ރާއްޖޭގައި މިޔަރުގެ މަސްވެރިކަން މަނާކޮށްފައި އޮތްއޮތުން ނިމުމަކަށް ނުގެނެސް، އެ ނިންމުން ދެމެހެއްޓުމަށް ގޮވާލައި، އެކަމާ ގުޅިގެން ކަންބޮޑުވާ 112 ފަރާތެއް ގުޅިގެން، ގުޅިފައިވާ ނޫސްބަޔާނެއް ނެރެފިޔެވެ. އެ ނޫސްބަޔާނަކީ ރާއްޖޭގެ 55 ފަރާތަކާއި، ބޭރުގެ 57 ފަރާތެއް ގުޅިގެން ނެރެފައިވާ ބަޔާނެކެވެ. މި ބަޔާން ނެރުމުގައި ރާއްޖޭގެ ބައެއް ޖަމިއްޔާތަކާއި، ބައެއް ރިސޯޓްތަކާއި އަދި ބައެއް ޑައިވިން ސެންޓަރު ފަދަ ފަަރާތްތައް ޝާމިލް ވެއެވެ. މި ނޫސް ބަޔާން ގައި ބުނެފައި ވަނީ މިނިސްޓްރީ އޮފް […]
ޔުމްނާ ޢަލީ
އިދިކޮޅު މެންބަރުން ރައްޔިތުންގެ މަޖިލިސްގެ ތަޅުމުގައި ބަހުސް ކުރަމުންދާއިރު، ދަތިވާގޮތަށް، އެމްޑީޕީ މެންބަރުން ނިޒާމީ ނުކުތާ ނަގަމުން ދަނީ ރައީސް އޮފީހުން އަންގައިގެން ކަމަށް އިދިކޮޅު ކޯލިޝަންގެ ޕީޖީ ލީޑަރ، މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ވިދާޅުވެއްޖެ އެވެ. އާދަމް ޝަރީފް މިހެން ވިދާޅުވީ ވެންޓިލޭޓަރުތަކުގެ މައްސަލާގައި ވެންޓިލޭޓަރުތަކުގެ މައްސަލާގައި މަތިޖެހުމުގެ ފުރުޞަތު ދީފިނަމަ ރާއްޖޭގެ ރައްޔިތުންނަށް ލިބޭނެ ގެއްލުން ވަރަށް ބޮޑު ކަމަށް ވިދާޅުވެ، އެކަމުގައި ރައްޔިތުންނާއެކުގައި ދޫދި...
އަލީ އާދިލް
މިއަދު އަމަލުކުރަން ފެށި ފުލުހުންގެ ހިދުމަތުގެ ގާނޫނުގެ ދަށުން ފުލުހުން ހުވާކޮށްފި އެވެ. ފުލުހުން ހުވާކުރުމަށް އިސްކަންދަރު ބިލްޑިންގގައި މިއަދު ބޭއްވި ހުވާކުރުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް އާއި ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އަލްއުސްތާޒް އަހުމަދު މުއުތަސިމު އަދުނާން އެވެ. މިރަސްމިއްޔާތުގައި މިނިސްޓަރ އޮފް ހޯމް އެފެއަރޒް އިމްރާން އަބްދުﷲ އާއި ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު އާއި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އަބްދުލް މަންނާން ޔޫސ...
އަލީ އާދިލް
ވެންޓިލޭޓަރު މައްސަލާގައި ފެންނަނީ ސަރުކާރުން ބައިވެރިވެފައިވާތަން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ. އެމްޑީޕީގެ ރައީސްގެ މަގާމުވެސް ފުރުއްވަމުން ގެންދަވާ، ރައީސް ނަޝީދު މިހެން ވިދާޅުވީ ކުރެއްވި ޓްވީޓެއްގަ އެވެ. ރައީސް ނަޝީދު ވިދާޅުވީ، ވެންޓިލޭޓަރުތަކުގެ މައްސަލާގައި މަތިޖެހުމުގެ ފުރުޞަތު ދީފިނަމަ ރާއްޖޭގެ ރައްޔިތުންނަށް ލިބޭނެ ގެއްލުން ވަރަށް ބޮޑު ކަމަށެވެ. ”ސަރުކާރުން މިކަމުގައި ބައިވެރިވެފައިވާތަން ފެންނަނީ، ވައްކަން ކުރާ ސަރުކާރަކާއެކު އެމްޑީޕީ...
