މައި ޚަބަރަށް ދިޔުމަށް

ރާއްޖެ

16,866 ޝާއިޢުކުރެވިފައިވާ ލިޔުން

ރާއްޖެ - 884 ވަނަ ޞަފްޙާ

ވެންޓިލޭޓަރު މައްސަލަ: ފައިސާ ހޯދަން ސަރުކާރުން އާބިޓްރޭޝަނަށް

ވެންޓިލޭޓަރު މައްސަލަ: ފައިސާ ހޯދަން ސަރުކާރުން އާބިޓްރޭޝަނަށް

ކޯވިޑް-19 އާއި ގުޅިގެން ވެންޓިލޭޓަރުތަކެއް ގެންނަން ޑުބާއީގެ ކުންފުންޏަކަށް އެޑްވާންސްކޮށް ފައިސާ ދައްކައި، އެ ވެންޓިލޭޓަރުތައް ނުލިބިވާ މައްސަލާގައި، އެ ފައިސާ އަނބުރާ ހޯދަން އެމައްސަލަ އާބިޓްރޭޝަނަށް ހުށައެޅުމަށް ސަރުކާރުން ނިންމައިފިއެވެ. މިއަދު ވަރޗުއަލްކޮށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ޕްރެސްކޮންފަރެންސްގައި އެ އޮފީހުގެ ސްޕޯކްސްޕަރސަން މުޙައްމަދު މަބްރޫކް ޢަޒީޒް ވިދާޅުވީ، ވެންޓިލޭޓަރުތައް ރާއްޖެއަށް ހޯދުމަށް ދުބާއީގެ އެގްޒެކިއުޓާސްއަށް ދެއްކި ފައިސާއާއި އެއްގޮތަށް އެ ވެންޓިލޭޓަރ...

އަލީ އާދިލް
ކޯވިޑް ބަލީގައި އިތުރު މީހަކު ނިޔާވެއްޖެ

ކޯވިޑް ބަލީގައި އިތުރު މީހަކު ނިޔާވެއްޖެ

ކޯވިޑް-19 ބަލީގައި ރާއްޖޭގައި އިތުރު މީހަކު ނިޔާވެއްޖެއެވެ. ހެލްތް ޕްރޮޓެކްޝަން އެޖެންސީން (އެޗްޕީއޭ) އިން ވިދާޅުވީ، އެމީހާއަކީ، އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލްގެ އިމަޖެންސީ ރޫމަށް މިއަދު 12:27ގައި ގެންދިޔަ އުމުރުން 66 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. އެމީހާ ނިޔާވީ12:35 ގައި ކަމަށް ވެސް އެޗްޕީއޭއިން ވިދާޅުވިއެވެ. މިއީ ރާއްޖެއިން މިބަލި ޖެހިގެން ނިޔާވި 67 ވަނަ މީހާއެވެ. ރާއްޖެއިން ކޯވިޑް-19 ބަލީގައި އިތުރު މީހަކު ނިޔާވެފައިވާއިރު، މާލެ ސަރަހައްދުގައި ހަލުވިކަމާއެކު އަދިވެސް މި ބަލި ދަނީ...

