މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ގދ. އަތޮޅަށް (12:00 އިން 17:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ

ރާއްޖެ

16,866 ޝާއިޢުކުރެވިފައިވާ ލިޔުން

ރާއްޖެ - 891 ވަނަ ޞަފްޙާ

މާލެއިން އަންބަރާއަށް ދިޔަ 95 މީހަކު ޖޫރިމަނާކޮށްފި

މާލެއިން އަންބަރާއަށް ދިޔަ 95 މީހަކު ޖޫރިމަނާކޮށްފި

ހެލްތް ޕްރޮޓެކްޝަން (އެޗްޕީއޭ) ގައިޑްލައިންތަކާއި ޚިލާފަށް، މާލެއިން ވ. އަންބަރާއަށް ދިޔަ 95 މީހަކު ޖޫރިމަނާކޮށްފި އެވެ. ފުލުހުން ވިދާޅުވީ، ރޭގެ ވަގުތެއްގައި މާލެއިން އަންބަރާއަށް 95 މީހަކު ގޮސްފައި ވަނީ އެޗްޕީއޭގެ އުސޫލުތަކާ އެއްގޮތަށް ނަގަން ޖެހޭ ހުއްދަތައް ނެގުމެއް ނެތި ކަމަށެވެ. އަދި އެ މީހުން ދަތުރުކުރި އުޅަނދުގައި ހުއްދަ ކޮށްފައިވާ ވަރަށް ވުރެ އިތުރަށް މީހުން އުފުލާފައިވާ ކަމަށް ވެސް ފުލުހުން ވިދާޅުވެއެވެ. “މި މައްސަލަ އިތުރަށް ތަހުގީގުކުރުމަށް ފަހު އަޅަންޖެހޭ ފިޔަވަޅު […]

ޔުމްނާ ޢަލީ
ޓީމްގެ ރައްދު މިނިސްޓަރަށް: "ވަޒީފާގެ ރައްކާތެރިކަމާއި އިންސާފު ލިބުން ވަނީ ގެއްލިފަ"

ޓީމްގެ ރައްދު މިނިސްޓަރަށް: "ވަޒީފާގެ ރައްކާތެރިކަމާއި އިންސާފު ލިބުން ވަނީ ގެއްލިފަ"

ވަޒީފާގެ ރައްކާތެރިކަމާއި އިންސާފު ލިބުން ވަނީ ގެއްލިފައި ކަމަށް، ޓުރިޒަމް އެމްޕްލޯއިމެންޓް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީމް) އިން ބުނެފިއެވެ. ޓީމްއިން މިހެން ބުނީ ޓޫރިޒަމް މިނިސްޓަރު މައުސޫމް ވިދާޅުވިކަމަށް އޮންލައިން ނޫހެއްގައި ގެނެސްދީފައިވާ ޚަބަރެއްގެ ސުރުޚީ ހިމަނައި ކުރި ޓްވީޓެއްގަ އެވެ. އެ ސުރުޚީގައި ބުނެފައި ވަނީ ”ޓޫރިޒަމް ރަނގަޅުވެ ގެއްލުނު ވަޒީފާތައް ލިބިއްޖެ، އިތުރު 9،000 ވަޒީފާގެ ފުރުސަތު މިއަހަރު ތެރޭގައި” މިހެންނެވެ. އެ ނޫހުގެ މިޚަބަރާއި ގުޅިގެން ޓީމް އިން ކޮށްފައިވާ ޓުވީޓެއްގައި...

ޖަލްވާން ޖާދުﷲ
އިތުބާރުގެ މައްސަލާގައި އަސާސެއްނެތް: އެމްއާރްއެމް

އިތުބާރުގެ މައްސަލާގައި އަސާސެއްނެތް: އެމްއާރްއެމް

މިނިސްޓަރ އޮފް ފިޝަރީޒް، މެރިން ރިސޯރސަސް އެންޑް އެގްރިކަލްޗަރ ޒަހާ ވަޙީދުގެ އިތުބާރު ނެތްކަމަށްބުނެ އިދިކޮޅު ކޯލިޝަންގެ މެންބަރުން، ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ މައްސަލައަކީ އެއްވެސް އަސާސެއްނެތް، ސަރުކާރު ކޯލިޝަން ތެރޭގައި ފިތުނަވެރިކަން އުފެއްދުމަށް ސިޔާސީ ބޭނުމަކަށް ހުށަހަޅާފައިވާ މައްސަލައެއް ކަމަށް މޯލްޑިވްސް ރިފޯމް މޫވްމެންޓް (އެމްއާރްއެމް)އިން ބުނެފިއެވެ. އެޕާޓީން މިހެން ބުނީ އިއްޔެ މިނިސްޓަރު ޒަހާގެ ދިފާއުގައި އާންމުކުރި ނޫސް ބަޔާނެއްގަ އެވެ. އެމްއާރްއެމްއިން ބުނީ މިނިސްޓަރ ޒަ...

