މައި ޚަބަރަށް ދިޔުމަށް

ރާއްޖެ

16,866 ޝާއިޢުކުރެވިފައިވާ ލިޔުން

ރާއްޖެ - 888 ވަނަ ޞަފްޙާ

އިނގިރޭސިވިލާތުގައި ކުރިއަށްދިޔަ އޮފިސަރ ކެޑޭޓް ކޯހުން އެއްވަނައަށް ފިރުޝާނާ!

އިނގިރޭސިވިލާތުގައި ކުރިއަށްދިޔަ އޮފިސަރ ކެޑޭޓް ކޯހުން އެއްވަނައަށް ފިރުޝާނާ!

އިނގިރޭސިވިލާތުގައި ކުރިއަށްދިޔަ އޮފިސަރ ކެޑޭޓް ކޯހުން އެއްވަނަ، ދިވެހި ސިފައިންގެ އޮފިސަރެއް ކަމަށްވާ، ސަރޖަންޓް ފިރުޝާނާ ތައުފީގު ހޯދައިފިއެވެ. އެމްއެންޑީއެފުން ވިދާޅުވީ، އިނގިރޭސިވިލާތުގެ ރޯޔަލް މިލިޓަރީ އެކަޑަމީ ސޭންޑްހާސްޓް ގައި ކުރިއަށް ގެންދިޔަ އޮފިސަރ ކެޑޭޓް ކޯހުގައި ބައިވެރިވި ސާޖަންޓް ފިރުޝާނާ ތަޢުފީޤު އެ ކޯހުން ބެސްޓް އިންޓަރނޭޝަނަލް ދަރިވަރަކަށް ހޮވިފައިވާ ކަމަށެވެ. މިއީ މި ކޯހުގައި ސިފައިންގެ ކަނބަލެއް ބައިވެރިވި ފުރަތަމަ ފަހަރު ކަމަށް ވެސް އެމްއެންޑީއެފުން ވިދާޅުވެއެވެ. އިނގިރޭސިވި...

ޔުމްނާ ޢަލީ
މަސްތުވާތަކެތީގެ އަސްލު "ވިޔަފާރިވެރިން" ހޯދާ ހުރިހާ މުދަލެއް ދައުލަތަށް ނަގަނީ

މަސްތުވާތަކެތީގެ އަސްލު "ވިޔަފާރިވެރިން" ހޯދާ ހުރިހާ މުދަލެއް ދައުލަތަށް ނަގަނީ

މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރުމަށް ޖިނާއީ އަދުލުގެ ނިޒާމުން ކުރާ މަސައްކަތުގެ މައިގަނޑަކީ، މަސްތުވާތަކެތީގެ ވިޔަފާރިން މަންފާވާ، އެކަމުގެ އަސްލު “ވިޔަފާރިވެރިން” ހޯދާ ހުރިހާ މުދަލެއް މަނީ ލޯންޑްރިން ގާނޫނު ބޭނުންކޮށްގެން ދައުލަތަށް ނެގުމަކީ އަމާޒެއްކަމަށް ޕްރޮސިކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވެއްޖެ އެވެ. ޝަމީމް މިހެން ވިދާޅުވެފައިވަނީ “މަސްތުވާތަކެތީގެ ވިޔަފާރިކުރާ ފައިސާއާއި ފައިސާވެރިންގެ ފަހަތުން ދިއުން” މިމަޢުލޫއަށް އޭނާގެ އަމިއްލަ ބްލޮގްގައި މިއަދު ޝާއިއުކުރެއްވި ލިއުމެއްގައެވެ...

އިބްރާހިމް އަސްވާޤް
ފެލިވަރުގެ ކެޕޭސިޓީ އިތުރުވުމުން އުތުރުގެ މަސްވެރިންނަށް މަސްކިރަން ފަސޭހަކަން ލިބޭނެ: ފައުޒީ

ފެލިވަރުގެ ކެޕޭސިޓީ އިތުރުވުމުން އުތުރުގެ މަސްވެރިންނަށް މަސްކިރަން ފަސޭހަކަން ލިބޭނެ: ފައުޒީ

