އޭނާއަކީ ތައުލީމީ ބޭފުޅެކެވެ. އެތައް ދަރިވަރެއްގެ މުދައްރިސެކެވެ. އިޖްތިމާއީ ހިދުމަތުގެ އިތުރުން އެއީ ދީނީ ކަންކަމުގައި ނަމޫނާ ބޭފުޅެކެވެ. އެންމެންނާއިވެސް ހިނިތުންވުމަކާއެކު ބައްދަލުކުރައްވާ ސަކަ މިޒާޖެއްގެ އެކުވެރިއެކެވެ. އާދެ އެއީ ހދ. ނޮޅިވަރަންފަރު އަހިމާގެ، ހުސެއިން އަބްދުﷲ ނުވަތަ އެންމެން ދަންނަ ނަމުންނަމަ “ޓީޗަރު ހުސެއިން”އެވެ. ނަމަވެސް އެ ހިދުމަތްތެރިއާ މިއަދު ވަނީ އަޅުގަނޑުމެންނާ ތާ އަބަދަށް ވަކިވެފައެވެ. މިޚަބަރު ގިނަ ބަޔަކަށް ވެގެންދިޔައީ ހިތްދަތިކަމުން ފުރިގެން ދިޔަ ޚަބަރަކަށެވެ. ހދ....
އަލީ އަހުސަން
ސަރުކާރުގެ ހިންގުމުގެ ނިޒާމްތަކަށް ބޮޑެތި ބަދަލުތަކެއް މިދަނީ އަންނަމުންނެވެ. ކުރީ ޒަމާނުގައި ހެދިފައި ހުރި ޤާނޫނާއި ޤަވައިދުތައްވެސް އެދަނީ މިޒަމާނާއި ގުޅޭ ގޮތުން ބަދަލުވަމުންނެވެ. ބައިސްކަލާއި ރެޑިއޯ ފަދަ އެއްޗެހި ރަޖެސްޓްރީ ކުރަންޖެހުނު ޒަމާން މިހާރު ވަނީ މާޒީވެފައެވެ. އެހެނަސް މިދެންނެވުނު ބަދަލުތަކުގެ ތެރެއިން ބަދަލުވަމުން އަންނަނީ މަރުކަޒީ ސަރުކާރާއި ގުޅުންހުރި ކަންކަމަށެވެ. އަތޮޅުތެރޭގެ ކަންކަމަށް މިދެންނެވި ޒަމާނީ ބަދަލުތައް އައުމުގައި އުނދަގޫ ގޮތްތަކެއް އެބަހުއްޓެވެ. މާ ބޮޑު ޤާނޫނަކުން...
އަލީ އަހުސަން
މަޝްހޫރު ލަވަކިޔުންތެރިޔާ މޭނާ ހައްސާނުގެ އެންމެ މަގުބޫލު އެއް ލަވައަކީ “ވެހޭ ވާރޭ ތެރޭން”އެވެ. މި ލަވައިގައި ކިޔައިދޭ އެއް ވާހަކައަކީ ވާރޭ ވެހެމުންދިޔަ ވަގުތުގައި ކަނޑޫފާ ކުޅިން ޖެހެމުންދިޔަ ފިނި ވައިރޯޅިން ލިބެމުންދިޔަ އަރާމުގެ ވާހަކައެވެ. ދިވެހިންގެ ސަގާފަތުގައި ކުޅިތައް އެކުލެވިފައިވަނީ މިފަދައިންނެވެ. އަޖައިބުކުރަނިވި އަދި ހިތްފަސޭހަ ގުދުރަތުގެ ހަދިޔާއެއްގެ ގޮތުގައެވެ. ތާރީޚަށް ނަޒަރު ހިންގާލައިފިނަމަ ދިވެހިންގެ ތެރެއިން އެންމެ ގިނަ ބަޔަކު ހާލުގައި ޖެހުނީ ދެވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރ...
Thiladhun
މުޖުތަމައެއް ތަރައްޤީވެ ކުރިއަރާ ދިއުމުގައި އެންމެ އިސްދައުރެއް އަދާކުރާ އެއްކަމަކީ ތަޢުލީމެވެ. އަދި ހަމަ އެހެންމެ ތަރައްޤީވެ ކުރިއަރައިދާ ޤައުމުތަކުގައި ތަޢުލީމަށްދޭ އަހައްމިއްޔަތު އިތުރުވާތަންވެސް ފެނިގެން ދެއެވެ. ތަޢުލީމީ ފެންވަރު މަތިވުމުން އެވްރެޖްކޮށް ލިބޭ އާމްދަނީވެސް އިތުރުވެގެންދެއެވެ. މިއީ އިޤްތިޞާދީ މާހިރުން އެންމެ އިހުއްސުރެ ލަފާކޮށްފައިވާ ކަމެއްނަމަވެސް ތަޢުލީމާއި އާމްދަނީއާއި ހުރި ގުޅުމުގެ މައްޗަށް ދިރާސާތައް ކުރެވި ތަޢުލީމަށް ކުރެވޭ ޚަރަދުތައް އިތުރުވާންފެށީ 20 ވަނަ ޤަރުނުގެ ތެރޭގ...
