ޔޫއެފާ ޗެމްޕިއަންސް ލީގުގައި ބުދަ ދުވަހުގެ ރޭ އާރްބީ ލައިޕްޒިގް އަތުން 4-1 ގެ ބޮޑު މޮޅެއް ހޯދައި، ރެއާލް މެޑްރިޑުން މި މުބާރާތުގައި ސައްތައިން ސައްތަ ރެކޯޑު ދަމަހައްޓައިފިއެވެ. ޔޫރަޕްގެ ޗެމްޕިއަންކަން ރެކޯޑް 15 ފަހަރު ހޯދާފައިވާ ރެއާލުން ކުޅުނު ތިން މެޗުން ވެސް މޮޅުވެފައިވާއިރު، މި ކާމިޔާބީއާއެކު އަންނަ އާދީއްތަ ދުވަހު ވާދަވެރި ބާސެލޯނާއާ ދެކޮޅަށް ކުޅޭ އެލް ކްލެސިކޯ މެޗުގެ ކުރިން އެ ޓީމުން ވަނީ ވަރުގަދަ މެސެޖެއް ދީފައެވެ. ކޯޗު ހޯސޭ […]
އަޙްމަދު ވަހީދު
ޔުއެފާ ޗެމްޕިއަންސް ލީގުގައި ބުދަ ދުވަހުގެ ރޭ ބަޔާން މިއުނިކާ ދެކޮޅަށް ކުޅުނު ފޯރިގަދަ މެޗު ނިމެން އަށް މިނެޓަށް ވެފައި ވަނިކޮށް ޑެކްލަން ރައިސް ޖެހި ލަނޑުން 2-2 އިން އެއްވަރުކޮށް، އާސެނަލުން މުހިންމު ޕޮއިންޓެއް ހޯދައިފިއެވެ. މިދިޔަ ސީޒަނުގެ ޗެމްޕިއަންސް ލީގުގެ ރަނަރަޕް އާސެނަލް މި މެޗުން އެއްވަރުވިއިރު، މިއީ މި ސީޒަނުގައި އެ ޓީމު ކުޅުނު 12 މެޗުގެ ތެރެއިން ޕޮއިންޓެއް ގެއްލުނު ދެވަނަ ފަހަރެވެ. މެޗުގެ ވަރަށް ކުރީކޮޅު އާސެނަލަށް ވަނީ […]
ޔުމްނާ ޢަލީ
ޔުއެފާ ޗެމްޕިއަންސް ލީގުގައި އަންގާރަ ދުވަހުގެ ރޭ ވިލަރެއާލްއާ ދެކޮޅަށް ކުޅުނު މެޗުގައި ދެ ލަނޑުން ފަހަތުގައި އޮއްވައި، ފަހަތުން އަރައި 4-3 އިން ލިވަޕޫލް މޮޅުވި މެޗުގައި އެ ޓީމުގެ 18 އަހަރުގެ ކުޅުންތެރިޔާ ރިއޯ އެންގުމޯހާ މޮޅު ކުޅުމެއް ދައްކައިފިއެވެ. މިއީ މި ސީޒަނުގެ ޗެމްޕިއަންސް ލީގުގައި ލިވަޕޫލުން ހޯދި ތިންވަނަ މޮޅެވެ. މުޅި މެޗުގައިވެސް ފާހަގަކޮށްލެވޭ ފަދަ ހަލުވި އަދި މޮޅު ކުޅުމެއް ދެއްކި އެންގުމޯހާ ވަނީ ލިވަޕޫލުން ޖެހި ހަތަރު ލަނޑުގެ […]
އަޙްމަދު ވަހީދު
ޔުއެފާ ޗެމްޕިއަންސް ލީގުގައި އަންގާރަ ދުވަހު އޭއީކޭ އެތެންސްއާ ދެކޮޅަށް މެންޗެސްޓާ ސިޓީ ކުޅުނު މެޗުން 5-1 އިން އެ ޓީމު މޮޅުވި ނަމަވެސް، އިއްތިހާދު ސްޓޭޑިއަމްގެ އެތައް ހާސް ގޮނޑިއެއް ހުރީ ހުސްކޮށެވެ. ފަހުން ޖާގަ ބޮޑުކުރި 61،000 މީހުންގެ ޖާގައިގެ އެ ސްޓޭޑިއަމްގައި ކުޅުނު މި މެޗު ބަލަން ވަދެފައިވަނީ އާދަޔާ ހިލާފަށް މަދު އަދަދެއް ކަމަށްވާ 40،042 ސަޕޯޓަރުންނެވެ. މި ސީޒަނުގައި ސިޓީގެ އަމިއްލަ ދަނޑުގައި ކުޅުނު އެހެން ހުރިހާ މެޗެއް ބަލަން […]