އުތުރުގެ މަސްވެރިންނަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ މަސްކިރުމުގެ އިންތިޒާމުކަމަށާއި، ފެލިވަރުގެ ކެޕޭސިޓީ އިތުރުކުރުމަށް ހިންގޭ މަޝްރޫޢުތައް ނިމުމުން އުތުރުގެ މަސްވެރިންނަށް ފަހިކޮށް މަސްކިރޭނޭ އިންތިޒާމް ހަމަޖެހިގެންދާނެ ކަމަށް އުންމީދު ކުރަށްވާ ކަމަށް މިފްކޯގެ ސީއީއޯ އިސްމާއިލް ފައުޒީ ވިދާޅުވެއްޖެ އެވެ. ހޯރަފުށީގައި ޤާއިމުކުރާ އައިސްޕްލާންޓްގެ ބިންގާ އެޅުމަށް ރޭ އެރަށުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ފައުޒީ ވިދާޅުވީ، އުންމީދަކީ ފެލިވަރު ތަރައްގީވެގެން ދިޔުމުން އުތުރުގެ...

ޝިއުނާ އާދަމް
ރަސްދޫއާއި ހިމަންދޫގައި އަޅާ ޒަމާނީ އިންޖީނުގޭގެ ބިންގާ އަޅައިފި

ރަސްދޫއާއި ހިމަންދޫގައި އަޅާ ޒަމާނީ އިންޖީނުގޭގެ ބިންގާ އަޅައިފި

ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން އަތޮޅުތެރޭގައި ޚިދުމަތްދެމުންދާ ރަށްތަކުގައި ބިނާކުރާ ޒަމާނީ އިންޖީނުގެތަކުގެ ތެރެއިން އއ. ހިމަންދޫއާއި އެ އަތޮޅު ރަސްދޫގައި އިމާރާތްކުރާ އައު އިންޖީނުގޭގެ ބިންގާ އަޅައިފިއެވެ. ސްޓެލްކޯއިންބުނީ އަލަށް އަޅާ އިންޖީނުގޭގެ އިމާރާތާއެކު މިދެރަށުގެ މަލަމަތި ބަދަލުކޮށްލާނެކަމަށެވެ. އަދި މުޅި އިންޖީނުގެއަކީވެސް އުސްކޮށް އިމާރާތް ކުރާ، ވެންޓިލޭޝަން ރަނގަޅު، މަސައްކަތުގެ މާހައުލުގައި ރައްކާތެރިތަނެއްގެ ގޮތުގައި ހެދިގެންދާނެކަމަށް އެކުންފުނިން ހާމަކުރައ...

އިބްރާހިމް އަސްވާޤް
ހދ.އަތޮޅުގެ ފަތުރުވެރިކަމުގެ ކުރިމަގުގެ ލަގަން ދޯހަޅި ބޭފުޅަކަށް ދޫކޮށްލައިގެން ނުތިބެވޭނެ: ރާޢީ

ހދ.އަތޮޅުގެ ފަތުރުވެރިކަމުގެ ކުރިމަގުގެ ލަގަން ދޯހަޅި ބޭފުޅަކަށް ދޫކޮށްލައިގެން ނުތިބެވޭނެ: ރާޢީ

ހދ. އަތޮޅުގައި ފަތުރުވެރިކަން ތަރައްގީކޮށް، ރައްޔިތުންގެ އުންމީދުތައް ހަގީގަތަކަށް ހެދުމަށް މަސައްކަތް ކުރަމުންދާއިރު، އަތޮޅުގެ ފަތުރުވެރިކަމުގެ ކުރިމަގުގެ ލަގަން ދޯހަޅި ސިޔާސަތެއް ގެންގުޅުއްވާ ބޭފުޅެއްގެ މުށު ތެރޭ ހައްޔަރުވެފައި އޮންނަތަން ދެކެން ނުތިބެވޭނެ ކަމަށް މަކުނުދޫ ދާއިރާގެ މެންބަރު މުޙައްމަދު ރާޢީ ވިދާޅުވެއްޖެ އެވެ. މެންބަރު ރާޢީ މިހެން ވިދާޅުވީ ކުރެއްވި ޓުވީޓެއްގައެވެ. އެ ޓްވީޓްގައި ވަނީ އޮންލައިން ނޫހަކުން ގެނެސްދީފައިވާ ޚަބަރެއްގެ ސުރުޚީގެ ސްކްރީން ސޮޓެއް ހިމަނާފައެވެ. އެ ސުރުޚީގައި...