ޖަލްވާން ޖާދުﷲ
ޒުވާނުންގެ ބޮޑުބެރު ގްރޫޕެއް އުފަށްދަނީ

ޒުވާނުންގެ ބޮޑުބެރު ގްރޫޕެއް އުފަށްދަނީ

މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްއިން ޒުވާނުންގެ ބޮޑުބެރު ގްރޫޕެއް އުފެއްދުމުގެ މަސައްކަތް ފަށައިފިއެވެ. ޔޫތު މިނިސްޓްރީއިން މިއަދު ވިދާޅުވީ، ދިވެހި ޒުވާނުން ބާރުވެރިކުރުވުމަށާއި، ތަފާތު ހުނަރުތައް ދަސްކޮށްދިނުމަށް ހިންގާ ޕްރޮގްރާމްތަކުގެ ތެރެއިން ބޮޑުބެރު ޖެހުމަށް ދަސްކޮށްދޭ ޕްރޮގްރާމެއް ހިންގުމަށް އެ މިނިސްޓްރީއިން ނިންމާފައިވާ ކަމަށެވެ. މިޕްރޮގްރާމްގެ ތެރެއިން ހޮވާލެވޭ ޒުވާނުން ހިމަނައިގެން ނެޝަނަލް ޔޫތު ސެންޓަރގެ ބޮޑުބެރު ގްރޫޕެއް އުފެއްދުމަށް ހަމަޖެހިފައިވާކަމ...

ޔުމްނާ ޢަލީ
އެޗްއާރުސީއެމްގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުޞަތު އަލުން ހުޅުވާލައްވައިފި

އެޗްއާރުސީއެމްގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުޞަތު އަލުން ހުޅުވާލައްވައިފި

ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް)ގެ ހުސްވެފައިވާ މެންބަރުކަމުގެ މަގާމަށް ކުރިމަތިލުމުގެ ފުރުޞަތު ރައީސް އޮފީހުން ހުޅުވާލައިފި އެވެ. އެޗްއާރުސީއެމްގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުޞަތު ރައީސް އޮފީހުން މިއަދު ހުޅުވައިލީ، އެ ކޮމިޝަނުން ހުސްވެފައިވާ މެންބަރުކަމުގެ މަގާމަށް ކުރިމަތިލުމުގެ ފުރުޞަތު ކުރިން ހުޅުވައިލުމުން އެކަމަށް ކުރިމަތިލެއްވި ފަރާތްތަކަށް، ރައްޔިތުންގެ މަޖިލީހުން ރުހުން ދެއްވާފައިނުވާތީ ކަމަށް ރައީސް އޮފީހުން ވިދާޅުވެއެވެ. އެޗްއާރުސީއެމްގެ މެންބަރުކަމ...

ޝިއުނާ އާދަމް
އޭޕްރިލް 3 އިން ފެށިގެން ވެކްސިންގެ 2 ވަނަ ޑޯޒް ފަށަނީ

އޭޕްރިލް 3 އިން ފެށިގެން ވެކްސިންގެ 2 ވަނަ ޑޯޒް ފަށަނީ

ކޯވިޑް-19އިން ދިފާޢުވުމަށް ޖަހާ ވެކްސިންގެ ދެވަނަ ޑޯޒް، މިފެށޭ އޭޕްރިލް މަހުގެ 3 ވަނަ ދުވަހުން ފެށިގެން ދޭން ފަށާނެ ކަމަށް ސަރުކާރުން ބުނެފިއެވެ. ރާއްޖެގައި ކޯވިޑް-19އިން ރައްކާތެރިވުމަށް ޤައުމީ ކެމްޕޭން ”ކޯވިޑް-19 ދިފާޢު” ފަށާފައި ވަނީ މިއަހަރުގެ ފެބްރުއަރީ 1 ވަނަ ދުވަހުއެވެ. އެ ދުވަހު ރާއްޖެގައި ދޭން ފަށާފައި ވަނީ އިންޑިއާއިން ހަދިޔާކުރި، ކޮވިޝީލްޑް ވެކްސިންއެވެ. މި ވެކްސިންގެ 2 ވަނަ ޑޯޒް ޖަހަން ރާއްޖޭގައި ނިންމާފައި ވަނީ ފުރަތަމަ ޑޯޒް ޖަހާތާ 56 […]