ޝިއުނާ އާދަމް
ވެކްސިން ގަތުމަށް މާލިއްޔަތު ގަވާއިދުގެ ބައެއް މާއްދާތަކަށް އަމަލުކުރަން ނުޖެހޭގޮތް ހަދައިފި

ވެކްސިން ގަތުމަށް މާލިއްޔަތު ގަވާއިދުގެ ބައެއް މާއްދާތަކަށް އަމަލުކުރަން ނުޖެހޭގޮތް ހަދައިފި

އިންޑިއާގެ ސިރަމް އިންސްޓިޓިއުޓް އޮފް އިންޑިއާއިން އުފައްދާ ކޮވިޝީލްޑް ވެކްސިންގަތުމަށްޓަކައި، މާލިއްޔަތުގެ ގަވާއިދުގެ ބައެއް މާއްދާތަކަށް އަމަލުކުރަން ނުޖެހޭ ގޮތަށް ނިންމައިފިއެވެ. ފިނޭންސް މިނިސްޓްރީއިން މިގޮތަށް ނިންމިކަން ހާމަކުރީ ރޭ ނެރުނު ”ދައުލަތުގެ މާލިއްޔަތުގެ ގަވާއިދަށް ނުވަތަ ގަވާއިދުން ބަޔަކަށް ޢަމަލުކުރަން ނުޖެހޭ ގޮތަށް ކަނޑައެޅުމާބެހޭ ޤަރާރު” އިން ނެވެ. ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ސޮއިކުރައްވައި، ރޭ ނެރުނު ގަރާރުގައި ބުނެފައި ވަނީ ދުނިޔޭގެ އެކި ޤައުމުތަކުގައި މިހާރު ހަލުވ...

ޔުމްނާ ޢަލީ
ނައިބަށް ކުރެވުނުކަމަށް ބުނާ ތުހުމަތާ ގުޅިގެން އީސީގެ ކުއްލި ޖަލްސާއެއް

ނައިބަށް ކުރެވުނުކަމަށް ބުނާ ތުހުމަތާ ގުޅިގެން އީސީގެ ކުއްލި ޖަލްސާއެއް

އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ނައިބު ރައީސް އިސްމާޢީލް ޙަބީބު އަބްދުއްރަޙީމް އެތަނުގެ މުވައްޒަފުންނަށް ފުރައްސާރަކުރުމާއި ބިރު ދެއްކި ކަމަށް ތުހުމަތުކޮށް ރައްޔިތުންގެ މަޖިލީހަށް މައްސަލައެއް ހުށަހަޅާފައިވާ ކަމަށް އޮންލައިން ނޫހަކުން ޚަބަރު ގެނެސް ދިނުމާއި ގުޅިގެން އީސީގެ ކުއްލި ޖަލްސާއެއް ބާއްވައިފިއެވެ. އީސީން ބުނީ، އެ ކޮމިޝަނުގެ ނައިބު ރައީސް އިސްމާޢީލް ޙަބީބު އަބްދުއްރަޙީމްގެ މައްޗަށް ތުހުމަތުކޮށް ކޮމިޝަނުގެ ދެ މުވައްޒަފަކު ރައްޔިތުންގެ މަޖިލީހަށް ސިޓީއެއް ފޮނުވާފައިވާ ކަމަށް ބުނެ ސަން މީޑިއ...

