ޕޭޕަރުތައް ލީކުވަމުންދާތީ ރާއްޖޭގައި އޭ ލެވެލް އިމްތިހާނު ކުރިއަަށް ނުގެންދަން ނިންމައި ދަރިވަރުންނަށް ދެ ގޮތަކަށް ފުރުޞަތު ދޭން ނިންމައިފިއެވެ. އެކަން ހާމަކުރެއްވީ އެޑިޔުކޭޝަން މިނިސްޓްރީއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޑިއުކޭޝަން މިނިސްޓަރ އައިޝަތު އަލީއެވެ. މިނިސްޓަރު އައިޝަތު އަލީ ވިދާޅުވީ ފުރަތަމަ ޕޭޕަރެއް ލީކުވިކަން އެނގިވަޑައިގަތީ މިދިޔަ ބުރާސްފަތި ދުވަހުގެ މެންދުރުފަހުގެ ޕޭޕަރ ލީކް ވުމުން ކަމަށެވެ. އެކަން އެނގުމުން ހަމައެދުވަހުން އެދުވަހަށް އެޑެކްސެލްއާއި އެކު ބައްދަލުވުމެއް ބ...
ޔުމްނާ ޢަލީ
ދައުލަތުން ކުރީގެ ރައީސުންނަށް ދެއްވާ މުސާރައާއި، މާލީ އިނާޔަތުގެ ގޮތުގައި ކުރީގެ ތިން ރައީސަކަށް ހޭދަކުރަށްވާ މިންވަރު ސޯސަލްމީޑިއާގައި ހާމަކުރުމުން ގިނަބައެއްގެ ސަމާލުކަން އެކަން އައިސްފިއެވެ. މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ ދަށުން އެކި އިދާރާތަކުން އެތައް މައުލޫމާތެއް ހޯދަން ހުށަހަޅައި އަދި މިހާތަނަށް ގިނަ މައުލޫމާތުތަކެއް ހޯދާފައިވާ އައިމަން ލަތީފް އޭނާގެ ޓްވީޓާގައި ހާމަކުރަށްވާފައިވާ ގޮތުން ކުރީގެ ރައީސް މައުމޫން އަބުދުލްޤައްޔޫމަށް މަހެއްގެ މައްޗަށް މާލީ އިނާޔަތުގެ ގޮތުގައި 75 ހާސް...
އަލީ އާދިލް
ދައުރުކުރަމުންދާ ފޮޓޯއިން ފެންނަނީ ރެނދެއް ނޫންކަމަށް މިނިސްޓްރީ އޮފް ހައުސިން އެންޑް އިންފްރާސްޓްރަކްޗަރއިން ވިދާޅުވެއްޖެ އެވެ. އެމިނިސްޓްރީއިން މިހެން ވިދާޅުވީ ސިނަމާލެ ބްރިޖްގައި ރެނދުލާފައިވާ ކަމަށްބުނެ ދައުރު ކުރަމުންގެންދާ ފޮޓޯތަކާއި ގުޅޭގޮތުން މިއަދު ކުރި ޓްވިޓަކުންނެވެ. އެ މިނިސްޓްރީއިން ވިދާޅުވީ، އެ މިނިސްޓްރީގެ ޓެކްނިކަލް ޓީމްގެ ފަރާތުން ވަނީ ސިނަމާލެ ބްރިޖްގައި ރެނދެއް ލާފައިވާ ކަމަށްބުނާ ސަރަހައްދުގެ އިންސްޕެކްޝަންއެއް ހަދާފައވާކަމަށެވެ. މި އިންސްޕެކްޝަނުން މިހާރު ދައުރުކުރަމުންދާ ފޮ...
އިބްރާހިމް އަސްވާޤް
މިއަދު ދިވެހި ނޫސްވެރިން ތަޖުރިބާކުރަނީ ރައްޔިތުންނާއި ނޫސްވެެރިން މީގެކުރިން ހިޔާލުވެސް ނުކުރާވަރުގެ މިނިވަން ނޫސްވެރިކަމެއްކަމަށް ރައީސް އިބްރާހީމް މުހައްމަދު ސާލިހް ވިދާޅުވެއްޖެ އެވެ. ރައީސް މިހެން ވިދާޅުވެފައިވަނީ ބައިނަލްއަގްވާމީ ފެންވަރުގައި މިއަދު ފާހަގަކުރާ، މިއަހަރުގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގެ މުނާސަބަތުގައި ދެއްވި ހިތާބުގަ އެވެ. މި ހިތާބުގައި ރައީސް ވިދާޅުވެފައިވަނީ ސަރުކާރުން ނޫސްވެރިކަމަށް ހުރަސް އެޅުމުގެ ސިޔާސަތެއް ނުގެން ގުޅޭނެ ކަމަށާއި ނޫސްވެރިކަމުގެ މިނިވަންކަމުގެ ހަ...