ޔުމްނާ ޢަލީ
ހާލުގައި ޖެހުނު ބޭރުގެ ޔޮޓަކަށް އެމްއެންޑީއެފްގެ އެހީތެރިކަން

ހާލުގައި ޖެހުނު ބޭރުގެ ޔޮޓަކަށް އެމްއެންޑީއެފްގެ އެހީތެރިކަން

ހާލުގައި ޖެހުނު ޔޮޓެއް ސަލާމަތްކުރުމަށް އެމްއެންޑީއެފް އިން އެހީތެރިކަން ފޯރުކޮށްދީފިއެވެ. އެމްއެންޑީއެފްއިން ވިދާޅުވީ، ރާއްޖޭގެ ސާޗް އެންޑް ރެސްކިއު ސަރަހައްދުގެ ތެރެއިން ހާލުގައި ޖެހުނު މި ޔޮޓަކީ ސީޝެލްސް އިން ފުރައިގެން ތައިލެންޑްގެ ޕުކެޓަށް ދަތުރުކުރި ސެއިލިން ޔޮޓް “ލަގާން” ކަމަށެވެ. މި ޔޮޓް ހާލުގައި ޖެހިގެން އުޅޭކަމުގެ މައލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑް މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރު (އެމްއާރުސީސީ) އަށް ލިބިފައި ވަނީ މި މަހުގެ 29 ވަނަ ދުވަހުގެ މެންދުރުފަހު 14:55 ހާއިރު ކަމަށް […]

ޝިއުނާ އާދަމް
ޗައިނާއިން ހަދިޔާކުރި ވެކްސިންގެ 2 ވަނަ ބެޗް ރާއްޖެ ގެނެސްފި

ޗައިނާއިން ހަދިޔާކުރި ވެކްސިންގެ 2 ވަނަ ބެޗް ރާއްޖެ ގެނެސްފި

ޗައިނާ ސަރުކާރުން ދިވެހިރާއްޖެއަށް ހަދިޔާކުރާނެކަމަށް އިއުލާނުކޮށްފައިވާ، 2 ލައްކަ ޑޯޒް ސިނޮފާމް ވެކްސިންގެ ދެވަނަ ބެޗް މިއަދު ރާއްޖެ ގެނެސްފިއެވެ. މިއާއިއެކު ޗައިނާއިން ރާއްޖެއަށް ހަދިޔާކުރަން ނިންމި ސިނޮފާމް ވެކްސިންގެ 2 ލައްކަ ޑޯޒް މިވަނީ ރާއްޖެ ގެނެވިފައެވެ. މި ވެކްސިންގެ ފުރަތަމަ ބެޗް، 1 ލައްކަ ޑޯޒް ދިވެހި ސަރުކާރާއި ހަވާލުކުރީ މިމަހުގެ 25 ވަނަ ދުވަހުއެވެ. ފޮރިން މިނިސްޓަރު ޢަބުދުﷲ ޝާހިދު މިއަދު ކުރެއްވި ޓްވީޓެއްގައި ވަނީ، ޗައިނާއިން ހަދިޔާކޮށްފައިވާ ސިނޮފާމް ވެކްސިންގެ ބާކީ […]

ޖަލްވާން ޖާދުﷲ
މޫދަށް ދިޔަ ސިފައިންގެ މީހަކު ގެއްލިއްޖެ

މޫދަށް ދިޔަ ސިފައިންގެ މީހަކު ގެއްލިއްޖެ

”އޮފް ޑިއުޓީގައި” މޫދަށް ދިޔަ ސިފައިންގެ މީހަކު ގެއްލިގެން ހޯދަން ފަށައިފި އެވެ. އެމްއެންޑީއެފުން ވިދާޅުވީ، ލ. ކައްދޫގެ އިރުމަތީފަރާތު މޫދަށް ފޭބި ހަތަރު ސިފައިންގެ ތެރެއިން ލާންސް ކޯޕްރަލް ހުސައިން ފާރިޝް ގެއްލިފައިވާ ކަމަށެވެ. އެ ހަތަރު ސިފައިން ވެސް މޫދަށް ގޮސްފައި ވަނީ ”އޮފް ޑިއުޓީ”ގައި ކަމަށް އެމްއެންޑީއެފްއިން ވިދާޅުވިއެވެ. ގެއްލުނު ލާސްކޯޕްރަލް ހުސައިން ފާރިޝް ހޯދުމުގެ މަސައްކަތް އެމްއެންޑީއެފްގެ ސެންޓްރަލް އޭރިއާގެ ކޯސްޓްގާޑް ސްކޮޑްރަންގެ ޑައިވަރުން ދަނީ ކުރަމުންނެވެ. މި ހާދިސާގެ ރިޕޯޓް...

