ބޮޑު ވަޒިރުކަމަށް ޝައުގުވެރިވިޔަސް ދެކަމެއް ފުރިހަމަވެގެން މެނުވީ އެކަމެއް ހާސިލުނުވާނެ ކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބުދުﷲ ދީދީ މިއަދު ވިދާޅުވެއްޖެވެ.

ބޮޑު ވަޒީރުކަން ބޭނުންވި ކަމުގައިވިޔަސް ދެ ކަމެއް ފުރިހަމާން ޖެހޭނެކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު ވިދާޅުވީ، ކުރެއްވި ޓްވީޓްގައި ގައެވެ.

Ad
rt

ބޮޑުވަޒީރުކަމަށް ޝައުޤުވެރިވިޔަސް ދެކަމެއް ފުރިހަމަވެގެން މެނުވީ އެކަމެއް ޙާޞިލު ނުވާނެ ކަމަށް ވިދާޅުވެ، އޭނާ ވަނީ އެ ދެކަންތައް ވެސް ވިދާޅުވެ ދެއްވާފަ އެވެ.

"ބޮޑުވަޒީރުކަމަށް ޝައުޤުވެރިވިޔަސް ދެކަމެއް ފުރިހަމަވެގެން މެނުވީ އެކަމެއް ޙާޞިލު ނުވާނެ؛ 1- ދުސްތޫރީ ހަމަތަކުގެ މަތިން ބަރްލަމާނީ ނިޒާމެއް ޤާއިމުވުން. 2- އަލަށް އުފެދޭ ބަރްލަމާނީ ނިޒާމުގެ ދަށުން ރައްޔިތުން އިންތިޚާބުކުރާ މަޖިލީހުގެ 50% މެޖޯރިޓީ ލިބޭ ޕާޓީ /ކޯލިޝަންގެ ލީޑަރެއްގެ ގޮތުގައި މަޖިލީހަށް އިންތިޚާބުވުން. މިނޫންގޮތަކަށް ވަކި ނިޒާމެއްގެ ދަށުން އިންތިޚާބުވެފައިވާ މަޖިލީހެއްގެ މެޖޯރިޓީ ބޭނުންކޮށްގެން ސަރުކާރު އެކުލަވާލަން އުޅުމަކީ ދުސްތޫރީ އުޞޫލުތަކާއި ޙުދޫދު ފަހަނައަޅައި ދިއުން. ރައްޔިތުން އެކަމަކަށް ޖާގަ ނުދޭނެ" ޑރ. އަހުމަދު އަބުދުﷲ ދީދީ ވިދާޅުވިއެވެ.

ގައުމު ހިންގުމުގައި އަމަލީ ގޮތުން ބައިވެރިވެ ވަޑައިގަންނަވަން ބޭނުންފުޅުވާ ކަމަށާއި 2023 ގައި ބޮޑުވަޒީރަކަށް ވެ ވަޑައިގަތުމުގެ ޝައުގުވެރިކަން އޮތްް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، އަދި ކުރީގެ ރައީސް މުހަންމަދު ނަޝީދު، ރައީސް އިބްރާހިމް މުހަންމަދު ސޯލިހަށް މެސެޖަކުން ދަންނަވައިފިކަމަށް ފެތުރިފައިވާ އަޑާއި ގުޅޭގޮތުން ރައީސްގެ ފަރާތްޕުޅުން އަދި ވަކި އެއްޗެއް ވިދާޅެއް ނުވެ އެވެ.

ރާއްޖޭގެ ވެރިކަމުގެ ނިޒާމު، ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރަންޖެހޭ ކަމަށް މީގެ ކުރިންވެސް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ.