ދ. ކުޑަހުވަދޫ އިން ޕޮޒިޓިވް ކޭސްތަކެއް ފެނުމާއި ގުޅިގެން 26 ފެބްރުއަރީގެ ފަހުން އެރަށް ދަތުރުކުރި ފަރާތްތަށް އެންގުމަށް އެދެފި އެވެ. ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވިދާޅުވީ، ދ. ކުޑަހުވަދޫއިން ކޯވިޑް-19ގެ ޕޮޒިޓިވް ކޭސްތަކެއް ފެނިފައިވާތީ، 26 ފެބްރުއަރީ 2021 ގެ ފަހުން ދ.ކުޑަހުވަދޫގައި އުޅެފައިވާ އަތޮޅުތެރޭގެ އެއްވެސް ރަށަކަށް ގޮސްފައިވާ ފަރާތެއްވާނަމަ، ވީ އެންމެ އަވަހަކަށް އެރަށެއްގެ ހޮސްޕިޓަލް/ހެލްތް ސެންޓަރަށް އެންގެވުން އެދޭކަމަށެވެ. އަދި މިތާރީޚްގެ ފަހުން ދ. ކުޑަހުވަދޫއަށް ގޮސްފަ...
ޖަލްވާން ޖާދުﷲ
ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި މާލޭ ސިޓީގެ މޭޔަރު ކަމަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންގެ ތެރެއިން އެންމެ ގާބިލު ކެންޑިޑޭޓަކީ ޕީޕީއެމްގެ ޓިކެޓުގައި މާލޭގެ މޭޔަރުކަމަށް ވާދަކުރައްވާ ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުޢިއްޒުކަމަށް ކުރީގެ މިނިސްޓަރު އުމަރު ޒާހިރު ވިދާޅުވެއްޖެއެވެ. ކުރީގެ ރައީސް މައުމޫންގެ ވެރިކަމުގައި ހުޅުމާލެ ހިއްކައި، ހުޅުމާލެ އާރާސްތުކުރުމުގެ މަސައްކަތް ފަރުމާކޮށް ފެށުމުގައާއި، ތިލަފުށި ހެދުމާއި، މާލޭގެ މަގު ހެދުން ފަދަ ތަރައްގީގެ ގިނަ މަޝްރޫޢުތައް...
ޖަލްވާން ޖާދުﷲ
ގަތަރުގެ ޓްރާންސްޕޯޓް އެންޑް ކޮމިއުނިކޭޝަން މިނިސްޓަރ ގާސިމް ބިން ސައިފް އަލް ސުލައިސީ އާއި ޓްރާންސްޕޯޓް މިނިސްޓަރ އައިޝަތު ނަހުލާ ބައްދަލުކުރައްވައިފިއެވެ. މިބައްދަލުވުމާއި ގުޅޭގޮތުން މަޢުލޫމާތު ދެއްވަމުން ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ، ދެ ގައުމުން ވެސް ޓްރާންސްޕޯޓް ދާއިރާއިން ގުޅިގެން ކުރާނެ މަސައްކަތްތަކާ ގުޅޭ އެމްއޯޔޫއެއްގައި ސޮއިކުރުމަށް އެއްބަސްވިކަމަށެވެ. އޭގެ ސަބަބުން ދެ ގައުމުގެ ގުޅުން އިތުރަށް ވަރުގަދަވެގެންދާނެ ކަމަށް ވެސް ބުނެފައިވެއެވެ. އޭގެތެރޭގައި ވެހިކަލް ރަޖިސްޓްރޭޝަން ޑިޖިޓައ...
އިބްރާހިމް އަސްވާޤް
ރައީސުލްޖުމްޙޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙް ބަންގުލަދޭޝްއަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި މިއަދު އެ ގައުމަށް ވަޑައިގަންނަވައިފިއެވެ. ދެ ދުވަހުގެ މި ދަތުރުފުޅުގައި ރައީސް ޞާލިޙް މިއަދު އެ ގައުމަށް ވަޑައިގެންނެވުމުން، ބަންގްލަދޭޝްގެ ވެރިރަށް ޑާކާގެ ޙަޒްރަތް ޝާޙްޖަލާލް އިންޓަރނޭޝަނަލް އެއަރޕޯޓުން އެ މަނިކުފާނަށް މަރުޙަބާ ވިދާޅުވީ ބަންގްލަދޭޝްގެ ރައީސް އެމް.ޑީ. ޢަބްދުލް ޙާމިދާއި، އަނބިކަނބަލުން ރާޝިދާ ޙާމިދެވެ. ރައީސް އޮފީހުން ވިދާޅުވީ، ރައީސް ޞާލިޙް ޑާކާއަށް ވަޑައިގެންނެވުމުން، އެ މަނިކުފ...