ޔުމްނާ ޢަލީ
ލޯފަން ކުދިންނަށް ޚާއްޞަ ޤުރްއާން ހިތުދަސްކޮށްދޭ ކްލާހެއް

ލޯފަން ކުދިންނަށް ޚާއްޞަ ޤުރްއާން ހިތުދަސްކޮށްދޭ ކްލާހެއް

އިސްލާމިކް ޔުނިވާސިޓީ (އައިޔޫއެމް) ފެށުމަށް ހަމަޖެހިފައިވާ ލޯފަން ކުދިންނަށް ޚާއްޞަ ޤުރްއާން ހިތުދަސްކޮށްދޭ ކްލާހަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މި ކޯހަކީ ހިލޭ ކިޔަވައިދޭ ކޯހެކެވެ. މި ކޯހުގެ ޖާގައިގެ ޢަދަދަކީ 60 އެވެ. މި ކޯސް ކުރިއަށް ގެންދަން ނިންމާފައި ވަނީ އައިޔޫއެމްގެ މާލޭ ކެމްޕަސްގެ ކުއްލިއްޔާ އޮފް ޤުރްއާން އެންޑް ސުންނާއިންނެވެ. މި ކޯހުގައި ދެވޭ 60 ޖާގައަކީ، އެ ކެމްޕަސް އަށް ގޮސްގެން ކިޔަވެވުމަށް 30 ޖާގަ އަދި އޮންލައިންކޮށް ކިޔެވުމަށް 30 […]

ޔުމްނާ ޢަލީ
ލާމަރުކަޒީ ނިޒާމަށް ގެނެވުނު ބަދަލުތަކާއެކު ރަށުގެ މިލްކުވެރިކަން އެރަށެއްގެ ރައްޔިތުންނަށް ލިބޭނެ- ރައީސް

ލާމަރުކަޒީ ނިޒާމަށް ގެނެވުނު ބަދަލުތަކާއެކު ރަށުގެ މިލްކުވެރިކަން އެރަށެއްގެ ރައްޔިތުންނަށް ލިބޭނެ- ރައީސް

ލާމަރުކަޒީ ނިޒާމަށް މިހާރު ގެނެސްފައިވާ ބަދަލުތަކާއެކު ރަށުގެ މިލްކުވެރިކަން އެ ރަށެއްގެ ރައްޔިތުންނަށް ލިބިގެންދާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. ރައީސް ޞާލިޙް މިހެން ވިދާޅުވީ “ޑީސެންޓްރަލައިޒޭޝަން ޕޮލިސީ ކޯޑިނޭޝަން ކޮންފަރެންސް” ހުޅުވުމުގެ ގޮތުން މިއަދު ބޭއްވި ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައެވެ. މިއީ ރާއްޖޭގެ ތާރީޚުގައިވެސް މިގޮތަށް މިފަދަ ބަދަލެއް ގެނެވިފައިވާ ފުރަތަމަ ފަހަރުކަން ފާހަގަ ކުރައްވަމުން ރައީސް ދެއްކެވި ވާހަކަފުޅުގައި ލާމަރުކަޒީ...