އަލީ އާދިލް
ކަރަންޓީން ނުވެ ކެމްޕޭނަށް ރަށްރަށަށް ދަތުރު ކުރެވޭ ގޮތްހަދައިފި

ކަރަންޓީން ނުވެ ކެމްޕޭނަށް ރަށްރަށަށް ދަތުރު ކުރެވޭ ގޮތްހަދައިފި

ކުރިއަށް އޮތް ކައުންސިލް އިންތިޚާބުގެ ކެމްޕޭނަށް ރަށްރަށަށް ދަތުރުކުރާ ފަރާތްތަކުން ކަރަންޓީން ވާން ނުޖެހޭ ގޮތައް އުސޫލު ބަދަލުކުރަން އެޗްޕީއޭ އިން ނިންމައިފިއެވެ. އެޗްޕީއޭ އިން މިރޭ ކައުންސިލް އިންތިޚާބުގެ ކެމްޕޭން ކުރިއަށް ގެންދިއުމުގެ އުސޫލަށް ބަދަލު ގެނެސްފައެވެ. މިރޭ ގެނައި ބަދަލުގައި ބުނެފައި ވަނީ ތާއީދު ހޯދުމާއި، ކެމްޕޭނުގެ ހަރަކާތްތައް ކުރިޔަށް ގެންދިޔުމަށް، އެއް ރަށުން އަނެއް ރަށަށް ދަތުރު ކުރާންވާނީ، ހެލްތް ޕްރޮޓެކްޝަން އެޖެންސީން އެ ކަމަށް ކަނޑައަޅައި އާންމުކުރާ ޚާއްޞަ ގައިޑްލައިނާ އެ...

އަލީ އާދިލް
މިނިސްޓަރު ޝާހިދު އިންޑިއާއަށް ފުރާވަޑައިގެންފި

މިނިސްޓަރު ޝާހިދު އިންޑިއާއަށް ފުރާވަޑައިގެންފި

ހާރިޖީ ވަޒީރު ޑރ. އަބްދުﷲ ޝާހިދު “އިންޑިއާ ޓުޑޭ ކޮންކްލޭވް-ސައުތު” ގައި ބައިވެރިވެވަޑައިގަތުމަށް މިއަދު އިންޑިއާއަށް ފުރާވަޑައިގެންފިއެވެ. އެ ގޮތުން މި ބައްދަލުވުމުގައި މިނިސްޓަރ ޝާހިދު “ނެއިބަރހޫޑް ނެވިގޭޝަން: ދަ ކޮމަން ވޯޓާ: އޯލްޑް ޓައިސް، ނިއު ސްޓްރެޓެޖީސް” ސެޝަންގައި ވާހަކަފުޅުދައްކަވާނެއެވެ. މިނިސްޓަރު ޝާހިދުގެ އިތުރުން މިސެޝަންގައި ސްރީލަންކާގެ ހާރިޖީ މިނިސްޓަރު ދިނޭޝް ގުނަވަރުދެނަ (ވަރޗުއަލްކޮށް) އަދި އިންޑިއާގެ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ރޯޑް ޓްރާންސްޕޯޓް އެންޑް ހައިވޭސް، ވިޖޭ ކުމާރު ސިން...

ޖަލްވާން ޖާދުﷲ
އިންތިހާބަށް ކުރިމަތިލުމަށް އަލުން ހުޅުވާލަން ހުށަހެޅި މައްސަލަ ނުބެލޭނެ ކަމަށް ކަނޑައަޅައިފި

އިންތިހާބަށް ކުރިމަތިލުމަށް އަލުން ހުޅުވާލަން ހުށަހެޅި މައްސަލަ ނުބެލޭނެ ކަމަށް ކަނޑައަޅައިފި

ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި ވާދަކުރުމަށް އަލުން ހުޅުވާލަން ހުށަހެޅި މައްސަލަ ބެލުމުގެ އިހްތިސާސް ހައިކޯޓަށް ނެތްކަމަށް މިއަދު އެ ކޯޓުން ކަނޑައަޅައިފިއެވެ. މިދިޔައަހަރުގެ އޭޕްރިލްމަހުގެ 4 ވަނަ ދުވަހު ބާއްވަން ފުރަތަމަ ޢިއުލާންކުރި ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިޚާބު ފަސްކުރީ ކޯވީޑްގެ ހާލަތުގެ ސަބަބުންނެވެ. އަދި އިންތިޚާބު ފަސްކުރުމަށް ޚާއްޞަ ޤާނޫނެއް ވުޖޫދުކޮށް އެ...

ޖަލްވާން ޖާދުﷲ
ބާރަށާއި، މާލޭގައި 6 ޖަހަންދެން ރީ-ރެޖިސްޓްރޭޝަން ފޯމް ބަަލައިގަންނާނެ

ބާރަށާއި، މާލޭގައި 6 ޖަހަންދެން ރީ-ރެޖިސްޓްރޭޝަން ފޯމް ބަަލައިގަންނާނެ

ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި ވޯޓުލާން ރަޖިސްޓްރީވެފައިވާ ތަން ނޫން އެހެން ތަނެއްގައި ވޯޓުލާން ބޭނުންވާ ފަރާތްތަކަށް ރީ-ރެޖިސްޓްރޭޝަންވުމަށް ފޯމް ހުށަހެޅުމުގެ ވަގުތު ހއ. ބާރަށާއި، މާލޭ ސިޓީގައި އިތުރުކޮށްފިއެވެ. އިލެކްޝަންސް ކޮމިޝަން (އީސީ)އިން ބުނީ ‏ވޯޓުލާން ރަޖިސްޓަރީ ވެފައިވާ ތަން ނޫން އެހެން ތަނެއްގައި ވޯޓުލުމަށްޓަކައި ރަޖިސްޓަރީވުމަށް އެދި ހުށަހަޅާ ފޯމް ބަލައިގަންނަ ވަގުތު މާލެސިޓީއާއި، ހއ. ބާރަށުގައި އިތުރު ކުރެވިފައިވާ...

ޝިއުނާ އާދަމް
ޅ. އަތޮޅުން ފެށިގެން ގދ. އަތޮޅަށް ހުދު ސަމާލު ނެރެފި

ޅ. އަތޮޅުން ފެށިގެން ގދ. އަތޮޅަށް ހުދު ސަމާލު ނެރެފި

މެދު ރާއްޖެ ތެރޭގެ އަތޮޅުތަކަށް މޫސުން ގޯސްވެ ޅ. އަތޮޅުން ފެށިގެން ގދ. އަތޮޅަށް ވައިޓް އެލާޓް ނެރެފިއެވެ. ރާއްޖޭގެ މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް) އިން ނެރުނު ސަމާލުގެ މެސެޖްގައި ބުނެފައި ވަނީ، ޅ. އަތޮޅުން ގދ. އަތޮޅަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ. މެޓް އޮފީހުން ވައިޓް އެލާޓް ނެރެފައި ވަނީ މިއަދު ހެނދުނު 10:30 އިން ފެށިގެން މެންދުރުފަހު 15:00 އާ ހަމައަށެވެ. ރާއްޖޭގެ މޫސުން ކުރިއަށް […]

ޖަލްވާން ޖާދުﷲ
ސާބިތުވެ މިތިބީ އިންސާފް ހޯދަން: މުޙައްމަދު

ސާބިތުވެ މިތިބީ އިންސާފް ހޯދަން: މުޙައްމަދު

އިސްލާމް ދީނާއި، ގާނޫނުގެ ތަރަހައިގެ ތެރެއިން، އިންސާފް ހޯދަން ކުރަންޖެހުނު ކޮންމެ ކަމެއް ކުރަން އިދިކޮޅު ކޯލިޝަން އޮތީ ސާބިތުކަންމަތީ ކަމަށް ހޯރަފުށީ ދާއިރާގެ ކުރީގެ މެންބަރު މުޙައްމަދު އިސްމާޢީލް ވިދާޅުވެއްޖެ އެވެ. އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގައި އެންމެ އިސްކޮށް މަސައްކަތްކަތް ކުރަށްވާ، އެއް މޫނު ކަމުގައިވާ މުޙައްމަދު މިހެން ވިދާޅުވީ ރޭ ފަތިހު ކުރެއްވި ޓްވީޓެއްގަ އެވެ. އިދިކޮޅު ކޯލިޝަނުން މާލޭ ސިޓީގައި ސިލްސިލާ މުޒާހަރާތަކެއް ފަށައި، ސިޔާސީ ހަރަކާތްތައް ވަރުގަދަކޮށްފައިވާ މި ދަނޑ...

އަލީ އާދިލް
މާލެ ސަރަހައްދުގެ ކާފިއު ދަންމާލައިފި

މާލެ ސަރަހައްދުގެ ކާފިއު ދަންމާލައިފި

ދިވެހިރާއްޖޭގައި ކޯވިޑް-19 ފެތުރުން ކޮންޓްރޯލްކޮށް، އާންމު ރައްޔިތުންގެ ޞިއްޙަތާއި ރައްކައުތެރި ކަމަށް ޓަކައި، ޢާންމު ޞިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނުގެ ދަށުން، ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އަޅާ ފިޔަވަޅުތަކުގެ ދަށުން މާލެ ސަރަހައްދުގައި ހިންގާފައިވާ ކާފިއުގެ މުއްދަތަށް އިތުރު ހަފްތާއެއް އިތުރުކޮށްފި އެވެ. އެކަން ބަޔާންކޮށް، ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ސޮއިކުރައްވައި ރޭ އާންމުކުރި އެންގުމުގައި ބުނީ، ރާއްޖޭގައި ކޯވިޑް-19 ފެތުރުން ކޮންޓްރޯލުކޮށް އާންމު ރަ...

