މައި ޚަބަރަށް ދިޔުމަށް

ރާއްޖެ

16,866 ޝާއިޢުކުރެވިފައިވާ ލިޔުން

ރާއްޖެ - 890 ވަނަ ޞަފްޙާ

ވެކްސިން ޖެހި މީހުންގެ އަދަދު 2 ލައްކައިން މައްޗަށް!

ވެކްސިން ޖެހި މީހުންގެ އަދަދު 2 ލައްކައިން މައްޗަށް!

ކޯވިޑް-19އިން ދިފާއުވުމަށް ރާއްޖޭގައި ފެބްރުއަރީ މަހުގެ 1 ވަނަ ދުވަހުފެށި ގައުމީ ކެމްޕެއިން ”ކޯވިޑް-19 ދިފާއު”ގެ ދަށުން އިއްޔެގެ ނިޔަލަށް 2 ލައްކައަަށްވުރެ ގިނަ މީހުން ރާއްޖޭގައި ކޯވިޑް ވެކްސިންޖަހައިފިއެވެ. ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ހާމަކުރަށްވާފައި ވާގޮތުގައި އިއްޔެ އެކަނި ވެސް ރާއްޖޭގައި 7،908 މީހުން ވަނީ ވެކްސިން ޖަހާފައެވެ. އޭގެ ތެރޭގައި ހިމެނެނީ ގްރޭޓާ މާލޭ އޭރިއާއިން ވެކްސިން ޖެހި 4،941 މީހުންނާއި، އަތޮޅުތަކުން ވެކްސިން ޖެހި 2،967 މީހުންނެވެ. މިގޮތުން އިއްޔެގެ ނިޔަަލަށް […]

ޙުސައިން ޝަހުދީ
އުސޫލްތަކާއި ހިލާފުވެގެން 3 ޕާޓީއެއް ޖޫރިމަނާކޮށްފި

އުސޫލްތަކާއި ހިލާފުވެގެން 3 ޕާޓީއެއް ޖޫރިމަނާކޮށްފި

ދިވެހިރާއްޖޭގައި ކޯވިޑް-19 ބަލި ފެތުރުން ކޮންޓްރޯލްކޮށް، އެ ބަލިން ރައްޔިތުން ރައްކާތެރިކޮށް ދިނުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އެކުލަވާލާފައިވާ އުސޫލްތަކާއި ހިލާފު ވެެގެން 3 ސިޔާސީ ޕާޓީއެއް ޖޫރިމަނާ ކޮށްފި އެވެ. ފުލުހުން ވިދާޅުވީ، އެޗްޕީއޭގެ ގައިޑްލައިނާ ހިލާފުވެފައިވާތީ ވެރިކަންކުރާ ކޯލިޝަންގެ މައިޕާޓީ، އެމްޑީޕީއާއި އަދި އިދިކޮޅު ކޯލިޝަންގައި ހިމެނޭ ދެޕާޓީ، ޕީޕީއެމް އަދި ޕީއެންސީ ޖޫރިމަނާ ކޮށްފައިވާ ކަމަށެވެ. އެ ޕާޓީތައް ޖޫރިމަނާ ކުރިކަން ހާމަކުރި ނަމަވެސް، ޖޫރިމަނާ ކުރީ ކިހ...

ޝިއުނާ އާދަމް
ރައީސް، 2 ގައުމަކަށް ކުރަށްވާ ރަސްމީ ދަތުރުފުޅެއްގައި ފުރާވަޑައިގެންފި

ރައީސް، 2 ގައުމަކަށް ކުރަށްވާ ރަސްމީ ދަތުރުފުޅެއްގައި ފުރާވަޑައިގެންފި

ރައީސުލްޖުމްޙޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙް ގަތަރަށާއި، ބަނގުލަދޭޝްއަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި ފުރާވަޑައިގަންނަވައިފިއެވެ. ރައީސް އޮފީހުން ވިދާޅުވީ، ރައީސް ޞާލިޙްގެ މި ދަތުރުފުޅުގައި ގަތަރަށް ވަޑައިގެންނެވުމުގެ އެންމެބޮޑު ބޭނުންފުޅަކީ މިދިޔަ ރައީސް ޔާމީންގެ ސަރުކާރުގައި މެދުކަނޑާލާފައިވާ ގަތަރާއި ރާއްޖޭގެ ސިޔާސީގުޅުން މި ސަރުކާރުގައި އަލުން ޤާއިމުކުރުން ފާހަގަކުރެއްވުމަށެވެ. އަދި ދެޤައުމުގެ ޒަމާންވީ ބަދަހިގުޅުން އިތުރަށް ބަދަހިކުރެއްވުމާއި ގުޅޭގޮތުން މަޝްވަރާކުރެއްވުން ވެސް މި ދަ...

