މައި ޚަބަރަށް ދިޔުމަށް

ރާއްޖެ

16,866 ޝާއިޢުކުރެވިފައިވާ ލިޔުން

ރާއްޖެ - 887 ވަނަ ޞަފްޙާ

104 ބާވަތެއްގެ ދޫނި ހިމާޔަތްކޮށްފި

104 ބާވަތެއްގެ ދޫނި ހިމާޔަތްކޮށްފި

104 ބާވަތެއްގެ ދޫންޏަކީ ހިމާޔަތް ކޮށްފައިވާ ދޫނިތަކެއްކަމަށް ސަރުކާރުން ކަނޑައަލައި އެކަން އިޢުލާންކޮށްފިއެވެ. ހިމާޔަތްކުރި ދޫނިތަކުގެ ތެރޭގައި ކޮތަރު، ފިނދަނަ، ކިރުދޫނި، ބަކަމޫނު، ރާބޮނދި، ބޮނޑަނަ، ބާޒު، ފެންފޯއް ދޫނި އަދި ރޭރުގެ ބާވަތްތަކެވެ. އެންވަޔަރަމަންޓް މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނީ ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ގާނޫނުން އެ މިނިސްޓްރީއަށް ލިބިދޭ ބާރުގެ ދަށުން މިއަދުން ފެށިގެން އެ 104 ބާވަތުގެ ދޫންޏަކީ ހިމާޔަތްކޮށްފައިވާ ތަކެތި ކަމުގައި ހަމަޖައްސާފ...

އިބްރާހިމް އަސްވާޤް
ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުން ގްރެޖުއޭޓް ޓްރެއިނިންގ ޕްރޮގްރާމެއް

ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުން ގްރެޖުއޭޓް ޓްރެއިނިންގ ޕްރޮގްރާމެއް

ޕެންޝަން އޮފީހުގެ މަަސައްކަތްތަކާ ގުޅޭ އެކިދާއިރާތަކުން ބެޗެލަރސް އަދި މާސްޓާރސް ޑިގްރީ ނިންމާ ފަރާތްތަކަށް އަމާޒުކޮށްގެން ޕެންޝަން އޮފީހުން ގްރެޖުއޭޓް ޓްރެއިނިންގ ޕްރޮގްރާމެއް ތައާރަފު ކޮށްފިއެވެ. މިޕްރޮގްރާމުގެ މަޤްސަދަކީ ޕެންޝަން އޮފީހުގެ މަަސައްކަތްތަކާ ގުޅޭ އެކިދާއިރާތަކުން ތައުލީމު ހާސިލުކޮށް ރަނގަޅު ނަތީޖާ ހޯދާ ފަރާތްތަކަށް މަސައްކަތުގެ ހުނަރާއި ތަޖުރިބާ ހޯދޭނެ މަަގުފަހިކޮށްދީ މިދާއިރާތަކުން މީހުން ބިނާކޮށް ކުރިމަގުގައި އޮފީހުގެ އެކި ދާއިރާތަކުގައި މަސައްކަތްކުރާނެ ގާބިލު މީހުން ތަމްރީނުކ...

