މިއަހަރުގެ އޯގަސްޓު މަހުގައި ފަށަން ނިންމާފައިވާ އާ ދިރާސި އަހަރުގެ، އެކަޑެމިކް ކަލަންޑަރު އެޑިއުކޭޝަން މިނިސްޓްރީން މިއަދު ނެރެފި އެވެ. ކޮންމެ އަހަރެއްގެ ވެސް ދިރާސީ އަހަރުގެ ކިޔެވުން ފެށޭނީ އެ އަހަރެއްގެ އޯގަސްޓް މަހުކަމަށް ހަމަޖެއްސީ މިއަހަރުގެ މާރިޗް މަހުގެ 7 ވަނަ ދުވަހުއެވެ. މީގެ ކުރިން ދިރާސީ އާ އަހަރު ފަށަމުން އައީ ކޮންމެ އަހަރެއްގެ ޖެނުއަރީ މަހުގެ ތެރޭގަ އެވެ. އެޑިއުކޭޝަން މިނިސްޓްރީން އާއްމުކޮށްފައިވާ އެކަޑެމިކް ކަލަންޑަރުގައިވާ ގޮތުން އާ ދިރާސީ އަހަރު […]
ޔުމްނާ ޢަލީ
ޕަބްލިކް އެކައުންޓުން ދައުލަތުގެ ހަރަދުތަކަށް އިތުރު ރުފިޔާ ޗާޕް ކުރެވޭ ގޮތަށް ދީފައިވާ ހުއްދަ 1 އަހަރު ދުވަހަށް އިތުރު ކުރުމަށްއެދި ފިނޭންސް މިނިސްޓްރީއިން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ. މިގޮތަށް އެދި ފިނޭންސް މިނިސްޓްރީއިން މަޖިލީހަށް ފޮނުވައިފާ ސިޓީގައި ބުނެފައި ވަނީ، ކޯވިޑް19އާ ގުޅިގެން ކުރިމަތިވި އިގްތިސާދީ އަދި މާލީ ލޮޅުމާ ގުޅިގެން ދައުލަތުގެ ހަރަދުތައް ހަމަޖައްސާ، ހިދުމަތް ދިނުމުގެ ކަށަވަރުކަން ދިނުމަށް ދައުލަތުގެ ހަރަދަށް ޒިންމާ ވުމުގެ ގާނޫނުގެ ބައެއް މާއްދާތަކަށް އަމަލު ކުރުނ...
އައިޝަތު އިލްމާ އަދުނާން
ކޯވިޑް-19 އިން ރައްކާތެރިވުމަށް ދެވޭ ކޮވިޝީލްޑް ދެވަނަ ޑޯޒް މިއަދު ސްރީ ލަންކާގައި ޖަހަން ފަށަން ނިންމައިފިއެވެ. އެކަން ހާމަކުރަށްވމުން ލަންކާގެ އެޕިޑިމިއޮލޮޖީ ޔުނިޓްގެ ވެރިޔާ ޑރ. ސުދާތު ސަމަރަވީރާ ލަންކާ ނޫސްތަކަށް ވިދާޅުވެފަ ވަނީ އެގައުމުގައި މިހާތަނަށް 923،242 ކޮވިޝީލްޑް ޑޯޒް ދެވިފައިވާ ކަމަށެވެ. އަދި 355،000 ޑޯޒް ވެކްސިން ބާކީ ހުރިކަމަށް ވެސް އޭނާ ވިދާޅުވެފަ ވެއެވެ. ކޯވެކްސް ފެސިލިޓީން ލިބުނު ޑޯޒްތައް ހިމެނޭހެން ލަންކާއަށް 1.2 މިލިއަން ކޯވިޝީލްޑް ޑޯޒް ލިބިފައިވާ ކަމަށް އެ […]
އާއިޝަތު ރަފާހް ޢަލީ
އިނގިރޭސި އެފްއޭ ކަޕްގެ ފައިނަލަށް ލެސްޓާ ސިޓީއާއި ޗެލްސީ ދަތުރު ކޮށްފިއެވެ. މި މުބާރާތުގެ ފައިނަލުގެ ފުރަތަމަ ޖާގަ ހޮނހިރު ދުވަހުގެ ރޭ ޗެލްސީ ކަށަވަރު ކޮށްފައިވަނީ ސެމީ ފައިނަލުގައި 1-0 ގެ ނަތީޖާއިން މެންޗެސްޓާ ސިޓީ ބަލިކޮށްގެންނެވެ. މި މެޗު ކުޅެފައިވަނީ ވެމްބްލީ ސްޓޭޑިއަމްގައެވެ. ދެ ޓީމްގެ ފަރާތުން ދާދި ހަމަހަމަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު ފެނިގެން ގޮސްފައި ވަނީ މެޗުގެ ދެވަނަ ހާފުގައެވެ. މި ލަނޑު ޗެލްސީއަށް ކާމިޔާބު […]