ޝިއުނާ އާދަމް
ރާއްޖޭގައި ފްލޯޓިން ސިޓީއެއް، މަޝްރޫޢު އިފުތިތާހުކޮށްފި

ރާއްޖޭގައި ފްލޯޓިން ސިޓީއެއް، މަޝްރޫޢު އިފުތިތާހުކޮށްފި

ރާއްޖޭގައި ”ފްލޯޓިން ސިޓީ”އެއް ހެދުމުގެ މަޝްރޫޢު މިއަދު އިފްތިތާހުކޮށްފި އެވެ. މިގޮތުން މި މަޝްރޫޢުގެ ދަށުން “މޯލްޑިވްސް ފްލޯޓިން އައިލެންޑް” ތަރައްގީ ކުރަނީ މާލޭގެ އުތުރުން އޮންނަ ފަޅެއްގަ އެވެ. މި މަޝްރޫޢު ހިންގަނީ ނެދަލެންޑްސްގެ ކުންފުންޏެއް ކަމަށްވާ ޑަޗް ޑޮކްލެންޑްސް ކުންފުނިންނެވެ. މިއަދު އެ މަޝްރޫޢު އިފްތިތާޙް ކުރީ އެ ކުންފުންޏާއެކު ދެވަނަ ފަހަރަށް ހެދި އެއްބަސްވުމުގެ ދަށުންނެވެ. މި މަޝްރޫއުގެ އެއްބަސްވުމުގައި އެންމެ ފުރަތަމަ ސޮއިކުރީ އެމްޑީޕީގެ ފުރަތަމަ ސަރުކާރުގައި، 2010 ވަނަ އަހަރުގަ އެ...

ޔުމްނާ ޢަލީ
އޯޓިޒަމް އެސޯސިއޭޝަންގެ ދަރިވަރަކު 1 ވަނަ ދަރަޖައިގެ ހާފިޒް ކަމުގެ ސަނަދު ހާސިލްކޮށްފި

އޯޓިޒަމް އެސޯސިއޭޝަންގެ ދަރިވަރަކު 1 ވަނަ ދަރަޖައިގެ ހާފިޒް ކަމުގެ ސަނަދު ހާސިލްކޮށްފި

މޯލްޑިވްސް އޯޓިޒަމް އެސޯސިއޭޝަންގެ ދަރިވަރު، މުހައްމަދު އަޝްހަމް 9، މއ. އަރިވަރު، ކީރިތި ޤުރުއާން ހިތުދަސްކޮށް، ހާފިޒްކަމު ސަނަދު ހާސިލް ކޮށްފިއެވެ. ކީރިތި ޤުރުއާނާބެހޭ މަރުކަޒުން އަޝްހަމްއަށް ޤުރުއާން ހިތުދަސްވެފައިވޭތޯ ބެލުމަށް އިމްތިހާން ކުރިއަށް ގެންގޮސްފައި ވަނީ 9 ޑިސެމްބަރު 2020 އިން 18 ފެބްރުއަރީ 2021 އަށެވެ. މި އިމްތިހާނުން އަޝްހަމް ފާސްވެފައިވަނީ އެވަނަ ދަރަޖައިގައެވެ. އަޝްހަމް ހޯދި މި ބޮޑު ޝަރަފާއި، ކާމިޔާބާއި ގުޅިގެން މޯލްޑިވްސް އޯޓިޒަމް އެސޯސިއޭޝަންއިން ވަނީ އަޝްހަމަށާއި، އަޝްހަމްގެ...