އަލީ އާދިލް
ދަނޑުވެރިކަން ނެތްނަމަ އަޅުގަނޑުމެން ވެސް ނުތިބޭނެ: ޑރ.ޢާއިޝަތު ޢަލީ

ދަނޑުވެރިކަން ނެތްނަމަ އަޅުގަނޑުމެން ވެސް ނުތިބޭނެ: ޑރ.ޢާއިޝަތު ޢަލީ

ދަނޑުވެރިކަން ނެތްނަމަ އަޅުގަނޑުމެން ވެސް ނުތިބޭނެ ކަމަށާއި، ކޮންމެ ކުއްޖަކުވެސް ވާންޖެހޭނީ ބަހުން ނޫނީ ޢަމަލުން ނޫނީ ރޫޙުން ދަނޑުވެރިކަމަށް ލޯބި ކުރާ ކުއްޖަކަށް ކަމަށް މިނިސްޓަރ އޮފް އެޑިޔުކޭޝަން ޑރ. ޢާއިޝަތު ޢަލީ ވިދާޅުވެއްޖެއެވެ. މިނިސްޓަރު ޑރ. ޢާއިޝަތު ޢަލީ މިހެން ވިދާޅުވީ، ޖަމާލުއްދީން ސްކޫލްގެ ދަނޑުވެރިކަމުގެ ޕްރޮގްރާމް، “ކޯދު” ޕްރޮގްރާމް ރަސްމީގޮތުން އިފްތިތާހުކޮށް ދެއްވުމަށްފަހު ކުރެއްވި ޓްވީޓެއްގަ އެވެ. އެ ޕްރޮގްރާމް އިފްތިތާހް ކޮށްފައިވަނީ އާދީއްތަ ދުވަހުއެވެ. ޖޭއެސްގެ ކޯދު ޕްރޮޖެކްޓުގ...

ޔުމްނާ ޢަލީ
ކްރައިސިސް އެންޑް މޭޖަރ އިންސިޑެންޓްސް ކޮމިއުނިކޭޝަންސްއާ ގުޅޭ މަސައްކަތު ބައްދަލުވުމެއް ބާއްވައިފި

ކްރައިސިސް އެންޑް މޭޖަރ އިންސިޑެންޓްސް ކޮމިއުނިކޭޝަންސްއާ ގުޅޭ މަސައްކަތު ބައްދަލުވުމެއް ބާއްވައިފި

ރައީސުލް ޖުމްޙޫރިއްޔާގެ އޮފީހުގެ ފަރާތުން، ކްރައިސިސް އެންޑް މޭޖަރ އިންސިޑެންޓްސް ކޮމިއުނިކޭޝަންސްއާ ގުޅޭ މަސައްކަތު ބައްދަލުވުމެއް އިއްޔެ ބާއްވައިފިއެވެ. މި މަސައްކަތު ބައްދަލުވުމަކީ ރައީސް އޮފީހާއި، ބްރިޓިޝް ހައިކޮމިޝަނާއި، އިނގިރޭސިވިލާތުގެ މެޓްރޯޕޮލިޓަން ޕޮލިސްގެ އިތުރުން އިނގިރޭސިވިލާތުގެ ކައުންޓަރ ޓެރަރިޒަމް ޕޮލިސިންގ އިން ގުޅިގެން ބޭއްވި މަސައްކަތު ބައްދަލުވުމެކެވެ. މި މަސައްކަތު ބައްދަލުވުން ކުރިޔަށް ގެންގޮސްދެއްވާފައި ވަނީ މެޓްރޮޕޮލިޓަން ޕޮލިސްގެ ޑައިރެކްޓޮރޭޓް އޮފް މީޑިއާ ކޮމިއުނިކޭޝަނ...

ޖަލްވާން ޖާދުﷲ
މުވައްޒަފުންނަށް އަހަރީ ބޯނަސްގެ ގޮތުގައި 1 މަހުގެ މުސާރައަށް ޖެހޭ އަދަދު ދޭން ނިންމައި، އާރުސީސީން ނަމޫނާ ދައްކައިފި

މުވައްޒަފުންނަށް އަހަރީ ބޯނަސްގެ ގޮތުގައި 1 މަހުގެ މުސާރައަށް ޖެހޭ އަދަދު ދޭން ނިންމައި، އާރުސީސީން ނަމޫނާ ދައްކައިފި