އިބްރާހިމް ޚަލީލް
މިނިސްޓަރ އޮފް ފޮރިން އެފެއަރޒް ޢަބްދުﷲ ޝާހިދު ރަސްމީ ދަތުރުފުޅެއްގައި މިއަދު ކުވައިތަށް ފުރާވަޑައިގެންފިއެވެ. ފޮރިން މިނިސްޓްރީން ވިދާޅުވީ މިނިސްޓަރ ޝާހިދުގެ މި ދަތުރުފުޅުގައި ކުވައިތުގެ މިނިސްޓަރ އޮފް ފޮރިން އެފެއަރޒް އަދި މިނިސްޓަރ އޮފް ސްޓޭޓް ފޮރ ކެބިނެޓް އެފެއަރޒް ޑރ.އަހްމަދު ނާސިރް އަލް މުޙައްމަދު އަލް އަޙްމަދު އަލް އަލް ޖާބިރު އަލް ސަބާޙް އާއި އެޤައުމުގެ އެހެން ބައެއް އިސްވެރިންނާއި ބައްދަލުކުރައްވާނެއެވެ. މި ބައްދަލުވުންތަކުގައި ކުވައިތުގެ އެހީގައި ކުރިއަށްދާ މަޝްރޫޢުތަކާ ބެހޭ ގޮތުންނާއި...
އާއިޝަތު ރަފާހް ޢަލީ
ހިޔާ މަޝްރޫޢުގެ ފަންނީ ކެޓަގަރީގައި ހިމެނޭ (H4 ޑޮކްޓަރުންނާއި ނަރުހުން، H5 ޓީޗަރުންނަށް ޚާއްޞަ އަދި ސިވިލް ސަރވިސް ފްލެޓުގެ ފަންނީ ކެޓަގަރީ) ފްލެޓް ލިބޭ ފަރާތްތަކުގެ ތެރެއިން ހިޔާ މަޝްރޫޢުގެ ފްލެޓް ދޫކޮށްލައްވަން އެދިލައްވާ ފަރާތްތަކަށް ލިބިފައިވާ ފްލެޓްގެ އެއްބަސްވުމުގައި ސޮއިކުރި ނަމަވެސް ބޯހިޔާވަހިކަމުގެ އެހެން މަޝްރޫއަކަށް ބަދަލުވާން ބޭނުން ނަމަ ތިން މަސް ދުވަހުގެ މުއްދަތެއް އޮންނާނެ ކަމަށް ހައުސިން މިނިސްޓްރީން މިއަދު ބުނެފި އެވެ. މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް […]
އާއިޝަތު ރަފާހް ޢަލީ
ބޮޑު ވަޒިރުކަމަށް ޝައުގުވެރިވިޔަސް ދެކަމެއް ފުރިހަމަވެގެން މެނުވީ އެކަމެއް ހާސިލުނުވާނެ ކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބުދުﷲ ދީދީ މިއަދު ވިދާޅުވެއްޖެވެ. ބޮޑު ވަޒީރުކަން ބޭނުންވި ކަމުގައިވިޔަސް ދެ ކަމެއް ފުރިހަމާން ޖެހޭނެކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު ވިދާޅުވީ، ކުރެއްވި ޓްވީޓްގައި ގައެވެ. ބޮޑުވަޒީރުކަމަށް ޝައުޤުވެރިވިޔަސް ދެކަމެއް ފުރިހަމަވެގެން މެނުވީ އެކަމެއް ޙާޞިލު ނުވާނެ ކަމަށް ވިދާޅުވެ، އޭނާ ވަނީ އެ ދެކަންތައް ވެސް ވިދާޅުވެ ދެއްވާފަ އެވެ. “ބޮޑުވަޒީރުކަމަށް ޝައުޤުވެރިވިޔަސް...