އަލީ އާދިލް
ބޯޑަރު ހުޅުވާލިފަހުން، ހުޅުވި ރިސޯޓްތަކުގެ އަދަދު 149 އަށް

ބޯޑަރު ހުޅުވާލިފަހުން، ހުޅުވި ރިސޯޓްތަކުގެ އަދަދު 149 އަށް

ކޯވިޑް-19 އާއި ގުޅިގެން ރާއްޖޭގެ ބޯޑަރު ބަންދުކޮށްފައި އޮތުމަށްފަހު އަލުން ހުޅުވާލިފަހުން މިހާތަނަށް ރާއްޖޭގެ 149 ރިސޯޓެއް ހުޅުވައި ޚިދުމަތް ދެމުންދާކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ. ކޯވިޑް-19 އާއި ގުޅިގެން ރާއްޖޭގެ ބޯޑަރު ބަންދުކޮށްފައި އޮތުމަށްފަހު، 110 ފަހުން އަލުން ރާއްޖޭގެ ބޯޑަރު ހުޅުވާލީ މި ޖުލައި މަހުގެ 15 ވަނަ ދުވަހުއެވެ. އަދި އޮކްޓޫބަރު މަހުގެ 15 ގައި ވަނީ ގެސްޓްހައުސްތައް ވެސް ހުޅުވާލާފަ އެވެ. ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާގޮތުން […]

ޔުމްނާ ޢަލީ
އަނެއްކާވެސް ޕީޕީއެމްއަށް ބޮޑު ޖޫރިމަނާއެއް

އަނެއްކާވެސް ޕީޕީއެމްއަށް ބޮޑު ޖޫރިމަނާއެއް

އިދިކޮޅު ކޯލިޝަންގެ މައިޕާޓީ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) 75،000 ރުފިޔާއިން ޖޫރިމަނާ ކޮށްފިއެވެ. އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވީ ޕީޕީއެމް ޖޫރިމަނާކުރީ އެޗްޕީއޭގެ ގައިޑްލައިނާ ހިލާފަށް މުޒާހަރާ ކޮށްފައި ވާތީ އެ ޕާޓީއަށް ޖަވާބުދާރީ ވުމަށް ދިން ފުރުސަތުގައި ހުށަހެޅި ހުށަހެޅުން ގަބޫލު ނުކުރުމަށް ނިންމުމަށް ފަހު ކަމަށެވެ. މިދިޔަ ފެބްރުއަރީ މަހުގެ 12 ވަނަ ދުވަހު “ކޮބާ މަގޭ ފްލެޓް” ގެ ނަމުގައި ޕީޕީއެމްއިން މާލޭގައި ކުރިއަށް ގެންދިޔަ […]

ޝިއުނާ އާދަމް
ރައީސް، ބަންގްލަދޭޝްއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި

ރައީސް، ބަންގްލަދޭޝްއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ބަންގްލަދޭޝްއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައިފިއެވެ. ރައީސް ފުރަތަމަ ވަޑައިގަތީ ގަތަރަށެވެ. މި ދެ ދަތުރުފުޅުގައި، އެމަނިކުފާނުގެ އަރިހުގައި އަނބިކަނބަލުން ފަޒްނާ އަޙްމަދާއި ދިވެހި ސަރުކާރުގެ އިސް އޮފިޝަލުންގެ ވަފުދެއް ބައިވެރިވެ ވަޑައިގެންނެވިއެވެ. ރައީސް ޞާލިޙް ގަތަރަށް ރަސްމީ ދަތުރުފުޅެއް ކުރެއްވުމުގެ އެންމެބޮޑު ބޭނުންފުޅަކީ ނިމިދިޔަ ސަރުކާރުގައި މެދުކަނޑާލާފައިވާ ގަތަރާއި ރާއްޖޭގެ ސިޔާސީގުޅުން މި ސަރުކާރުގައި އަލުން ޤާއިމުކުރުން...

ޔުމްނާ ޢަލީ
ގުޅުން ބަދަހިކުރުމާބެހޭ 4 އެއްބަސްވުމެއްގައި ސޮއިކޮށްފި

ގުޅުން ބަދަހިކުރުމާބެހޭ 4 އެއްބަސްވުމެއްގައި ސޮއިކޮށްފި

ދިވެހިރާއްޖެއާއި، ބަންގްލަދޭޝްއާއި ދެމެދު ގުޅުން ބަދަހިކުރުމާބެހޭ 4 އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. މި އެއްބަސްވުން ތަކުގައި ސޮއިކުރީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ދެ ކަނބަލުން މިހާރު ބަންގްލަދޭޝްއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން މިއަދުއެވެ. ބަންގްލަދޭޝްގެ ބޮޑުވަޒީރުގެ އޮފީހުގައި މިއަދު މެންދުރުފަހު ބޭއްވެވި ސޮއިކުރެއްވުމުގެ މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި، ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝައިޚް ޙަސީނާ ބައިވެރިވެވަޑ...

