އައްޑޫގައި ސަރަހައްދީ ބަނދަރެއް ތަރައްގީ ކުރުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްފިއެވެ. ސ. ހިތަދޫގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި އެމްޓީސީސީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ އާދަމް އާޒިމެވެ. އަދި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ ޝާހިދު އަލީ އެވެ. އެ ރަސްމިއްޔާތުގައި ހިތަދޫ ދާއިރާގެ މަޖިލިސް މެމްބަރު މުހައްމަދު އަސްލަމް އާއި ހުޅުދޫ ދާއިރާގެ މެމްބަރު އ...
އަޙްމަދު ވަހީދު
ރާއްޖޭގައި މިޔަރު މަސްވެރިކަމަށް ހުޅުވާލާތީ މިޔަރުގެ ހިމާޔަތުގައި މަސައްކަތްކުރާ އިންޓަރނޭޝަނަލް ޖަމިއްޔާއެއް ކަމުގައިވާ “ޝާކް ޕްރޮޖެކްޓް” އިން ކަންބޮޑުވުން ފާޅުކޮށް ސަރުކާރާއި ރައްޔިތުންގެ މަޖިލީހަށް ސިޓީއެއް ފޮނުވައިފި އެވެ. އެޖަމިއްޔާއިން ކަންބޮޑުވުން ފާޅުކޮށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް އަށާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު އަށް އެޑްރެސްކުރައްވާ ފޮނުވާފައިވާ ވަނީ، މާކަނޑުގައި މިޔަރު މަސްވެރިކަން ކުރަން ހުއްދަ ދިނުމުގެ ވިސްނުން މިނިސްޓްރީ އޮފް ފިޝަރީޒް އިން ގެންގުޅޭކ...
އާއިޝަތު ރަފާހް ޢަލީ
ކޯވިޑް-19އިން ދިފާޢުވުމަށް ޖަހާ ވެކްސިނެއްކަމަށްވާ، ކޮވިޝީލްޑް ވެކްސިންގެ 2 ވަނަ ޑޯޒް މިއަދު ޖަހަން ފަށާނެއެވެ. ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ބުނެފައިވާގޮތުން މިއަދު ދެވަނަ ޑޯޒް ޖަހަން ފަށާނީ، ފެބްރުއަރީ 4-1 އާއި ދެމެދު ފުރަތަމަ ޑޯޒް ޖަހާފައިވާ ފަރާތްތަކަށެވެ. މިއަދު ދެވަނަ ޑޯޒް ޖެހުން ކުރިއަށް ދާނީ ސޯޝަލް ސެންޓަރ، ނެޝެނަލް އާޓް ގެލެރީ، ހުޅުމާލެ ފްލޫ ކްލިނިކް، ވިލިމާލެ ޒުވާނުންގެ މަރުކަޒު އަދި ސެނެހިޔާގައި ކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ. އެ މަރުކަޒުތަކުގައި ވެކްސިން […]
ޔުމްނާ ޢަލީ
“ބްލޫ ސަޖަން” ނަމަކަށްކިޔާ ދޯންޏެއް ވިލިމާލޭ ހުޅަނގުފަރާތު ފަރަށް އަރައިފިއެވެ. އެންމެންޑީއެފްއިން ވިދާޅުވީ އެ ދޯންޏަކީ އދ. މާމިނގިލިން ފުރައިގެން ވިލިމާލެއަށް ދަތުރުކުރި ދޯންޏެއް ކަމަށެވެ. އެ ދޯނީގައި ދިވެއްސަކާއި، 2 ބިދޭސީއަކު ތިއްބެވެ. އެ ދޯނި ފަރަށް އެރިކަމުގެ ރިޕޯޓް ލިބުމާއި ގުޅިގެން އެމްއެންޑީއެފްގެ ކޯސްޓް ގާޑުން ހަރަކާތްތެރިވަމުން އަންނަ ކަމަށް އެ އިދާރާއިން ވިދާޅުވެއެވެ. މީގެއިތުރުން އެމްއެންޑީއެފްގެ ޑައިވަރުން ވެސް އަންނަނީ ހަރަކާތްތެރި ވަމުންނެވެ. މިހާދިސާގެ ރިޕޯޓް ލިބިފައި ވަނީ މެންދަ...