އައިޝަތު އިލްމާ އަދުނާން
އެތައް ބަޔެއްގެ ބުރަ މަަސައްކަތުން ރައީސް ޔާމީންއަށް ވެރިކަން ލިބުމުން ވިސްނުން އިސްކޮށް، މީހުނާއި ގުޅިގެން، ކޮރަޕްޝަނަށް މަގުފަހި ނުކޮށް ރައްޔިތުންގެ ތާއީދު ނުގެއްލޭ ދަރަޖައެއްގައި ކަންތައް ބެހެއްޓެވި ނަމަ މިދުވަސް ނައީސް ކަމަށް ހީފުޅުވާކަމަށް އަދާލަތު ޕާޓީގެ ކުރީގެ ނައިބު ރައީސް އަދި މަޝްހޫރު އީއެންޓީ ޑަކްޓަރު، ޑރ. މައުރޫފް ޙުސައިން ވިދާޅުވެއްޖެ އެވެ. ޑރ. މައުރޫފް މިގޮތަށް ވިދާޅުވެފައި ވަނީ ރާއްޖޭގެ ވެރިކަމުގެ ނިޒާމް ބަރުލަމާނީއަކަށް ފުރޮޅާލުމަށް އެދި މަޖިލިސް ރައީސް މުޙައްމަދު ނަޝީދު، ރައީސުލ...
އަލީ އާދިލް
މިމަހުގެ 10 ވަނަ ދުވަހު އޮތް ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ އިންތިހާބުގައި ނަތީޖާ ފަރަގު ކުޑަކޮށް ހުރި ގޮނޑިތައް އެމްޑީޕީއަށް ލިބޭ ގޮނޑިތަކެއް ކަމަށް ނިންމަމުންދާ ކަމަށާއި، އެހެން އެކަން ކުރިނަމަވެސް ރައްޔިތުންނަށް ވާނުވާ އިނގޭ ކަމަށް ދިއްދޫ ދާއިރާގެ ކުރީގެ މެންބަރު އަބުދުއްލަޠީފް މުޙައްމަދު ވިދާޅުވެއްޖެއެވެ. މިހާރު އިދިކޮޅު ކޯލިޝަނާއިއެކު އިސްސަފުގައި މަސައްކަތް ކުރަށްވާ ލަޠީފް މި މޭރުމުން ވިދާޅުވީ، މިރޭ ކުރެއްވި ޓްވީޓެއްގަ އެވެ. ލަޠީފް ވަނީ އެ ޓްވ...
އަލީ އާދިލް
ސަރުކާރު ހިންގާ ކޯލިޝަންގެ މައި ޕާޓީ އަދި ރާއްޖޭގެ އެންމެ މެންބަރުން ގިނަ ސިޔާސީ ޕާޓީ، މޯލްޑިވިއަން ޑެމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ އެތެރޭގެ އިންތިހާބު މެއި މަހުގެ 29 ވަނަ ދުވަހު ބާއްވަން ނިންމައިފިއެވެ. އެމްޑީޕީން މިރޭ ނެރެފައިވާ ޢިއުލާނެއްގައި ބުނެފައި ވަނީ އެޕާޓީގެ ދާއިރާތަކުގެ ހިންގާ ކޮމިޓީތަކާއި ޕްރޮވިންސްތަކުގެ އިންތިހާބު މެއި 29 ވާ ހޮނިހިރު ދުވަހު ބާއްވަން ނިންމާފައި ވާކަމަށެވެ. އެ ޕާޓީން ބުނީ މި އިންތިހާބުގައި ވޯޓުލުމަށް ހަމަޖެހިފައިވަނީ ދާއިރާތަކުގައި ހިމެނޭ […]
ޔުމްނާ ޢަލީ
ނިމިދިޔަ ކައުންސިލް އިންތިޚާބުގައި، ސަރުކާރާއި އެމްޑީޕީގެ އިސްސަފުގައި މަސައްކަތްކުރާ ބައެއް ބޭފުޅުން ކުރި ވިޔާނުދާ ކަންކަމުގެ ދެރަ ލިބުނު ކަމަށް މަކުނުދޫ ދާއިރާގެ މެންބަރު މުޙައްމަދު ރާޢީ ވިދާޅުވެއްޖެއެވެ. ރާޢީ މިހެން ވިދާޅުވީ ކުރެއްވި ޓްވީޓެއްގަ ގައެވެ. ރާޢީ ވިދާޅުވީ، ޕާޓީގެ އިސްސަފުގައި ހިމެނޭ ބައެއް ބޭފުޅުންނާއި އަދި ސަރުކާރު އެސްއޯއީ ތަކުގައި ހިމެނޭ ބައެއް އިސްވެރިން ނިމިދިޔަ ކައުންސިލް އިންތިޚާބުގައި ކަންކަން ކުރެއްވި ގޮތުން އެކަމުގެ ދެރަ ލިބިގެން ދިޔަ ކަމަށެވެ. “ނިމިދިޔަ ކައުންސިލް އިންތ...