ޝިއުނާ އާދަމް
ބްރޯޑްކޮމްގެ މެންބަރުކަމަށް ކުރިމަތިލާން ހުޅުވާލައިފި

ބްރޯޑްކޮމްގެ މެންބަރުކަމަށް ކުރިމަތިލާން ހުޅުވާލައިފި

މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގެ (ބްރޯޑްކޮމް)ގެ މެންބަރުކަމުގެ މަޤާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. އެ ފުރުސަތު ހުޅުވާލަމުން ރައީސް އޮފީހުން ވިދާޅުވީ، ބްރޯޑްކޮމްގެ މެންބަރެއްގެ މަޤާމުގެ މުއްދަތު ހަމަވާތީ އެ ކޮމިޝަނަށް މެންބަރަކު ޢައްޔަންކުރެއްވުމަށްޓަކައި، އެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު މިއަދުން ފެށިގެން ހުޅުވާލާ ކަމަށެވެ. މިއަދުން ފެށިގެން 2021 މާރިޗް މަހުގެ 22 ވާ ހޯމަ ދުވަހުގެ 13:30 ގެ ނިޔަލަށް މި ފުރުސަތު ހުޅުވާލާފައިވާއިރު، މި މަޤާމަށް ކުރިމަތިލުމަށް އެދޭ ފޯމު ރައީސުލ...

ޔުމްނާ ޢަލީ
ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ތަކެތީގެ ތެރެއިން ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފިކަމަށް ފުލުހުން ބުނެފި އެވެ. ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ ބަނގުރަލާއި ބަނގުރަލުގެ މައްސަލަތަކާ ގުޅިގެން ހިފެހެއްޓޭ ތަކެތި ނައްތާލުމުގައި ޢަމަލުކުރާ ގޮތުގެ ޤަވާއިދުގެ ދަށުން މިތަކެތި ނައްތާލާފައިވަނީ އިއްޔެގެ ވަގުތެއްގައި ދޫނިދޫގައިކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. ފުލުހުން ބުނެފައިވަނީ ނައްތާލާފައިވަނީ 42 އިންސިޑެންޓެއްގައި ހިމެނޭ އެވިޑެންސްތަ...

އިބްރާހިމް އަސްވާޤް
ފަޅުރަށަކަށް ދަތުރުދިޔަ ބަޔަކަށް މަސްތުވާތަކެތި ފެނިއްޖެ

ފަޅުރަށަކަށް ދަތުރުދިޔަ ބަޔަކަށް މަސްތުވާތަކެތި ފެނިއްޖެ

ފަޅުރަށަކަށް ދަތުރުގޮސް އުޅުނު ބަޔަކަށް، އެރަށުގެ ގޮނޑުދޮށުން 2 ކޮތަޅު މަސްތުވާތަކެތި ފެނިއްޖެއެވެ. މި 2 ކޮތަޅު މަސްތުވާތަކެތި ފެނުނީ ތ. އަތޮޅުގައި އޮންނަ ފަޅުރަށެއް ކަމަށްވާ ”ފިނޮޅު”އިން ކަމަށް ފުލުހުން ވިދާޅުވިއެވެ. ފުލުހުން ވިދާޅުވީ، ތ. ފިނޮޅަހު ކިޔާ ފަޅުރަށަކަށް ދަތުރުގޮސް އުޅުނު ބަޔަކަށް އެރަށު ގޮނޑުދޮށުން މަސްތުވާތަކެއްޗަށް ޝައްކުވާ އެއްޗިހިތަކެއް އަޅާފައި ހުރި ދެ ކޮތަޅު ފެނިފައިވާކަމުގެ މައުލޫމާތު އެ އިދާރާއަށް ލިބިފައިވާ ކަމަށެވެ. ފުލުހުންނަށް އެކަމުގެ ރިޕޯޓު ލިބުނީ ރޭ އިރުއޮއްސި 7:00 […...

ޔުމްނާ ޢަލީ
އުތަރަށް ނެރުނު "ވައިޓް އެލާޓު" ގެ ވަގުތު އިތުރުކޮށްފި

އުތަރަށް ނެރުނު "ވައިޓް އެލާޓު" ގެ ވަގުތު އިތުރުކޮށްފި

އުތުރުގެ އަތޮޅުތަކަށް މޫސުން ގޯސްވެ، ހއ. އަތޮޅުން ފެށިގެން ޅ. އަތޮޅަށް ނެރުނު ވައިޓް އެލާޓް ގެވަގުތު އިތުރުކޮށްފި އެވެ. ރާއްޖޭގެ މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް) އިން ނެރުނު ސަމާލުގެ މެސެޖްގައި ބުނެފައި ވަނީ، ހއ. އަތޮޅުން ޅ. އަތޮޅަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ. މެޓް އޮފީހުން ވައިޓް އެލާޓް އެންމެ ފުރަތަމަ ނެރެފައި ވަނީ މިއަދު މެންދުރުފަހު 15:00 އިން ފެށިގެން މިރޭގެ 20:00 އާ ހަމައަށެވެ. […]