ޝިއުނާ އާދަމް
ދެ ކުއްޖަކު ބަލިވެއިން މައްސަލައެއް

ދެ ކުއްޖަކު ބަލިވެއިން މައްސަލައެއް

18 އަހަރު ނުފުރޭ ދެ ކުއްޖަކު ބަލިވެއިން ދެ މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ. ފުލުހުން ވިދާޅުވީ، ސެންޓްރަލް ޕޮލިސް ޑިވިޝަން (ދ، ފ، އަދި މ އަތޮޅު) ހިމެނޭ ރަށެއްގައި 18 އަހަރު ނުފުރޭ ދެ ކުއްޖަކު ބަލިވެ އިން ދެ މައްސަލައެއް ހުށައަޅާފައިވާ ކަމަށެވެ. މީގެ ތެރެއިން ފުރަތަމަ މައްސަލަ ހުށަހެޅިފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 31 ވަނަ ދުވަހުއެވެ. މި މައްސަލައާ ގުޅިގެން އެއްވެސް މީހަކު މިހާތަނަށް ހައްޔަރުކޮށްފައި ނުވާކަމަށް […]

ޔުމްނާ ޢަލީ
އިންސާފްވެރި ނޫންކަމަށް ވިދާޅުވެ މަލީޙް ޖޭޕީއާއި ފެޔަށް!

އިންސާފްވެރި ނޫންކަމަށް ވިދާޅުވެ މަލީޙް ޖޭޕީއާއި ފެޔަށް!

ޖޭޕީގެ ސްލޮޓެއްގައި މިނިސްޓަރެއްގެ މަގާމުގައި ހުންނެވިއިރު، އިޚްލާޞްތެރިކަމާއެކު ޖޭޕީގެ އަޑުއިއްވައި ދީފައިވާނެ ކަމަށާއި، ނަމަވެސް ޖޭޕީގެ ތެރޭން ފެނުނީ އިންސާފެއް ނެތްތަން ކަމަށް ވިދާޅުވެ، ކުރީގެ ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލު ޖުމްހޫރީ ޕާޓީ (ޖޭޕީ)އާއި ފެޔަށް ޖެހިވަޑައިގަތްކަން ޢިއުލާން ކުރަށްވައިފިއެވެ. މައުލޫމާތު ލިބިފައިވާގޮތުގައި މަލީޙް، އޭނާގެ އުފަން ސިޓީ ފުވައްމުލަކުގެ ޕީޕީއެމް ކެނޑިޑޭޓުންނަށް ތާއީދުކުރަށްވާކަން ހާމަކުރެއްވުމަށް އެ ކެނޑިޑޭޓުން...

އަލީ އާދިލް
ވެރިކަމަށް އައިއިރު ރާއްޖޭގެ އިޖުތިމާއީ ފޭރާން އޮތީ ވީދި ހަފުސްވެފައި: ރައީސް

ވެރިކަމަށް އައިއިރު ރާއްޖޭގެ އިޖުތިމާއީ ފޭރާން އޮތީ ވީދި ހަފުސްވެފައި: ރައީސް

ވެރިކަމާއި ހަވާލުވެވަޑައިގެންއިރު ރާއްޖޭގެ އިޖުމާއީ ފޭރާން އޮތީ ވީދި ހަފުސްވެފައި ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. ރައީސް ޞާލިޙް މިހެން ވިދާޅުވީ، މިއަދު އޮންލައިންކޮށް ކުރިއަށްދިޔަ ނޫސް ވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ނެވެ. ރައީސް ވިދާޅުވީ، މާލޭގެ މަގުތަކުގައި މީހުން މެރުމާއި، ވައްކަން ކުރުމާއި، ފޭރުމާއި މިހެންގޮސް އެތައް ކަމެއް އޭރުގެ އޮތް ހާލަތުގެ ތެރެއިން ހުނިޖަހާލެވިދާނެ ކަމަށެވެ. އަދި ވެރިރަށް މާލޭގެ އިތު...

ޝިއުނާ އާދަމް