އާއިޝަތު ރަފާހް ޢަލީ
ރާއްޖޭގެ ކޯވިޑްގެ ހާލަތު ގޯހުން ގޯހަށް ގޮސްފައި ވުމާއެކު، އަތޮޅުތަކުގައި އެ ބަލި ފެތުރުން ކޮންޓްރޯލް ކުރުމުގެ ގޮތުން ޒަރޫރީ ބޭނުންތަކާއި، ސިއްހީ ފަރުވާ ހޯދަން ނޫނީ މީހުން ދިރިއުޅޭ އެއްރަށުން އަނެއް ރަށަށް ދަތުރުކުރުން މަނާކޮށްފިއެވެ. ޑިރެކްޓަ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ސޮއިކުރައްވައި މިއަދު ނެރުއްވި އެންގުމުގައި ވަނީ ޒަރޫރީ ބޭނުންތަކަށާއި، ސިއްހީ ފަރުވާ ހޯދުމަށް ޓަކައި މެނުވީ، މާލެ ސަރަޙައްދުގައި ހިމެނޭ މާލެ، ވިލިނގިލި، ހުޅުމާލެ، ގުޅިފަޅު އަދި ތިލަފުށި […]
ޔުމްނާ ޢަލީ
ރާއްޖޭގައި އިންޓަނެޓްގެ އަގު ހެޔޮ ކުރުމާ ބެހޭ ގޮތުން މީޑިއާގައި ދައުރުވަނީ އެންމެ ސައްހަ ޚަބަރު ނޫންކަމަށް ކޮމިއުނިކޭޝަންސް، ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓްރީއާ ވަގުތީ ގޮތުން ހަވާލުވެ ހުންނެވި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ. އަންނަ ޖުލައި މަހުން ފެށިގެން އިންޓަނެޓްގެ އަގު ހެޔޮ ކުރުމަށް ނިންމާފައި ވާ ކަމަށް ބުނެ ބައެއް ނޫސްތަކުން ރޭ ވަނީ ޚަބަރު ފަތުރާފައެވެ. އެ ޚަބަރަށް އިޝާރާތް ކުރަށްވަމުން މިނިސްޓަރު ފައްޔާޒް ވިދާޅުވީ، އިންޓަނެޓްގެ އަގާމެދު ދައުރުވަމުން […]
ޝިއުނާ އާދަމް
ކޯވިޑް-19އަށް ފަރުވާ ހޯދަމުން ދިޔަ އުމުރުން 39 އަހަރުގެ މީހަކު ނިޔާވެއްޖެއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އެމީހާއަކީ ދަރުމަވަންތަ ހޮސްޕިޓަލްގެ ޑީއެޗް11ގައި ފަރުވާ ހޯދަމުން ދިޔަ މީހެކެވެ. މިއީ ރާއްޖެއިން މިބަލި ޖެހިގެން ނިޔާވި 74 ވަނަ މީހާއެވެ. ރާއްޖޭގެ ކޯވިޑް ހާލަތު އަދިވެސް އޮތީ ވަރަށް ގޯސްކޮށެވެ. މިއަދު ވެސް ވަނީ ރާއްޖެއިން 402 މީހަކު މިބަށްޔަށް ޕޮޒިޓިވްވެފަ އެވެ. އިއްޔެ ޕޮޒިޓިވްވީ 465 މީހުންނެވެ. އޭގެ ކުރީ ދުވަހު 318 މީހުންނެވެ. މިވަގުތު ރާއްޖޭގައި […]
ޝިއުނާ އާދަމް
ދިވެހިރާއްޖޭގެ ގުދުރަތީ މުއްސަނދިކަމުގެ ހައްގުވެރިފަރާތަކީ ރާއްޖޭގަައި ބުރަކޮށް މަސައްކަތްކުރާ މަސައްކަތްތެރިންގެ ހައްގެއްކަމަށާއި އަދި އަންނަން އޮތް ޖީލުތަކަށް އެހައްގު ފޯރުކޮށްދޭން ޖެހޭނެކަމަށް މޯލްޑިވްސް ލޭބަރ އެންޑް ސޯޝަލް ޑިމޮކްރެޓިކް ޕާޓީ (އެމްއެލްއެސްޑީޕީ) އިން ބުނެފިއެވެ. ރޭ އެމްއެލްއެސްޑީޕީ އިން ނެރުނު ނޫސް ބަޔާނުގައި ބުނެފައިވަނީ، ބޭރުގެ އިންވެސްޓަރުން ދިވެހިރާއްޖެއަށް ކުރާ އިންވެސްޓްތަކުގެ ސަބަބުން ދިވެހި މަސައްކަތްތެރިންނަށް އެކަށީގެންވާ ފައިދާއެއް ލިބޭތޯއާއި އެކަމުގެ ސަބަބުން ދިވެހި...