ޝީޒާ މުހައްމަދު
އައު އަހަރެއް އައިސް ބައްދަލުވާއިރު ކޮންމެ މީހަކުވެސް ގިނަ އުއްމީދުތަކެއް ކުރެއެވެ. ޒަމާން ބަދަލުވެ އެންމެން މީސްމީޑިއާ މެދުވެރިކޮށް ގުޅިލާމެހިފައިވާ މި ޒަމާނުގައި އެކަން އެންމެނާ ހިއްސާވެސް ކުރެއެވެ. ނިމިގެންދާ އަހަރަށް އަލްވަދާޢު ކިޔަނީ އައު އަހަރުގައި އެތައްކަމެއް ކުރުމަށް އަޒުމް ކަނޑައަޅައިގެނެވެ. އެ ބީދައިން 2018 ވަނަ އަހަރު ވެދިޔަ ކަންތައްތައް ހަނދާން ނައްތާލައި 2019 ވަނަ އަހަރާވެސް ގިނަ ބަޔަކު ކުރިމަތިލީ ފޮނި އުއްމީދުތަކާއެކުއެވެ. ދިރިއުޅުން އައު ހަރުފަތަކަށް ގެންދާން ވިސްނައިގެނެވެ. ނަމަ...
ތިލަދުން
ޒަމާނުއްސުރެ ހދ. އަތޮޅުގެ ގިނަބަޔަކު ދެކެމުންދިޔަ އެއް ހުވަފެނަކީ އެއަތޮޅުގައި ފަތުރުވެރިކަމުގެ ސިނާއަތް ފެށިގެން ދިއުމެވެ. އެ ހުވަފެނުގައި އެ ސަރަހައްދުގެ ރައްޔިތުން ދިގު އިންތިޒާރެއްގައި ތިއްބައި އެ ހުވަފެން ހަގީގަތަކަށް ހަދައިދިނީ ހދ. ހޮނޑާފުށީގައި ތަރައްގީކޮށް ހުޅުވި ރިސޯޓެވެ. މި ރިސޯޓްވެސް ހުޅުވިގެން ދިޔައީ އެ ރިސޯޓް ހެދުމަށް ރަށް ހަވާލުކުރިތާ 12 އަހަރު ފަހުންނެވެ. ހދ. ހޮނޑާފުއްޓަކީ 56.03 ހެކްޓަރުގެ ބޮޑުރަށެކެވެ. ރީތި ބޮޑުފަޅަކާއި, ނަލަ ގޮނޑުދޮށެއް ލިބިފައިވާ މިރަށުގެ ދެކޮޅުގައި ދެ ތުނޑި […...
އަބްދުﷲ ޝަފީޢު
ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ތެރެއިން އުތުރުން އުއްތަމަ ފަނޑިޔާރުކަން ކުރައްވާފައިވަނީ ދެ ބޭފުޅުންނެވެ. އެއީ ބޮޑު ތަކުރުފާނު ޒަމާނުގައި ހދ. ނޮޅިވަރަމްއަށް ނިސްބަތްވާ ފަނޑިޔާރަކު ހިމެނޭކަމަށް ތާރީޚީ ފަތްފުތް ތަކުން އެނގެންއޮވެއެވެ. މީގެ އިތުރުން ދެވަނައަށް އުއްތަމަ ފަނޑިޔާރުކަން ކުރައްވާފައިވަނީ ހދ. ވައިކަރަދޫ އަށް ނިސްބަތްވާ އަހުމަދު ފާއިޒު ހުސައިންއެވެ. ފާއިޒަކީ މިހާރުގެ ގާނޫނުއަސާސީގެ ދަށުން އެކުލަވާލީ ދާއިމީ ސުޕްރީމް ކޯޓުގެ ފުރަތަމަ އުއްތަމަފަނޑިޔާރެވެ. މިވަގުތު ދިވެހިރާއްޖޭގައި އެންމެ ގިނަބަ...