އަލީ އާދިލް
މިމަހުގެ 10 ވަނަ ދުވަހު އޮތް ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ އިންތިހާބުގެ އިމީ ނަތީޖާ އަންނަ އަންގާރަ ދުވަހު އިއުލާނު ކުރަން ފަށާނެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)އިން ބުނެފި އެވެ. އީސީގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވީ އަންގާރަ ދުވަހު ދާއިމީ ނަތީޖާ އިއުލާނު ކުރަަން ފެށި ނަމަވެސް އެކަން މުޅީން ނިންމާލެވޭނީ ތިން ދުވަސް ފަހުން ކަމަށެވެ. އެ އިންތިޚާބުގެ ވަގުތީ ނަތީޖާ ޢިއުލާންކޮށް ނިއްމާލީ އިއްޔެއެވެ. ވަގުތީ ނަތީޖާއާއެކު އިންތިހާބުގެ […]
އަލީ އާދިލް
ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރުޑީސީ)ގެ އޮފީސް ފަޅާލައި، ވައްކަން ކޮށްފިއެވެ. ފުލުހުން ވިދާޅުވީ، އާރުުޑީސީގެ އޮފީސް ފަޅާލައި، 100،000 އަށް ވުރެ ގިނަ ރުފިޔާ ވަގަށް ނެގި މައްސަލައެއް އެ އިދާރާއަށް ހުށަހެޅިފައިވާ ކަމަށެވެ. މި މައްސަލައިގެ ރިޕޯޓު ލިބުނީ އިއްޔެގެ ހެނދުނު 10:00 ގައި ކަމަށް ވެސް ފުލުހުން ވިދާޅުވެއެވެ. އާރުޑީސީގެ އޮފީސް ފަޅާލައިގެން ބަޔަކު އެއް ލައްކަ ރުފިޔާ ވަގަށް ނެގި ކަމުގެ މައްސަލައިގައި މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެ އެވެ. ފުލުހުން […]
ޖަލްވާން ޖާދުﷲ
ކުރިއާ މަގުން ރާއްޖެ އެތެރެކުރަން އުޅުނު 4.7 މިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގަނެވިފައިވާ ކަމަށް މޯލްޑިވްސް ކަސްޓަމްސް ސާވިސަސް އިން ބުނެފިއެވެ. މި ތަކެއްޗަކީ ތަފާތު ދެ ފަހަރެއްގެ މަތިން ރާއްޖެ އެތެރެކުރަށް އުޅުނު މަސްތުވާތަކެތި ކަމަށް ކަސްޓަމްސް އިން ވިދާޅުވެއެވެ. މިތަކެތި އަތުލައިގަނެވިފައިވަނީ އިއްޔެ ކުރިއާ މަގުން ރާއްޖެ އައި ޕާރްސަލްތަކެއް ބަލައި ފާސްކުރަނިކޮށް ކަމަށް ވެސް ކަސްޓަމްސް އިން ވަނީ މައުލޫމާތު ދެއްވާފަ އެވެ. މިގޮތުން ކަސްޓަމްސްއިން އަތުލައިގަނެފައިވަނީ ޖަމައިކާ އާއި ނައިޖ...
އަލީ އާދިލް
ލާމަރުކަޒީ ނިޒާމާބެހޭ 101 ސުވާލަކާއި، އެ ސުވާލު ތަކުގެ ޖަވާބު ހިމެނޭގޮތަށް ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ)އިން ތައްޔާރުކުރި ”ލަމާރުކަޒީ ނިޒާމާގުޅޭ 101 ސުވާލު ފޮތް” ނެރެފިއެވެ. މިއަދު ފޭސްބޫކް ލައިވްކޮށް ބޭއްވުނު ހަފުލާއެއްގައި އެ ފޮތް ނެރެދެއްވީ ރައްޔިތުން މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީގެ މުޤައްރިރު ހުޅުމާލެ ދާއިރާގެ މެމްބަރު އަލްފާޟިލް ޢަލީ ނިޔާޒު އެވެ. މިފޮތަކީ، ލާމަރުކަޒީ ނިޒާމާއި ދިވެހިރާއްޖޭގައި ލާމަރުކަޒީ ނިޒާމް ބައްޓަންވެފައިވާ ގޮތާއި، ލާމަރުކަޒީ ޤާނޫނުގެ ދަށުން އުފެދިފައިވާ ކައުންސި...
ޝިއުނާ އާދަމް