ޖަލްވާން ޖާދުﷲ
ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި މާލޭ ސިޓީގެ މޭޔަރު ކަމަށް ކުރިމަތިލާފައިވާ އިދިކޮޅު ޕީޕީއެމްގެ ކެންޑިޑޭޓް، ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުޢިއްޒުއަށް ތާއީދު ކުރަން ޢަލީ އަޝްފާޤް (ދަގަނޑޭ)، ނިންމައިފިއެވެ. ފުޓުބޯޅައިން ރާއްޖެއަށް އެތައް ރީތި ނަމަކާއި ޝަރަފެއް ހޯދައިދިން ރާއްޖޭގެ އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔާ ދަގަނޑޭ، ޑރ. މުޢިއްޒަށް ތާއީދު ކުރަން ނިންމިކަން ހާމަކުރެއްވީ ޑރ. މުޢިއްޒު ކުރެއްވި ޓުވީޓެއްގަ އެވެ. ”މާލޭގެ މޭޔަރުކަމަށް އަޅުގަނޑަށް ތާއީދު ކުރެއްވި ކަމަ...
އަލީ އާދިލް
ކޯވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް މާލެ ސަރަހައްދު (މާލެ، ހުޅުމާލެ، ވިލިނގިލި، ގުޅީފަޅު، ތިލަފުށި، ހުޅުލެ)ގައި ގައިދުރުކޮށްގެން ނަމާދު ކުރުމަށް އިސްލާމިކް މިނިސްޓްރީއިން ނިންމާފައިވާ ނިންމުން ނިމުމަކަށް ގެނެސްފިއެވެ. އެ ގޮތަށް އަމަލު ކުރަން ފަށާނީ މިއަދުގެ މަޣްރިބް ނަމާދުން ފެށިގެން ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. އަޙްމަދު ޒާހިރު ޢަލީ ވަނީ ވިދާޅުވެފައެވެ. މިނިސްޓަރު ޑރ. އަޙްމަދު ޒާހިރު ޢަލީ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ކޯވިޑް-19އާއި ގުޅިގެން މިސްކިތްތަކުގައި ގައިދުރުކަމާއެކު ނަމާދުކުރަން...
ޔުމްނާ ޢަލީ
ދިވެހި ބަހުގެ އެކަޑަމީގެ 2021ވަނަ އަހަރުގެ އަދަބީ ކަލަންޑަރުގައި ކަނޑައަޅައިފައިވާ ދެ މުބާރެއްތައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. އެ ދެ މުބާރާތަކީ އަލްއުސްތާޛު މުޙައްމަދު ޖަމީލު ދީދީގެ ވާދައިގެ ތަށްޓަށް ބާއްވާ މަޒުމޫނު ލިޔުމުގެ 36ވަނަ ޤައުމީ މުބާރާތާއި އައްޝައިޚް މަލިމް މޫސާ މާފަތްކަލޭފާނުގެ ވާދައިގެ ތަށްޓަށް ބާއްވާ ކުރުވާހަކަ ލިޔުމުގެ 32ވަނަ ޤައުމީ މުބާރާތެވެ. ދިވެހި ބަހުގެ އެކަޑަމީން ބުނީ، މި އަހަރު ވެސް މި ދެ މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ އަތުން ނޫނީ ކޮންޕިއުޓަރުން […]
ޝިއުނާ އާދަމް
އަލްޤާޞީ ޙަސަން ތާޖުއްދީން ލިޔުއްވާފައިވާ “ތާރީޚް އިސްލާމި ދީބާ މަޙަލް” ފޮތަކީ، ރާއްޖޭގެ ތާރީޚުގެ ވަރަށް އަގުހުރި ރަންމުތެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހް ވިދާޅުވެއްޖެ އެވެ. އެ މަނިކުފާނު މިހެން ވިދާޅުވީ ވަނީ، ޙަސަން ތާޖުއްދީން ލިޔުއްވާފައިވާ “ތާރީޚް އިސްލާމި ދީބާ މަޙަލް” ގެ ދިވެހި ތަރުޖަމާ ރަސްމީކޮށް ނެރެދެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައެވެ. ރައީސް ޞާލިޙް ވިދާޅުވީ، ދިވެހިރާއްޖޭގެ ތާރީޚާ ބެހޭގޮތުން، ޙަސަނ...