އައިޝަތު އިލްމާ އަދުނާން
މަސައްކަތްތެރިންނަކީ، އެ ޤައުމެއްގެ ތަރައްޤީގެ ތަޞައްވުރުތައް ޙަޤީޤަތަކަށް ހަދައިދޭ މީހުންކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހް ވިދާޅުވެއްޖެ އެވެ. ރައީސް މިހެން ވިދާޅުވެފައިވަނީ ބައިނަލްއަޤްވާމީ ގޮތުން މިއަދު ފާހަގަކުރާ މަސައްކަތްތެރިންގެ ދުވަހުގެ މުނާސަބަތުގައި ދެއްވި ޚިޠާބުގައެވެ. މީގެ އިތުރުން މިއަދުގެ ޚިޠާބުގައި ރައީސް ވަނީ ޤައުމުގެ ތަރައްޤީއަށް މަސައްކަތްތެރިން އަދާކުރަމުންދާ މުހިންމު ދައުރު ފާހަގަކުރައްވާފައެވެ. ރައީސް ޚިޠާބުގައި އެމަނިކުފާނުވަނީ ދިވެހިރާއްޖޭގައި ވަޒީފާ...
އާއިޝަތު ރަފާހް ޢަލީ
މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އަށް މުޙައްމަދު އިޤްނާޛު ޢަލީ އިންތިޚާބު ވެއްޖެ އެވެ. ވެލާނާގޭގައި މިއަދު ކުރިއަށް ދިޔަ އެ އިންތިޚާބުގައި، އެމްއެމްސީގެ ހުސްވެފައިވާ ގޮނޑިއަށް އިޤްނާޛު އިންތިހާބުވެފައިވަނީ “ފެށުން” ގެ ފަރާތުންނެވެ. އިޤްނާޛު އާއި ވާދަކުރީ “އެޓޯލް ނިއުސް”ގެ އިބްރާހީމް ރަމީޒުއެވެ. އިޤްނާޛުއަށް 36 ވޯޓްލިބިފައިވެ އެވެ. އިބްރާހީމް ރަމީޒުއަށް ލިބިފައިވަނީ 1 ވޯޓެވެ. މީޑިއާ ކައުންސިލްގެ އިންތިހާބުގައި ވޯޓުލެވޭނީ ރަޖިސްޓްރީ ކޮށްފައި ވާ ނޫސްތަކަށާއި ބްރޯޑްކާސްޓަރުންގެ ތެރެއިން ކޮނ...
އިބްރާހިމް އަސްވާޤް
ޤަވާޢިދާ ޚިލާފަށް މަސްވެރިކަން ކުރަމުންދިޔަ ބޭރުގެ ފަސް މަސް ބޯޓެއް އެމްއެންޑީއެފް ކޯސްޓްގާޑް އަތުލައިގެންފި އެވެ. އެ މަސްބޯޓުތައް ރާއްޖެ ސަރަޙައްދަުގައި ޤަވާޢިދާ ޚިލާފަށް މަސްވެރިކަން ކުރަމުން ދަނިކޮށް ފެނުނީ އެމްއެންޑީއެފް ކޯސްޓްގާޑް ޝިޕް ހުރަވީ ރާއްޖޭގެ އީއީޒެޑް ސަރަޙައްދު ޕެޓްރޯލް ކުރަމުންދަނިކޮށެވެ. މިގޮތުން އެ ބޯޓުތައް އަތުލީ، މ. އަތޮޅާއި ވ. އަތޮޅާ ދިމާ އިރުން އީއީޒެޑްގެ 30 ނޯޓިކަލް މޭލު އެތެރެއިން ނެވެ. މި ބޯޓްތައް އެމްްއެންޑީއެފް ކޯސްޓްގާޑް ޝިޕް ހުރަވީއަށް ފެނުނުއިރު ބޯޓްތައް […]
ޝިއުނާ އާދަމް
ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާ އެންމެނަށް ވެސްކްސިން ދިނުމަށް “އައި އެމް ވެކްސިނޭޓެޑް” ގެ ނަމުގައި ކެމްޕޭނެއް ފަށައިފިއެވެ. ހޮޓެލް ޖެންގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި ކެމްޕޭން ފައްޓަވައިދެއްވީ ޓޫރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މައުސޫމާއި އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރތޮއްޔިބު މުހައްމަދުއެވެ. އެމްއެމްއެމް ޕީއާރުސީ އާއި ޓޫރިޒަމް މިނިސްޓްރީ ގުޅިގެން ފެށި މި ކެމްޕޭނުގެ ދަށުން ރާއްޖެއަކީ ދުނިޔޭގެ ފުރަތަމަ “ފުލީ ވެކްސިނޭޓެޑް” މަންޒިލަށް ހަދަން މަސައްކަތްކުރެވޭނެ ކަމަ...
