން ފުޓްސަލް ޗެލެންޖުގެ އަތޮޅު ފައިނަލުގައި ވާދަކުރި ފުރަތަމަ ފަހަރެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމު ވަނީ 1-1 އިން އެއްވަރުވެފައެވެ. މެޗުގައި މާރަންދޫގެ ލަނޑު ލޫތު ހުސައިން ކާމިޔާބުކޮށްދިން އިރު، ކެލާގެ ލަނޑު ޖަހައިދިނީ އިބްރާހީމް […]

ޔުމްނާ ޢަލީ