ޔުމްނާ ޢަލީ
މާލޭ ސިޓީގެ ރައްޔިތުން ބޭނުން ވަނީ ގުޅީފަޅަކީ، އެ ރައްޔިތުންގެ ގެދޮރުވެރިކަމުގެ މަންޒިލަކަށް ހަދަން ކަމަށް ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި މާލޭ ސިޓީގެ މޭޔަރު ކަމަށް ކުރިމަތިލާފައިވާ އިދިކޮޅު ޕީޕީއެމްގެ ކެންޑިޑޭޓް، ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ޑރ. މުޢިއްޒުގެ ސޯޝަލް މީޑިއާ ޕްލެޓްފޯމުތަަކާއި ކެމްޕޭން ލަވަ އިފްތިތާހްކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ އިންތިޚާބަށް ނުކުމެތިބި ޕީޕީއެމް ކެންޑިޑޭޓުންނަކީ، ތަރައްޤ...
އަލީ އާދިލް
ވަޒީފާ އާއި ބެހޭ ގާނޫނު ބުނާ، ރަމަޟާން އިނާޔަތް 8 އޭޕްރިލް 2020ގައި ސަރުކާރުގެ މުވައްޒަފުންނަށް ދޭން ނިންމާފައިވާ ކަމަށް މިނިސްޓްރީ އޮފް ފިނޭންސްއިން ބުނެފިއެވެ. މިގޮތުން މިއަދު އެ މިނިސްޓްރީން އާންމުކުރި 1442ވަނަ އަހަރުގެ ރަމަޟާންމަހުގެ އިނާޔަތު ފައިސާދިނުމުގައި އަމަލުކުރާނެ ގޮތާއިގުޅޭ ސާކިއުލާގައި ބުނެފައި ވަނީ، ވަޒީފާއާއިބެހޭ ޤާނޫނުގައި ބުނާގޮތަށް، ރަމަޟާން އިނާޔަތުގެ ގޮތުގައި ވަޒީފާ އަދާކުރާ ކޮންމެ މުސްލިމަކަށް ދޭނީ 3000 ރުފިޔާ ކަމަށެވެ. މުސާރަ ލިބޭގޮތަށް އެއް ވަޒީފާއަށް ވުރެ ގިނަ ވަޒީފާ އަދ...
ޔުމްނާ ޢަލީ
މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން، އިހަވަންދޫއިން ހައްޔަރުކުރި މީހާ ދޫކޮށްލައިފި އެވެ. މިމައްސަލައާއި ގުޅިގެން ތިލަދުން އަށް މަޢުލޫމާތުދެމުން ފުލުހުންބުނީ އެމީހާ ދޫކޮށްލާފައިވަނީ ކޯޓަށް ނުގެންގޮސްކަމަށެވެ. މައްސަލައިގެ ތަހުޤީޤު ދަނީ ކުރަމުން. ބަންދުގައި ބެހެއްޓޭނެ މިންވަރަށް ހެކި ލިބިފަ ނުވާތީ އެމީހާ ވަނީ ދޫކޮއްލައިފަ. ފުލުހުން ބުނެފައިވެއެވެ. ފުލުހުންގެ ވެބްސައިޓުގައި އިއްޔެ އާންމުކޮށްފައިވާ މަޢުލޫމާތުގައި ބުނެފައިވަނީ އިހަވަންދޫގައި ހިންގި މަސްތުވާތަކެ...
އަލީ އާދިލް
ކޯވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް މާލެ ސަރަހައްދު (މާލެ، ހުޅުމާލެ، ވިލިނގިލި، ގުޅީފަޅު، ތިލަފުށި، ހުޅުލެ)ގައި އަޅާފައިވާ ބައެއް ފިޔަވަޅުތަކަށްލުއިދީ، މާލެ ސަރަހައްދުގެ ކާފިއު ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ނިމުމަކަށް ގެނެސްފިއެވެ. ހެލްތް ޕްރޮޓެކެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން މިއަދު އާންމު ކުރި އެންގުމުގައި ވަނީ ރޭގަނޑު 11:00 އިން ފެށިގެން ފަތިހު 4:30 އަށް، މާލެ ސަރަހައްދުގެ މަގުމައްޗާއި އާންމު ތަންތަނަށް މީހުން ނުކުތުން މާނާކުރި ކުރުން ވަނީ ނިމުމަކަށް ގެނެސްފައެވެ. މިއާއިއެކު...