އަޙްމަދު ވަހީދު
އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންއިން އިން ރޭ ބޭއްވި މުޒާހަރާ އިން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ އެންމެން ދޫކޮށްލައިފި އެވެ. ފުލުހުން ވިދާޅުވި ގޮތުގައި މުޒާހަރާ އިން 12 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ އެވެ. އަދި އެ އެންމެން ދޫކޮށްލި ކަމަށް ފުލުހުން ވަނީ ވިދާޅުވެފަ އެވެ. އެމީހުން ހައްޔަރުކުރީ ކޯވިޑް ކޮންޓްރޯލްކުރުމަށް އަޅާފައިވާ ފިޔަވަޅުތަކާ ހިލާފަށް ގިނަ މީހުން އެއްވެ އުޅުމުންނެވެ. މަނީ ލޯންޑަރިންގެ ކުށުގައި ފަސް އަހަރަށް ޖަލަށްލާފައި އިދިކޮޅު ލީޑަރު، […]
އަލީ އާދިލް
ބޮޑެތި މީހުންކުޑަކުދިން ޓްރެފިކްކުރަން ރޭވުމަކީ ނުވަތަ އަމުރު ކުރުމަކީ ކުށެއްކަމުގައި ބަޔާންކުރާ، މީހުން ޓްރެފިކްކުރުން ހުއްޓުވުމުގެ ޤާނޫނުއަށް ދެވަނަ އިޞްލާޙު ގެނައުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު ތަޞްދީޤުކުރައްވައިފިއެވެ. މި ބިލުގެ ޒަރިއާއިން މި ގެންނެވި އިޞްލާޙުގައި މީހުން ޓްރެފިކުކުރުން ކަމުގައި ބެލެވޭ ކަންކަން ވަނީ މި ޤާނޫނުގެ 12 ވަނަ މާއްދާގައި ތަފްޞީލުކޮށް ބަޔާންކޮށްދީފައެވެ. މި ޤާނޫނުގެ 14 ވަނަ މާއްދާގައި ކުޑަކުދިން ޓްރެފިކްކުރުން ކަމުގައި ބެލެވޭނެ ކަން...
އާއިޝަތު ރަފާހް ޢަލީ
ރައީސް އޮފީހުގެ މިނިސްޓަރ އަލީ ޝިޔާމްގެ މަސްލަހަތު އޮންނަ ހޮނޑާފުށި އައިލެންޑް ރިސޯޓްގެ އިތުރުން އަދި އެ ބޭފުޅާގެ މަސްލަގަތު އޮންނަ އިތުރު ދެ ރިސޯޓަކުން ދައުލަތަށް ދައްކަން ޖެހޭ ފައިސާތަކެއް ދެއްކުން ފަސްކޮށްދިން ގޮތް ސަރުކާރުން ސާފުކޮށްދޭން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ވިލިމާލޭ ދާއިރާގެ މެމްބަރު މުހައްމަދު އުޝާމް ވިދާޅުވެއްޖެއެވެ. 2019 ވަނަ އަހަރުގެ މޭ މަހުގެ ތެރޭގައި ދައުލަތަށް ދައްކަން ޖެހޭ ފައިސާ ނުދައްކައިގެން ރިސޯޓް ހިންގުމުގެ ހުއްދަ ބާތިލް ކޮށްފައިވާ ހަ […]
އިބްރާހިމް ޚަލީލް