އަޙްމަދު ވަހީދު
ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ ކުޅުނު ފޯރިގަދަ މެޗު ފަހު ވަގުތު 4-2 އިން ކާމިޔާބުކޮށް، ޗެމްޕިއަން ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) އިން ވާދަވެރި ބާސެލޯނާގެ މައްޗަށް ކުރިހޯދައިފިއެވެ. ޕާކް ޑެސް ޕްރިންސަސް ސްޓޭޑިއަމްގައި ކުޅުނު މި ކުރިމަތިލުމުގައި ޕީއެސްޖީން މޮޅު ހޯދީ މެޗުގެ ފަހުކޮޅު ވިޓީނިއާ އަދި ފަބިއަން ރުއީޒް ޖެހި ލަނޑުތަކުންނެވެ. މިއީ ޖެހިޖެހިގެން ތިންވަނަ ފަހަރަށް މި މުބާރާތުގެ ތަށި އުފުލައިލުމަށް އަމާޒު ހިފާފައިވާ ޕީއެސްޖީން މި ސީޒަނުގެ ޗެމްޕިއަންސް ލީގުގައި […]
އަޙްމަދު ވަހީދު
ފީފާ ވޯލްޑް ކަޕުގެ ގަދަ 16 ގެ ބުރުގައި އާޖެންޓީނާ އަތުން މިސްރު ބަލިވި މެޗަށްފަހު، ރެފްރީއަށް ފާޑުކިޔުމުގެ ސަބަބުން މިސްރު ގައުމީ ޓީމުގެ ހެޑް ކޯޗު ހުސާމް ހަސަނާއި ފޯވާޑް މުސްތަފާ ޒީކޯއަށް ފީފާއިން ސަސްޕެންޝަނުގެ ބޮޑު އަދަބެއް ދީފިއެވެ. މިގޮތުން ހުސާމް ހަސަން ތިން މެޗަށް ސަސްޕެންޑް ކުރިއިރު، ފޯވާޑް ޒީކޯ ވަނީ ފަސް މެޗަށް ސަސްޕެންޑް ކޮށްފައެވެ. ފީފާގެ ޑިސިޕްލިނަރީ ކޮމިޓީން އެޅި މި ފިޔަވަޅުތަކާ ގުޅިގެން މިސްރުގެ ފުޓްބޯޅަ އެސޯސިއޭޝަން (އީއެފްއޭ) […]
އަޙްމަދު ވަހީދު
ޕްރިމިއާ ލީގުގައި ހުކުރު ދުވަހު އަމިއްލަ ދަނޑުގައި 1-3 އިން ކޮވެންޓްރީ ސިޓީ ބަލިކޮށް، ޓޮޓެންހަމް ހޮޓްސްޕާއިން މި ސީޒަނުގެ ފުރަތަމަ މޮޅު ހޯދައިފިއެވެ. މި މޮޅާ އެކު އެ ޓީމު ވަނީ ލީގު ތާވަލުގެ ފުލުން ސަލާމަތްވެ، ހަތަރު ދަރަޖަ މައްޗަށް ޖެހިލައި 16 ވަނައަށް އަރައިފައެވެ. ކޮވެންޓްރީ އޮތީ އެއް ދަރަޖަ ފަހަތުން ތާވަލުގެ 17 ވަނައިގައެވެ. މެޗުގެ 14 ވަނަ މިނެޓުގައި ޓޮޓެންހަމަށް ކުރިހޯދައިދިނީ އޭނާގެ ކުޑައިރުގެ ކްލަބާ ދެކޮޅަށް ކުޅުނު ޖޭމްސް […]
އަޙްމަދު ވަހީދު
ކޯޓް އޮފް އާބިޓްރޭޝަން ފޯ ސްޕޯޓްސް (ކާސް) އިން މިއަހަރުގެ އެފްރިކާ ކަޕް އޮފް ނޭޝަންސް (އެފްކޮން) ގެ ތަށި މޮރޮކޯ އަށް ދިނުމަށް ކެފް އިން ނިންމި ނިންމުން ސެނެގޯލުން އިސްތިއުނާފު ކުރި މައްސަލައިގައި ގޮތެއް ނިންމާނީ އަންނަ ނޮވެމްބަރު މަހުގެ ނިޔަލަށް ކަމަށް އެ ކޯޓުން ކަށަވަރުކޮށްދީފިއެވެ. ހޯމަ ދުވަހު ނެރުނު ބަޔާނެއްގައި ކާސް އިން ބުނީ މި މަރުހަލާއަށް މަދު ހަފުތާތަކެއް ބޭނުންވާ ކަމަށާއި، ކާސްގެ ރަސްމީ ނިންމުން ނުވަތަ “ކާސް އެވޯޑް” […]