އަބްދުﷲ ޝަފީޢު
ޗުއްޓީއެއް ނުވަތަ ބަންދު ދުވަހެއް ލިބުނަސް ގިނަ މީހުން ބޭނުންވާނީ މާހައުލު ބަދަލުކޮށްލުމަށެވެ. ދަތުރެއް ދިޔުމަށް ނުވަތަ އާއިލާއާއެކު ވަގުތު ހޭދަކޮށްލުމަށެވެ. ކުރިޔާލާ އެކަން ތާވަލު ކުރެވިގެން އެކަމަށް ވަގުތާއި ފައިސާ ހަމަޖައްސައިގެން ކުރާމީހުން މި ރާއްޖޭގައިވެސް މަދެއް ނޫނެވެ. ތަނަވަސްކަން ހުރި މިންވަރަކުން އެކަން ކުރާ ގޮތްވެސް ތަފާތެވެ. ބައެއް ފަރާތްތަކުން ބޮޑު ޚަރަދުކޮށްފައި ރާއްޖެއިން ބޭރަށް ނުވަތަ ރާއްޖޭގެ އަގުބޮޑު ރިސޯޓުތަކަށް ދާއިރު ‘އަތް ފޯރާފަށުން’ އެ ހިތްހަމަ ޖެހުމާއި އުފާވެރިކަން ހޯދާ...
ތިލަދުން
ފާއިތުވި ފަންސާހަކަށް އަހަރު ރާއްޖެ ތަރައްގީ ކުރެވެމުންދިޔަ ގޮތަށް ނަޒަރު ހިންގާލައިފިނަމަ ފެނިގެންދާނެ އެއް މަންޒަރަކީ، ތަރައްގީގެ މާނައަކަށް ވެފައިއޮތީ މާލޭގެ ކޮންކްރީޓް ޖަންގަލި އިތުރަށް ބައިބޯކުރުމުގެ މައްޗަށް ކަމެވެ. މިކަން ބަދަލުވޭތޯ ދިވެހިން ލާމަރުކަޒީ ގޮތުން ވެރިކަން ހިންގުމުގެ ނިޒާމެއް ގާއިމްކުރުމަށް ވެސް މަސައްކަތް ކުރިއެވެ. އެހެނަސް އެކަން އޮތީ މިއަދަށް ވެސް ފައްކާ ނުވެ އެވެ. ދެހާސް އަށާރަ ވަނަ އަަހަރުގެ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހު ރައީސްކަމާ، އިބްރާހިމް މުހައްމަދު ސޯލިހު […]
Thiladhun
ބޮޑު ތިލަދުންމަތީގެ ހދ. އަތޮޅުން މާލެއަށް މިފަހަރު މިކުރީ އަދައިގެ ދަތުރެއް ނޫނެވެ. މޯލްޑިވިއަން ފްލައިޓެއްގައި ދަތުރުކުރީ ވެލާއެކެވެ. ޒަހަމްވެފައިވާ އޮތް ވެލައެއް ފަރުވާއަށް ކުރި ދަތުރެވެ. މި ދަތުރަށް މުޅި ސޯޝަލް މީޑިއާގައި ވަނީ ސަމާލުކަން ދަމައިގެންފަ އެވެ. މިއީ ހެޔޮ ނިޔަތުގައި އެތައް ބަޔެއްގެ ބުރަ މަސައްކަތެކެވެ. މުޅި ރާއްޖެއަށް ކީއްކުރަން މުޅި ދުނިޔެއަށް ވެސް ދިން ވަރުގަދަ މެސެޖެކެވެ. ހދ. ގެ އެއާޕޯޓް އޮންނަ، ގުދުރަތީ ގޮތުން ރީތި އަދި ބޮޑު ބީޗެއް […]
ނ. ހަސަން
ބޮޑުތިލަދުންމައްޗަކީ އިހުޒަމާނުގައި ދިވެހިރާއްޖޭގެ އަތޮޅުތައް ބަހާފައިވާ ތޭރަ ބަޔަށް ބަލާއިރު އެންމެ އުތުރުގެ އަތޮޅެވެ. އިދާރީގޮތުން ތިލަދުންމަތި ބަހާފައިވާ ދެބައިގެ ތެރެއިން ތިލަދުންމަތީ ދެކުނުބުރި (ހދ އަތޮޅު) އަކީ މިހާރު ރާއްޖޭގައި އޮތް އެންމެ އާބާދީ ބޮޑު އަތޮޅެވެ. ހދ އަތޮޅުގައި މީހުން ދިރިއުޅެނީ ޖުމްލަ 13 ރަށުގައެވެ. ތިލަދުންމަތީ އުތުރުބުރީ (ހއ އަތޮޅު) ގައިވެސް މީހުން ދިރިއުޅޭ 14 ރަށެއް އޮވެއެވެ. ރާއްޖޭގެ އެހެން އަތޮޅުތަކެކޭ އެއްފަދައިން ހއ އަތޮޅާއި ހދ އަތޮޅުގައިވެސް ދިރިއުޅޭ އާބާދީ […]
ޝީޒާ މުހައްމަދު
ކުޅުދުއްފުށީ އެއާޕޯޓަށްކައި ކުޅީގެ ބޮޑު ބައެއް ގުރުބާން ކުރަން ޖެހުން އެއީ ދެރައެކެވެ. އެކަމަކު، އެއަށްވުރެ ރައްޔިތުން އުފާވަނީ އެ ތަނަށް ފްލައިޓް ޖައްސާތަން ފެނުމުންނެވެ.