އިބްރާހިމް އަސްވާޤް
އިންޑިއާ ކަނޑުގެ ހަމަޖެހުމަށް "އިންޑިއާ-ދިވެހިރާއްޖޭގެ ގުޅުން" މުހިއްމު ދައުރެއް އަދާކުރޭ: ޝާހިދު

އިންޑިއާ ކަނޑުގެ ހަމަޖެހުމަށް "އިންޑިއާ-ދިވެހިރާއްޖޭގެ ގުޅުން" މުހިއްމު ދައުރެއް އަދާކުރޭ: ޝާހިދު

އިންޑިއާ ކަނޑުގެ ހަމަޖެހުމަށް އިންޑިއާ-ދިވެހިރާއްޖޭގެ ގުޅުން މުހިއްމު ދައުރެއް އަދާކުރާކަމަށް މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޢަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ. މިނިސްޓަރ ޝާހިދު މިހެން ވިދާޅުވީ އިންޑިއާ ޓުޑޭ ކޮންކްލޭވް-ސައުތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. މިބައްދަލުވުމުގައި “ނެއިބަރހޫޑް ނެވިގޭޝަން: ދަ ކޮމޮން ވޯޓާރސް: އޯލްޑް ޓައިސް، ނިއު ސްޓްރެޓެޖީސް” ނަމުގައި ބޭއްވި ސެޝަންގައި މިނިސްޓަރ ޝާހިދުގެ އިތުރުން ސްރީލަންކާގެ ފޮރިން މިނިސްޓަރު ދިނޭޝް ގުނަވަރުދެނަ (ވަރޗުއަލްކޮށް) އަދި އިންޑިއާ ފައުންޑޭޝަ...

އަލީ އާދިލް
ޑރ. އިޔާޒްގެ ސުވާލެއް އެޗްޕީއޭއަށް!

ޑރ. އިޔާޒްގެ ސުވާލެއް އެޗްޕީއޭއަށް!

ބަޔަކު މީހުންގެ ނުރުހުމަށް ބިރުން ފިޔަވަޅުތައް އަނބުރާ ގެންދާއިރު, الله ގެ ނުރުއްސެވުމެއް އަތުވެދާނެ ކަމަށް ބިރު ނުގަންނަނީތޯ، ދީނީ ޢިލްމްވެރިޔާ ޑރ. މުޙައްމަދު އިޔާޒް އަބުދުއްލަޠީފް، ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އާއި ސުވާލު ކުރަށްވައިފިއެވެ. މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ)ގެ އެސިސްޓަންޓް ޕްރޮފެސަރގެ މަގާމްގައި ވެސް ހުންނެވި، ޑރ. އިޔާޒް މި ސުވާލު ކުރެއްވީ އެޗްޕީއޭ ޓެގް ކުރަށްވާ ކުރެއްވި ޓްވީޓެއްގައެވެ. ”ބަޔަކު މީހުންގެ ނުރުހުމަށް ބިރުން ފިޔަވަޅުތައް އަނބުރާ ގެންނައިރު, الله...

އަލީ އާދިލް
ރައްޔިތުންގެ ކަންބޮޑުވުންތަކާއި ހުރެ "ކެމްޕެއިނަށް ރަށްރަށަށް ދެވޭ އިސްލާހު" އުވާލައިފި

ރައްޔިތުންގެ ކަންބޮޑުވުންތަކާއި ހުރެ "ކެމްޕެއިނަށް ރަށްރަށަށް ދެވޭ އިސްލާހު" އުވާލައިފި

އަންނަ މަހު 10 ދުވަހު ބޭއްވުމަށް ތައްޔާރުވަމުން އަންނަ ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕެއިނަށް، ކަރަންޓީނު ނުވެ ރަށްރަށަށް ދެވޭ ގޮތަށް ގެނައި އިސްލާހު އުވާލަން އެޗްޕީއޭއިން ނިންމައިފިއެވެ. އެޗްޕީއޭ މިރޭ ކުރި ޓުވިޓެއްގައި ބުނީ ރައްޔިތުންގެ ގިނަ ކަންބޮޑުވުންތަކެއް ހުރުމާގުޅިގެން ކޮވިޑް-19 ގެ ހާލަތުގައި ރައްކާތެރިކަމާއެކު ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު ކުރިއަށް ގެންދިއުމުގައި އަމަލުކުރުމަށް ކަނޑައަޅާފައިވާ އުސޫލުގެ 12 ވަނަ މާއްދާއަށް ގެނައި އިޞްލާޙް އުވާލަން ނިންމާފައިވާ ކަމަށެވެ. އެ އުސޫލު...