ރާއްޖޭގައި ފުޅާދާއިރާއެއްގައި ކޮންޓްރަކްޝަން މަސައްކަތް ކުރަމުން އަންނަ ކުންފުންޏެއް ކަމަށްވާ ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން (އާރުސީސީ)އިން އެ ކުންފުނީގެ މުވައްޒަފުންނަށް މިދިޔަ އަހަރުގެ އަހަރީ ބޯނަސްގެ ގޮތުގައި އެއް މަހުގެ މުސާރައަށް ޖެހޭ ޢަދަދު ދޭން ނިންމައި، އެހެން ކުންފުނިތަކަށް ނަމޫނާ ދައްކައިފިއެވެ. މިގޮތުން އާރުސީސީން މިއަދު ބުނީ ކޯވިޑް19 ގެ ބަލިމަޑިކަމުގައި ދުނިޔެއާއި ރާއްޖެއަށް ކުރިމަތިވި އިގްތިސާދީ ގޮންޖެހުމުގައި އެ ކުންފުންޏަށް ވެސް މާލީގޮތުން ބޮޑެތި ގެއްލުންތަކެއް ކުރިމަތި...

ޝިއުނާ އާދަމް
ބާރަށު ސްކޫލްގައި އިމާރާތްކުރާ 12 ކްލާސްރޫމް ނިންމަން ހަވާލުކޮށްފި

ބާރަށު ސްކޫލްގައި އިމާރާތްކުރާ 12 ކްލާސްރޫމް ނިންމަން ހަވާލުކޮށްފި

ހއ. ބާރަށު ސްކޫލްގައި ޢިމާރާތްކުރަން ފަށާފައިވާ، 12 ކްލާސްރޫމްގެ ނުނިމިހުރި މަސައްކަތް ނިންމުމަށް މިއަދު ހިވާލުކޮށްފިއެވެ. މިގޮތުން މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން މިއަދުވަނީ އެ މަސައްކަތް ޕެންސާރޭ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއި ހަވާލުކޮށް، އެކަމުގެ އެއްބަސް ވުމުގައި ސޮއިކޮށްފަ އެވެ. އެޑިޔުކޭޝަން މިނިސްޓްރީއިން ވިދާޅުވީ، މި 12 ކްލާސްރޫމްގެ މަސައްކަތް ނިމުމާއި އެކު ބާރަށު ސްކޫލް، އެއް ދަންފަޅިއަށް ކިޔަވައިދޭ ސްކޫލަކަށް ބަދަލުކުރެވިގެންދާނެ ކަމަށެވެ. މި މަސައްކަތް ޕެންސާރޭ މޯލްޑިވްސް ޕްރައިވެޓް ލ...

ޔުމްނާ ޢަލީ
ބެނެވެންޓޯ އަތުން ބަލިވެ ޔުވެންޓަސްއަށް ނުތަނަވަސްކަން

ބެނެވެންޓޯ އަތުން ބަލިވެ ޔުވެންޓަސްއަށް ނުތަނަވަސްކަން

އިޓާލިއަން ސީރިއާ އޭގައި ޔުވެންޓަސްއާއި ބެނެވެންޓޯ ބައްދަލުކުރި މެޗުން ޔުވެންޓަސް ބަލިވެ، ޖެހިޖެހިގެން ދިހަވަނަ ފަހަރަށް ލީގު ހޯދުމަށް އެ ޓީމުން ކުރަމުން އަންނަ މަސައްކަތަށް ހުރަސްތަކެއް ކުރިމަތި ވެއްޖެއެވެ. އާދީއްތަ ދުވަހުގެ ރޭ ޔުވެންޓަސްގެ އަމިއްލަ ދަނޑުގައި ކުޅުނު މި މެޗު ބެނެވެންޓޯ އިން ކާމިޔާބު ކޮށްފައިވަނީ 1-0 ގެ ނަތީޖާއިންނެވެ. މި މެޗުގައި ޔުވެންޓަސްއިން ވަނީ މޮޅު ކުޅުމެއް ދައްކާ، ބެނެވެންޓޯގެ ގޯލަށް އަމާޒުކޮށް ގިނަ ހަމަލާތަކެއް ވެސް ފޮނުވާލާފައެވެ. މި ގޮތުން ފުރަތަމަ […]