ޔުމްނާ ޢަލީ
ދެ މީހެއްގެ ވާހަކަތަކަށް ބީރުކަންފަތް ދޭންވާނެކަމަށް ރާއްޖޭގެ މައި މިސްކިތް، މަސްޖިދުއްސުލްޠާން މުޙައްމަދު ތަކުރުފާނުލް އަޢުޡަމުގެ އިމާމް އައްޝައިޚް އިބްރާހީމް ރަޝީދު ޙަސަން ވިދާޅުވެއްޖެއެވެ. ކުޅުދުއްފުށީ ސިޓީއަށް ނިސްބަތްވެ ވަޑަައިގަންނަވާ، ސެއިޚް އިބްރާހިމް ރަޝީދު މިހެން ވިދާޅުވީ ކުރެއްވި ފޭސްބުކް ޕޯސްޓެއްގައެވެ. ސެއިޚް ވިދާޅުވީ، ދެ މީހެއްގެ ވާހަކަތަކަށް ބީރުކަންފަތް ދޭންވާނެ ކަމަށެވެ. އެއީ އަބަދުވެސް ދީނާ ދެކޮޅަށް ބަސްބުނާ މީހާގެ ވާހަކަ ތަކަށާއި، ދީނުގެ ޙުކުމްތައް އޮޅުވާލަން މަސައްކަތްކުރާ މީ...
ޔުމްނާ ޢަލީ
ސަރުކާރުގައި ތިބޭއިރު މުއައްސަސާތައް ރަނގަޅުވާކަމަށާއި ސަރުކާރުގައި ނެތްނަމަ މުއައްސަސާތައް ގޯސްވުމަކީ ސިޔާސީ ހަގީގަތެއްކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު އަލްއުސްތާޒު އަހުމަދު ފާއިޒް ހުސެއިން ވިދާޅުވެއްޖެ އެވެ. އަޙްމަދު ފާއިޒް ހުސައިން މިހެން ވިދާޅުވީ، އުތުރު ތިލަފަޅުގައި ޑޮކްޔާޑަކާއި ހާބަރެއް ހެދުމުގެ ނަމުގައި އިންޑިއާ ސިފައިންނަށް ގާއިމްވެ ތިބެވޭނެ ގޮތަށް ހަދާ އެއްބަސްވުމާއި ގުޅޭގޮތުން ރާއްޖޭގެ ސިޔާސީ މަޝްރަޙުގައި ނުތަނަވަސްކަމެއް އުފެދިފައިވާ ދަނޑިވަޅެއްގައި މީސްމީޑިޔާގައި ކުރެއްވި ޕޯސްޓެއްގަ...
އަލީ އާދިލް
ރ. ދުވާފަރުގައި ޓިނާއި އަދި ކޯނިސް އުފެއްދުމަށް ފެކްޓްރީއެއް އެޅުމަށް އިޢުލާނު ކޮއްފި އެވެ. ރ. ދުވާފަރު ކައުންސިލުން ކޮށްފައިވާ އިޢުލާނުގައި ބުނެފައިވަނީ އެރަށުގެ ލޭންޑުޔޫސް ޕްލޭންގައިވާ ކުލީ ބިންތަކުގެ ތެރެއިން 16.03 ނަމްބަރު ބިން، އެލްމިނިއަމް، ޓިނު އަދި ކޯނިސް އުފެއްދުމަށް ފެކްޓްރީއެއް އެޅުމަށް ނިންމާފައިވާކަމަށެވެ. މިފެކްޓްރީ އެޅުމަށް މީގެ ކުރިންވެސް އެކައުންސިލުން ވަނީ ބިޑްއަށް ހުޅުވާލާފަ އެވެ. ނަމަވެސް އެފަހަރު ކުރިމަތިލާފައިވަނީ އެންމެ ފަރާތެކެވެ. އެހެންކަމުން އެއިޢުލާން ބާތިލުކޮށް އަލުން...