އަލީ އާދިލް
މިހާލަތުގައި ކެމްޕޭންކުރަން ރަށްރަށަށް ދެވޭގޮތަށް އުސޫލު ބަދަލުކުރުމަކީ ހަމަޖެހޭ ކަމެއްނޫން: ސައްލެ

މިހާލަތުގައި ކެމްޕޭންކުރަން ރަށްރަށަށް ދެވޭގޮތަށް އުސޫލު ބަދަލުކުރުމަކީ ހަމަޖެހޭ ކަމެއްނޫން: ސައްލެ

ގިނަ ޢަދަދެއްގެ ކޯވިޑް-19 ޕޮޒިޓިވް ކޭސްތައް ފެންނާތީ ކަމަށްބުނެ ހޮޓާތަކާއި ރެސްޓޯރެންޓްތައް ބަންދުކުރާ ހާލަތުގައި މާލެ އޮއްވައި، ކައުންސިލް އިންތިޚާބަށް ކެމްޕޭން ކުރަން ރަށްރަށަށް ދަތުރުކުރެވޭގޮތަށް، ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން އުސޫލަށް ބަދަލުގެނައުމަކީ ހަމަޖެހޭކަމެއްކަމަށް ދެކިވަޑައި ނުގަންނަވާ ކަމަށް ހޯރަފުށީ ދާއިރާގެ މެންބަރު އަހްމަދު ސަލީމް (ސައްލެ) ވިދާޅުވެއްޖެ އެވެ. ސައްލެ މިހެން ވިދާޅުވީ، އަންނަ މަހުގެ 10 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިޚާބާއި...

ޔުމްނާ ޢަލީ
ބަނގުރާ ފުޅިއަކާއެކު ފުލުހަކު މަގުމަތިން ހައްޔަރުކޮށްފި

ބަނގުރާ ފުޅިއަކާއެކު ފުލުހަކު މަގުމަތިން ހައްޔަރުކޮށްފި

ބަނގުރާ ފުޅިއަކާއެކު ފުލުހަކު ހައްޔަރުކޮށްފި އެވެ. ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މިރޭ ފުލުހުންގެ ޑްރަގް އެންފޯސްމެންޓް ޑިޕާޓްމެންޓުން ހިންގި އޮޕަރޭޝަނެއްގައި ބަނގުރާ ފުޅިއަކާއެކު މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އެގޮތުން މި މައްސަލައިގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ ފުލުހެއް ކަމަށް އޮފިޝަލް ވިދާޅުވިއެވެ. މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ. މިދިޔަ މަހުގެ24 ވަނަ ދުވަހުގެ ރޭވެސް ވަނީ ބަނގުރާފުޅިތަކަކާއި އެކު 2 ޒުވާނަކު މަގުމަތިން ހައްޔަރުކޮށްފަ އެވެ. އެ...

އަލީ އާދިލް
އަދުރޭ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި

އަދުރޭ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި

އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަންގެ ވަގުތީ ލީޑަރ އަދި ޕީއެންސީގެ ރައީސް އަބްދުއްރަޙީމް ޢަބުދު ﷲ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ. އަދުރޭ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ އިދިކޮޅުން މާލޭ ސިޓީގައި މިއަދު ހަވީރު އިހުތިޖާޖު ފަށާފައިވަނިކޮށެވެ. އެ އިހުތިޖާޖުގައި ބައިވެރިވާ، އިދިކޮޅު ކޯލިޝަންގެ ޕީޕީއެމް ތަމްސީލް ކުރަށްވާ ކައުންސިލް މެންބަރަކު ”ތިލަދުން”އަށް ވިދާޅުވީ، އަދުރޭ ހައްޔަރުކުރީ އެކޯލިޝަންގެ ބައެއް ޕާލަމެންޓް މެންބަރުންނާއި، އިސްވެރިންނާއެކު ހިންގަވާފައި ބްރިޖާއި ދިމާއަށް ވަޑައިގަން...

އަލީ އާދިލް