އިސްލާމް ދީނާ ދެކޮޅަށް ބަސް ބުނާ މީހަކަށް ދިވެހިން އިތުބާރެއް ނުކުރާނެ ކަމަށް ރާއްޖޭގެ މައި މިސްކިތް، މަސްޖިދުއްސުލްޠާން މުޙައްމަދު ތަކުރުފާނުލް އަޢުޡަމުގެ އިމާމް އައްޝައިޚް އިބްރާހީމް ރަޝީދު ޙަސަން ވިދާޅުވެއްޖެއެވެ. ކުޅުދުއްފުށީ ސިޓީއަށް ނިސްބަތްވެ ވަޑަައިގަންނަވާ، ސެއިޚް އިބްރާހިމް ރަޝީދު މިހެން ވިދާޅުވީ މިއަދު ކުރެއްވި ފޭސްބުކް ޕޯސްޓެއްގައެވެ. ސެއިޚްގެ އެ ޕޯސްޓްގައި ވަނީ ސިޔާސީ ގޮތުން ޚިޔާލު ތަފާތުވި ނަމަވެސް، އިސްލާމް ދީނާއި ދެކޮޅަށް ބަސް ނުބުނުމަށް އެދި ވަޑައިގެންފަ އެވެ. އަދި އިސްލާމް […]
ޔުމްނާ ޢަލީ
އިސްލާމިކް މިނިސްޓްރީގެ ޒަކާތު ފަންޑުން މިދިޔަ އަހަރު 567 މީހަކަށް ބޭސްފަރުވާކުރުމަށް އެހީތެރިކަން ދީފިއެވެ. އެ މިނިސްޓްރީގެ 2020ވަނަ އަހަރުގެ އަހީރީ ރިޕޯޓުގައި ބުނެފައިވަގޮތުގައި ޒަކާތު ފަންޑުން ބޭސްފަރުވާ ކުރުމަށްޓަކައި މިދިޔަ އަހަރު 6،338،337 ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ. ކޯވިޑް-19އާ ގުޅިގެން ޒަކާތު ފަންޑުން ބޭސްފަރުވާގެ އެހީއަށް އެދިފައިވާ މީހުންގެ ޢަދަދު ވަރަށް ބޮޑަށް މަދުވެފައިވާ ކަމަށާއި، ބޭސްފަރުވާއަށް ކޮށްފައިވާ ޚަރަދު އެހެން އަހަރުތަކާ އަޅާބަލާއިރު ވަރަށް ބޮޑަށް މަދުވެފައިވާކަން މިނިސް...
އާއިޝަތު ރަފާހް ޢަލީ
އިންޓަރނެޓް އަގު ހެޔޮކުރަން އޮޕަރޭޓަރުން އެއްބަސް ކުރުވިންކަމަށާއި އެމްޑީޕީ ވަޒީރަކަށް އެކަން ނުވީމަ ނުކުރީކަމަށް ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރުގެ މަގާމުގައި ހުންނެވި މުހައްމަދު މަލީހު ޖަމާލު ވިދާޅުވެއްޖެ އެވެ. މަލީހް މިހެން ވިދާޅުވެފައިވަނީ އިންޓަނެޓް އަގު ހެޔޮ ކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެވަޑައިގެންފައިވާ ވައުދު ސަރުކާރުން ފުއްދާފައިވާ ކަމަށް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަލީ ސޯލިހް ވިދާޅުވެފައި ވަނިކޮށް އެކަމަށް ރައްދުދެއްވާ ކުރެއްވި ޓުވިޓެއްގަ އެވެ. މަލީހް މިނިސްޓަ...
އާއިޝަތު ރަފާހް ޢަލީ
މިދިޔަ އަހަރު ރައްޖޭގެ އެކި ކަންކޮޅުތަކުގައި ހުރި 14 މިސްކިތެއް އުވާލާފި އެވެ. އިސްލާމިކް މިނިސްޓްރީގެ މިދިޔަ އަހަރުގެ އަހަރީ ރިޕޯޓުގައި ބުނެފައިވަނީ އުވާލި 14 މިސްކިތުގެ ތެރެއިން 13 މިސްކިތަކީ އަންހެނުން ނަމާދުކުރުމަށް ޚާއްޞަކޮށްފައިވާ މިސްކިތްކަމަށެވެ. އަންހެނުން ނަމާދުކުރުމަށް ޚާއްޞަކޮށްފައިވާ 13 މިސްކިތްތައް އުވާލާފައިވަނީ މިސްކިތުގެ މުދިމު ރިޓަޔަރވުމާ ގުޅިގެންނެވެ. މީގެއިތުރުން ފ. މަގޫދޫ ފިރިހެނުން ނަމާދުކުރާ ހުކުރު މިސްކިތް އުވާލާފައިވަނީ އެ ރަށުގައި އަލަށް ހުޅުވި މަސްޖިދުލް އިސްރާގައި ނަމ...