ޔުމްނާ ޢަލީ
ޕޯސްޓަލް ނިޒާމްގެ ތެރެއަށް ވަންނަ މެއިލްގެ 50 ޕަސަންޓަކީ އަތޮޅުތަކަށް އެޑްރެސް ކުރެވިފައިވާ މެއިލް ކަމަށާއި، އެ ކަމުން ދޭހަކޮށްދެނީ ޕޯސްޓާއި އަތޮޅުތެރޭގެ ރައްޔިތުންނާއި ގުޅިފައިއޮތް މިންވަރު ކަމަށް މޯލްޑިވްސް ޕޯސްޓްގެ މެނޭޖިން ޑިރެކްޓަރު އަޙްމަދު ޝަފީޤް މުޙައްމަދު ވިދާޅުވެއްޖެ އެވެ. ޝަފީޤް މިހެން ވިދާޅުވީ، ހއ. ދިއްދޫގައި އެ ކުންފުނިން ޤާއިމުކުރި ޕޯސްޓް އޮފީސް ހުޅުވުމަށް ރޭ ދިއްދޫގައި ބޭއްވުނު ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ. ރެޔަކީ ޕޯސްޓްގެ ވިއުގަފުޅާކޮށް ޚިދުމަތްތައް ތަރައްގީކުރުމަށް ކ...
ޙުސައިން ޝަހުދީ
ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި މާލޭ ސިޓީގެ މޭޔަރު ކަމަށް ކުރިމަތިލާފައިވާ އިދިކޮޅު ޕީޕީއެމްގެ ކެންޑިޑޭޓް، ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުޢިއްޒުގެ ސޯޝަލް މީޑިއާ ޕްލެޓްފޯމުތަަކާއި ކެމްޕޭން ލަވަ އިފްތިތާހްކޮށްފިއެވެ. ރޭ ބޭއްވި ރަސްމިއްޔާތުގައި ޑރ. މުޢިއްޒުގެ ވެބްސައިޓް އިފްތިތާހް ކޮށްދެއްވީ، މާލޭގެ ގަދަރުވެރިއެއްކަމަށްވާ، ދައުލަތަށް ގިނަ ޚިދުމަތްތަކެއް ކުރެއްވި ބޮޑުފެންވަޅުގޭ މުހައްމަދު މުސްތަފާ ހުސައިން އެވެ. މުޙައްމަދު މުސްތަފާ ޙުސައިންއަކީ ރާއްޖޭގެ އެންމެ ފުންނ...
އަލީ އާދިލް
ނެޝަނަލް ޑްރަގް އޭޖެންސީ (އެންޑީއޭ)އިން، ފަރުވާދޭ މަރުކަޒުތައް ޤާއިމްކޮށް ޚިދުމަތްދިނުމުގެ ފުރުޞަތު އަމިއްލަ ފަރާތްތަކަށް ހުޅުވާލައިފިއެވެ. އެންޑީއޭއިން ބުނީ މަސްތުވާތަކެތި ބޭނުންކުރުމުގެ މައްސަލަ ހުންނަ ފަރާތްތަކަށް ފަރުވާ ދިނުމަށްޓަކައި މަސްތުވާތަކެއްޗާއިބެހޭ ޤާނޫނުގެ 47 ވަނަ މާއްދާގެ (ނ) އިން، ފަރުވާދޭ މަރުކަޒުތައް ޤާއިމްކޮށް ޚިދުމަތްދިނުމުގެ ފުރުޞަތު އަމިއްލަ ފަރާތްތަކަށް ލިބިދީފައިވާ ކަމަށެވެ. އެހެންކަމުން، ރިހެބިލިޓޭޝަން ސެންޓަރެއް ނުވަތަ ޑިޓޮކްސިފިކޭޝަން ސެންޓަރެއް ހިންގުމަށް ޝައުގުވެރިވާ...
ޔުމްނާ ޢަލީ