ނ. ހަސަން
ރާއްޖޭގެ ޤުދުރަތީ ރީތިކަމުގެ ވާހަކައަކީ ރާއްޖޭގެ އިތުރުން ބޭރުގެ ގިނަ ފަރާތްތަކުންވެސް ދައްކަމުން އަންނަ ވާހަކައެކެވެ. ދޮންވެލި ޗާލު ގޮނޑުދޮއްތަކާއި ފެހި ނަލަ ޖަންގަލިތަކުގެ ވާހަކަ އަބަދުވެސް ދެކެވެ. ނަމަވެސް މިޗާލުކަން ދެމި އޮންނާނީ އަޅުގަނޑުމެންގެ ބައެއް ކަންކަން އިސްލާޙްކޮށްގެނެއެވެ. މިގޮތުން މިފަދަ ތަންތަނަށް ކުނި އެޅުމަކީ މިހާރު ދިމާވެފައިވާ އަދި ޙައްލުކަން ޖެހިފައިވާ މައްސަލައެކެވެ. ކުނި އެޅުން މައްސަލައަކަށްވަނީ ކީއްވެ؟ ކުނިއެޅުން މައްސަލައަކަށްވާ ވަރަށް ގިނަ ސަބަބުތަކެއް އެބަހުއްޓެވެ. އޭ...
Thiladhun
ދުވަހަކީ 5 އޯގަސްޓް 2019 ވީ ހޯމަ ދުވަހެވެ. ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ފެށުމާއެކު ރިޔާސަތުން އިއްވީ މިއަދުގެ އެޖެންޑާގައި ވަރަށް ގިނަ އިބުތިދާއީ ބަހުސް ފެށިފައި އޮތް ބިލުތަކާއި އަދި ހަމައެހެންމެ، އެހާމެ ގިނަ ކޮމިޓީތަކުން ނިންމާފައި ހުރި މައްސަލަތައް އެބަހުރިކަމަށެވެ. ފުލުފުލުން ޖަލްސާ ބާއްވައިގެންވެސް ކުރަންހުރި މަސައްކަތްތައް ޢީދު ބަންދުގެ ކުރިން ނިންމަން ޖެހޭނެކަން އިޢުލާން ވެގެން ދިޔައެވެ. ނަމަވެސް މަޖިލީހުގެ ތަޅުން “ބިޒީ” ވެގެން ދިޔައީ އާދައިގެ މަތިން ފަޅުފިލުވަމުން ދާ “ކުއްލި […]
އަބްދުﷲ ޝަފީޢު
ދިވެހިރާއްޖޭގެ ގާނޫނު އަސާސީގެ ފުރަތަމަ ބާބުގެ ދިހަވަނަ މާއްދާގައިވާ ގޮތުގައި ދިވެހި ދައުލަތުގެ ދީނަކީ އިސްލާމްދީނެވެ. އަދި އިސްލާމްދީނަކީ ރާއްޖޭގެ ގާނޫނުގެ މައިގަނޑު މަސްދަރެވެ. އެހެންކަމުން ހަމަ އެ މާއްދާގައި އިސްލާމްދީނުގެ އަަސްލަކާއި ޚިލާފް އެއްވެސް ގާނޫނެއް، މި ދިވެހި ދީބުގައި ނެހެދޭނެކަމަށް ވަނީ ބުނެފައެވެ. އެހެނަސް ފޮތުގައި އޮތް ގޮތާއި އަޅުގަނޑުމެންގެ އަމަލުތަކާއި ދިމާވޭތޯ ސުވާލު އުފެދެއެވެ. އިސްލާމްދީނުގެ ދަންނަ ބޭކަލުންގެ އިޖްމާއުން ސާބިތުވެފައިވާ ގޮތުގައި ރަލާއި އޫރުމަހުގެ ވިޔަފާރިކޮށް...
Thiladhun