އާއިޝަތު ރަފާހް ޢަލީ
ކޯވިޑް-19 ގެ ހާލަތުގައި ކުރީ ސަފުގައި މަސައްކަތްކުރާ ފަރާތްތަކަށް ސަރުކާރުން ދޭން ވައުދުވި “ފްރޮންޓްލައިން އެލެވެންސް” ބައެއް ވޮލެންޓިއަރުންނާއި މުއައްޒަފުންނަށް ނުލިބި އެތައް މަހެއް ފާއިތުވެގެން ހިނގައްޖެ ކަމަށް ބުނެ މޯލްޑިވްސް ހެލްތު ޕްރޮފެޝަނަލްސް ޔޫނިއަން (އެމްއެޗްޕީޔޫ) އިން ކަންބޮޑުވުން ފާޅުކޮށްފިއެވެ. އެމްއެޗްޕީޔޫ އިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އެއްވެސް ލަސްކުރުމެއް ނެތި ކޮންމެ މުވައްޒަފަކަށް ވެސް އެމުވައްޒަފަކު ކުރި މަސައްކަތެއްގެ އުޖޫރަ ލިބުން އެއީ ޙައްޤެއް ކަމަށެވެ. ނަމަވެސް އެޙ...
އައިޝަތު އިލްމާ އަދުނާން
ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު (ވައްޑޭ) ކެމްޕޭން ތަގުރީރެއްގައި ދެއްކެވި ވާހަކަތަކަކާ ގުޅުވައިގެން އޭނާގެ ފުރާނަ ނުރައްކަލަށް ހުށަހެޅުމުގެ ނިޔަތުގައި ބައެއް ފަރާތްތަކުން އަމަލުތަކެއް ހިންގަމުންދާކަމަށް އޭނާ ނިސްބަތްވެވަޑައިގަންނަވާ މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ ޕާލަމެންޓްރީ ގުރޫޕުން ބުނެފި އެވެ. ނިމިގެންދިޔަ ކައުންސިލް އިންތިހާބުގައި މާފަންނުގައި ޖަގަހައެއް ހުޅުވުމަށް ބޭއްވި މަގުމަތީ ބައްދަލުވުމުގައި ވާހަަކަދައްކަވަމުން ވަހީދު ވަނީ މީހުން މެރު...
އާއިޝަތު ރަފާހް ޢަލީ
ނިޝާން އިއްޒުއްދީނުގެ އިތްޒަތްތެރި ވެރިޔާ، ކުރީގެ ވަޒީރު އަދި އިސްލާމިކް ޔުނިވާސިޓީގެ ޗާންސެލަރު ޑރ. މުހައްމަދު ޒާހިރު ހުސައިންގެ އަނބިކަނބަލުން ނާއިލާ އިބްރާހީމް ކަލޭފާނު (ނާއިލާ މިސް) އަވަހާރަ ވެއްޖެ އެވެ. އެކަމަނާ އަވަހާރަވިއިރު އުމުރުފުޅަކީ72 އަހަރެވެ. ރާއްޖޭގައި އުފެދުނު އެންމެ މަޝްހޫރު އެއް ވިޔަފާރިވެރިޔާ ދިއްދޫ އިބްރާހިމް ކަލޭފާނު (ޑީއައިކޭ) ގެ ދޮށީ ދަރިކަނބަލުން ނާއިލާ އަކީ ތައުލީމީ ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތްޕުޅު ކުރެއްވި ބޭފުޅެކެވެ. އެގޮތުން އަމީނިއްޔާ ސްކޫލްގެ އިނ...
އައިޝަތު އިލްމާ އަދުނާން
ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އިންޑިއާގެ ވެރިރަށް ނިއުދިއްލީއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިހާތަނަށް ޖުމްލަ 33 ގައުމެއްގެ މަންދޫބުންނާއި ބައްދަލުކުރައްވައިފި އެވެ. މިނިސްޓަރު ޝާހިދު ދިއްލީގައި ތިއްބަވާ 33 ޤައުމެއްގެ ސަފީރުންނާއި މަންދޫބުންނާ ބައްދަލު ކުރަށްވާފައިވާއިރު، އޭގެ ތެރޭގައި ޗެކްރިޕަބްލިކް، ސްލޮވަކް ރިޕަބްލިކް، ޖޯޖިއާ، ޔޫކްރެއިން، ރޮމޭނިއާ، ސީބިއާ އަދި ހަންގޭރީ ފަދަ ޤައުމުތަކުގެ އެމްބެސަޑަރުން ހިމެނެއެވެ. ޝާހިދު ވަނީ، އެފްރިކާގެ ގިނަ ޤައުމުތަކެއްގެ އިސް ބޭފުޅުންނާއ...