ޖަލްވާން ޖާދުﷲ
ވޯޓު ފޮށި ނުބަހައްޓާ ރިސޯޓުތަކުގެ ނަންތައް ހާމަކޮށްފި

ވޯޓު ފޮށި ނުބަހައްޓާ ރިސޯޓުތަކުގެ ނަންތައް ހާމަކޮށްފި

ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި 5 ރިސޯޓެއްގައި ވޯޓުފޮށި ނުބަހައްޓަން ނިންމައި، އެ ރިސޯޓްތައް އިލެކްޝަންސް ކޮމިޝަން (އީސީ)އިން ހާމަކޮށްފިއެވެ. އީސީން މިއަދުކުރި ޢިއުލާނެއްގައި ބުނީ، އަންނަ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2020ގައި ވޯޓުފޮށި ބަހައްޓަން ހަމަޖެހިފައިވާ ތަންތަނުގެ ތެރެއިން ރިސޯޓުތަކުގައި ރީ-ރަޖިސްޓަރީ ކުރުމުގެ ފުރުސަތު ހަމަވި އިރު ވޯޓުފޮށި ބެހެއްޓޭ އަދަ...

ޔުމްނާ ޢަލީ
އަސްކަރިއްޔާއަށް ރައްޔިތުންގެ ހިތްތަކުގައި އޮތް އިތުބާރު ނަގާލަން ފުރުޞަތެއް ނުދޭނަން: ޑިފެންސް މިނިސްޓްރީ

އަސްކަރިއްޔާއަށް ރައްޔިތުންގެ ހިތްތަކުގައި އޮތް އިތުބާރު ނަގާލަން ފުރުޞަތެއް ނުދޭނަން: ޑިފެންސް މިނިސްޓްރީ

ދިވެހި އަސްކަރިއްޔާއަށް ރައްޔިތުންގެ ހިތްތަކުގައި އޮންނަ އިތުބާރާއި، އިޙްތިރާމާއި، ޤަދަރު ނަގާލުމަށް ފުރުޞަތު ނުދޭނެ ކަމަށް މިނިސްޓްރީ އޮފް ޑިފެންސް އިން ވިދާޅުވެއްޖެއެވެ. ޑިފެންސް މިނިސްޓްރީއިން މިހެން ވިދާޅުވީ، ދާދި ދެންމެއަކު އާންމުކުރެއްވި ނޫސް ބަޔާނެއްގަ އެވެ. އެ ނޫސްބަޔާނުގައި ވިދާޅުވެފައި ވަނީ، ދިވެހިރާއްޖޭގެ މިނިވަންކަމާއި އިސްތިޤުލާލު ނަގަހައްޓާ، ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމުގެ މަތިވެރި ޒިންމާ ކޮނޑުގައި އަޅައިގެން ތިބި ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުގެ އިސް އޮ...

އަލީ އާދިލް
ސްކޫލްތަކުގެ އޭސީތައް ތިމާވެއްޓާއި ރައްޓެހި ތަކެއްޗަށް ބަދަލުކުރުމަށް އެއްބަސްވުމެއް

ސްކޫލްތަކުގެ އޭސީތައް ތިމާވެއްޓާއި ރައްޓެހި ތަކެއްޗަށް ބަދަލުކުރުމަށް އެއްބަސްވުމެއް

ސަރުކާރުގެ ސްކޫލުތަކުގައި ހުރި އެއާކޮންޑިޝަންތައް ތިމާވެއްޓާ ރައްޓެހި އަދި އޯޒޯން ފަށަލައަށް ގެއްލުން ނުދޭ މާއްދާއެއް ބޭނުންކުރާ އެއާކޮންޑިޝަންތަކަކަށް ބަދަލުކުރުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. މި އެއްބަސް ވުމުގައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓާއި މިނިސްޓްރީ އޮފް އެޑިއުކޭޝަނާ ދެމެދު ސޮއިކުރީ މިއަދުއެވެ. އެޑިޔުކޭޝަން މިނިސްޓްރީއިން ވިދާޅުވީ، ސަރުކާރުގެ ސްކޫލުތަކުގައި ހުރި އެޗް.ސީ.އެފް.ސީ 22 ގޭސް އެކުލެވޭ އެއަރކޮންޑިޝަނަރތައް، ތިމާވެއްޓާ ރައްޓެހި އަދި އޯޒޯން ފަށަލައަށް ގެއްލުން ނުދޭ މާ...