އިބްރާހިމް ޚަލީލް
ވަޒީފާއިން ވަކިކުރުމުން ހައްގު ހޯދަން ދިޔުމުން ރިސޯޓްތަކުން ދަނީ އޮޅުވާލަމުން: ޓީމް

ވަޒީފާއިން ވަކިކުރުމުން ހައްގު ހޯދަން ދިޔުމުން ރިސޯޓްތަކުން ދަނީ އޮޅުވާލަމުން: ޓީމް

ވަޒީފާއާއިބެހޭ ގާނޫނުގެ 21 ވަނަ މާއްދާގެ ދަށުން އެތަށް މުވައްޒަފުންނެއް ވަނީ ރިސޯޓްތަކުން ވަޒީފާއިން ވަކިކޮށްފައި ކަމަށާއި، އެ މުވައްޒަފުންގެ ހައްގު ހޯދަން ޓުރައިބިއުނަލްއަށް ދިޔުމުން ރިސޯޓުތަކުން ދަނީ އޮޅުވާލަމުން ކަމަށް ޓޫރިޒަމް އެމްޕްލޯއީސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީމް) އިން ބުނެފިއެވެ. ވަޒީފާއާއިބެހޭ ގާނޫނަށް ގެނެވުނު އިސްލާހްތަކުގެ ތެރެއިން އެ ގާނޫނުގެ 21 ވަނަ މާއްދާއިން މުވައްޒަފުންގެ ހައްގުތައް ގެއްލޭކަމަށް މަސައްކަތްތެރީންގެ ހައްގުގައި މަސައްކަތްކުރާ ފަރާތްތަކުން އަންނަނީ ކެނޑިނޭޅި...

ޝިއުނާ އާދަމް
12 ރަށެއްގައި ހޮސްޕިޓަލް އަޅަނީ

12 ރަށެއްގައި ހޮސްޕިޓަލް އަޅަނީ

އަތޮޅުތެރޭގެ 12 ރަށެއްގެ ސިއްހީ މަރުކަޒުތައް ހޮސްޕިޓަލްތަކަކަށް ބަދަލުކުރަން ސަރުކާރުން ނިންމައިފިއެވެ. ހެލްތު މިނިސްޓްރީއިން ވިދާޅުވީ، 12 ރަށެއްގައި އަލަށް އިމާރާތްކުރާ ހޮސްޕިޓަލްގެ ޑިޒައިން އަދި ބީއޯކިއުގެ މަސައްކަތް މިހާރު ނިންމާފައިވާ ކަމަށެވެ. މިގޮތުން އަލަށް ހޮސްޕިޓަލްތަރައްޤީކުރުމަށް ނިންމާފައިވާ ރަށްތަކުގެ ތެރޭގައި ހިމެނޭ ތިލަދުންމަތީގެ ހއ. އަތޮޅުގެ ރަށްތަކަކީ އިހަވަންދޫއާއި ހޯރަފުއްޓެވެ. ހދ. އިން ހަނިމާދޫ އެ ލިސްޓްގައި ހިމެނޭއިރު، ށ. އަޮޅުން މިލަންދޫ ވެސް އެ ލިސްޓްގައި ހިމެނެއެވެ. އެ ލި...