އަޙްމަދު ވަހީދު
ޕޯޗުގަލްގެ ކޯޗު ޖޯޖް ޖީސަސްއާ ދެމެދު އުފެދުނު ހިތްހަމަނުޖެހުމަކާ ގުޅިގެން ގައުމީ ޓީމުގެ ކޭމްޕް ދޫކޮށް ދިޔަ މައްސަލައިގައި، އެ ޓީމުގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ 30 ދުވަހުގެ މުއްދަތަށް ސަސްޕެންޑްކޮށް، 255 ޔޫރޯ (285 ޑޮލަރު) އިން ޖޫރިމަނާކުރުމަށް އެ ގައުމުގެ ފުޓްބޯޅަ ފެޑެރޭޝަނުން ނިންމައިފިއެވެ. މި ފިޔަވަޅު އަޅާފައިވަނީ ޕޯޗުގަލް ފުޓްބޯލް އެސޯސިއޭޝަންގެ ޑިސިޕްލިނަރީ ކައުންސިލުންނެވެ. އުމުރުން 41 އަހަރުގެ ފޯވާޑާ ދެކޮޅަށް ހުށަހެޅުނު މައްސަލަ ފުރިހަމައަށް ސާބިތުވާ ކަމަށް ނިންމައި ހޯމަ ދުވަހު […]
އަޙްމަދު ވަހީދު
ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) ގެ ވާތު ބެކް ނޫނޯ މެންޑޭޒްގެ ވާތު ފައިގެ ފަލަމަސްގަނޑަށް ލިބުނު އަނިޔާއަކާ ގުޅިގެން، ކުޅުމާ ދުރަށް ދާންޖެހި ޗެމްޕިއަންސް ލީގުގައި ބާސެލޯނާއާ ދެކޮޅަށް ކުޅޭ މެޗު އޭނާއަށް ގެއްލިއްޖެއެވެ. ފްރާންސްގެ ޗެމްޕިއަން ޕީއެސްޖީން އާދީއްތަ ދުވަހު ހާމަކުރި ގޮތުގައި، ލިބުނު މި އަނިޔާގެ ސަބަބުން ކުރިއަށް އޮތް މަދު ހަފުތާތަކެއްގައި މެންޑޭޒް ހުންނަން ޖެހޭނީ ކުޅުމާ ދުރުގައެވެ. ޕޯޗުގަލްގެ ގައުމީ ޓީމަށް ވެސް ކުޅެމުން އަންނަ މެންޑޭޒްއަށް މި އަނިޔާވީ […]
އަޙްމަދު ވަހީދު
ސަސްޕެންޝަނުގެ ސަބަބުން ބްރެޒިލްގެ ތަރި ވިނީސިއަސް ޖޫނިއާ ނެތި ރެއާލް މެޑްރިޑުން ކުޅުނު މެޗުގައި، ކީލިއަން އެމްބާޕޭ ދެއްކި މޮޅު ކުޅުމާ އެކު 4-1 އިން ސެވިއްޔާ ބަލިކޮށްފިއެވެ. ސްޕެނިޝް ލީގުގައި އާދީއްތަ ދުވަހު ކުޅުނު މި މެޗުގައި އެމްބާޕޭ ވަނީ އިސްނަގައި، ޓީމުގެ ކުރީ ސަފުގައި މުހިންމު ދައުރެއް އަދާކޮށްފައެވެ. ސެންޓިއާގޯ ބާނަބެއު ސްޓޭޑިއަމްގައި ކުޅުނު މި މެޗުގައި އެމްބާޕޭ ވަނީ ހިތްގައިމު ލަނޑެއް ޖެހުމުގެ އިތުރުން ޕެނަލްޓީއެއް ވެސް ކާމިޔާބުކޮށްފައެވެ. މެޗުގެ 37 ވަނަ […]
އަޙްމަދު ވަހީދު
