ފިތުރު ޒަކާތް ބަލައިގަންނަން ފަށައިފި
މާލެ ސަރަޙައްދުގައި ފިޠުރު ޒަކާތުގެ ގޮތުގައި ދައްކަންޖެހޭ ފައިސާގެ ޢަދަދު ހާމަކުރައްވައިފިއެވެ. އިސްލާމިކް މިނިސްޓްރީން ވިދާޅުވީ، މިއަދުން ފެށިގެން އަންނަ މެއި މަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށް ފިޠުރު ޒަކާތް ބަލައިގަންނަމުންދާނެ ކަމަށެވެ. ފިޠުރު ޒަކާތުގެ ގޮތުގައި ނެރޭނީ އަހަރުތެރޭގައި އެރަށެއްގައި ބަނޑުކެއުމުގެ ގޮތުގައި ޢާއްމުކޮށް ކައިއުޅުނު ބާވަތްތަކުން 2.4 ކިލޯގެ އަގެވެ. ރަސްމީކޮށް ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވަނީ 2.4 ކިލޯގެ ގޮވާމުގެ އަގަށްވާ ފައިސާއެވެ. އެގޮތުން މިއަހަރު މާލެއާއި ހުޅުމާލ...