ޖަލްވާން ޖާދުﷲ
22 ހަފުތާ ހަމަނުވާ، އަދި ބަރުދަނުގައި 500 ގްރާމް ހަމަނުވެ، ވިހާ ކުދިންނާމެދު އަމަލުކުރާ ގޮތަކީ “ވިންދު އެއްކޮށް ދަންދެން ބޭއްވުން” ކަމަށް އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) އިން ވިދާޅުވެއްޖެ އެވެ. އައިޖީއެމްއެޗްއިން މިހެން ވިދާޅުވީ ކުޑަކުއްޖަކު ވިހެއުމަށްފަހު ފަރުވާ ނުދީ ބޭއްވި މައްސަލައެއް ފެންމަތިވުމާއި ގުޅިގެން އެ އޮސްޕިޓަލުން ދެންމެ ނެރުނު ނޫސްބަޔާނެއްގަ އެވެ. އެހޮސްޕިޓަލުން ނެރުނު ނޫސްބަޔާނުގައި ވިދާޅުވެފައިވަނީ ޞިއްޙީ ގޮތުން ރިޢާޔަތް ކުރަންޖެހޭ ކުއްޖާގެ ބަރުދަނާއި އެހެނ...
އަލީ އާދިލް
ބޯކޮށް ވާރޭ ވެހި ގުގުރާނެކަމަށް ލަފާކޮށް މެދު ރާއްޖެތެރެއަށަ ޔެލޯ އެލާރޓް ނެރެފިއެވެ. ދިވެހިރާއްޖޭގެ މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ޔެލޯ އެލާރޓް ނެރެފައިވަނީ ބ އަތޮޅުން ވ އަތޮޅާއި ދެމެގެ ރަށްތަކަށް، މިރޭ 03:30 އިން ހެނދުނު 07:30 އަށެވެ. ރޭ 08:00 އިން މާދަމާ ރޭގަނޑު 08:00 އަށް ދިވެހިރާއްޖޭގެ މޫސުން ކުރިއަށް ލަފާކުރާގޮތައް ބަލާއިރު ރާއްޖޭގެ އެކިހިސާބަށް ވިއްސާރަކުރުމާއެކު ގުގުރާނެ އެވެ. މެދުރާއްޖެތެރެއާއި ދެކުނުގެ ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާކަމަށް އެއިދާރާއިން ބުނެފައި ވެއެވެ...
އިބްރާހިމް އަސްވާޤް
އެކި ދާއިރާތަކުން ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް ސިވިލް ސަރވިސްއަށް ވަދެވޭ ގޮތަށް ވަޒީފާއަށް ވަދެވޭ އުމުރު 55 ން 60 އަހަރަށް އިތުރުކުރުމަށް އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް މަޖިލީހަށް ބިލެއް ހުށަހަޅައިފި އެވެ. ސިވިލް ސަރވިސްގެ ޤާނޫނުގެ 41 ވަނަ މާއްދާގައިވާ ގޮތުން އުމުރުން 55 އަހަރުން ދޮށީ އުމުރުގެ ދިވެހިންނަށް ސިވިލް ސަރވިސްއަށް ވަނުމުގެ ޝަރުޠު ފުރިހަމަނުވެއެވެ. 13 މާއްދާ ހިމެނޭ ގޮތަށް ސިވިލް ސަރވިސްގެ ޤާނޫނަށް ގެންނަ ބަދަލުތަކުގެ ތެރޭގައި، […]
އަލީ އާދިލް
އަންނަ އޭޕްރިލް މަހުގެ 10 ވަނަ ދުވަހު އޮންނަ ކައުންސިލްތަކުގެ އިންތިޚާބަކީ، ގައުމު މިއޮތް ނުރައްކާތެރި ފައްތަރުން އަރައި ގަންނަން ލިބޭ ފަހު ފުރުޞަތުކަމަށް މާލެ ސިޓީ ކައުންސިލް މޭޔަރުގެ މަޤާމަށް ވާދަކުރައްވާ އިދިކޮޅު ޕީޕީއެމްގެ ކެންޑިޑޭޓް ޑރ.މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ޑރ.މުޢިއްޒު މި މޭރުމުން ވިދާޅުވީ، ކައުންސިލް އިންތިޚާބުގައި އޭނާ ނިސްބަތްވެ ވަޑައިގަންނަވާ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ހުޅުމާލެ (ޔޫތުސިޓީ) އަށް ކުރިމަތިލައްވާ ކެންޑިޑޭޓުންގެ ޖަހަގަ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައ...