ޔުމްނާ ޢަލީ
ވޯޓުދިނުމުގެ ޙައްޤު ލިބޭ މީހުންގެ ރަޖިސްޓަރީގައި ސޮއި ކުރަން ހުޅުވާލައިފި

ވޯޓުދިނުމުގެ ޙައްޤު ލިބޭ މީހުންގެ ރަޖިސްޓަރީގައި ސޮއި ކުރަން ހުޅުވާލައިފި

ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި ވޯޓު ދިނުމަށް ޙައްޤު ލިބޭ މީހުންގެ ރަޖިސްޓަރީގައި ސޮއި ކުރަން އިލެކްޝަންސް ކޮމިޝަން (އީސީ)އިން ފުރުސަތު ހުޅުވާލައިފި އެވެ. މިގޮތުން އީސީއިން ވަނީ އެ އިންތިޚާބުގައި ވޯޓުދިނުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ފައިނަލް ރަޖިސްޓަރީގައި ކެންޑިޑޭޓުން ނުވަތަ ކެންޑިޑޭޓުން ކަނޑައަޅާ ފަރާތްތަކުން ސޮއިކުރުމުގެ ފުރުޞަތު 31 މާރިޗު 2021 އިން 02 އެޕްރީލު 2021 ގެ ނިޔަލަށް ހުޅުވާލާފަ އެވެ. ކެންޑިޑޭޓުން ނުވަތަ ކެންޑިދ...

ޝިއުނާ އާދަމް
ޕާކިސްތާނުގެ ރައީސްއަށް އަވަސް ޝިފާއަކަށް އެދިވަޑައިގެން، ރައީސް ޞާލިޙްގެ މެސެޖެއް

ޕާކިސްތާނުގެ ރައީސްއަށް އަވަސް ޝިފާއަކަށް އެދިވަޑައިގެން، ރައީސް ޞާލިޙްގެ މެސެޖެއް

ޕާކިސްތާނުގެ ރައީސް ޢާރިފް ޢަލްވީ، ކޯވިޑް-19އަށް ޕޮޒިޓިވް ވެވަޑައިގެންނެވުމާއި ގުޅިގެން އެމަނިކުފާނަށް އަވަސް ޝިފާއަކަށް އެދިވަޑައިގެން، ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މެސެޖެއް ފޮނުއްވައިފިއެވެ. ރައީސް އޮފީހުން ވިދާޅުވީ، ޕާކިސްތާނުގެ ރައީސްއަށް ރައީސް ޞާލިޙް ފޮނުއްވެވި މި މެސެޖުގައި، ދިވެހި ރައްޔިތުންނާއި އެމަނިކުފާނުގެ އަމިއްލަ ނަންފުޅުގައި ޕާކިސްތާންގެ ރައީސްއަށް އަވަސް ޝިފާއަކަށް އެދިވަޑައިގެންފައިވާ ކަމަށެވެ. ”ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ޕާކިސްތާނާ ދިވެހިރާއ...

ޝިއުނާ އާދަމް
ޤާނޫނަށް ގެނެވުނު ބަދަލުން އަތޮޅުތަކުގެ ފުލުހުންނަށް ޢާއިލާއާ ގާތުގައި ވަޒީފާ އަދާކުރުމުގެ މަގު ފަހިވާނެ: ރައީސް

ޤާނޫނަށް ގެނެވުނު ބަދަލުން އަތޮޅުތަކުގެ ފުލުހުންނަށް ޢާއިލާއާ ގާތުގައި ވަޒީފާ އަދާކުރުމުގެ މަގު ފަހިވާނެ: ރައީސް