އަލީ އާދިލް
ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގައި ވޯޓުލުމަށް އަމިއްލަ ގަލަމެއް ބޭނުން ކުރުމަށް ބާރުއަޅާކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)އިން ބުނެފިއެވެ. އެކަން ހާމަކޮށްފައި ވަނީ އިންތިޚާބާއި ގުޅޭގޮތުން އީސީއިން ކޮށްފައިވާ ޢިއުލާނެއް ގައެވެ. އީސީއިން ބުނީ، “ކޯވިޑް-19 ގެ ހާލަތުގައި ރައްކައުތެރިކަމާއެކު ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު ކުރިޔަށް ގެންދިއުމުގައި ޢަމަލުކުރަންވީ ގޮތުގެ އުސޫލު” ގެ 4 ވަނަ މާއްދާގެ (އ) ގައި ބަޔާންކޮށްފައ...
ޔުމްނާ ޢަލީ
މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)ގެ މެންބަރުކަމަށް ކުރިމަތި ލުމުގެ ފުރުޞަތު މިނިސްޓްރީ އޮފް ހޯމް އެފެއާޒްއިން ހުޅުވާލައިފި އެވެ. އެމްއެމްސީގެ މެންބަރު ކަމަށް ކުރިމަތިލުމުގެ ފުރުޞަތު ހޯމް މިނިސްޓްރީއިން މި ހުޅުވައިލީ، މޯލްޑިވްސް މީޑިއާ ކައުންސިލުގެ ޤާނޫނުގެ ދަށުން އެކުލަވާލާފައިވާ މޯލްޑިވްސް މީޑިއާ ކައުންސިލްގެ މީޑިއާގެ މެންބަރެއްގެ މުއްދަތު 2021 މާޗް 1 އަށް ހަމަވެފައިވާތީއެވެ. އެމްއެމްސީ އެކުލެވިގެންވަނީ މީޑިއާގެ 7 މެންބަރުންނާއި އާންމުންގެ 7 މެންބަރުން ހިމެނޭގޮތަށެވެ. ކައުންސިލަށް ހޮވޭ...
ޔުމްނާ ޢަލީ
މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)ން ދެމުންއަންނަ ނޫސްވެރިކަމުގެ އިނާމަށް 87 ހުށަހެޅުމެއް ލިބިފައިވާ ކަމަށް އެ ކައުންސިލުން ބުނެފިއެވެ. އެމްއެމްސީން ބުނީ އެ ކައުންސިލުން ދޭ ނޫސްވެރިކަމުގެ އިނާމް ދިނުމަށް މިފަހަރު ކަނޑައެޅި 12 ދާއިރާއަކުން 87 ހުށަހެޅުމެއް ލިބިފައިވާ ކަމަށެވެ. މިގޮތުން އެންމެ ގިނަ ހުށަހެޅުން ލިބިފައިވަނީ ދެމެހެއްޓެނިވި ތަރައްގީއާއި އިޖުތިމާއީ ދާއިރާއަށެވެ. އެއީ 21 ހުށަހެޅުމެވެ. ދެންމެ އެންމެ ގިނަ ހުށަހެޅުން ހުށަހަޅާފައި ވަނީ 17 ހުށަހެޅުމެއް ހުށަހެޅި ފީޗަރ/ރިޕޯޓް ދާއިރާ އަށެ...