އަލީ އާދިލް
މި އަހަރުގެ ޤައުމީ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު، އަންނަ ބުރާސްފަތި ދުވަހު ޤައުމީ އިނާމާބެހޭ ކޮމިޓީން ހުޅުވައިލައްވާނެ ކަމަށް ރައީސް އޮފީހުން ވިދާޅުވެއްޖެއެވެ. ރައީސް އޮފީހުން ވިދާޅުވީ، ޤައުމީ އިނާމަށް އެދި ފޯމު ހުށަހެޅުއްވުމަށް ފުރުޞަތު ދޭން ހަމަޖެހިފައި ވަނީ މާރިޗް 18 އިން ފެށިގެން މޭމަހުގެ 27 ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށް ކަމަށެވެ. ޤައުމީ އިނާމަށް މިއަހަރުވެސް ހުޅުއްވައިލައްވާނީ، މައިގަނޑު 33 ދާއިރާއަކުން ކަމަށް ވެސް ރައީސް އޮފީހުން ވިދާޅުވެއެވެ. ރައީސް އޮފީހުން […]
ޙުސައިން ޝަހުދީ
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ގަތަރުގެ އަމީރު ޝެއިޚް ތަމީމް ބިން ޙަމަދު އައްޘާނީ އާއި ބައްދަލުކުރައްވާ ދެ ޤައުމުގެ ދެމެދުގައިއޮތް ގުޅުން ދެމެހެއްޓެވުމަށް މަޝްވަރާކުރައްވައިފިއެވެ. ރައީސް އޮފީހުން ވިދާޅުވީ، މި މަޝްވަރާކުރެވިފައި ވަނީ، ރައިސް ޞާލިޙާއި، ގަތަރުގެ އަމީރު މިއަދު ބޭއްވެވި ރަސްމީ ވާހަކަފުޅުތަކުގެ ތެރެއިން ކަމަށެވެ. މިއަދު މެންދުރު ޤަޠަރުގެ އަމީރުގެ ގަނޑުވަރުގައި ކުރިއަށްދިޔަ މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޞާލިޙް ވަނީ ދިވެހިރާއްޖޭގެ އިޖްތިމާޢީ އަދި...
ޖަލްވާން ޖާދުﷲ
ކޯވިޑް-19އިން ދިފާއުވުމަށް ރާއްޖޭގައި އިތުރު 2 ވެކްސިނަށް ދިނުމުގެ ހުއްދަ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެފްޑީއޭ) އިން ދީފި އެވެ. މިގޮތުން އެފްޑީއޭއިން ރާއްޖޭގައި ބޭނުން ކުރުމުގެ ހުއްދަ ދީފައި ވަނީ، އެމެރިކާގެ ފައިޒާ ކުންފުންޏާއި ޖަރުމަނުގެ ބަޔޯއެންޓެކް ގުޅިގެން އުފައްދާފައިވާ ފައިޒާ ވެކްސިނާއި، ޗައިނާ ސަރުކާރުގެ ހިއްސާ އޮންނަ ޗައިނާގެ ނޭޝަނަލް ފާމަސޫޓިކަލް ގްރޫޕް (ސިނޯފާމް) އިން އުފައްދާފައިވާ ވެކްސިންއަށެވެ. މި ދެ ވެކްސިނަށް ހުއްދަ ދިންކަން ހާމަކޮށްފައިވަނީ ހެލްތު އެމަރޖެންސީ އޮޕަރޭޝ...
ޔުމްނާ ޢަލީ
ކޮވިޝީލްޑް ވެކްސިން ޖެހުމަށްޓަކައި ސެންޓަރުތަކުގައި ކިއުތައް ހެދިފައިވަނީ އެއްވެސް އިންތިޒާމެއްނެތި ކަމަށްވިދާޅުވެ ކެލާ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ނުރުހުން ފާޅުކުރައްވައިފި އެވެ. މިއަދު ކުރިއަށް ދިޔ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ހުށައެޅުއްވި ކުއްލި މައްސަލައަށް ބަހުސް ކުރައްވަމުން މެންބަރު ޝަރީފް ވިދާޅުވީ ވެކްސިން ޖެހުމަށް ކިއުގައި ތިބޭ މީހުންގެ އަދަދު އިންތިހާއަށް ގިނަވެ، ތޮއްޖެހިފައިވާ ކަމަށާއި އެ ކަންކަން ކުރިއަށް ދަނީ އެއްވެސް އިންތިޒާ...
ޖަލްވާން ޖާދުﷲ