ޕްރިމިއާ ލީގުގައި ނޮޓިންހަމް ފޮރެސްޓާ ދެކޮޅަށް ކުޅުނު އުނދަގޫ މެޗުން ނޯނީ މަޑުއޭކޭ ޖަހައިދިން ލަނޑާއެކު 1-0 އިން މޮޅުވެ، އެއްވަނައިގައި އޮތް މެންޗެސްޓާ ސިޓީއާ ދެމެދު އޮތް ފަރަގު އާސެނަލުން ކުޑަކޮށްފިއެވެ. ސިޓީ ގްރައުންޑުގައި އާދީއްތަ ދުވަހު ކުޅުނު މި މެޗުގައި އާސެނަލްގެ ފަރާތުން އެންމެ އެދެވޭ ކުޅުމެއް ނުފެނުނު ނަމަވެސް، މެޗު ނިމެން ދިހަ މިނެޓަށް ވެފައި ވަނިކޮށް ކާމިޔާބުކުރި މި ލަނޑާއެކު އެ ޓީމުން ވަނީ މުހިންމު ތިން ޕޮއިންޓް ކަށަވަރުކޮށްފައެވެ. ހޮނިހިރު […]
އަޙްމަދު ވަހީދު
ފުޓްބޯޅައިގެ އެންމެ ޒަމާންވީ އެއް އާދަކަމަށްވާ ރެފްރީން ރީނދޫ އަދި ރަތް ކާޑު ދެއްކުމުގެ ބަދަލުގައި، ޑިޖިޓަލް ސްކްރީނެއް ހިމެނޭ ފޯނެއް ވަރުގެ އިލެކްޓްރޯނިކް ޑިވައިސެއް އުރުގުއާއީގެ ފުޓްބޯޅަ މެޗެއްގައި ޓެސްޓުކޮށްފިއެވެ. ބުރާސްފަތި ދުވަހު ކުޅުނު ކޮޕާ އުރުގުއާއީ މުބާރާތުގައި، ނަސިއޮނާލް އަދި ރެންޓިސްޓާސް ބައްދަލުކުރި މެޗުގައި ކުޅުންތެރިއަކަށް އިންޒާރު ދިނުމަށް މި ޑިވައިސް ބޭނުންކުރީ މެޗުގެ ރެފްރީ އެޑުއާޑޯ ވަރޭލާއެވެ. މި ޓެކްނޮލޮޖީއަކީ މެޗުތަކުގައި ފިޔަވަޅު އަޅާ ކަންކަން ވަގުތުން ޑިޖިޓަލްކޮށް ރެކޯޑުކ...
އަޙްމަދު ވަހީދު
ހޮނިހިރު ދުވަހުގެ ރޭ ކުޅުނު މެޗުގައި، ދެވަނަ ހާފުގެ ހަތަރު މިނެޓު ތެރޭ ލިއޮނެލް މެސީ ޖެހި ދެ ލަނޑާއި ފުރަތަމަ ހާފުގައި ހެދި އެސިސްޓާއެކު އެޓްލާންޓާ ޔުނައިޓެޑްގެ މައްޗަށް 3-1 ގެ ނަތީޖާއަކުން އިންޓަ މިއާމީ ފަސޭހަ ކާމިޔާބީއެއް ހޯދައިފިއެވެ. މި މެޗުގައި ދެ ޓީމުން ކުރެ ޓީމަކަށް ލަނޑެއް ނުޖެހި އޮތުމަށްފަހު، ފުރަތަމަ ހާފުގެ އެންމެ ފަހު މިނެޓުގައި މިއާމީއަށް ކުރިހޯދައިދިނީ ޖާމަން ބާޓެރާމޭއެވެ. މެސީ އަދި ލުއިސް ސުއަރޭޒް ދިން ފުރުސަތަކުން އޭނާ […]
އަޙްމަދު ވަހީދު
2026 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ޓެކްނޯ ސާފް ޗެމްޕިއަންޝިޕުން އިންޑިއާ ވަކިވެފައިވާ ކަމަށް ބުނެ އޮންލައިން މީޑިއާތަކުގައި ފަތުރަމުންދާ ޚަބަރުތަކަކީ އެއްވެސް އަސާސެއް ނެތް ދޮގު ވާހަކަތަކެއް ކަމަށް ސައުތު އޭޝިއަން ފުޓްބޯޅަ ފެޑެރޭޝަން (ސާފް) އިން ބުނެފިއެވެ. މި މުބާރާތުގައި އިންޑިއާއިން ބައިވެރިވާނެ ކަމުގެ ފުރިހަމަ ޔަގީންކަން ސާފުން ވަނީ ދީފައެވެ. ސާފުން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ، 2026 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 5 އިން 17 އަށް ބަންގްލަދޭޝްގެ ޑާކާގައި […]
އަޙްމަދު ވަހީދު