ޔުމްނާ ޢަލީ
މިއަދު އަނެއްކާވެސް ރާއްޖެއިން އިތުރު މީހަކު ކޯވިޑް-19 ބަލީގައި ނިޔާވެއްޖެއެވެ. ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ވިދާޅުވީ މިއަދު ހަވީރު ނިޔާވީ ޢުމުރުން 86 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. އެމީހާ ނިޔާވީ ޙާލުބޮޑުވެގެން އައިޖީއެމް ހޮސްޕިޓަލަށް ގެންގޮސް ފަރުވާދެމުން ދަނިކޮށްކަމަށް އެޗްޕީއޭއިން ވިދާޅުވެ އެވެ. އެމީހާ ނިޔާވީ މިއަދު 16:00 ހާއިރުއެވެ. މިމީހާ ހޮސްޕިތަލަށް ގެންދިޔައިރުވެސް ހަރަކާތެއް ނެތްކަމަށާ، ގެންދިޔަތާ ކުޑަ އިރުކޮޅެެއްގެތެރޭގައި ނިޔާވެފައިވާކަމަށް މަޢުލޫމާތު ލިބެއެވެ. މި...
އަލީ އާދިލް
ސިޔާސީ ބާރުވެރިކަމަކީ ހުވަފެނީ ބާރުވެރިކަމެއްކަން ޤަބޫލުކުރަށްވުމަށް، ފެނަކައިގެ މެނޭޖިންޑިރެކްޓަރި އަހުމަދު ސައީދު މުހައްމަދު ވިދާޅުވެއްޖެ އެވެ. އެމްޑީ ސައީދު މި މޭރުމުން ވިދާޅުވެފައި ވަނީ، ކުރެއްވި ޓްވީޓެއްގަ އެވެ. ސައީދު ވިދާޅުވީ، ހަސަދަވެރިކަމާއި ޒާތީ ތައައްސުބުން އެއްކިބާވެތިބެ، ރައްޔިތުންގެ އިހްސާސްތަކަށް އޯގާތެރިކަމާއެކު އިޚްލާޞްތެރި ހިތަކާއެކު ޚިދުމަތް ދެވިގެން މެނުވީ ކުރިމަގު އުޖާލާ ނުވާނެ ކަމަށެވެ. “ހަސަދަވެރިކަމާއި ޒާތީ ތައައްސުބު އެއްކިބާކޮށް ރައްޔިތުންގެ އިހްސާސްތަކަށް އޯގާތެރިކަމާއ...
އަލީ އާދިލް
ކޯވިޑް19 ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކުރާތާ ދެ ހަފްތާ ފަހުން، ރިސޯޓުތަކުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ވެސް ކަރަންޓީނުނުވެ ރަށަށް ދެވޭނެ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފި އެވެ. ޓޫރިޒަމް މިނިސްޓަރީއިން މިއަދު ކޮށްފައިވާ ޓުވީޓެއްގައި ބުނެފައި ވަނީ ރިސޯޓްތަކުގައި މަސައްކަތް ކުރާ މުވައްޒަފުން ވެކްސިންގެ ދެވަނަ ޑޯޒް ޖެހުމަށް ފަހުގައި މީހުން ދިރިއުޅޭ ރަށްރަށަށް 14 ދުވަސް ފަހުން ކަރަންޓީނު ނުވެ ދެވޭނެ ކަމަށެވެ. ނަމަވެސް އެފަދަ މުވައްޒަފުން ވެސް އެޗްޕީއޭއިން ކަނޑައަޅާފައިވާ ގަވައިދުތަކާ […]
ޝިއުނާ އާދަމް