ޔުމްނާ ޢަލީ
ޗައިނާއިން ހަދިޔާ ކުރި ވެކްސިންގެ ފުރަތަމަ ޑޯޒް މާދަމާ ޖަހަން ފަށަނީ

ޗައިނާއިން ހަދިޔާ ކުރި ވެކްސިންގެ ފުރަތަމަ ޑޯޒް މާދަމާ ޖަހަން ފަށަނީ

މާދަމާއިންފެށިގެން، ޗައިނާ ސަރުކާރުން ހަދިޔާކުރި ސިނޯފާމް ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހަން ފަށާނެ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ. އެޗްޕީއޭއިން ބުނީ މާލެ ސަރަހައްދުގައި ކޯވިޑް ވެކްސިންގެ ފުރަތަަމަ ޑޯޒް ދިނުން ހުއްޓާލާފައި އޮތުމަށް ފަހު އަލުން ވެކްސިން ދޭން މާދަމާ ފަށާނެ ކަމަށެވެ. މިގޮތުން މާދަމާ ވެކްސިން ޖަހަން ފަށާއިރު ޖަހާނީ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީ)އިން ހުއްދަ ދީފައިވާ ޗައިނާގެ ސިނޯފާމް ވެކްސިން ކަމަށް އެ […]

ޖަލްވާން ޖާދުﷲ
އޭސީސީއަށް ގެންދަނީ އަބުރު ކަތިލަން، ޖަވާބުދާރީވާން ތައްޔާރު: މުޢިއްޒު

އޭސީސީއަށް ގެންދަނީ އަބުރު ކަތިލަން، ޖަވާބުދާރީވާން ތައްޔާރު: މުޢިއްޒު

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް ހާޒިރުވާން އަންގާފައިވާ ކަމަށާއި، އަދި އެއީ ސަރުކާރުން އަންގައިގެން އޭނާގެ އަބުރުކަތިލުމަށް ކުރާކަމެއްކަމަށް ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި މާލޭ ސިޓީގެ މޭޔަރު ކަމަށް ކުރިމަތިލާފައިވާ އިދިކޮޅު ޕީޕީއެމްގެ ކެންޑިޑޭޓް، ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ޑރ. މުޢިއްޒު މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އޭނާ އޭސީސީއަށް ހާޒިރު ކުރަނީ ސަރުކާރުން އަންގައިގެން އޭނާގެ ކެމްޕެއިނަށް ހުރަސް އެޅުމަށް ކަމަށެވެ. “އަޅ...

އަލީ އާދިލް
ބްރިޖްގައި ލޭނު މަދެއްނުކުރަން: މުޢިއްޒު

ބްރިޖްގައި ލޭނު މަދެއްނުކުރަން: މުޢިއްޒު

ސިނަމާލެ ބްރިޖްގައި ލޭނެއް މަދުކުރެވިފައި ނުވާނެ ކަމަށް، ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި މާލޭ ސިޓީގެ މޭޔަރު ކަމަށް ކުރިމަތިލާފައިވާ އިދިކޮޅު ޕީޕީއެމްގެ ކެންޑިޑޭޓް، ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ސިނަމާލެ ބްރިޖް ބިނާކޮށް، އެ މަޝްރޫޢު ކާމިޔާބު ކަމާއެކު ނިންމާލުމުގެ އެންމެ އިސް މޭސްތިރިއެއްގެ ގޮތުގައި މަސައްކަތް ކުރެއްވި، ޑރ. މުޢިއްޒު މިހެން ވިދާޅުވީ މިއަދު މެންދުރު ”މުޢިއްޒު ޓީވީ”އިން ގެނެސްދިން ފޭސްބުކް ލައިވް ޕްރޮގްރާމް ”ލަންޗް ބްރޭކް”ގަ...

އަލީ އާދިލް
އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމުން ފިޔާޒު އިސްތިއުފާ ދެއްވައިފި

އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމުން ފިޔާޒު އިސްތިއުފާ ދެއްވައިފި