އަލީ އާދިލް
01 އެޕްރީލް 2021 އިން ފެށިގެން މާލޭ ސަރަޙައްދުގެ ސްކޫލްތަކުގެ އެލް.ކޭ.ޖީ އިން ފެށިގެން މަތީ ގްރޭޑްތަކުގެ ދަރިވަރުން ސްކޫލަށް ޙާޟިރުކޮށްގެން ކިޔަވައިދޭ ގޮތަށް ހަމަޖައްސައިފި އެވެ. މިނިސްޓްރީ އޮފް އެޑިއުކޭޝަން އިން މިގޮތައް ނިންމާ އިއުލާނެއް ކޮށްފައިވަނީ މިއަދު އެވެ. މާލޭ ސަރަޙައްދުގެ ސްކޫލްތަކުގެ ގްރޭޑް ހަޔަކުން ދަށުގެ ކިޔެވުން އޮންލައިންކޮށް ކުރިއަށް ގެންދިއުމަށް އެޑިއުކޭޝަން މިނިސްޓްރީން ހަމަޖައްސާފައިވަނީ މިދިޔަ މަހުގެ 12 ވަނަ ދުވަހު އެވެ. ގްރޭޑް ހަޔަކުން ދަށުގެ ދަރިވަރުންނަށް އޮންލައިންކޮށް ކ...
އިބްރާހިމް އަސްވާޤް
ޗައިނާ ސަރުކާރުން ދިވެހިރާއްޖެއަށް ދޭނެ ކަމަށް އިއުލާނުކޮށްފައިވާ، 2 ލައްކަ ޑޯޒް ސިނޮފާމް ވެކްސިންގެ ފުރަތަމަ ބެޗް މިއަދު ރަސްމީކޮށް ދިވެހި ސަރުކާރާ ހަވާލުކޮށްފިއެވެ. ފޮރިން މިނިސްޓްރީގައި މިއަދު ކުރިއަށްގެންދިޔަ ރަސްމިއްޔާތުގައި މި ވެކްސިން މިނިސްޓަރ އޮފް ފޮރިން އެފެއަރޒް ޢަބްދުﷲ ޝާހިދު އަދި މިނިސްޓަރ އޮފް ހެލްތު އަޙުމަދު ނަސީމް އާއި ހަވާލުކޮށްދެއްވީ ޗައިނާއިން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޖަންގް ލިޖޮންގްއެވެ. މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ޝާހިދު ވަނީ ކ...
އަލީ އާދިލް
ކޯވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް މާލެ ސަރަހައްދު (މާލެ، ހުޅުމާލެ، ވިލިނގިލި، ގުޅީފަޅު، ތިލަފުށި، ހުޅުލެ)ގައި އަޅާފައިވާ ބައެއް ފިޔަވަޅުތަކަށް، ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ލުއިދީފިއެވެ. މިގޮތުން ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ލިބޭ ބާރުގެ ދަށުން މާލެ ސަރަހައްދުގައި އެއްގަމު އުޅަނދު ދުއްވުން މަނާކުރުމަށް މިދިޔަ މަހުގެ 12 ވަނަ ދުވަހު އެންގި އެންގުން ވަނީ ބާތިލްކޮށްފަ އެވެ. މާލެ ސަރަހައްދުގައި އެއްގަމު އުޅަނދު ދުއްވުން މަނާކޮށްފައި އޮތީ އިރުއޮއްސި6 އިން […]
ޔުމްނާ ޢަލީ
ކޯވިޑް-19އާއި ގުޅިގެން އަޅަންޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު ފުޓްބޯޅައާއި އެހެނިހެން ކުޅިވަރު މުބާރާތްތައް ބޭއްވުމުގެ ފުރުސަތު ދިނުމަށް ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި މާލޭ ސިޓީގެ މޭޔަރު ކަމަށް ކުރިމަތިލާފައިވާ އިދިކޮޅު ޕީޕީއެމްގެ ކެންޑިޑޭޓް، ޑރ. މުހައްމަދު މުޢިއްޒު ސަރުކާރަށް ގޮވައިލަށްވައިފިއެވެ. ހައުސިން މިނިސްޓަރުކަމުގެ މަގާމުވެސް ފުރުއްވާފައިވާ ޑރ. މުޢިއްޒު މިހެން ގޮވައިލެއްވީ، ކުރެއްވި ޓްވީޓެއްގަ އެވެ. ޑރ. މުޢިއްޒު ވިދާޅުވީ، ކޯވިޑް-19އާއި ގުޅިގެން އަޅަންޖެހޭ ރައ...