ޖަލްވާން ޖާދުﷲ
ޤައުމީ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި

ޤައުމީ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި

މިއަހަރުގެ ޤައުމީ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު، ޤައުމީ އިނާމާބެހޭ ކޮމިޓީން މިއަދު ހުޅުއްވައިލައްވައި، ޤައުމީ އިނާމާބެހޭ ލިޔުން، ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢު ކުރައްވައިފިއެވެ. ޤައުމީ އިނާމަށް މިއަހަރުވެސް ހުޅުއްވައިލައްވައިފައިވަނީ، މައިގަނޑު 33 ދާއިރާއަކުންނެވެ. ކުރީ އަހަރުތަކެކޭ އެއްގޮތަށް، މި އަހަރުވެސް ޤައުމީ އިނާމަށް އެދޭ އަމިއްލަ ފަރާތްތަކުންނާއި، ޤައުމީ އިނާމަށް އެހެން ފަރާތެއްގެ ނަން ހުށަހަޅުއްވަން ބޭނުންވާ ފަރާތްތަކުންނާއި، ކުންފުނި، ޖަމުޢިއްޔާ ޖަމާޢަތް ފަދަ ތަންތަނުން ސަރު...

އިބްރާހިމް އަސްވާޤް
މުޖީބުއް ރަޙްމާނަކީ މިސަރަޙައްދުގެ ތާރީހްގައިވެސް ފާހަގަކޮށްލެވޭ ލާމަސީލު އެއް ލީޑަރު: ރައީސް

މުޖީބުއް ރަޙްމާނަކީ މިސަރަޙައްދުގެ ތާރީހްގައިވެސް ފާހަގަކޮށްލެވޭ ލާމަސީލު އެއް ލީޑަރު: ރައީސް

ބަންގްލަދޭޝްގެ ފުރަތަމަ ރައީސް އަދި އެ ޤައުމުގެ މިނިވަންކަމުގެ ބާނީ ޝެއިޚް މުޖީބުއް ރަޙްމާނަކީ މުޅި ދެކުނު އޭޝިއާ ސަރަޙައްދުގެ ތާރީޙުގައިވެސް ފާހަގަކޮށްލެވޭ ލާމަސީލު އެއް ލީޑަރު ކަމަށް، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ. ރައީސް ޞާލިޙް މިހެން ވިދާޅުވީ، ބަންގާބަންދު ޝެއިޚް މުޖީބުއް ރަޙްމާން ދުނިޔޭގެ އަލިކަން ދެކެވަޑައިގެންތާ 100 އަހަރު ފުރޭ މުނާސަބަތުގައި ނެޝަނަލް ޕެރޭޑް ގްރައުންޑްސްގައި އިއްޔެ ކުރިޔަށްގެންދިޔަ ޚާއްޞަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ދެއްކެވި ވާހަ...

ޝިއުނާ އާދަމް
މާލޭގެ މަގުތައް ހިތްފަސޭހަ، އަމާން މަގުތަކަކަށް ހެދުމަކީ އެންމެ ބޮޑު އެއް އަމާޒު: މުޢިއްޒު

މާލޭގެ މަގުތައް ހިތްފަސޭހަ، އަމާން މަގުތަކަކަށް ހެދުމަކީ އެންމެ ބޮޑު އެއް އަމާޒު: މުޢިއްޒު

މާލޭ ސިޓީގެ މަގުތަކަކީ ހިތްފަސޭހަ އަމާން މަގުތަކަކަށް ހަދަންޖެހޭކަމަށާއި، އެއީ އެންމެ ބޮޑު އެއް އަމާޒުކަމަށް ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި މާލޭ ސިޓީގެ މޭޔަރު ކަމަށް ކުރިމަތިލާފައިވާ އިދިކޮޅު ޕީޕީއެމްގެ ކެންޑިޑޭޓް، ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ޒޫމް މެދުވެރިކޮށް މާލޭ ސިޓީގެ ރައްޔިތުންގެ އަޑުއައްސަވައި، ސުވާލުތަކަށް ޖަވާބުދެއްވުމަށް ރޭ ކުރިއަށް ގެންދެވި އޮންލައިން ބައްދަލުވުމެއްގައި މާލޭގެ ރައްޔިތަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ޑރ...

އަލީ އާދިލް