އިންފޮމޭޝަން ކޮމިޝަނަރުގެ މަޤާމުގައި ހުންނެވި ތ.ވިލުފުށި، އަތަމާގެ، އަލްފާޟިލް ޙުސައިން ފިޔާޒް މޫސާ އެ މަޤާމުން މިއަދު އިސްތިޢުފާ ދެއްވައިފިއެވެ. މީގެ 21 އަހަރު ކުރިން ނޫސްވެރިކަން ފެއްޓެވި ފިޔާޒު، އެ މަޤާމަށް ރައީސުލްޖުމްހޫރިއްޔާ ޢައްޔަންކުރައްވާފައިވަނީ 31 އޮކްޓޫބަރު 2019 ގައެވެ. ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވަނީ އެކަން “ތިލަދުން” އަށް ކަށަވަރުކޮށްދެއްވައިފަ އެވެ. މިމަގާމުން ފިޔާޒް އިސްތިއުފާދެއްވި ވަކި ސަބަބެއް ރައީސް އޮފީހުންވެސް ހާމައެއް ނުކުރެއެވެ. އިންފޮމޭޝަން ކޮމިޝަނަރަކީ ޤ...

އަލީ އާދިލް
10:30 ވަންދެން ކެފޭ/ރެސްޓޯރަންޓުތައް ހުޅުވަން ހުއްދަ ދީފި

10:30 ވަންދެން ކެފޭ/ރެސްޓޯރަންޓުތައް ހުޅުވަން ހުއްދަ ދީފި

10:30 ވަންދެން ކެފޭ/ރެސްޓޯރަންޓުތައް ހުޅުވަން ހެލްތު ޕްރޮޓެކްޝަން އެޖެންސީން (އެޗްޕީއޭ) އިން ހުއްދަ ދީފި އެވެ. ރޭގަނޑު 8:00 އިން ފެށިގެން މާލެ ސަރަހައްދުގައި ހިންގާ ހޮޓާ، ކެފޭ އަދި ރެސްޓޯރެންޓްތަކުން ޓޭކްއަވޭ އާއި ޑެލިވަރީ ފިޔަވައި އިތުރު ހިދުމަތްތައް ދިނުން ހުއްޓާލަން އެޗްޕީއޭއިން އެންގި އެންގުންމަށް ބަދަލުގެނައީ މިއަދު ނެރުނު އިޢުލާނަކުންނެވެ. މާލެ، ހުޅުމާލެ، ވިލިމާލެ އަދި ތިލަފުށްޓާއި ގުޅީފަޅުގައި ހިންގާ ކެފޭ، ހޮޓާ އަދި ރެސްޓޯރަންޓް ފަދަ އާންމުންނަށް ކާބޯތަކެތީގެ ހިދުމަތް ދޭ ތަންތަނުން، […]

އަލީ އާދިލް
ކޮވިޑް ޖެހިގެން ރާއްޖެއިން ނިޔާވި މީހުންގެ އަދަދު 66 އަށް

ކޮވިޑް ޖެހިގެން ރާއްޖެއިން ނިޔާވި މީހުންގެ އަދަދު 66 އަށް

ރާއްޖޭގައި ކޮވިޑް-19 ޖެހިގެން ނިޔާވި މީހުންގެ އަދަދު 66 އަށް އަރައިފި އެވެ. ރާއްޖެއިން ކޮވިޑް-19 ޖެހިގެން ނިޔާވި މީހުންގެ އަދަދު 66 އަށް އަރާފައިވަނީ ރޭގެ ވަގުތެއްގައި އައިޖީއެމްއެޗްގެ އެމަޖެންސީގައި ފަރުވާދެމުން ގެންދިޔަ 66 އަހަރުގެ ފިރިހެނަކު ނިޔާވުމާއި ގުޅިގެންނެވެ. އެޗްޕީއޭ އިން މިއަދު ބުނީ، ހަބަރު ހުސްވެގެން އައިޖީއެމްއެޗުގެ އީއާރަށް ރޭ 8:25 ގައި ގެންދިޔަ މީހަކު ރޭ 8:45 ގައި ނިޔާވެފައިވާ ކަމަށް ކަނޑައަޅާފައިވާ ކަމަށެވެ. އަދި އެއީ ކޮވިޑު ބަލީގައި ނިޔާވި […]

އިބްރާހިމް އަސްވާޤް