އަލީ އާދިލް
ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އެމްއެންޑީއެފްއިން އިލްތިމާސްކޮށްފިއެވެ. އެމްއެންޑީއެފްއިން ވިދާޅުވީ، މިދުވަސްވަރަކީ ރާއްޖެއަށް މޫސުން ގޯސް ކަނޑުގަދަ ދުވަސް ވަރެއްކަމަށް ލަފާކޮށް މޫސުމާއި ބެހޭ ޤަޢުމީ އިދާރާ (މެޓް އޮފީސް) އިން ވަނީ ށ. އަތޮޅުން ފެށިގެން ދ.އަތޮޅަށް ރީނދޫ ސަމާލު ނެރެފަ ކަމަށެވެ. މިގޮތުން ކަނޑުތައްގަދަވެ، ބާރަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހި ވިލާގަނޑުގައި 45 މޭލަށް ވައިގަދަވާނެ ކަމަށް މެޓް އޮފީހުން ލަފާކުރާތީވެ، ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އ...
ޖަލްވާން ޖާދުﷲ
ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުޑަކުދިން ބެލެހެއްޓުމަށް ހުޅުމާލޭގައި ހަދާފައިވާ ފިޔަވަތި އިމާރާތް މަރާމާތުކުރުމުގެ މަޝްރޫއު ނިމި އެތަން ހުޅުވުމުގެ ރަސްމިއްޔާތު މިއަދު ބާއްވައިފިއެވެ. ވަރޗުއަލްކޮށް ބޭއްވި މި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޢަބްދުﷲ ޝާހިދުއާއި، އިންޑިއާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ސަންޖޭ ސުދީރް އަދި މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްގެ ސްޓޭޓް މިނިސްޓަރުން އާއިޝަތު ރަޝީދު އަދި ޒިފްލީނާ ހަސަން ބައިވެރިވެ ވަޑައިގަތެވެ. މި ރަސްމ...
ޔުމްނާ ޢަލީ
ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސްވެ ހއ. އަތޮޅުން ފެށިގެން ލ. އަތޮޅަށް ޔެލޯ އެލާޓް ނެރެފިއެވެ. ރާއްޖޭގެ މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް) އިން ނެރުނު ސަމާލުގެ މެސެޖްގައި ބުނެފައި ވަނީ، ހއ. އަތޮޅުން ޅ. އަތޮޅަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ. މެޓް އޮފީހުން ވައިޓް އެލާޓް ނެރެފައި ވަނީ މިއަދު މެންދުރުފަހު 15:00 އިން ފެށިގެން ހަވީރު 17:00 އާ ހަމައަށެވެ. ރާއްޖޭގެ މޫސުން ކުރިއަށް ލަފާކޮށް މެޓް […]
ޖަލްވާން ޖާދުﷲ
މާލޭގެ ރައްޔިތުންނަށް ގޯތި ހޯދައިދިނުމަށްޓަކައި އޮތް އެންމެ ރަނގަޅު ހައްލަކީ، ގުޅީފަޅު ހިއްކައި މާލޭގެ ރައްޔިތުންކުރެ ގޯތި ބޭނުންވާ މީހުންނަށް ގޯތި އަދި ފްލެޓް ބެނުންވާ މީހުންނަށް ފްލެޓް ލިބޭ ތަނަކަށް އެތަން ހެދުން ކަމަށް ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި މާލޭ ސިޓީގެ މޭޔަރު ކަމަށް ކުރިމަތިލާފައިވާ އިދިކޮޅު ޕީޕީއެމްގެ ކެންޑިޑޭޓް، ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ޒޫމް މެދުވެރިކޮށް މާލޭ ސިޓީގެ ރައްޔިތުންގެ އަޑުއައްސަވައި، ސުވާލުތަކަށް ޖަވާބުދެއ...
އަލީ އާދިލް