ލޯކަލް ކައުންސިލްތަކަށް ދައުލަތުގެ ބަޖެޓުން މިއަހަރުގެ އޭޕްރިލް 8 ވަނަ ދުވަހުގެ ނިޔަލަށް 450.3 މިލިއަން ރުފިޔާ ދޫކޮށްފި އެވެ. ފިނޭންސް މިނިސްޓްރީގެ ހަފުތާ މާލީ ހިސާބު ރިޕޯޓް ބުނާގޮތުން ދައުލަތުގެ ބަޖެޓުން މި އަހަރު ހިލޭ އެހީގެ ގޮތުގައި 1.2 ބިލިއަން ރުފިޔާ ކައުންސިލްތަކަށް ދޭން ވަނީ ކަނޑައަޅާފައެވެ. އޭގެތެރެއިން އޭޕްރިލް 8 ވަނަ ދުވަހުގެ ނިޔަލަށް 450.3 މިލިއަން ރުފިޔާ ކައުންސިލްތަކަށް ވަނީ ދޫކޮށްފަ އެވެ. ނަމަވެސް މިދިޔަ އަހަރުގެ އެޕްރީލް މަހުގެ 8 ވަނަ […]
އަލީ އާދިލް
3 ވޯޓު ފޮއްޓެއްގެ ސެކިއުރިޓީ އުރަ ކަނޑާ އަލުން ވޯޓު ގުނުމަށް އިލެކްޝަންސް ކޮމިޝަން (އީސީ)އިން ނިންމައިފިއެވެ. އީސީއިން، އެ ކޮމިޝަންގެ ޤައުމީ ލަފާދޭ ކޮމިޓީއާއެކު ރޭ ބޭއްވެވި ބައްދަލުވުމުގައި ވަނީ ތިން ވޯޓު ފޮއްޓެއްގެ ސެކިއުރިޓީ އުރަ ކެނޑުމަށް މަޝްވަރާކޮށްފައެވެ. އެ ތިން ފޮއްޓަކީ މިހާތަނަށް ނަތީޖާ ކަނޑަނާޅާ ތިން ފޮއްޓެވެ. އެ ތިން ފޮއްޓަކީ، މ. މުލައް، މ. މުލި އަދި ފ. ނިލަންދޫ ވޯޓު ފޮއްޓެވެ. އީސީއާއި، އެ ކޮމިޝަންގެ ޤައުމީ ލަފާދޭ […]
ޔުމްނާ ޢަލީ
ރާއްޖޭގެ ޓޭބަލް ޓެނިސް ގައުމީ ޗެމްޕިއަން އުމުރުން 13 އަހަރުގެ ފާތިމަތު ދީމާ އަލީ ދުނިޔޭގެ ޓޭބަލް ޓެނިސް ޔޫތު ރޭންކިންގެ ޖޫނިއާ ކެޓަގަރީން ގަދަ 10 ކުޅުންތެރިން ތެރޭގައި ހިމެނިއްޖެއެވެ. މިގޮތުން އިންޓަނޭޝަނަލް ޓޭބަލް ޓެނިސް ފެޑެރޭޝަން (އައިޓީޓީއެފް) އިން އާންމުކޮށްފައިވާ ރޭންކިންގައި ދީމާ ހިމެނިފައިވަނީ ޔޫތު ބައިގެ 15 އަހަރުން ދަށުގެ އަންހެން ކުޅުންތެރިންގެ ތެރެއިން ދުނިޔޭގެ 8 ވަނައިގަ އެވެ. މިކާމިޔާބީ ފާހަގަކޮށް ޓީޓީ އެސޯސިއޭޝަނުން ބުނީ މިއީ ރާއްޖޭގެ ޓީޓީ އަށް […]
ޝިއުނާ އާދަމް
ކޯވިޑް ބަލީގައި މީހަކު ނިޔާވެ، އެބަލީގައި ރާއްޖެއިން ނިޔާވި މީހުންގެ ޢަދަދު 68 އަށް އަރައިފިއެވެ. ހެލްތް ޕްރޮޓެކްޝަން އެޖެންސީން (އެޗްޕީއޭ) އިން ވިދާޅުވީ، ނިޔާވީ ދަރުމަވަންތަ ހޮސްޕިޓަލްގެ ޑީއެޗް11ގައި ފަރުވާއަށް އެޑްމިޓްކޮށްފައި އޮތް މީހެއް ކަމަށެވެ. އެމީހާއަކީ އުމުރުން 82 އަހަރުގެ ދިވެހި އަންހެނެކެވެ. އެމީހާ ނިޔާވީ މިއަދު މެންދުރުކުރި 11:12 ހާއިރު ކަމަށް ވެސް އެޗްޕީއޭ އިން ވިދާޅުވެއެވެ. އެންމެ ފަހުން ރާއްޖެއިން މިބަލީގައި މީހަކު ނިޔާވެފައިވަނީ ހުސްވި މާރިޗް މަހުގެ 31ވަނަ ދުވަހުއެވެ. ރާއްޖެއިން...
ޔުމްނާ ޢަލީ