ފުލުހުންގެ ޤާނޫނަށް މިގެނެވިފައިވާ ބަދަލާއި ގުޅިގެން އަތޮޅުތަކަށް ނިސްބަތްވާ ވަކިވަކި ފުލުހުންނަށްވެސް، އެމީހުންގެ އަތޮޅާއި ރަށުގައި ތިބެގެން، ޢާއިލާއާ ގާތުގައި ވަޒީފާ އަދާކުރުމުގެ ފުރުޞަތު ފަހިވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. ރައީސް ޞާލިޙް މިހެން ވިދާޅުވީ، ދިވެހި ފުލުހުންގެ ޚިދުމަތަށް 88 އަހަރު ފުރުމުގެ މުނާސަބާގައި ދެއްވި ޚިޠާބުގައެވެ. ރައީސްގެ ޚިޠާބުގައި ވަނީ، ދިވެހި ފުލުހުންގެ 88 ވަނަ އަހަރީ ދުވަހާ ބައްދަލުކުރީ، އަލަށް އެކުލަވައިލި “ދިވެހި...

ޔުމްނާ ޢަލީ
މާލޭގެ މަގުތަކާއި އާންމުތަންތަން އަލިކޮށް ބެހެއްޓުމަށް ސަމާލުކަން ދޭނެޖެހޭ: ޑރ. މުޢިއްޒު

މާލޭގެ މަގުތަކާއި އާންމުތަންތަން އަލިކޮށް ބެހެއްޓުމަށް ސަމާލުކަން ދޭނެޖެހޭ: ޑރ. މުޢިއްޒު

މާލޭ ސިޓީގެ މަގުތަކާއި އާންމުތަންތަން ދިއްލައި، އަލިކޮށް ބެހެއްޓުމަށް ޚާއްޞަ ސަމާލުކަމެއް ދޭންޖެހޭކަމަށް ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި މާލޭ ސިޓީގެ މޭޔަރު ކަމަށް ކުރިމަތިލާފައިވާ އިދިކޮޅު ޕީޕީއެމްގެ ކެންޑިޑޭޓް، ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ. ހައުސިން މިނިސްޓަރުކަމުގެ މަގާމުވެސް ފުރުއްވާފައިވާ ޑރ. މުޢިއްޒު މިހެން ވިދާޅުވީ، މާލޭ ސިޓީގެ އިއްޒުއްދީންމަގު، އަމީނީ މަގު ދެކުނަށް، މަގުބައްތިތައް ނުދިއްލޭތާ 3 ދުވަސްވެފައިވާކަން ފާހަގަކުރަށްވަމުން، އެކަމުގެ ކަންބޮޑުވުން ފ...

އަލީ އާދިލް
ރާއްޖެއާއި ލެސޯތޯ އާއި ދެމެދު ޑިޕްލޮމެޓިކް ގުޅުން ޤާއިމްކޮށްފި

ރާއްޖެއާއި ލެސޯތޯ އާއި ދެމެދު ޑިޕްލޮމެޓިކް ގުޅުން ޤާއިމްކޮށްފި

ދިވެހިރާއްޖެއާއި ކިންގްޑަމް އޮފް ލެސޯތޯ އާ ދެމެދު ރަސްމީކޮށް ޑިޕްލޮމެޓިކް ގުޅުން ޤާއިމްކޮށްފިއެވެ. މިކަމަށް ބޭއްވި ރަސްމިއްޔާތު އޮތީ އިއްޔެ އެމެރިކާގެ ނިއުޔޯކްގައި ހުންނަ ދިވެހިރާއްޖެއިން އދ އަށް ކަނޑައަޅާފައި ހުންނަ ދާއިމީ މިޝަންގައެވެ. މި ރަސްމިއްޔާތުގައި ދެޤައުމުގެ މެދުގައި ޑިޕްލޮމެޓިކް ގުޅުން ޤާއިމްކުރުމުގެ ޖޮއިންޓް ކޮމިއުނިކޭގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ދިވެހިރާއްޖެއިން އދ އަށް ކަނޑައަޅާފައި ހުންނަވާ ދާއިމީ މަންދޫބު ތިލްމީޒާ ހުސެން އެވެ. އަދި ލެސޯތޯގެ ފަރާތުން ސޮއިކުރެއްވީ އ...

ޔުމްނާ ޢަލީ